ޝާހު އޭނާގެ ދަރިފުޅު އާރިޔާންއާ އެކު. އަދި ސައިފް އޭނާގެ ދަރިފުޅު އިބްރާހިމްއާ އެކު.
19 އެޕްރީލް 2022 - 07:25
ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހިމް އަލީ ހާނާއި ޝާހް ރުކް ޚާނުގެ ދަރިފުޅު، އާރިޔަން ޕަޕަރާޒީންނަށް އޮޅިއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ މުމްބާއީގެ މަޝްހޫރު ރެސްޓޯރަންޓަކުން ނިކުމެ އިބްރާހިމް ކާރަށް އަރަން ދިޔަ ވަގުތު ޕަޕަރާޒީން އެ ސަރަހައްދުގައި އޭނާ ފޮޓޯނަގަން އެއްވެފައި އޮތް މަންޒަރެވެ. އާރިޔަންއޭ ކިޔާ އިބްރާހިމަށް ޕަޕަރާޒީން ގޮވަމުންދިޔަ އަޑު ވެސް އިވެ އެވެ.
އާރިޔަން ކަމަށް ހީކޮށް، އިބްރާހިމް ކައިރީ ފޮޓޯ އަށް ހުއްޓެން ގޮވުމުން ކާރަށް އެރި ގޮތަށް އޭނާ ވަނީ ހޭން ފަށައިފަ އެވެ.
އިބްރާހިމް އޭނާގެ އެކްޓިން ކެރިއަރު ފެށުމުގެ ކުރިން މި ވަގުތު އުޅެމުން އަންނަނީ ކަަރަން ޖޯހަރުގެ ކުރިއަށް އޮތް ފިލްމު "ރޮކީ އޯރް ރާކީ ކީ ޕްރޭމް ކަހާނީ" ގެ މަސައްކަތުގަ އެވެ. އެއީ އާލިއާ ބަޓާއި ރަންވީރް ސިންގް ފެންނާނެ ފިލްމެކެވެ.
ކެމެރާގެ ފުރަގަހުގައި އިބްރާހިމް މި ވަގުތު މަސައްކަތް ކުރަމުން އަޔަސް، އޭނާ ވެސް ވަރަށް އަވަހަށް ފިލްމު ކުޅެން ފަށާނެ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕޮއް
20 April 2022
އަހަރެމެންމީ ތިޔަބުނާ އިންޑިއާ ބައެއްވެސްނޫން. އެކަމަކު ތިޔަ ދެމީހުން ވަކިކުރާކަށް އުނދަގުލެއްނޫން. އަދި ކޮބާ އެދެމީހުން ވައްތަރުނަމަ. ހޭބަލި އަރާފާ ތިބޭވަރުން ވާނުވާ ނޭނގޭ. ކީކޭބުނާނީ.
އިލީ
19 April 2022
އިންޑިޔާގެ ޕަޕަރާޒީން ތިބެނީ ފިލްމުސްޓާރުން ފެންނަ އިރަށް ހޭބަލި ވެފަވިއްޔަ، ދެން ނޭންގޭނެއްނު އާރިޔަނެއް ބާރިޔަނެއް....