25 އެޕްރީލް 2022 - 11:30
ހައި ކޯޓުގެ ދެ ފަނޑިޔާރަކު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުން މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުވައިފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަބްދުالله ހަމީދާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކޮށް, އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހެޅީ މި މަހުގެ 20 ވަނަ ދުވަހުގަ އެވެ. އެއީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި އެ ދެ ފަނޑިޔާރުން ބައްލަވައިގަނެފައިވާ ކަމަށާއި, އެ ކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމެވިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހެޅި މައްސަލައެކެވެ.
ޖޭއެސްސީން ބުނީ އެ ދެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ގާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން މައްސަލައިގެ ތަހުގީގުން އެނގޭ ކަމަށެވެ.
ފަނޑިޔާރުންނަށް ހައުސިންގް ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތީސް ހައި ކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ މާލީ ހާއްސަ ލުއިތަކަކާ އެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ބޭރުން ކަމަށް ޖޭއެސްސީން ބުންޏެވެ.
ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ހަވާލުކުރި ފްލެޓްތަކާ އެ ދެ ފަނޑިޔާރުން ހަވާލުވެވަޑައިގަތުމަކީ ގާނޫނު އަސާސީއާއި ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކަނޑައަޅާފައި އޮންނަ ފަނޑިޔާރުންގެ ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާ ވެސް ހިލާފު އަމަލެއް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަކެނެރީ
26 April 2022
އަންނިގެރަގަޅުކަމާ އަދުލުވެރިކަމުންތަތިހެންތިބުނީ
ބަކިންހަމް
26 April 2022
މި ސަރުކާރުގެ ތެރެއިން ޖުޑީޝަރީއަށް އައި ފިއްތުންތަކާއި ނުފޫޒު ވަރަށް ރަނގަޅަށް ތި ދެ ފަނޑިޔާރުން މަޖިލީހުގައި ކިޔައި ދޭނެކަމަށް ހީކުރަން! ދޫނުކުރާތި! މިފަހަރުވާނެ ރަނގަޅަށް ޖުޑިޝަރީ އިސްލާހުކުރަން އައި މީހުންގެ ވާހަކަތައް ކިޔައިދޭން
ސިލްޕާ
25 April 2022
ބަލަ ހަމަ ތިޔަ އިސްކީމުން ސަރުކާރުން ރެހެންދި ފުލެޓް ދިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބުދުﷲި ޢަރީފު އިހައްދުވަހުގެ ރޭ ނޫންތަ ތަކުރީމު ކުރީ. ރެހެންދި ފުލެޓް ނެގުމަކީ ކަރާމާތްތެރިކަމަށްވެގެން އޭނާއަށް މުސާރަޔާ އިނާޔަތައް ލިބޭގޮތަށް އިސްތިއުފާދޭން ފުރުޞަތުދިނީ ހިސާނުއަށް ރައީސްކަން ދިނީމަތޯ؟ ބޮޑުކެކުރި ކުޑަކެކުރި އުސޫލުން ކަންކަން ނިންމަނީ. ކަޑައޭ އަންނި އިންނަ ތަނަކުން މިހެން ދިޔައީމަ.
އިބޫނާ
25 April 2022
އަލީ ރަޝީދަށް ، ޔާމީނަށް ހުކުމްކޮށްގެން ލިބުނު ސްޕްރީމްކޯޓުގެ ޕްރޮމޯޝަނަކީވެސް ތިކަހަލަ ހަދިޔާއެއް. ފިޔަވަޅު ނޭޅެނީ ކީވެ. ޖުޑިޝަރީ އިސްލާހުކުރުމޭ ކިޔައިގެން މުޅިންވެސް އަމިއްލަ ފައިދާއަށް ކަންތަށް ނިންމަމުންދާކަށް ރައްޔިތުންނަށް އެގޭ.