އައްމަޓީ: އޭނާ ބަންދުން ދޫކޮށްލި މައްސަލަ އަލުން ބަލަން ވަނީ އަންގާފައި
25 އެޕްރީލް 2022 - 13:50
ސީލައިފްގެ ގްލޯބަލްގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުން އަލުން ބަލަން ސުޕްރީމް ކޯޓުން ދެންމެ އަމުރުކޮށްފި އެވެ.
ޚިޔާނާތުގެ ގިނަ ދައުވާތަކެއް އުފުލިފައިވާ އައްމަޓީ ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިމަހު ކުރީކޮޅު އެ މައްސަލަ ބޭރުކޮށްލީ އެ ބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަންޖެހޭ 48 ގަޑިއިރު ހަމަވެފައިވާ ކަމަށް ބުނެ އެވެ.
ދައުލަތުން ބުނާގޮތުން އެ މުއްދަތު ގުނަން ޖެހޭނީ އެ ނިންމުމެއް ދަށު ކޯޓުން ނިންމި ދުވަސް ނުހިމަނަ އެވެ. އެގޮތަށް މުއްދަތު ގުނުމުން 48 ގަޑިއިރު ހަމައެއް ނުވެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ދައުލަތުން ރިއާޔަތްކުރި ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގެ 169 ވަނަ މާއްދާއަކީ 48 ގަޑިއިރުގެ މުއްދަތު ގުނުމުގައި ބެލޭނެ މާއްދާއެއް ނޫން ކަމަށެވެ.
އެކަމަކު މީގެކުރިން އެއްވެސް ކޯޓަކުން އެ މާއްދާ މާނަކޮށްދީފައި ނެތުމުންނާއި އަދި ގާނޫނު ބާތިލްވުމުގެ ކުރިން ގާނޫނުގެ ދަށުން ކޮށްފައި ހުރި ކަންކަން ސައްހަވާތީ ދައުލަތުން މީގެކުރިން އަމަލު ކޮށްފައި ހުރި ގޮތްތައް ބާތިލްވެގެން ނުދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އައްމަޓީގެ މައްސަލަ ވެސް ހައި ކޯޓުން އަލުން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން އައްމަޓީގެ މައްސަލަ އަލުން ބަލަން ހުކުމް ކުރިޔަސް، ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތަކުގެ މުއްދަތު ގުނާނެ ގޮތާ މެދު ފަނޑިޔާރުންގެ މެދުގައި ރައުޔުގައި ތަފާތުވި އެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަތް ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްގެ ރައުޔަކީ 48 ގަޑިއިރުގެ މުއްދަތު ގުނަން ޖެހޭނީ ކޯޓުން ނިންމުން ނިންމާ މިނެޓުން ނުވަތަ ވަގުތުން ފެށިގެންނެވެ.
ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ރައުޔަކީ 48 ގަޑިއިރު ގުނަން ޖެހޭނީ ދުވަހުން ކަމަށެވެ. އެއީ 48 ގަޑިއިރަކީ ދެ ދުވަސް ކަމަށް ވާތީ އާއި ގާނޫނުގައި އެހެން ހުރިހާ މުއްދަތުތައް ހިމަނާފައިވަނީ ދުވަހުން ގުނާ ގޮތަށް ކަމަށްވާތީ ކަމަށް ފަނޑިޔާރު ޝުޖޫންގެ ރައުޔުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
25 April 2022
އެންމެން ހަމްދުއަޅަނީ ސުޕްރީމް ކޯޓުން ކިހިނެތް ހެދީތަ؟ މަށަކަށް ހަމަ ނުވިސްނޭ ސުޕްރީމް ކޯޓުން ދިން ޙައްލެއް. ބުނަނީ އެއޮއްތަނުުން އެބަ ކެކެޔޭ؟ ރަބޯރަބޯ ފޯއްޔަށް މިދަނީ. މިކަމެއް ނިމޭކަށް ނޫޅުނު. ހައިކޯޓުން ނިންމިގޮތް ގޯހިއްޔާ ސުޕްރީމްކޯޓުން ރަގަޅަށް ނިންމީމަތާ ނިމިނިމުނުކަމަކަށްވާނީ. އަަނެއްކާ ނުބައިކޮށް ނިންމި ބަޔަކާ ދިމާލަށް ފޮނުވާލީމާ ހީވާންއުޅެނީ ހޫނު ގުޅައެކޭ.
ައލީ ޖުނައިދު.
25 April 2022
ކޮްންމެވެސް ވަރަކަށް ކަންކަން ހިގާގޮތް ނޭގި މިތަނުގައި ކެމެންޓް ކުރީމަ އަމިއްލަ އަގު ވެއްޓުން ނޫން ކަމެއް ނުވާނެ. މަޑުން ހުރެބަލަ.
އޮނަރަބްލް އަފީފު ދީދީ
25 April 2022
ޝުކުރީއްޔާ. ސްޕްރީމް ކޯޓްގެ މިފަދަ ނިންމުންތަކުގެ ސަބަބުން ޤައުމުގެ އަދުލު އިންސާފުގެ ނިޒާމް ރަނގަޅު މިސްރާބަށް ދިއުމަށް މަގުކޮށިގެންދާނެކަން ކަށަވަރު. # ކުރިއަށްއޮތްތަނުގައި މިފަދަމައްސަލަތަކުގެ މުއްދަތުގުނާނެގޮތާމެދު ރައުޔު ތަފާތުވި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގައި "48 ގަޑިއިރަކީ ދެ ދުވަސްކަމަށްވާތީ އާއި ގާނޫނުގައި އެހެން ހުރިހާމުއްދަތުތައް ހިމަނާފައިވަނީ ދުވަހުން ގުނާގޮތަށްކަމަށްވާތީ" ކަމަށް ނުބެ ނެރުއްވީ އަހަރެންވެސް ގަޔާވި ރައުޔެއް.
ނިކަމެތި
25 April 2022
މި ދައުރުގަ މި ބޮޑުވަގު މިނިވަންކަންމަތީ އެބަ ހިފަހައްޓާ މިހެން ކޯޓޭ ކިޔާލަކިޔާލަ. ނިކަން ސުޕްރީމްކޯޓަށް ތި ވަގު ގެންދެބަލަ.
ގުއްދޫސް0
25 April 2022
އަންމަޓީ މެނަށް ސަކަރާތް ޖެހޭނީ ދަށު މަރުޙަލާގަ. ހީވޭ ކަމެއް ހެން.
ގަމާރު ސާހަބު
25 April 2022
މަގޭ ހިތައް އޭރުވެސް އެރި ސުޕްރީމުން އަންމަޓި ދުލެއް ނުކުރާނޭ. ސުކުރިއްޔާ ސުޕްރީމް ކޮޓު.
ހުސައިން ސާމިރު99
25 April 2022
ފަނޑިޔާރު މަހާޒުގެ ރައުޔު ރަނގަޅު. 48 ގަޑިއިރު އެއީ 48 ގަޑިއިރު. ދައުލަތުން ނުރޮއެ ކަންކަން އަވަސްކުރުން އޮތީ. އަންމަޓީ ދެން ލަލަލާ!
މަޓީ
25 April 2022
ٱلْحَمْدُ لِلَّٰهِ