ޅައިމަގު: މި ރަށު އަންހެންމީހާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލައިގެ ތަހުގީގަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނި.--- ފޮޓޯ: ގޫގްލް މެޕްސް
25 ޑިސެމްބަރ 2016 - 23:13
ށ. ޅައިމަގު އަންހެންމީހާގެ މޫނަށް ބަޔަކު ޖެހީ ލައްފިލުވާ ކަމަށް އެނގިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިދިޔަ ހުކުރުދުވަހުގެ ރޭ ފަތިހު ލައްފިލުވާ ޖަހާފައި ވަނީ ޅައިމަގު އަންހެނުންގެ ކޮމިޓީގެ ރައީސާ ހަލީމާ އާދަމްގެ މޫނަށެވެ. އޭނާގެ ކަނާތު ލޮލަށް ލައްފިލުވާގެ އަސަރު ކުރި ނަމަވެސް ލޮލުގެ ފެނުމަށް އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހަލީމާ ބެލި ޑޮކްޓަރާ ހަވާލާދީ އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވެފައިވެ އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
އުމުރުން ފަންސާހަކަށް އަހަރުގެ ހަލީމާގެ މޫނަށް ލައްފިލުވާ ޖެހި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، ކަން ހިނގި ގޮތް މިހާރު ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ ހޮނިހިރުދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 21، އަދި 23 އަހަރުގެ ދެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރެއިން 23 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް، 21 އަހަރުގެ މީހާގެ ބަންދަށް ހަތް ދުވަސް ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުން ޖަހައިދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
"...މި މައްސަލައިގެ ތަހުގީގު ނިންމައި އަވަސް މުއްދަތެއްގެ ތެރޭގައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ހަލީމާގެ މޫނަށް ލައްފިލުވާ ޖެހީ، ފަތިސް ނަމާދުން ނިމިގެން ގޭގެ ބޭރު ދޮރު ހުޅުވައިލި ވަގުތު، ދޮރު ކުރިމަތީގައި ހުރި މީހެއް ކަމަށްވެ އެވެ.
ހަލީމާ އުޅެނީ ގޭގައި އެކަނި ކަމަށް އެނގިފައިވެ އެވެ. އޭނާގެ ދަރިން އުޅެނީ އެހެން ގެއެއްގައި ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންކަމަނަ
26 December 2016
ދިވެހި ޒުވާނުންގެ އަޙްލާޤީ ފެންވަރު ހާދަ ދައްވެއްޖެޔޭ. މުސްކުޅިއެއް އަދި އެވެސް އަންހެނެއްގެ ގަޔައް އެޖެހީ ބްލީޗް. އިންޑިއާ، ޕާކިސްތާނުގެ ރައްފުށުގެ އުޅޭ ތަންދޮރުނުދަންނަ މީހުން ކުރާ ކަންކަންތީ. ތަފާތަކީ އެމީހުން ބޭނުންކުރަނީ އެސިޑުކަން، ނަސީބެއްނު މިރާއްޖޭގަ އެސިޑު ނުހުންނަކަން. ކިޔެވިކިޔެވިހެން ޖާހިލުމިވަނީ މުސްކުޅިން ބުނާހެން،
އަބްދުﷲ
26 December 2016
ވަރަށް އުފާވެއްޖެއް ކަންހިގިގޮތް ހޯދާލުމުން. ތަހްގީގެއްގައި އެއްމެމުހިއްމު ކަމަކީ ކަންހިގަން ދިމާވި ސަބަބު ހޯދުން.
ހަހާ
26 December 2016
ކޮބާތަ ޅައިމަގޭ ކިޔާގެން ކޮމެންޓު ކުރާ ކުދިންކޮޅު.
ކުޑަދޫއަހްމަދު
26 December 2016
މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ ޕާކިސްތާނު އިންޑިޔާ އަދި އެފްރިކާ ބައްރުގައި އަންހެނުންނަށް އަނިޔާދޭން މީހުން ކުރާ އެންމެ ހަޑީމުޑުދާރު އަމަލު. މިގައުމުގައި މިކަން ފެށިގެން މިކަން އާލާވެގެން ހަމައިން ނެއްޓުމުގެ ކުރީން ކަންކަން އިސްލާޙުކުރުމަށް ގޮވާލަން. ސައިކަލުގައި ސްޓިކާ ޖެހުމުގެ ބަދަލުގައި މިކަހަލަ ކަންކަން ބަލާ، ބޮޑެތި ސާރވޭ ކޮށް ހަދަންވީ.
މެތެމެޓިކަލީ
25 December 2016
ށަވިޔަނި ޅައިމަގު އުމުރުން 50 އަހަރުގެ އަންހެނެއްގެ މޫނަށް ލައްފިލުވާ ޖެހި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވެވުނު ބަޔެއްގެ ތަހްގީގް ރިޕޯރޓް ޕީޖީ އަށް ފޮނުވުމުން ޕީޖީން ޖެހޭނެ މިކަން ވަރަށް އަވަސް ކޮށް ކޯޓަށް މިމައްސަލަ ފޮނުވާ މިކަން ހުކުމާއި ހަމައަށް ގެންދަން ވަރަށް އަވަހަށް. މިފަދަ ކަންކަމަށް ދޭން ޖެހޭނީ ޒީރޯ ޓޮލެރެންސް އެވެ. ދެން މަމެން މިބަލާލަނީ ތިޔާ ތުހުމަތުގައި ހައްޔަރު ކުރެވުނު 2 މީހުންގެ އުމުރުން ތިކަމުގައި ނުބައި އުޅޭތޯއެވެ. އެކަކަށް 21 އަހަރު އަނެކަކަށް 23 އަހަރު ދޯ. ފުރަތަަ 21 މިޖެހެނީ އެއީ 1 ޕްލަސް 2 އީކްއަލް 3 ދޯ. ދިމާވޭ 23 ގެ 3 އާއި ދޯ. ގުޅުން އެބައޮވޭ ދޯ. ދެން 23 ނަމްބަރު އިންނައިރު 3 މައިނަސް 2 އީކްއަލް 1 ދޯ. ދިމާވޭ ދޯ 21 ގެ 1 އާއި. ފިގަރ އިޓް އައުޓް.
އަސަދު
25 December 2016
ތެދެއް ބުނެފި ނަމަ ޖ ޖޯކު ޖަހާކަށް ނުޖެހޭ
އަބްދޯ
26 December 2016
މޮޔަ ނުގޮވާ ކަލޯ. މާ މޮޅު އެއްޗެއް ނޫން ތިޔަ ކިޔެނީ..