ފެމިލީ ކޯޓު: އެ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާއަށް އަލުން ވަނީ ވަޒީފާ ދީފައި -- ފޮޓޯ/މިހާރު
18 އެޕްރީލް 2022 - 12:38
ފެމިލީ ކޯޓުގެ ކައިވެނީގެ ރަޖިސްޓްރާ އަހުމަދު އަބްދުﷲ ވަޒީފާ އިން ވަކިކުރުމުން، އެ މަގާމު ހުސްކޮށް އޮންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އޭނާ އަށް މިއަދު އަލުން ވަޒީފާ ދީފި އެވެ.
ކައިވެނީގެ ރަޖިސްޓްރާގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު 2019 ވަނަ އަހަރު އެ މަގާމުން ވަކިކުރި މައްސަލާގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ވެސް ނިންމާފައި އޮތީ އޭނާ އަށް އަލުން ވަޒީފާ ދިނުމަށެވެ. އެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ސިވިލް ކޯޓުން މިދިޔަ ހަފުތާގައި އަމުރުކުރީ ތިން ދުވަސް ތެރޭގައި އަހުމަދަށް އަލުން ވަޒީފާ ދިނުމަށާއި ގެއްލުނު މުއްދަތުގެ މުސާރަ އާއި އިިނާޔަތްތައް 10 ދުވަސް ތެރޭގައި ދިނުމަށެވެ.
އޭނާ މިއަދު ވަޒީފާއަށް ނެރެފައިވާ ކަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކަށަވަރުކޮށް ދިނެވެ. އަހުމަދު ވަޒީފާ އަށް ނެރުނީ ސިވިލް ކޯޓުން ދިން މުއްދަތު ހަމަވި ފަހުންނެވެ.
ކައިވެންޏާއި ވަރީގެ ކަންކަން ބަލަހައްޓާ ކައިވެނީގެ ރަޖިސްޓްރާގެ މަގާމުން އަހުމަދު ވަކިކުރި ފަހުން މިއަދާ ހަމައަށް އެ މަގާމު އޮތީ ހުސްކޮށެވެ.
އެ މަގާމަށް މީހަކު އައްޔަންކުރަން ކުރިން މަސައްކަތް ކުރިޔަސް، އަހުމަދު ވަކިކުރި މައްސަލަ ކޯޓުގައި އޮތުމުން އެކަން ހުއްޓުވުމުގެ އަމުރެއް ހައި ކޯޓުން ކުރިން ނެރުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސީނާ
18 April 2022
2019 ގެ ފަހުން އަމިއްލަ ކޮންސްޓްރަކްޝަން ވިޔަފާރީގައި ފުލްޓައިމްކޮށް މަސައްކަތްކުރަން ވަގުތުދީފައި، އެކަމަށް ދައުލަތުން މުސާރަވެސް ތި ދިނީ މިހާރު. .. މަރުހަބާ އަހުމަދު . އެކަމަކު ތި ހަލާލުވާނެތޯ!
ލަޠީފު
18 April 2022
ވަޒީފާ ގައި ހުރެގެން މީގެ ކުރީގައިވެސް ރަސްމީ ގަޑީގައި ކުރީ އަމިއްލަ ވިޔަފާރި ، މާ ބޮޑު ތަފާތެއް ނެތް. މި ކަހަލަ މީހުންނަށް ވަޒީފާ ދީގެން ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ނުދެވޭނީ
ފްލާވަރ ފާތުނ
19 April 2022
އެކަމު މުއަޒައްފަުންނައް ހަލާލު ހަރާމ ކިޔާދޭންވީ. މީނަ އެންމެ ރަނގަޅުވާނީ ހަމަ އަމިއްލަ މަސައްކަތް ކުރަން ދޫކުރުން ދާއިމަށް. ޙިދުމަތް ހޯދަން އަންނަ މީހުންނަށް ވެސް ތުރާލަކަށް ވާނީ. މަރުހަބާ
މުންޖިޗޭ
19 April 2022
ވަޒީފާއިން ވަކިކުރީމަ ދެން ހުންނަންވީ ދެއަތް އުރައިގެންތަ؟ ކަމުގެ ޙަޤީަޤަތްނޭގި ބަޔަކުމީހުން ދައްކާ ޒާތްޒާތުގެ ވާހަކަތައް ދެއްކުމަކީ ރަމަޟާންމަހު ތިމާ ހިފާ ރޯދައަށްވެސް އުނިކަން އަތުވެދާނެ ކަމެއް، މިފަދަ ކަންތައްތަކުން މިމާތްމައްސަރުގައި ތިމާ ރައްކާތެރިވާންޖެހޭ.
އިންސާނުން
18 April 2022
އިންސާފުކޮބައިތޯ؟
ލޮބުވެތި
19 April 2022
ބަދަލު ހަމަޖައްސާފަ އެހެން ކޯޓެއްގެ އިސް މަގާމެއް ދޭން ފެނޭ. ކައިވެނި ހިންގަން ކަމަކު ނުދޭ.