އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޗާންސް ދަ ރެޕާ.
19 އެޕްރީލް 2022 - 07:30
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޗާންސް ދަ ރެޕާ، އޭނާގެ 29 ވަނަ އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ފަގީރުންނަށް ކާންދީފި އެވެ.
ޗާންސް އަށް 29 އަހަރު ފުރުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
ޝިކާގޯގައި ހާލުގައި ޖެހިފައި ތިބި އެތައް ބަޔަކަށް ކާން ދިނުމަށް ޗާންސް މަސައްކަތް ކޮށްފައި ވަނީ އޭނާގެ ނޮން ޕްރޮފިޓް ޖަމިއްޔާ "ސޯޝަލް ވޯކްސް" އާ ގުޅިގެންނެވެ.
ޖަމިއްޔާގެ ވޮލިންޓިއަރުންނާ އެކު ޗާންސް ވަނީ އެ ދުވަހު އެކަނި ވެސް 1،500 އަށް ވުރެ ގިނަ މީހުންނަށް ކާން ދީފަ އެވެ.
އެ މަސައްކަތުގައި ޗާންސްއާ އެކު އޭނާގެ މަންމަ އާއި އާއިލާ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވި އެވެ.
ތަފާތު އިޖުތިމާއީ މައްސަލަތަކަށް ރެޕް ލަވަ އުފެއްދުމުގެ އިތުރުން ޗާންސް އަކީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އަބަދުވެސް ވާހަކަދައްކައި، ވަރަށް ބޮޑަށް މަގުބޫލުވެފައިވާ ޒުވާން އާޓިސްޓެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
19 April 2022
ވަރަށް ސަޅި ކަމެއް.މިފަދަ ކަންކަން ކުރީމަ އަހަރުމެންގެ ތައުރީފް ލިބޭނެ.