އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެ ވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
19 އެޕްރީލް 2022 - 20:53
އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކޮށްދެއްވައިފި އެވެ.
އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން 2022-2023 އަށް 44 ސްކޮލާޝިޕް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއީ ހަތް އޮނަރަރީ ކޮންސުލްސްއެއްގެ އެހީތެރިކަމާ އެކު ހުޅުވާލާފައިވާ ސްކޮލާޝިޕްތަކެކެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އޮނަރަރީ ކޮންސުލްސް ސްކޮލާޝިޕް ޕްރޮގްރާމް ތައާރަފްކުރުމުގެ މަސައްކަތް 2019 ގައި ފެށީ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުގެ ދަށުންނެވެ.
އެ ޕްރޮގްރާމު އިފްތިތާހުކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިވެހިންނަށް ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމާއި ރާއްޖޭގެ އިގްތިސޯދީ އަދި ސަގާފީ މަސްލަހަތުތައް ކުރިއެރުވުމާއި އެ ގައުމުތަކުގައި ރާއްޖެ އަދި ދިވެހިން ތަމްސީލުކުރުމުގައި އޮނަރަރީ ކޮންސުލްތަކަކީ މުހިއްމު ދައުރެއް އަދާކުރާ ތަންތަން ކަމަށެވެ.
އެެހެންވެ، ފެންވަރު ރަނގަޅު ތައުލީމަކީ، ރާއްޖޭގެ ޒުވާނުންގެ ބޮޑު އާބާދީ އެމީހުންގެ މުސްތަގްބަލަށް ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކާ ކޮންމެހެން ބޭނުންވާކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން 12،000 އަށްވުރެ ގިނަ ދަރިވަރުން އަންޑާގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކަމަށެވެ. މިހާތަނަށް 2000 އަށްވުރެ ގިނަ ދަރިވަރުން ފުރަތަމަ ޑިގްރީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން މަތީ ތައުލީމުގެ ސްކޮލާޝިޕްގެ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކުރާނެ އެވެ. އަދި 2023 ވަނަ އަހަރުގެ ނިޔަލަށް މަދުވެގެން 20،000 ދަރިވަރުންނަށް ހިލޭ މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވްރީސްތު
20 April 2022
މަތީ ތައުލީމުގެ ގާނޫނުގައި ބުނާ ގަވާއިދުތައް އެމް.ކިއު.އޭ އިން ނުހަދާ، އެމް،ކިއު.އޭ ގަ ހުރި ތަނެއް ދޮރެއް ނޭނގޭ ވެރިޔަކު ބޭނުން ގޮތަކަށް ހިދުމަތްތައް ހޯދަން ދާ ރައްޔިތުންނަށް ކަންކުރުމަކީ މިނިސްޓަރުގެ ފެއިލްވުން. ތިޔަ މުޅި މިނިސްޓްރީގެ ސަބަބުން، ސަރުކާރު ބަދުނާމުގެ، އެމް.ޑީ.ޕީ ފަލީހަތް ވެއްޖެ. އެންމެ ބޭރުކުރަން ވެއްޖެ.
އިބްރީސް
20 April 2022
ފެއިލްވެފަ ހުރި މިނިސްޓަރެއް. އެމް.ކިއު.އޭ ގައި ހުރި ވެރިއަކު ކުރަމުންދާ ތާކުން ތާކު ނުޖެހޭ ކަންތައްތައް ކުރަން ދޫކޮށްލައިގެން ހުންނަނީ ތިމާގެ އެއްވެސް ފެންވަރެއް ނެތީމަ. ބޭކާރު އަނގަ ތެޅިއެއް ކަމަކު ތިމާއަކީ އެއްވެސް ކަމެއްވާ މީހެއްނޫންކަން ތިޔަ މިނިސްޓްރީއާ އެމް،ކިއު.އޭ އަށް ހިދުމަތްތައް ހޯދަން ދާ ބަޔަކަށް އެނގޭނެ.