ފުރަތަމަ ކުއާޓާގެ ވިޔަފާރިން ޚަރަދުތައް ކަނޑައި، ޓެކްސް އުނިކުރުމުގެ ކުރިން ފައިދާ އަކީ 75.3 މިލިއަން ރުފިޔާ. މިއީ 27 ޕަސެންޓުގެ އިތުރުވުމެއް.
"ޖޮއިންޓީމްއެމްޓީސީސީ ކެމްޕެއިން 2022" ކެމްޕެއިން އިފްތިތާހު ކުރުމަށް އެ ކުންފުނީގެ ހެޑް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް(ކ-2)ގެ އިތުރުން ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޓީސީސީ
30 އެޕްރީލް 2022 - 11:25
މިދިޔަ އަހަރަކީ އެމްޓީސީސީގެ 41 އަހަރުގެ ތާރީހުގައި އެންމެ ބޮޑު ފައިދާއެއް ހޯދި އަހަރަށް ވެފައި ވާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގެ ފައިދާ ވެސް ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27 ޕަސެންޓް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ.
އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ހިސާބުތައް އާންމުކޮށްފައި ވާއިރު އެއިން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާ ކަމަށްވާ ޖެނުއަރީން މާޗް މަހުގެ ނިޔަލަށް 550 މިލިއަން ރުފިޔާ އާމްދަނީއަށް ލިބިފައިވެ އެވެ. ކުރީ އަހަރުގެ މި ކުއާޓާގައި ލިބުނީ 423 މިލިއަނެވެ. މިއީ 30 ޕަސެންޓުގެ އިތުރުވުމެކެވެ.
ފުރަތަމަ ކުއާޓާގެ ވިޔަފާރިން ޚަރަދުތައް ކަނޑައި، ޓެކްސް އުނިކުރުމުގެ ކުރިން ފައިދާ އަކީ 75.3 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ އަދަދަކީ 72.5 މިލިއަނެވެ. އެހެންވެ މިއީ 27 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓެކްސް އުނިކުރުމަށް ފަހު މި ކުއާޓާގައި ފައިދާ އަކީ 64 މިލިއަން ރުފިޔާ އެވެ. ކުރީ އަހަރު 61.6 މިލިއަން ރުފިޔާ އެވެ.
● އަހަރުގެ ފުރަތަމަ ކުއާޓަގައި 75 މިލިއަން ރުފިޔާގެ ފައިދާ
● ކުރީ އަހަރާ އަޅާބަލާއިރު ފައިދާއަށް 27 ޕަސެންޓު އިތުރު
● ޓެކްސް އަށް ކެނޑުމުން ފައިދާ އަކީ 72.5 މިލިއަން
● ފުރަތަމަ ކުއާޓާގެ އާމްދަނީ 30 ޕަސެންޓް އިތުރު
ކޮންޓްރެކްޓިން އާއި ޑްރެގިންގެ އާމްދަނީ 33.8 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށާއި އެކަމަކު ބައިނަލްއަގުވާމީ ބާޒާރުގައި ދިމާވެފައިވާ ލޮޖިސްޓިކްގެ ދަތިތަކާ ހެދި މި ކުއާޓާގައި ރެވެނިއުއަށް ނޭދެވޭ އަސަރުކުރި ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު މި ނިމުނު ކުއާޓާގައި ޓްރޭޑިން ރެވެނިއުގެ ގޮތުގައި 66.4 މިލިއަން ލިބި 12.9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވެ އެވެ.
ޓްރާންސްޕޯޓްގެ ވިޔަފާރި މި ނިމުނު ކުއާޓާގައި ވެސް ކުރިއެރުން ހޯދި ކަމަށާއި ޕަބްލިކް ޓްރާންސްޕޯޓް ބޭނުންކުރާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުން ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމްޓީސީސީގެ ތާރީހުގައި މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ވީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު ނިމުނުއިރު 224.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް އެމްޓީސީސީ އަށް ލިބުނެވެ. މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާއާ އަޅާ ބަލާއިރު ވެސް 15 ޕަސެންޓުގެ އިތުރުވުމެކެވެ. އެ އަހަރުގެ ސާފު ފައިދާއަކީ 190.6 މިލިއަން ރުފިޔާ އެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން، މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، 2020 ގެ އަދަދަކީ 220.75 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުހަމު
30 April 2022
މި ނިމުނު އަހަރު ކުންފުންޏަށް 141 މިލިއަން ސަބްސިޑީއަށްލިބުނު. ވީމާ ތާރީހުގައި މިހާތަނަށް އާޒިމަށް އެންމެ ބޮޑު ފައިދާއެއް 224.6 މިލިއަނުން އަސްލު ލިބުނު ފައިދާ 83 މިލިއަން ކަމާމެދު ސައްކެއްނެތް މި ނިމުނު އަހަރު އެވެ. އަދި މި ކުއާޓަުގަ 55 މިލިއަން ސަބުސިޑީ. އެއީ 20 މިލިއަން
އޮނަރަބްލް އަފީފު ދީދީ
30 April 2022
ކުންފުނީގެ އޮގަނައިޒިންގ ސްޓްރަކްޗަރ ތަރުތީބުކޮށް މަލްޑި ޑިވިޝަނަލް ސްޓްރަކްޗަރ އެއް ޤާއިމްކޮށް ކުންފުނިން ކުރާނެ މުހިންމު ވިޔަފާރި ކޮންޕޯނަންޓް ކަޑައަޅަންޖެހޭ ވަގުތު އަތުވެއްޖެ. # މިގޮތުން Transport, Domestic Logistics and Currier ފައިނޭންސް ލީސިންގ އެންޑް ރިއަލްއެސްޓޭޓް، ސޭލްސް އެންޑް އާފްޓަރ ސާވިސް ގެ އިތުރުން ކުންފުނިން އެންމެ އިސްކަންދޭ ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ ކަންކަމަށް އެތެރޭގައި ވަކިވަކި ޑިވިޝަން ވަކިކޮށް މެނޭޖް ކުރަންޖެހޭ.
ހިބިރިންބެއްޔާގެ ކުޑަސޮރު
30 April 2022
އާޒިމް ފެންނަނީ ކުރިން އެމްޓީސީސީގެ ވެރިކަންކުރިމީހުންނާބަލާފާ ތަންކޮޅެއް ރަނގަޅުމީހެއްގޮތަށް.
ކުނަމެހިސަން
30 April 2022
500 މިލިއަންގެ ފައިދާއިން 70 މިލިއަން ސާފު ފައިދާވީމަ ކުންފުނީގެ ޚަރަދުތައް ހާދަބޮޑޭ ކުންފުނީގެ ޚަރަދުތައް ކުޑަކުރަން ވަރަށް މަސައްކަތް ކުރަންޖެހޭކަމަށް ފެނޭ
ޑައިނީ
30 April 2022
އެމްޓީސީސީގެ އެންމެ ބޮޑު އަދި ހަމައެކަނި ކަސްޓަމަރަކީ ސަރުކާރު (އަހަރުން) . ގިނަގިނައިން ބިންހިއްކާ، ބަދަރު ހަދާވަރަކަ އެމްޓީސީސީއައް ފައިދާބޮޑުވާނެ. 40 އަހަރުވީއިރު، ބޭރުގައުމަކުން ބިޑެއް ކާނިޔާބުކޮއް، އެހެން ގައުމެއްގާ އެއްވެސް ޕްރޮޖެކްޓެއް ހިންގުނުތަ. ޢެމްޓީސީސީއައް މަދޭނީ ހަމަ ސުމެއް.
ސޮކެނިސްތާ
30 April 2022
އޭ ފިތުނަވެރިކަމުން ހިތް ފުރިގެންވާ އިންސާނާ އެމް.ޓީ.ސީ.ސީ އަކީ ގައުމީ މަސައްކަތްކުރުމަށް އުފައްދާފައިވާ ކުންފުންޏެއް ކޮންމެ މަސައްކަތެއްކުރިއަސް ކޮންމެ ތަނެއްގައި މަސައްކަތްކިރިއަސް ފައިދާ ވާނީ ފައިދާއަށް ފައިސާ ވާނީ ފައިސާ އަށް
އެލުޑިސީސީ
30 April 2022
ތިޔައިގެން ސަރުކާރުން ހޯދި ސަބުސިޑީ ކަވަރުވަނީ ކިތައް ޕަސަންޓޭޖުބާ