ތައިލެންޑްގައި މެންގޯ ސްޓިކީ ރައިސް ވިއްކާ ފިހާރައެއް -- ފޮޓޯ: ރޮއިޓާސް
25 އެޕްރީލް 2022 - 07:29
ތައިލެންޑާއި އުތުރު އޭޝިއާގެ ގައުމުތަކުގައި އާންމުކޮށް ކައިއުޅޭ ޑެސާޓެއް ކަމަށްވާ "މެންގޯ ސްޓިކީ ރައިސް" އަށް ހާއްސަ ސަމާލުކަމެއް ލިބި، ކުއްލިއަކަށް މާ ބޮޑަށް މަޝްހޫރުވެއްޖެ އެވެ.
މެންގޯ ސްޓިކީ ރައިސް އަށް ކުއްލި ސަމާލުކަމެއް ލިބުނީ އެމެރިކާގައި މިހާރު ކުރިއަށް ދާ ކޮޗެލާ މިއުޒިކް ފެސްޓިވަލުގައި ބައިވެރިވި ތައިލެންޑްގެ ރެޕް ލަވަކިޔުންތެރިޔާ މިލީ، އޭނާގެ ފާފޯމަންސްގެ މެދުތެރެއިން ސްޓޭޖު މަތީގައި ހުރެ އެ ކެއުމުންނެވެ.
މެންގޯ ސްޓިކީ ރައިސްގައި ގަންނަން ބެންކޮކްގެ ފިހާރަތަކުގެ ބޭރުގައި މީހުން ކިއު ހަދައިގެން -- ފޮޓޯ: ރޮއިޓާސް
ހެރީ ސްޓައިލްސް އާއި ބިލީ އައިލިޝް ފަދަ މަޝްހޫރު އާޓިސްޓުން މި އަހަރު ބައިވެރިވާ ކޮޗެލާ އަކީ މިއުޒިކްގެ އެންމެ ބޮޑު އެއް ފެސްޓިވަލެވެ.
މިލީގެ ޕާފޯމަންސް އަށް ފަހު ތައިލެންޑްގައި މެންގޯ ސްޓިކީ ރައިސްގެ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފަ އެވެ. އޭގެ އޯޑަރުތައް ހިފައިގެން ބެންކޮކްގެ މަގުތަކުގައި ޑެލިވަރީ ކުރާ މީހުންގެ ދިގު ކިއުތައް ވެސް އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މެންގޯ ސްޓިކީ ރައިސް ޑެލިވަރީ ކުރާ މީހުން އޯޑަރު ބަލާ ގޮސް، ބެންކޮކްގެ މަގެއްގައި -- ފޮޓޯ: ރޮއިޓާސް
މެންގޯ ސްޓިކީ ރައިސްގެ ވިޔަފާރީ ކުރާ މީހުން ބުނި ގޮތުގައި މިލީގެ ޕާފޯމަންސް އަށް ފަހުގައި އެމީހުންގެ ވިޔަފާރީ ޑިމާންޑަށް ވުރެ ވެސް މަތިވެއްޖެ އެވެ.
އެކަމާ ގުޅޭ ގޮތުން ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޮޗާ އެ ގައުމުގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ ތައިލެންޑްގެ މެންގޯ ސްޓިކީ ރައިސް، ޔުނެސްކޯގެ ކަސްޗުރަލް ހެރިޓޭޖް ލިސްޓުގައި ހިމަނަން ފޮނުވުމަށް އެ ގައުމުގެ ސަގާފަތާ ބެހޭ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ.
ތައިލެންޑްގައި މަޝްހޫރު ޑެސާޓެއް ކަމަށްވާ މެންގޯ ސްޓިކީ ރައިސް -- ފޮޓޯ: ރޮއިޓާސް
ހަކުރު އަޅައިގެން ކާށިކިރުގައި ކައްކާފައި ހުންނަ ބަތާއި ދޮން އަނބު އެއްކޮށްގެން ކައި އުޅޭ އެ ޑެސާޓަކީ ކޮންމެ އަހަރެއްގެ މާޗު އަދި އެޕްރީލްގައި، އެންމެ ހޫނުގަދަވާ ދުވަސްވަރު ތައިލެންޑުގައި ވަރަށް ގިނައިން މީހުން ކައި އުޅޭ އެއްޗެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޯޕާލް
25 April 2022
ސްޓޭޖްމަތީ ލަވަކިޔުންތެރިއަކު މެންގޯ ސްޓިކީ ރައިސް ކެއުމުން ކުއްލިއަކަށް ތައިލެންޑް މީހުނަށް މެންގޯ ސްޓިކީ ރައިސް މީރުވުމުން އަހަރެން މިހިރީ ހައިރާންވެ އަންތަރީސްވެ ތިއެއް ކާހިތުން ދެމިޔަކަނިން ސޮނިވެއްޓިފަ. ޓޭސްޓް ކޮއްލަން ތައިލެންޑަށް ދާންވީ
ާަބޮނޑިބަތް
25 April 2022
އެހެންވީމާ އަނބު ބޮނޑިބަތް އުތަ؟