އާމިނަތު އަލީ އަދި މުހައްމަދު އަލީ.
01 ޑިސެމްބަރ 2025 - 10:07
ބ. އޭދަފުށީގައި އިއްޔެ އެ ރަށުގެ ހިދުމަތްތެރިއެއް ކަމަށްވާ މުހައްމަދު އަލީ ނިޔާވިތާ 24 ގަޑިއިރު ނުވެ އޭނާގެ އަންހެން ކޮއްކޮ މިއަދު ނިޔާވެއްޖެ އެވެ.
އޭދަފުށީގެ ރަށުގެ ލޭންޑުމާކުގެ ގޮތުގައި މިހާރު ބަލަމުން އަންނަ ހިތްގައިމު މިސްކިތް ބިނާކުރެއްވި ޑޭޒީވިލާ، މުހައްމަދު އަލީ އުމުރުން 91 އަހަރުގައި އިއްޔެ ހަވީރު ނިޔާވީ އިންޑިއާގެ ޗެންނާއީގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާ ނިޔާވި އިރު 13 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
މިއަދު އުމުރުން 85 އަހަރުގައި ނިޔާވީ މުހައްމަދުގެ ހަގަށް ހުންނަ އަންހެން ކޮއްކޮ އައިމިނަތު އަލީ އެވެ. އޭނާ ނިޔާވީ ފައި ބިނދިގެން އުޅޭތާ އަށެއްކަ އަހަރަށް ފަހު، ބަލިވެ އުޅުމަށް ފަހު އެވެ.
އައިމިނަތުގެ ފައި ބިންދައިގެން ދިއުމުން އޮޕަރޭޝަން ކުރި ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިން ކުރިމަތިވި އެކި މައްސަލަތަކާ ހެދި އެނދުމަތިވެފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
"އަނެއްހެން ބަލީގައެއް ނޫން އުޅުނީ ދައްތަ އުޅުނީ. މީހުން ވެސް ވަކިކުރަން އެނގޭ." އާއިލާއިން ވާހަކަދެއްކި މީހަކު ބުންޏެވެ.
ފަސް ކުދިންގެ މަންމަ އައިމިނަތު ނިޔާވިއިރު، އެ އާއިލާގެ ގިނަ މީހުން ތިބީ މުހައްމަދުގެ ޖަނާޒާއަށް އިންޑިއަށް ގޮހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިބުރާޙިމް
03 December 2025
މިދެވެރިނނައް ސުވަރުގެ މިންވަރުކުރައްވައި އާއިލާއަށް ކެއްތެރިކަން ދެއްވާށި އާމީން
ޙުސޭނުގެ ދަރި
02 December 2025
މޮހޮނދުބެ އަދި އާނައްތަ އަށް ހެއު ރަހުމަތައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމީން!
ޝަޒްމާ
01 December 2025
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.
އެޑްމުންޑޯ
01 December 2025
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން ، މަރުހޫމާ އަށް ސުވަރުގެ މިންވަރު ކުރައްވާށި
ސަޓާ
01 December 2025
އޭދަފުށި މުހަންދުބެއަކީ ލެޖެންޑެއް.
މާލު
01 December 2025
އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން، އާއިލާއަށް ކެތްތެރިކަން ދެއްވާށި