ކެޓްރީނާ ކައިފް ހިއްސާކުރި ފޮޓޯގައި އޭނާ އާއި ފިރިމީހާ ވިކީ ކޯޝަލް.
08 މެއި 2022 - 07:21
ޕޫލެއްގައި ފިރިމީހާ ވިކޯ ކޯޝަލްއާ އެކު ނަގާފައިވާ ފޮޓޯއެއް ކެޓްރީނާ ކައިފް ހިއްސާކުރުމުން، ގިނަ ބަޔަކު އެ ޖޯޑަށް އޮތް ލޯބި ބަންޑުންކޮށްލައިފި އެވެ.
ކެޓްރީނާ، ވިކީގެ ގައިގައި ބައްދާލައިގެން ނަގާފައިވާ އެ ފޮޓޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލަމުން ކެޕްޝަންގައި ލިޔުނީ "މީ އެންޑް މައިން" އެވެ.
އެ ފޮޓޯ އާންމުކުރުމާ އެކު އެ މީހުންގެ ސަޕޯޓަރުން ވަނީ ހޭޝްޓެގްގެ ގޮތުގައި ކަޕްލްސް ގޯލް ޖެހުމަށް ފަހު، އެ މީހުންނާ ދިމާލަށް އަބަދު ބަލަހައްޓައިގެން ތިބޭހާ ލޯބި ކަމަށް ބުނެ، އެކި ކަހަލަ އުފާވެރި ޝުއޫރުތައް ފާޅުކޮށްފަ އެވެ.
ވަރަށް ސިއްރުން ރައްޓެހިވެގެން އުޅުމަށް ފަހު ކެޓްރީނާ އާއި ވިކީ ކައިވެނިކުރީ ވެސް ސިއްރުންނެވެ.
ސިއްރު ކައިވެންޏަށް ފަހު، އެ ހަފުލާގެ ފޮޓޯތައް ސޯޝަލް މީޑިއާ އަށް ދޫކޮށްލުމުން ވެސް ސަޕޯޓަރުން "މޮޔަވި" އެވެ. އެ މީހުންގެ ކައިވެނީގެ ފޮޓޯތައް ރީތިވެގެން އެތައް ދުވަހަކު އެ ވާހަކަ ވެސް ދެއްކި އެވެ.
ކައިވެންޏަށް ފަހު، ވިކީ ދިން ފުރަތަމަ އިންޓަވިއުގައި އޭނާ ބުނީ ކެޓްރީނާ ކަހަލަ އަނބަކު ލިބުމަކީ އޭނާގެ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. ކެޓްރީނާގެ ފަރާތުން ކޮންމެ ދުވަހަކު ވެސް އެތައް ކަމެއް ދަސްވާ ކަމަށް އޭނާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިންދުރެއްލާ
09 May 2022
ބޮއިހަލާކު
ތުއްތު ކަލޯ
08 May 2022
ވަރަަށް ލޯބި ދޯ
ސާބަސްް
08 May 2022
އަޅެ! ލޯބި!