އެމްޓީސީސީގެ ސީއީއޯ އާޒިމް އެކުންފުނީގެ މުވައްޒަފުންނާ އެކު ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ:އެމްޓީސީސީ
24 ޖެނުއަރީ 2022 - 10:49
އެމްޓީސީސީގެ 41 އަހަރުވީ ތާރީހުގައި ނުލިބޭ ވަރުގެ ފައިދާއެއް މިދިޔަ އަހަރު އެ ކުންފުންޏަށް ލިބިފައިވާ ކަން ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން، އަހަރު ނިމުނުއިރު 224.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް އެމްޓީސީސީ އަށް ލިބުނެވެ. މިއީ 2020 ވަނަ އަހަރު ލިބުނު ފައިދާއާ އަޅާ ބަލާއިރު ވެސް 15 ޕަސެންޓުގެ އިތުރުވުމެކެވެ. އެ އަހަރުގެ ސާފު ފައިދާއަކީ 190.6 މިލިއަން ރުފިޔާ އެވެ.
ޓެކުހަށް ކެނޑުމުގެ ކުރިން، މިދިޔަ އަހަރު އެމްޓީސީސީ އަށް 264 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނުއިރު، 2020 ގެ އަދަދަކީ 220.75 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު ނިމުނުއިރު، އެމްޓީސީސީ އަށް 1.96 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި އެ ކުންފުންޏަށް ލިބުނީ 1.36 ބިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރަކީ ވެސް އެމްޓީސީސީ އަށް ރެކޯޑް އާމްދަނީ އާއި ފައިދާއެއް ލިބުނު އަހަރެކެވެ. ސަބަބަކީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިގޮތުގައި، ރެކޯޑް އަދަދަކަށް ޕްރޮޖެކްޓްތައް ލިބުމެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ ގިނަަ ރަށްރަށުގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. މީގެ ތެރޭގައި ބަނދަރުތަކާއި މަގުތަކާއި އެއާޕޯޓްތައް ހެދުމާއި ބިން ހިއްކުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަތަނަބެ
24 January 2022
ދެން ހިއްސާއަކަށް ކިތަކެއް ރުފިޔާ ޔޯ މިޖެހުނީ ހަބަރު ލިޔެބަލަ ކީމަ އިތުރަށް ސުވާލު ކުރަން ނުޖެހޭނެހެން
ސުމަތައަލީ
24 January 2022
އެމްޓީސީސީގެ ހިއްސާއެއް ފޮރުވައިގެން ގެންގުޅޭތާ އުމުރުން ވީހާދުވަހެއްވެއްޖެ އެންމެ ފަހުން މީގެ 6 އަހަރުވަރު ކުރިން ބަލާލިއިރު ފައިދާގެގޮތުގަހުރި 600 ރުފިޔާވަރު
އިންޖީނު
24 January 2022
ރައްޔިތުން ފެލައިގެން ރައްޔިތުން އަތުން ވައްކަންކޮށްގެން ފައިދާ ވަނީ. މަސްވެރިންނަށް އިންޖީނު ވިއްކާފަ ބުރަފަތި ކަޓުވާލާ ކުންފުނި... އެތައް މަސްވެރިންނަކަށް ލަނޑުދީފަ... އިންސާފު އަރާ ހަމަކުރާނެދުވަސް އަންނާނެ... ވ. ސަލާމް
ހެވޮލިންގ
24 January 2022
ކަލޭދޭބަލަ ފުރަތަމަގޮސް ޑޮކްޓަރު ޒަންޖަބީލަށް ދައްކައިގެން ތިބޮލަށް ބޭސްކުރަން އިނގިއްޖެ
އަންކަލޯ
24 January 2022
މަހާ ޖައްރާފާ އޮތުމުގެ ފައިދާ މި ފެންނަނީ!
އާދަނު1
24 January 2022
މަހާ ޖައްރާފު އޮތް ކުރީގަވެސް، ތަފަތަކީ މިހާރު ކުންފުނިތައް ހިންގަނީ މެޑަމް ކެމްޕޭނަށް ނޫންކަން
މަހަމަލާތު
24 January 2022
މަހާޖައްރާފުން މަގު އަދަނީވެސް މަހާޖައްރާފުން ފުޓްސަލް ދަނޑުތައް ހަދަނީވެސް
ކައިލް
24 January 2022
އާޒިމް ހަބޭސް
މުސްލިމު
24 January 2022
ކޮންމެމީހަކު ހުއްޓަސް ނުވާވަރަށް ޕްރޮޖެކްޓްދިނީމަ ފައިދާ ފެންނާނެ.
ހުސެންބެ
24 January 2022
ޕްރޮޖެކްޓްތައް ތަބަކަށްލާފަ ދިނީމަ ހިންގި ދާނެ، ކޮމްޕެޓިޓިވް މާހައުލެއް ހުފެއްދިގެން އިގޭނީ އަސްލު ފައިދާ