ޚަބަރު / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

ޖިންސީ ގޯނާގެ މައްސަލާގައި ޖެންޑަ މިނިސްޓްރީން ފޮނުވި ސިޓީގެ މައްސަލަ އާއިލާއިން ޕޮލިހަށް

މާލޭގައި ރޭޕާއި ޖިންސީ ގޯނާއާ ދެކޮޅަށް ބޭއްވި އިހުތިޖާޖެއްގައި ބަޔަކު ބައިވެރިވަނީ. ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އައްޑޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ކުއްޖާގެ އާއިލާއާ ހަވާލާދީ ހުރި ވާހަކަތަކަކީ ދޮގެއް ކަމަށް ބުނެ މައްސަލަ ބަލައިދޭން އެދި ކުއްޖާގެ އާއިލާގެ ފަރާތުން ޕޮލިހަށް ހުށަހަޅައިފި އެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލަ މިދިޔަ މާޗު މަހުގެ ފަހުކޮޅު ފެންމަތިވިއިރު އެންމެ ފުރަތަމަ އެ މައްސަލާގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރީ 59 އަހަރުގެ އަންހެނެކެވެ. އެކަމަކު އެ މީހާ ދޫކޮށްލައި އެ މައްސަލާގައި އެއްވެސް މީހަކަށް ދައުވާ ކުރެވޭނެ ކަމުގެ ހެކި ނެތް ކަމަށް ޕީޖީ އޮފީހުން ނިންމުމުގެ ކުރިން ޖެންޑާ މިނިސްޓްރީން ވަނީ "ކަންބޮޑުވުންތަކެއް ހިއްސާކޮށް" ކަމާ ބެހޭ އިދާރާތަކަށް ސިޓީއެއް ފޮނުވައިފަ އެވެ.

ޖެންޑާ މިނިސްޓްރީގެ ސިޓީގައި ބުނެފައިވަނީ ކުއްޖާ އަށް ލިބިފައިވާ އަނިޔާ އަކީ ކޮން އިރަކު ކިހިނެއް ލިބުނު އަނިޔާއެއްކަން ޑޮކްޓަރުންނަށް ވެސް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ ދުވަހު ސްކޫލުން ގެޔަށް ގޮސް ވެސް ތަދުވާތީ ނޫޅޭ ކަމަށާއި އެ ދުވަހު ވެސް ކުއްޖާ އުޅުނީ އެހެން ދުވަސް ދުވަހު ވެސް އުޅޭ ގޮތަށް އެހެން ކުދިންނާ އެކު ކުޅެން ކަމަށް އެ ސިޓީގައިވެ އެވެ. އެކަމަކު ތުހުމަތުވާ މީހާގެ ބަންދަށް ތާއީދުކޮށް ހައި ކޯޓުން އޭރު ކުރި ހުކުމުގައިވާ ގޮތުން ކުއްޖާގެ މެޑިކަލް ލީގަލް ރިޕޯޓުން، އޭރު ކުއްޖާގެ ކުރިމަތިފަރާތާއި ފުރަގަސްފަރާތުގައި "ފްރެޝް އިންޖަރީސް" ފެންނަން ހުރި ކަމަށް ރިޕޯޓުގައި އޮތެވެ.

އާއިލާ އިން ޕޮލިހަށް މައްސަލަ ހުށަހެޅީ އެ މީހުންނާ ހަވާލާދީ ޖެންޑާ މިނިސްޓްރީގެ ސިޓީގައި މި ވާހަކަތައް ހުރިކަން ފުލުހުންގެ ތަހުގީގުން އާއިލާއަށް އެނގުމުންނެވެ. އާއިލާއިން މައްސަލަ ހުށަހަޅާފައިވާކަން ކަށަވަރުކޮށްދިނުން ފިޔަވައި މިކަމާ ބެހޭ އިތުރު ވާހަކައެއް ފުލުހުން ނުދެއްކި އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ އޭރު ހައްޔަރުކުރި މީހާ ފިޔަވައި އިތުރު މީހަކު އެކަން ކުރިކަމުގެ ހެކި ނެތް ކަމަށެވެ. އެކަަމަކު އިތުރަށް މައްސަލަ ތަހުގީގުކޮށް މީހަކު ހައްޔަރުކުރަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

17 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 20%
icon wow icon wow 20%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން

08 May 2022

އެސެސްމަންޓުތައް އޮޅުވާލުމަކީ ނުވަތަ މައްސަލައިގާ ހިމެނޭ ކޮންމެވެސް އެއްފަރާތަކަށް ފައިދާވާގޮތައް އެސެސްމަންޓު ހަދާދިނުމަކީ ޖެންޑާއިން އާންމުކޮށް ކުރާކަމެއް، ޖެންޑާގެ މިމަސައްކަތް ކުރާމީހުން މިކަންމިގޮތަށް ކުރަނީ ރިޝްވަތު ނެގުމަށް ފަހުގައިކަމަށް އަޅުގަނޑު ތުހުމަތުކުރަން، މިފަދަ ތުހުމަތެއްމިކުރީ އަޅުގަނޑުހިމެނުނު މައްސަލައެއްގެ ތެރެއިން ޖެންޑާގެ މިޢަމަލު ތަޖުރިބާކުރުމަށްފަހު

The name is already taken The name is available. Register?

ޟީނު

08 May 2022

ހަގީގައް އެނގޭނީ ތިކުއްޖާ ބޮޑުވި ދުވަހަކުން.. ކާފަ ޔާ މާމަޔާ ވެސް ކާކުކަން ނޭނގޭ ގޮތައް ކަޅުހެދުން ލައްވާފަ ފުރުވާލީ..ރަށުތެރޭގަ ކިޔާއަޑު އިވޭ ކުށެއް ނުކުރަންޔާ ކީއްވެހޭ ފިލައިގެން ދާންވީ..

The name is already taken The name is available. Register?

ދޮގުހަދަނީ

09 May 2022

ފީލީކީ ނޫންދޯ؟ . ޕާޓޭ ގޭންތަކުން އެ ގެ ހިސާރުކޮށް، އައުގުރާނަ ގޮވާވަރުން މުޅި އާއިލާ ރަށުން ފިލީ. ވަރަށް ކާރިން އަވައްޓަރިއެއްގެ ގޮތުން މމމމފެނިގެން ބުނާބަހެއް މީ.

The name is already taken The name is available. Register?

ޝިދާ

08 May 2022

ކޮބާ އެއްކަލަ ޝިދާތާޝަރީފް ފަހަތުން ދުވި ގްރޫޕް؟ ހަމައެމް.ޑީ.ޕީ މިނިސްޓަރ އެއްވީމަ ހަމަ އޯ.ކޭ، އަހަރެމެން ހީކުރީ މި އައިޝާ ފާނު އައިމާ ހުރިހާ ޖިންސީ ގޯނާ މައްސަލަ ތައް ހައްލު ވީކަމަށް، އެކަމަކު ދިވެހި ތާރީޚް ގައި މިވަރު ދުވަސް ތަކެއް ނާދޭ، އެންމެ ފަހުން ތިކަމުގައިވެސް ކުއްވެރިވާނީ އެ ނިކަމެތި ކުޑަކުއްޖާ!!،!

The name is already taken The name is available. Register?

ދިވެހިބިން

08 May 2022

ރަންނަމާރިވާހަކަ، ސަންތިމަރިޔަބުވާހަކަ، ދަނގެތިމީހުން ހަނދު ރުނބަޔަށްލައިގެން ރަދުންނަށް ވެދުމަށް އެރުވި ވާހަކަތަކަކީ އެވޭލާ ޒަމާނުގެ ވާހަކަ ވާހަކަ. އެކަމަކު މިޒަމާނުގަ އައްޑޫ ރައްޔިތުން ޕެޓިޝަން ހަދައިގެން ކުޑަކުއްޖެއްގެ އިއްފަތްފޭރިގަތްކަމަށް "ހެކި ލިބިފަވާ" ތުހުމަތުކުރެވޭ މީހެއްގެ ދިފާޢުގަ ނުކުތުން ވަރަށްވެސް ހަޑި.

The name is already taken The name is available. Register?

ޥވވވވވޗ

08 May 2022

މެޑިކަލް ރިޕޯޓުގަ އެބަބުނޭ ފްރެޝް އެންޖަރީއޭ. ކުއްޖާގެ ކާފައަށް ތުހުމަތުކުރާއިރު ކާފަކުރިކަމުގެ ހެއްކެއްނެތް. އަންހެންމީހާއަށް ބޮޑަށް ޝައްކުކުރެވޭއިރު، އެމީހާއަކީއަންހެނަކަށްވީތީ ޖަޒުބާތުގަ ޖެހިގެން އަންހެންމީހާ މިނިވަންކޮށް މައްސަލަ ނުބަލަން ނިންމީ ކޮން އުސޫލަކުން؟ މައްސަލައަކީ މިމުޖުތަމައުގަ ޖިންސީ ގޯނާއެއްވިއްޔާ ކުރާނީހަމައެކަނި ފިރިހެނުންކަމަށް ދެކޭތީ. ހަގީގަތް ނުބަލަ ކާފަގެ ބޮލުގަ ޒިންމާއަޅުވާފަ ތިމައްސަލަ ހިންދާލިގޮތް ޖެންޑާއިން ބުނެބަލަ

The name is already taken The name is available. Register?

އިޙްސާސް

08 May 2022

ޖެންޑަރ މިނިސްޓްރީއަކީ ފެއިލްވެފަ އޮތްތަނެއް. އިބޫ ސޯލިހަށް މިކަން ރެޔަކާވެސް ނުލާ. ކުޑަކުއްޖެއްގެ އިތްފަތާ އަބުރާ ކަރާމާތާ ގުޅޭ މައްސަލައެއްގައި ޖެންޑާއިން މާފަސޭހަކޮށްލެވިގެން ނުވާނެ. މިމައްސަލާގައި ދެފަރާތުން ދެގޮތަށް ވާހަކަ އަންނަނީ ކީއްވެބާ؟

The name is already taken The name is available. Register?

ލަދުވެތިގުނަވަން

08 May 2022

ތިޔަ އުޅެނީ ކުއްޖާގެ ކާފަ އިތުރަށް ފަޟީޙަތްވާން! ޖިންސީގޯނާގެ ޝިކާރައަތްވެފަ ތިބި އެތައްބަޔަކު ތިބިކަންއެނގިހުރެ ޖެންޑާއިން މިވަރުކޮށްދިނީމާވެސް ހަމްދުކުރަން ނޭގުނީބާ! ފިލްމުގެ ނުނިމިއޮތްބައި ގެ މަންޒަރަު ވަރަށް ސާފު!

The name is already taken The name is available. Register?

ރައްޔިތުސޮރު

08 May 2022

ތިނިކަމެތި މަޢުސޫމުކުއްޖާއަށް އަދި ތިއާޢިލާއަކަށް ހިޔެއްނުވޭ އިންސާފް ލިބިދާނެހެނެއް މިޤަޢުމަކު! ތުހުމަތުކުރެވޭ ފަރާތް ސިޔާސީގޮތުން މާ ބާރުގަދަ މޭޔަރުވެސް ސަރުކާރުވެސް އަދި އިދިކޮޅުވެސްވަނީ އެފަރާތުގެ ހިމާޔަތުގަ ނިކުމެފަ. ދިވެހިރާއްޖޭގަ ބާރެއްނެތް ނިކަމެތިންނަށް އިންސާފެއް ނުލިބޭނެ. އެންމެފަހުން ތިމައްސަލަވެސް ހިނދިގެންދާނީ އިންސާފުނުލިބި!

The name is already taken The name is available. Register?

ސަންތި މަރިޔަނބު

08 May 2022

މިނިސްޓަރެއްގެ ތިމާގެ މީހެކޯ އެކަންކުރީ އެހެންވީމާ އެބަޖެހޭތާ އެކަން އޮއްބާލާ ނުވާ ކަމަކަށް ހަދަން. ރަށު އެންމެން އެގޮވަނީ މިވެނި މީހެކޭ އެކަން ކުރީ. ދެން އެކުއްޖާ ކުރެން އަހާބަލަ 6އަހަރު ކުއްޖަކަށް ބުނެދޭންއެނގޭނެ.

The name is already taken The name is available. Register?

އދ ސެކެޓްރީ ޖެނެރަލް

08 May 2022

ތުހުމަތަށް ތި މުޒާހަރާގަ ތިބި އެންމެން ހައްޔަރުކުރޭ. ބޮޑު ސަކަރާތަކަށް ވެއްޖެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454