އަލީ ސޯލިހު ވިދާޅުވީ، ގާސިމަކީ އަބަދުވެސް އެހެން ބޭފުޅުންނަށް އިހުތިރާމް ކުރައްވާ ބޭފުޅެއް ކަމަށް. އަދި އެމްޑީޕީން އެދޭ ކަންކަން ޖޭޕީން ކޮށްދޭ ކަމަށް. އެކަމަކު އެތެރޭގެ އިންތިހާބުތަކަށް ޝައުގެއް ނެތް ކަމަށް ވިދާޅުވި.
މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެމްޕެއިން ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް: އެ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމުގައި ގާސިމް އިސް ދައުރެއް ކުޅުއްވި.---ފޮޓޯ: ފައިލް ފޮޓޯ| މިހާރު
03 މެއި 2022 - 13:16
އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝައުގުވެރިކަމެއް ވެސް ނެތް ކަމަށް ތަރުޖަމާން އަލީ ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، މި މަހުގެ 14 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކެމްޕެއިނަށް އދ. މާމިގިއްޔަށް އިއްޔެ ވަޑައިގަތުމުން، އޭނާއާ ގާސިމް ބައްދަލުކުރައްވާ ފޮޓޯއެއް އާންމު ކުރައްވައި މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ފާޑުވިދާޅުވުމުންނެވެ.
ބޮންޑޭ ވިދާޅުވީ، އެ އިންތިހާބުގައި ވާދަކުރައްވާ އަނެއް ކެންޑިޑޭޓް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ދޮރުންދޮރަށް ހާލަތު ބައްލަވައި، މުޅި ރާއްޖެ ކުޑަކުރައްވަމުން ގެންދަވާއިރު، ފައްޔާޒު ގޭގެ އަށް ވަޑައިނުގަންނަވާ ކަމަށެވެ.
"ގޭގެއަކަށް ނުވަދޭ. އަރަނީ ކޮންމެ ރަށެއްގެ ބަދަރުމައްޗަށް އެކަނި. ބައްދަލުކުރަނީ ކޮންމެވެސް ރަށެއްގެ ތެޔޮ ބައުޒަރަކާ، ސޭޓަކާ،" ޗެއާޕާސަންގެ އިންތިހާބުގައި އިންތިއާ އެކު ހުންނެވި ބޮންޑޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ފައްޔާޒުގެ ކެމްޕެއިންގެ "ޑޯޓުޑޯ ޒީރޯ" އެވެ.
"[މާމިގިލީ] އެއާޕޯޓްގައި އެޅީ ރަތްދޫލަ. [ނަޝީދާ] ބައްދަލުކުރެއްވީ ސަން އައިލެންޑްގައި. އެހާ އިއްޒަތުގައި ކަންތައް ކުރެއްވީ. އެހެންވީމާ ގާސިމްގެ ހުންނާނެ އެހެން ބޭފުޅުންނަށް އިހުތިރާމް ކުރުމުގެ ސިފަ.--- އަލީ ސޯލިހު
ބޮންޑޭގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖޭޕީގެ ތަރުޖަމާން އަލީ ސޯލިހު މީޑިއާ އަށް ދެއްކެވީ އެމްޑީޕީ އާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށްޓަކައި ޖޭޕީން ކޮށްދިން ބައެއް ކަންތައްތަކެވެ.
އޭނާ ވިދާޅުވީ، ގާސިމް، ފައްޔާޒާ ބައްދަލުކުރެއްވީ ރަސްމީކޮށް އެޕޮއިންޓްމަންޓް ހައްދައިގެން އަދި ކުރިން ރާވައިގެން ވެސް ނޫން ކަމަށެވެ. އެއީ މި ވަގުތު ގާސިމް ސަން އައިލެންޑް ރިސޯޓާއި ޖެހިގެން އޮތް މާމިގިލީގައި އުޅުއްވާތީ އިއްތިފާގުން ފައްޔާޒާ ދިމާވުމުން ވާހަކަ ދައްކަވައިލައްވަން މަޑުކޮށްލެއްވި ވަގުތުކޮޅެއް ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
ފައްޔާޒު، ކެމްޕެއިނަށް މާމިގިއްޔަށް އިއްޔެ ވަޑައިގަތުމުން އޭނާއާ، ގާސިމް ބައްދަލުކުރައްވަނީ: މިއީ ކެމްޕެއިނަށް ނުފޫޒު ފޯރުވުން ކަމަށް ޖޭޕީން ގަބޫލެއް ނުކުރޭ.
"އެއީ މާމިގިލީ އެއާޕޯޓްގެ ކޮޓަރިއެއް. އެއީ ކުރިއާލައި ރާވައިގެން، އެޕޮއިންޓްމަންޓެއް ހަދައިގެން ބޭއްވި ކަމެއް ނޫން. އަނެއްކާ ސަން އައިލެންޑަށް ފައްޔާޒު ގެންދެވީކީ ނޫން. އެއީ އިހުތިރާމުގެ ބައްދަލުވުމެއް،" އެންވަޔަރުމެންޓް، ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާ އަލީ ސޯލިހު ވިދާޅުވި އެވެ.
"އެއީ މިހާރު އެ ކެމްޕެއިން ކުރައްވާ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށް ބުނެ ދައްކާ ވާހަކަ އަޅުގަނޑުމެން ދޮގުކުރަން. ގާސިމް އިބްރާހިމްގެ ޝައުގުވެރިކަމެއް ނެތް އެމްޑީޕީގެ އެތެރޭގެ އެ ކަހަލަ އިންތިހާބުތަކަކަށް. އެއީ އަޅުގަނޑުމެންނާ ބެހޭ އިންތިހާބުތަކެއް ނޫން."
ބޮންޑޭ އަށް ފާޑުވިދާޅުވަމުން އަލީ ސޯލިހު ފާހަގަކުރެއްވި ގޮތުގައި ބަރުލަމާނީ ނިޒާމާ ގުޅޭ ގޮތުން ގާސިމާ ބައްދަލުކުރައްވަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތުމުން އެ ދަތުރުފުޅަށް މަތިންދާބޯޓެއް ގާސިމް ފޮނުއްވި އެވެ.
— ali solih (@alisolih) October 25, 2021
ނަޝީދަށް މަރުހަބާ ކިޔަން މާމިގިލީ އެއާޕޯޓްގައި ރަތްދޫލަ އަޅާފައި.
"[މާމިގިލީ] އެއާޕޯޓްގައި އެޅީ ރަތްދޫލަ. [ނަޝީދާ] ބައްދަލުކުރެއްވީ ސަން އައިލެންޑްގައި. އެހާ އިއްޒަތުގައި ކަންތައް ކުރެއްވީ. އެހެންވީމާ ގާސިމްގެ ހުންނާނެ އެހެން ބޭފުޅުންނަށް އިހުތިރާމް ކުރުމުގެ ސިފަ. އެ ކަން އަބަދުވެސް ދައްކަވާ ގާސިމް،" އަލީ ސޯލިހު ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން ނަޝީދު ސަން އައިލެންޑްގައި ގާސިމްގެ މަޝްވަރާ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހޯއްދަވަނީ.
އޭނާ ވިދާޅުވީ، ށ. ކޮމަންޑޫ ދާއިރާގެ އިންތިހާބު ވެސް އެމްޑީޕީ އަށް ކާމިޔާބުވީ ގާސިމްގެ މިންނެތް މަސައްކަތުން ކަމަށާއި އެމްޑީޕީގެ އިސް ލީޑަރު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެ ބޭފުޅުންގެ ދެމެދުގައި ކެމްޕެއިން ޖަލްސާގައި ވެސް އިންނެވީ ގާސިމް ކަމަށެވެ.
"ގާސިމް ކޮމަންޑޫ ދާއިރާގައި ސްޓޭޝަން ވެގެން ހުންނަވައިގެން އެ ގޮނޑި އެމްޑީޕީ އަށް ނަގައި ދެއްވީ. ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އެމްޑީޕީގެ އޮފީސް ބަންދުކޮށް، އެތައް އުނދަގުލެއް ކުރިމަތިކުރީމާ އަޅުގަނޑުމެން ޖޭޕީގެ ކުނޫޒް އެމްޑީޕީއަށްޓަކައި ތަންމިނަށް ހުޅުވައިލިން. އޭރު އަދި ކޯލިޝަން ނެތަސް އަޅުގަނޑުމެން އެމްޑީޕީ އަށް ކަންތައް ކޮށްދިނީ ރަނގަޅަށް،" އަލީ ސޯލިހު ވިދާޅުވި އެވެ.
މިދިޔަ ފެބްރުއަރީ މަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިނަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކޮމަންޑު އަށް ވަޑައިގަތުމުން ޖޭޕީގެ ލީޑަރު ގާސިމް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފައިލް ފޮޓޯ| މިހާރު
ބޮންޑޭ އަށް އަމާޒު ކުރައްވައި އަލީ ސޯލިހު ވިދާޅުވީ، މާދަމާ ވެސް އެމްޑީޕީއާއެކު ކޯލިޝަން ހަދަން ޖޭޕީން އެއްބަސްވެއްޖެ ނަމަ "އަރުވާޖަހާފައި" ފުރަތަމަ ވަޑައިގަންނަވާނީ ބޮންޑޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މި ސަރުކާރުގެ ކެބިނެޓްގައި ވެސް ޖޭޕީގެ ބޭފުޅުން ތިއްބެވިއިރު އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ ދެ ބޭފުޅުންނާ ބައްދަލުކުރައްވައެއް ނޫޅުއްވަ އެވެ. އަދި އެ ކެމްޕެއިންގައި ޖޭޕީ ނޫޅޭނެކަން ތަކުރާރުކޮށް ވިދާޅުވި އެވެ.
ގާސިމް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާއެކު މަޖިލީހުގެ ޗެމްބަރުގައި މަޝްވަރާއެއްގައި.---ފައިލް ފޮޓޯ: މަޖިލިހުގެ އިދާރާ
"އެކަމަކު މިސާލަކަށް ސަރުކާރުން ހިންގާ މަޝްރޫއަކާ ގުޅިގެން ބާއްވާ ކަމެއްގައި ޖޭޕީގެ ސްލޮޓެއްގައި ކުންފުންޏެއްގެ އިސްވެރިއަކަށް ހުންނެވި ބޭފުޅަކު ނުފެންނާނެ ވާހަކައެއް ނޫން. އެއީ ސަރުކާރުގެ ރަސްމީ ހައިސިއްޔަތުން ކުރައްވާނެ ކަންކަން. އަމިއްލަ ގޮތުން ޖޭޕީގެ މެމްބަރުން އެ ކެމްޕެއިންގައި ނޫޅުއްވާނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބުގައި 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ހޯއްދަވާ ކެންޑިޑޭޓް މޮޅުވީ ކަމަށް ނިންމަން ގާނޫނުއަސާސީ އަށް ގެނައުމަށް ނަޝީދު ބޭނުންފުޅުވީމާ ވެސް އަޅުގަނޑުމެން ޖޭޕީން ބުނީ އެއީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫނޭ. މާނައަކީ އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާ ކަންކަމާ އަޅުގަނޑުމެން ޖޭޕީއަކުން ނުބެހޭނަމޭ."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
04 May 2022
އަބަދުވެސް ކަލަގޮވުން ދޯ
ޖާސިމްބެ
04 May 2022
ޖަލައް ގަޅާލި ބޭފުޅާ ރަތްދޫލާގަ ބޭލީމަ ގާސިމް އެވާހަކަދެއްކީ. ބަލަގަ ހުރި ހަޔާތްކުޑަކަން ބަލަގަ ތިމާ މުއްސަންޖަކައްނުވީ މަސައްކަތް ކުރަން ނުކެރިގެން. ބަލަގަ އަހަރުމެން ދާ އޮހޮރުވައިގެނޭ މުއަސްދިވީ. ބަލަގަ އަލީ ސޯލިހޫ މީ ބަލަގަ ސަމްސުއްދީނުގެ ވެރިކަމެއްނޫނޭބަލަގަ.
ަކަޑަ
04 May 2022
ޖޭ ޕީ ގެ އެތެރޭގެ އިންތިޚާބަކަށް އަންނި ބޭނުނު ނަމަ ވަރަށް އަޑު ގަދަވީސް. މީތި ކަޑަ
އަންބޮނޑި
04 May 2022
ހުރިހާ ސިޔާސީ ޕާޓީތަކެއް އުޅެންވީ އެމްޑީޕީގެ ދޯހަޅިބެއަށް ކެމްޕޭން ކޮށްދޭން. އެހެންނޫނީ އޭނާގެ އަތްގާތް ކުދިންކޮޅު އެބަޔަކާ ޖައްސާލާނެ. އެއީ ޑިމޮކްރެޓިކް ޕާޓީގެ ޑިމޮކްރެސީ.
ކުރު ތަކުރު
03 May 2022
މި މަންޒަރު އެހާ ސާފެއް ނޫން.
ވަަޑޫ...
03 May 2022
މުނާފިޤުންގެ ސިފަ އެމްޑީޕީ ގައި
މުލޭ
03 May 2022
ބޮންޑޭމެންގެ ގްރޫޕަށް ހީވަނީ އެމްޑީޕީ އަކީ އަންނިހެން. ވަރަށް ސާފުކޮށް ބުނެލަން ބޭނުންވަނީ އަންނިއަކީ ވެެސް ޕާޓީގެ މެންބަރެއްކަން. އަންނި ބޭނުންހާގޮތަކަށް ޕާޓީގެ ކަންކަން ނުހިންގޭނެ. އެދުވަސް ހިނގައްޖެ. ޑީއާރްޕީއަކީ މައުމޫނޭ މައުމޫނަކީ ޑީއާރްޕީއޭ ކިޔައިގެން އުޅެގެން ވީގޮތްވެސް ފެނުނު. އަންނިއަށް ވެސް އޭނާ ހިތްހަމަނުޖެހޭ މީހާ ނުވަތަ އޭނައާ ވާދަކުރާ މީހާ ޕާޓީން ބޭރުކޮށްކޮށްް ލައްކަ ދުވަހު ހުރެވިއްޖެ. އެފުރުސަތު ނުދެވޭނެދެން. ބޮންޑޭއަށް ސަލާން.
ހާލުބަލާ
03 May 2022
ހާލު ބަލަން ދޮރުން ދޮރަށް ހިނގުމެއް ނޫން، ވޯޓަށް ސަލާން ޖަހަން ހައްލަން ދޮރުން ދޮރަށް ހިނގަނީ. އަބަދު ރައްޔިތުން ހައްލައިގެން ތިހެން މުޅި އުމުރު ހޭދަކުރަނީ. ޝުކުރިއްޔާ
މުހައްމަދު އަހްމަދު
03 May 2022
ޖޭޕީއަކީ ވެސް އަދި އަދާލަތަކީ ވެސް އެމްޑީޕީގެ ޕަޕެޓުން. މި ޤައުމު އަޅުވެތިކުރަން އުޅޭ ޚާއިނުން. މާތް ﷲ މިބައި މީހުންނަށް ހެޔޮ މަގަށް މަގު ދައްކަވާން ދޭވެ. އާމީން.
ސެޑޭ
03 May 2022
އަހަންނަކީ ތި އިންތި ގެ ދާއިރާ މާފަންނު އުތުރު ދާއިރާގެ މީހެއް. ކޮންމެ އިންތިޚާބެއް ކައިރިވީމަ ތި އިންތި ފެންނާނެ ދެން އެ އިންތިޚާބު ނިމުމުން އެ ނިމުނީ. ޢަހަރެމެންނަކީ އުޅޭ ބައެއް ކަމެއްވެސް އޭނާއަކަށް ނޭނގޭނެ . ކޮންމެހެން މި ގޮތަށް އިންތި ދޮރުން ދޮރަށް ނުދުވިޔަސް އަހަރެމެންނަށް ހެޔޮ.