ޚަބަރު / އުމްރާ

ކިހާ ބޮޑު އިއްތިފާގެއް؛ މަރުގެކުރިން އެންމެ ބޭނުންވި އުމްރާ!

އަބޫބަކުރު، އޭނާގެ އަންހެނުންނާއި ހުރިހާ ކުދިން އަދި ދަނބިދަރިންނާއެކު އުމްރާއަށް ގޮސް ފޮޓޯއަކަށް ހުއްޓާލައިގެން.

ހުރިހާ ދަރިންނާ އެކު އުމްރާ އަށް ދިއުމަކީ އަބޫބަކުރު ހަސަން (ބަކުރުބެ)، އޭނާގެ ހަތް ދަރިން ގާތުގައި އެންމެ ގިނައިން ދެއްކި އެއް ވާހަކަ އެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެކަން ނުވެފައި ތިބުމަށް ފަހު އޭނާގެ މި ހުވަފެން ހަގީގަތަަކަށް ވި މި ދަތުރު ވީ އޭނާގެ ފަހު ދަތުރަށެވެ.

އުމްރާގެ އަޅުކަމުގައި އުޅެނިކޮށް ރޭ ފަތިހު އޭނާ ކުއްލި ގޮތަކަށް ނިޔާވީ އެވެ.

އުމުރުން 76 އަހަރުގެ އަބޫބަކުރުގެ ފިރިހެން ދަރިފުޅު، ލިސާން އަބޫބަކުރު "މިހާރު" އަށް ބުނީ މުސާފިރީން އުމްރާ ގްރޫޕްގެ ހަވާލުގައި މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު އުމްރާ އަށް ބައްޕަ ފުރީ ވަރަށް އުފަލުން ހުރެ ކަމަށެވެ.

ލިސާން ބުނީ ދީނީ ކަންތައްތަކަށް ސަމާލުކަން ދީ، ހެޔޮ ކަންތައްތަކަށް ބައްޕަ ބާރުއެޅުވި ކަމަށެވެ. އޭނާ ސިފަކުރި ގޮތުގައި އެވަރުގެ ރަނގަޅު، ހެޔޮ ބައްޕައެއް މި ދުނިޔެ މަތީގައި ނުލިބޭނެ އެވެ.

"ހުރިހާ ކުދިންނަށް ވެސް ވަރަށް ރަނގަޅު، އެއްވެސް ކުއްޖެއް ތަފާތު ނުކޮށް ކަންތައްތައް ކޮށްދިނީ. ރޭގަނޑު ބައްޕައާ އެކު ހުރިހާ ކުދިން އެއްކޮށް ކާނީ ވެސް،" ލިސާން ބުންޏެވެ.

އަބޫބަކުރު އުމްރާގައި.

އަބޫބަކުރު ދިޔައީ ލޭ މައްޗަށް ދިއުމާއި ހިތުގެ މައްސަލަ ހުންނާތީ އެކަމަށް ވެސް ބޭސް ކަމުންނެވެ. ނަމަވެސް ފަހު ވަގުތާ ހަމައަށް ވެސް އެ ކަމުގެ އުނދަގޫވެގެން އެ ވާހަކަ ދައްކާފައި ނުވާ ކަމަށް ލިސާން ބުންޏެވެ.

ބައްޕައާ އެކު އުމްރާ އަށް ގޮސް ހުރި ލިސާން ބުނީ ރޭ ވެސް އާއިލާގެ ހުރިހާ ކުދިންނާ އެކު ބައްޕަ އުޅުނު ކަމަށެވެ. ލިސާން ބުނި ގޮތުގައި ބައްޕަ ނިއާވީ ފަތިސް ނަމާދަށް ފަހު ކުއްލިއަކަށް މެޔަށް ތަދެއް އަރައިގެން ހޮސްޕިޓަލަށް ގެންދަން އުޅެނިކޮށެވެ.

"ރޭ ވެސް ހުރިހާ ކުދިންނާ އެއްކޮށް ސަކަރާތްޖަހައި އުޅުނު. އެއްވެސް ކަމެއް ފާހަގައެއް ނުވި،" ލިސާން ބުންޏެވެ.

އާއިލާއިން އަންނަނީ އަބޫބަކުރުގެ ޖަނާޒާގެ ކަންތައްތައް މިރޭ ބޭއްވޭތޯ މަސައްކަތްކުރަމުންނެވެ.

މަސްވެރިކަން ކޮށްގެން އުޅުނު އަބޫބަކުރު މީގެ ކުރިން 3-4 ފަހަރު އުމްރާއަށް ދިޔަ އެވެ. އެ ދަތުރުތަކުގައި އޭނާގެ ބައެއް ދަރިން ބައިވެރި ވިޔަސް މިއީ އޭނާ އުންމީދުކުރި ގޮތަށް ހުރިހާ ދަރިންނާ އެކު ދިޔަ އުމްރާ އެވެ.

ދަރިންގެ އިތުރުން ކާފަ ދަރިއެއް ވެސް މި ފަހަރު އުމްރާ އަށް ދިޔަ އެވެ. މީގެ އިތުރުން އޭނާގެ އަންހެނުންނާއި އަންހެނުންގެ އެއްބަނޑުއެއްބަފާ ގިނަ ބަޔަކާއި އެ މީހުންގެ ދަރިންނާއި ދަރިންގެ ދަރިން ވެސް އުމްރާ އަށް ދިޔަ އެވެ.

13 ކޮމެންޓް, 125 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 16%
icon angry icon angry 2%
icon wow icon wow 2%
icon inlove icon inlove 74%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފުންއަސަރު

28 April 2022

ކޮންފަދަ ބޮޑު ނަސީބެއް. ހުރިހާ ކަމެއްވެސް ތިޔަ ދިޔައީ އެންމެ ރަނގަޅަށް. މާތްﷲ ބަކުރުބެ އަށް ހެޔޮ ރަހްމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި. އަދި ބަކުރުބެގެ އާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން!

The name is already taken The name is available. Register?

ެިއިއްބެ101

28 April 2022

ބަކުރުބެއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށިއެވެ. އާމީން މީގެ 30އަހަރުކުރިން އެގެއަށް ދެވޭ. ބަކުރުބެ މުޑިކާށި ދޭނެ އަހަރުމެން ނަށް.

The name is already taken The name is available. Register?

މުޙައްމަދު ޞަލާހް

27 April 2022

ހެޔޮލަފާ ރަނގަޅު އިންސާނުންދެކެ ﷲތަޢާލާ ލޯބިވެވޮޑިގަންނަވާ މަރުހޫމަށް ހެޔޮރަހުމަތްލައްވާށި

The name is already taken The name is available. Register?

މުހައްމަދު ހުސައި

27 April 2022

ބަކުތުބެ ފަދަ މާތް މީހެއް ކަމުގައި ލެއވުން އެދެން. ބަކުރުބެއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަތައް ލެއްވުމަށް މިރޭގެ ދުޢާގައި އެދިދަންނަވާނަށް. އިންޝާއަﷲ

The name is already taken The name is available. Register?

މަރު

27 April 2022

ވަރަށް އަރާމް މާތް މަރެއް. ރަހުމަތް ލައްވާށި. ސުވަރުގެ ލައްވާށި. އާމީން..

The name is already taken The name is available. Register?

އަޝްރަފް

27 April 2022

ބަކުރުބޭ އަކީ ހާދަހާވާ ހެޔޮލަފާ އިންސާނެކޭ. ރަށުން ބޭރުން އޭދަފުއްޓަށް ކިޔަވަން ގޮސް އުޅުނު ކުދީންނަށް ބަކުރުބޭގެ ހެޔޮކަން ވަނީ ފެނިފަ. މަރު ދުވަހަށްވެސް ދަރިފު ކިޔާފަ ނޫނީ ވާހަކަ ނުދައްކާ. އެންމެ މާތް މައްސަރުގަ މަތިވެރި އުމްރާ އަޅުކަން އަދާކުރަން އެންމެ މާތް ބިމުގަ އެންމެ ލޯބިވާ އާއިލާގެ މީހުން ގާތުގައި ތިބެ ފަތިސް ނަމާދުގެ އަޅުކަމަށް ފަހު އަބަދުގެ އަބަދަށް ވަކިވެގެން އެ ދިޔައީ. ކޮންފަދަ ހެޔޮ މަރެއް. ް

The name is already taken The name is available. Register?

ތުނިޔަ

27 April 2022

ماشاءالله ކޮންފަދަ ރީތި ނިމުމެއް! أبوبكر ގެ ފާފަ ފުއްސަވައި ޖައްނަތުލް ފިރުދައުސުގައި ލައްވާށި! امين

The name is already taken The name is available. Register?

ާAli

27 April 2022

ފޮޓޯގަޑު ފެނުމުން ވަރަށް އަސަރުކޮށްފި

The name is already taken The name is available. Register?

އަބްޑޫޅް

27 April 2022

އަވަހަށް، ބަކުރުބޭގެ ހަށިގަނޑު ރާއްޖެ ގެނެސް، ދިވެހި މާތް ބިމުގަ ވަޅުލައިދީ.

The name is already taken The name is available. Register?

އަބްދުﷲ އަލީ

27 April 2022

ބަލަ މައްކާގެ މާތްބިމައްވުރެ މިދިވެހި ބިން ކޮންގޮތަކަށް ތަމާތްވީ؟

The name is already taken The name is available. Register?

ހެޔޮ ރަޙްމަތް ލައްވާށި

27 April 2022

އާޓިކަލް ގައި ފާހަނގަ ކޮށް ފައިވާ ގޮތައް ބަކުރުބޭ އަކީ މީހުންނަށް ވަރަށް ހެޔޮ ، އަދި ޙާއްޞަކޮށް ދަރިންނަށް ހެޔޮ ބައްޕައެކެވެ. ބަކުރުބޭ އާއި ވަރަށް ފަހުންވެސް މައްކާގައި ހުއްޓާ ވީޑިއޯ ކޯލް ކޮށް ވާހަކަ ދެކެވުނެވެ. ކޮންފަދަ ހެޔޮ މަރެއްތޯ އެވެ. އުމްރާގެެ މަތިވެރި އަޅުކަން ކުރުމަަށް ދިޔައީ އަންހެނުން ނާއި ހުރިހާ ކުދިން އަދި އެންމެ ގާތް ރަޙްމަތްތެރިޔާ އާއި އެކުއެވެ. ބަކުރުގެ ފުރާނަ އަށް ހެޔޮ ރަޙްމަތް ލައްވާ އާއިލާ އަށް ކެތްތެރިން ދެއްވާންދޭވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454