ޚަބަރު / ބ. އޭދަފުށި

އޭދަފުށީގެ ތައުލީމީ ދާއިރާގެ ހިދުމަތްތެރިޔާ އަހުމަދު އަލީ ނިޔާވެއްޖެ

ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒަށް އެތައް އަހަރެއް ވަންދެން ހިދުމަތްކުރެއްވި އަހުމަދު އަލީ މިއަދު ނިޔާވެއްޖެ އެވެ.

މެދުރާއްޖޭގެ ތެރޭގައި އެންމެ ކާމިޔާބު އެއް ސްކޫލުގެ ގޮތުގައި އެ އަތޮޅު ތައުލީމީ މަރުކަޒު ހެދުމަށްޓަކައި އެންމެ ބުރަ މަސައްކަތް ކުރެއްވި އަހުމަދު އަލީ ނިޔާވީ، މާލެ ވަޑައިގެން އުޅުއްވަނިކޮށް، މަޖީދީ މަގު ހުދުމާ ކައިރިން ހިނގާފައި ދަނިކޮށް ހާޓްއެޓޭކެއް ޖެހި ވެއްޓިގެން މިއަދު އެވެ.

މެންދުރު 12:00 ހާއިރު ހިނގި އެ ހާދިސާއާ ގުޅިގެން އޭނާ ވަގުތުން އައިޖީއެމްއެޗަށް ގެންދިޔަ އެވެ.

އޭނާ ވަނީ ހިތުގެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން އެންޖިއޯ ޕްލާސްޓީ ވެސް ހައްދަވައިފަ އެވެ.

އެ ސްކޫލުގެ މިހާރުގެ ޕްރިންސިޕަލް، އަދި އަހުމަދަށް އަލީ އަށް ބޮޑުބޭބެ ވިދާޅުވާ، އަހުމަދު ރަފީއު "މިހާރު" އަށް ވިދާޅުވީ ތައުލީމީ ވަރުގަދަ ބްރޭންޑަކަށް އޭދަފުށީ ހެއްދެވުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވީ އަހުމަދު އަލީ ކަމަށެވެ. އޭނާ ވަނީ އެ ރަށު ސްކޫލުގެ ޓީޗަރުކަމުން ފެށިގެން ޑެޕިއުޓީ ޕްރިންސިޕަލްކަން ވެސް ކުރައްވައިފަ އެވެ. އޭގެ އިތުރުން އެ އަތޮޅު ދަރަވަންދޫ އަދި ގދ. ގައްދޫ ސްކޫލުގައި ވެސް މަސައްކަތްކުރެއްވި އެވެ.

"ދޮންބޭބެއާ އެކީގައި ވިިއްސަކަށް އަހަރު މަސައްކަތް ކުރެވުނު އެކުގައި. ވަރަށް ހިދުމަތްތެރި ބޭފުޅެއް އެއީ. ވަރަށް ކައިރިން ފެނުނު އެ މަސައްކަތްތައް." ރަފީއު ވިދާޅުވި އެވެ.

ވަޒީފާއިން މުސްކުޅި ކުރާ އުމުރު، 65 އަހަރު ވުމުން މިދިޔަ ޑިސެމްބަރު މަހު ވަޒީފާއިން ރިޓަޔާކުރެއްވިއިރު ހުންނެވީ ސްކޫލުގެ އެޑްމިނިސްޓްރޭޓަރުގެ މަގާމްގަ އެވެ. އޭރު ތައުލީމީ ދާއިރާއަށް ވަނީ 43 އަހަރު ހިދުމަތްކުރައްވައިފަ އެވެ.

އަހުމަދުގެ ޖަނާޒާ ބާއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.

9 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހްމަދު އިސްމާޢީލް

30 December 2023

އިންނާ ލިﷲ ވައިންނާ އިލައިހި ރާޖިޢޫން. މާތްﷲގެ ފަޟުލުވަންތަވެރިކަމާ އޯގާވަންތަކަން މަރުހޫމަށް އިތުރުކުރައްވާ ސުވަރުގޭގެ ނިޢުމަތް މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން!

The name is already taken The name is available. Register?

2023

30 December 2023

މީ އަންނަ ހެޔޮވާވަރުތަނެއްނޫން..... ބޮއިހަލަކި

The name is already taken The name is available. Register?

އައިމިނާ

30 December 2023

ހުރިހާވެސް މައްސަލައަކީ އުމުރު ދުވަހު ވަޒީފާގަ އުޅޭހިތުން އުޅޭ ފަރާތަށް އެ ފުރުސަތު ގެއްލުވާލުން. އެކަމުގެ ވަރަށް ހިތްދަތިކަން ތަޙައްމަލު ކުރަމުންދާ ފަރާތްތައް ވަރަށް ގިނަ. މި ޖެހެނީ 65 ވީމަ ގޭގަ އަމިއްލަޔަށް ނިކަމެތިވެގެން ތިބެން. އެއްމެންނަކީ 65 ވާއިރު ބަލިކޮށް އުޅޭ މީހުންނެއް ނޫން. އެއީ ކޮންމެ ބަޔަކު ކުރިކަމުގައި ވިޔަސް ރަނގަޅަށް ކުރި ކަމެއް ނޫން. އަލުން އިސްލާޙު ކުރަން ގޮވާލަން. މީކީ މާކަ ބޮޑު އާބާދީއް އޮތް ތަނެއްވެސް ނޫން.

The name is already taken The name is available. Register?

ބާބޫޖީ

30 December 2023

މިމާލެ މީ އަރާވަގުގެ ތަނެއް ނޫން. ރަނގަޅަށް ހުންނަ މީހާވެސް ބަލިވާނެ.

The name is already taken The name is available. Register?

ެއެލަވަންސް

30 December 2023

އިސް ރަށްވެހިންނަށް ދޭ އެލަވަންސް ދޭ ޢުމުރަކީ 60 އަހަރު ކަމަށް ކަނޑަ އަޅަން އެބަ ޖެހެއެވެ.

The name is already taken The name is available. Register?

މަވާސަލާމް

30 December 2023

ފުރަތަމަވެސް މައްޔިޔާގެ ފުރާނައަށް ހެޔޮރަހްމަތްލެއްވުމަށް ދުއާކުރަމެވެ.

The name is already taken The name is available. Register?

މަވާސަލާމް

30 December 2023

އިސް ރަށްވެހިންނަށް ދޭ އެލަވަންސް ޚިޔާލު 1: 65 އަހަރު ވުމުން ދޭ އިނާޔަތަށް ބަދަލުގެނައުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ 40 އަހަރު ސަރުކާރަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރިމީއާއެކޭ ވަޒީފާ އަދާނުކޮށް 65 އަހަރުވީ މީހާއެކޭ ތަފާތެއް ނެތުމުންނެވެ. ވަޒީފާ އަދާނުކޮށް ގޭގައި ތިބި އަޅުގަނޑުމެންގެ މައިން ބަފައިންނަށް އިނާޔަތް ދޭތީ ޝުކުރު އަދާކުރަންޖެހެއެވެ.

The name is already taken The name is available. Register?

މަވާސަލާމް

30 December 2023

އިސް ރަށްވެހިންނަށް ދޭ އެލަވަންސް ޚިޔާލު 2 ނަމަވެސް ވަޒީފާ ތަކުގައި ދެމިތިބެ މުސާރައިން ޕެންޝަން ފައިސާ ކެނޑި މީހާއަށް ލިބެންވާ މިންވަރު ބޮޑުތަނުން ތަފާތުވާންޖެހެއެވެ. ވަޒީފާއެއް އަދާނުކޮށް ފައިސާ ލިބިލައްވާ ފަރާތްތަކަށްވެސް ދައުލަތުން މިފައިސާ ދެވެނީ ވަޒީފާ ގައި ތިއްބެވި ފަރާތްތަކުން ޕެންޝަނަށް ކަނޑާ ފައިސާ އިންނެވެ.

The name is already taken The name is available. Register?

މަވާސަލާމް

30 December 2023

އިސް ރަށްވެހިންނަށް ދޭ އެލަވަންސް ޚިޔާލު 3 ވީމާ ޕެންޝަން ފައިސާ ބޭނުން ކުރުމުގައި އިތުރަށް ވިސްނަވައި މިކަމަށް ރަގަޅުގޮތްތަކެއް ހަމަޖައްސަވައިދެވާނެކަމަށް އުއްމީދުކުރަމެވެ. މިހާރު މިފައިސާ ބޭނުންކުރައްވަނީ ހަމައެކަނި ދައުލަތް ކޮއްޅަށް ޖެހުމަށެވެ. އަދި ސިޔާސީ އެއްޗަކަށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454