މުނިފޫހިފިލުވުން / ހޮލީވުޑް

ކޯޓުގައި ހާޑްގެ ވަކީލުން ދޮގުހެދިކަން ފަޅާއަރައިފި

އެމެރިކާގެ މަޝްހޫރު އެކްޓްރެސް އެމްބާ ހާޑް.

25 އެޕްރީލް 2022 - 07:31

1 comments

އެމެރިކާގެ މަޝްހޫރު އެކްޓްރެސް އެމްބާ ހާޑްގެ ދަބަހުގައި ގެންގުޅުނު ކަމަށް ބުނި ކޮންސީލާ މޭކަޕް ކިޓަކާ ގުޅޭގޮތުން ކޯޓުގައި އޭނާގެ ވަކީލުން ހެދި ދޮގެއް ފަޅާއަރައިފި އެވެ.

މަޝްހޫރު އެކްޓަރު ޖޮނީ ޑެޕް އާއި އޭނާ ކުރިން ކައިވެނިކޮށްގެން އުޅުނު އެމްބާ ހާޑްގެ މައްސަލައެއް ކޯޓުގައި މިހާރު ކުރިއަށް އެބަދެ އެވެ. އަބުރުކަތިލިކަމުގެ ތުހުމަތުކޮށް، ޑެޕް ހުށަހެޅި މައްސަލަ ކުރިއަށް ދަނީ އެމެރިކާގެ ވާޖިނިއާގެ ކޯޓެއްގަ އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް މިހާރު ދެ ހަފުތާ ވަންދެއް ކުރިއަށް ގޮސްފައިވާއިރު ދެކޮޅުން ވެސް ވަނީ ތަފާތު އެކި ކަހަލަ ހެކިތަކާއި އާ މައުލޫމާތުތައް ހިއްސާކޮށްފަ އެވެ.

އެންމެ ފަހުން ކުރިއަށް ދިޔަ އަޑުއެހުމުގައި ހާޑްގެ ވަކީލުން ހާމަކުރި ވާހަކައަކާ އެކު ދޮގެއް ފަޅާއެރި އެވެ.

ހާޑްގެ ވަކީލު ކޯޓުގައި ވާހަކަދައްކަމުން ވަނީ ކޮންސީލާ ކިޓެއް ދައްކައިފަ އެވެ. އަދި އެ ކިޓު ދައްކަމުން ބުނީ އެއީ އެމީހުން ކައިވެނިކޮށްގެން އުޅުނުއިރު ހާޑް ގެންގުޅުނު އެއްޗެއް ކަމަށެވެ.

"އެމްބާ ކައިވެނިކޮށްގެން އުޅުނު އިރު، ޑެޕް އޭނާ އަށް ކުރާ އަނިޔާތައް ފޮރުވަން ކޮންމެ ދުވަހަކު މި ކޮންސީލާ ކިޓު ދަބަހުގައި ބާއްވައިގެން އުޅެނީ،" ވަކީލު ބުންޏެވެ.

@milanicosmetics You asked us… let the record show that our Correcting Kit launched in 2017!👀 #milanicosmetics ♬ International Super Spy - dylan

ކޯޓުގައި ވަކީލު ދައްކަނީ މިލާނީ ކޮސްމެޓިކްސް ކިޔާ ބްރޭންޑެއްގެ ކޮންސީލާ ކިޓެކެވެ.

އެކަމަކު، އެކަމާ ގުޅިގެން މިލާނީ ކޮސްމެޓިކްސް އިން ސޯޝަލް މީޑިއާ އަށް ލީ ޕޯސްޓަކުން ހާޑްގެ ދޮގު ފަޅާއެރި އެވެ. މިލާނީ އިން ބުނީ އެ ކޮންސީލާ ކިޓަކީ 2017 ވަނަ އަހަރު ބާޒާރަށް ނެރުނު ކިޓެއް ކަމަށެވެ. އެމްބާ އާއި ޑެޕް ކައިވެނިކޮށްގެން އުޅުނީ 2015 އާއި 2016 އާ ދެމެދުގަ އެވެ. އެހެންވީމާ ރިލީޒްނުކުރާ ކިޓެއް ބޭނުން ނުކުރެވޭނެ ކަމަށް މިލާނީ އިން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހާޑްގެ ވަކީލުން ބުނީ އޭނާ ގެންގުޅުނީ އެއާ އެއްފަދަ ނުވަތަ އެއާ އެއްވައްތަރު ކޮންސީލާއެއް ނޫން ކަމަށެވެ. ނަމަވެސް ހަމަ ސީދާ އެ ކޮންސީލާ ކިޓް ކަމަށް ވަކީލުން ބުނެ އެވެ.

އެ ދޮގާއެކު ޑެޕްގެ ވަކީލުން އަމަލުކުރާނެ ގޮތެއް އެނގޭނީ ދެން އޮންނަ އަޑުއެހުމެއްގަ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާލުމަތު ދޮންކަމަނަ

25 April 2022

ކުދިންނޭ! ތިޔަ ކުދިން ކައިވެނި ކުރާއިރު ހެޔޮލަފާ ރަނގަޅު ފިރިއެއް/އަންބެއް ހޯދާތި އިނގޭތޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454