އައްމަޓީ: ސީލައިފް މައްސަލާގައި ފިލައިގެން އުޅެފައި ނުވާނެ ކަމަށް އޭނާ ބުނޭ
09 މެއި 2022 - 17:00
ސީލައިފް މައްސަލާގައި ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެފައި ނުވާނެ ކަމަށާއި އަދި އެ މައްސަލަ ނުނިމެނީސް ފިލައިގެން ނުދާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ހައި ކޯޓުގައި މިއަދު ބުނެފި އެވެ.
ސީލައިފް ކުންފުނިން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ބުނެ އައްމަޓީގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުން މިދިޔަ މާޗް މަހުން ފެށިގެެން ޝަރުތުތަކާ އެކު އޭނާ ހުރީ ދޫކޮށްލައިފަ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނި ގޮތުގައި އައްމަޓީއަކީ ތަހުގީގު މަރުހަލާގައި ކުރިން ފިލައިގެން އުޅުނު މީހަކަށް ވާތީ އޭނާ ފިލާފާނެ ކަމަށް ބެލެވޭ ކަމަށެވެ. ދައުލަތުން އެ އިޝާރާތްކުރީ ތަހުގީގު މަރުހަލާގައި ރާއްޖެ ނައިސް، އައްމަޓީ ސްރީ ލަންކާގައި އުޅުނު އުޅުމަށެވެ. އޭނާ ރާއްޖެ ގެނައީ އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ.
ރައްދުގައި އައްމަޓީ ބުނީ ތަހުގީގު މަރުހަލާގައި އޭނާ ފިލައިގެން ދިޔަ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށެވެ. އޭނާ އޭރު ދިރިއުޅުނީ ސްރީލަންކާގައި ކަމަށާއި އަދި އޭނާ ފުރައިގެން ދިޔައިރު އޭނާއާ ދެކޮޅަށް އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް އައްމަޓީ ބުންޏެވެ. އަދި ލަންކާގައި ހުއްޓާ ފުލުހަށް މައްސަލަ ހުށަހެޅުމުން އެކަމާ ބެހޭގޮތުން ފުލުހުންނާ ވެސް މުއާމަލާތް ކުރަމުން ގޮސްފައިވާނެ އައްމަޓީ ބުންޏެވެ.
"އަޅުގަނޑުން ދިޔައީ ފުލުހުންނާއި ދިވެހި ސަރުކާރާ ވާހަކަ ދައްކަމުން މައްސަލައާ ގުޅޭގޮތުން. އަޅުގަނޑު ދިޔަފަހުން އެ މައްސަލަ ހުށަހެޅުނީ،" އައްމަޓީ ބުންޏެވެ.
ލަންކާގައި ހުރެގެން ދިވެހި ފުލުހުންނާއި ރައީސް އޮފީހުގެ އިތުރުން އެޗްޑީސީ އާއި ޕީޖީ އޮފީހަށް އޭނާ ފޮނުވި ސިޓީތަކުގެ އަދަދު ވެސް އައްމަޓީ ކޯޓުގައި ކިޔައިދިނެވެ. އަދި އެއީ ފިލައިގެން އުޅުން ނޫން ކަމަށް ތަކުރާރުކޮށް، އޭނާ ބުންޏެވެ. އަދި އެ މައްސަލަ ނިމުމުގެ ކުރިން ފިލައިގެން ނުދާނެ ކަމަށް އޭނާ ބުންޏެވެ.
އައްމަޓީ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން
އައްމަޓީގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ އައްމަޓީ ފިލާފާނެ ކަމަށް ދައުލަތުން ބުންޏަސް، އައްމަޓީގެ އެކްޓިވް ޕާސްޕޯޓެއް މިވަގުތު ނެތް ކަމަށް ދައުލަތުން އެއްބަސްވާނެ ކަމަށެވެ. އަދި ޕާސްޕޯޓެއް ނެތް މީހަކު ފިލައިގެން ދާނެ ގޮތެއް ދައުލަތުން ބުނެ ނުދެވޭ ކަމަށް ވިދާޅުވި އެވެ.
"ޕާސްޕޯޓެއް ނެތް މީހަކު ރާއްޖެ ދޫކޮށް ފިލައިގެން ދެވޭނެ ގޮތެއް ދައުލަތުން ބުނެދެވެން އެބަޖެހޭ،" ނިހާޔަތު ވިދާޅުވި އެވެ.
އައްމަޓީ އާ ޕާސްޕޯޓެއް ހައްދަން އެދެފި ނަމަ އެކަން ކޯޓަށް އަންގަން އިމިގްރޭޝަނަށް ކްރިމިނަލް ކޯޓުން އައްމަޓީ ދޫކޮށްލިއިރު އަންގާފައިވެ އެވެ. ނިހާޔަތު ވިދާޅުވި ގޮތުގައި އައްމަޓީ ދޫކޮށްލި ފަހުން އޭނާ އެއްވެސް ޝަރުތަކާ ޚިލާފްވިކަމުގެ ޝަކުވާއެއް ދައުލަތުން ކޮށްފައެއް ނުވެ އެވެ.
ދައުލަތުން ބުނިގޮތުގައި އެކިފަހަރު މަތިން ހައްޔަރު އަމުރު ނެރެގެން އައްމަޓީ ހައްޔަރު ނުކުރެވި އަދި އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އޭނާ ގެނެވިފައެއް ނުވެ އެވެ. އޭނާ ރާއްޖެ ގެނެވުނީ ވިސާގެ މައްސަލައެއް ދިމާވެގެން ރާއްޖެ އައުމުން ކަމަށް ދައުލަތުން ބުންޏެވެ. އަދި ޕާސްޕޯޓްގެ މުއްދަތު ހަމަވުމަށްފަހު ވެސް ގިނަ ދުވަސްތަކެއް ވަންދެން އައްމަޓީ ބޭރުގައި އުޅުނު ކަމަށް ދައުލަތުން ބުންޏެެވެ.
ސީލައިފް މައްސަލާގައި ގިނަ އަދަދެއްގެ ފައިސާ ހިމެނޭ 42 ދައުވާ އައްމަޓީގެ މައްޗަށް އުފުލާފައިވާތީ އެކަން ދައުލަތުން ފާހަގަކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލާ ދެއްވައި، ރައްދު ދެއްވަމުން ނިހާޔަތު ވިދާޅުވީ ކުށުގެ ކުޑަބޮޑުމިނަށް ނޫން ކަމަށާއި ބަލަން ޖެހޭނީ ބަންދު ކުރަންޖެހޭ ސަބަބެއް އޮތްތޯ ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި ސީލައިފް މައްސަލާގެ ކުރިން ޗެކް ބައުންސްގެ މައްސަލައެއްގައި ކޯޓަށް ހާޒިރު ނުވުމުގެ ރެކޯޑަކާއި އާއި އިތުރު މައްސަލަތަކެއްގެ ރެކޯޑް އައްމަޓީގެ އެބައޮތެވެ. ރައްދުގައި ނިހާޔަތު ވިދާޅުވީ އެ ވާހަކަ ދަށު ކޯޓުގައި ދައްކާފައި ނުވާތީ އިސްތިއުނާފް މަރުހަލާގައި އެ ވާހަކަ ނުދެއްކޭނެ ކަމަށެވެ.
ދެން ދައުލަތުން ފާހަގަކުރީ އައްމަޓީ މީގެކުރިން ދެފަހަރަށް ބަންދުން ދޫކޮށްލުމުން އެ ދެފަހަރު އޭނާ އަލުން ބަންދުކުރަން ހައި ކޯޓުން އަންގާފައި އޮތުމެވެ. އަދި މިފަހަރު އޭނާ ބަންދުން ދޫކޮށްލީ ކުރީގެ ޝަރުތުތަކަށް ވުރެ ލުއި ޝަރުތުތަކެއް ކުރުމަށްފަހު ކަމަށް ދައުލަތުން ބުންޏެވެ.
ނިހާޔަތު ވިދާޅުވީ އައްމަޓީ ކުރިން ބަންދު ކޮށްފައި އޮތުމަކީ އެ ބަންދު ދަމަހައްޓަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.
އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.
އައްމަޓީ ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ފުރަތަމަ ނިންމީ އިސްތިއުނާފް މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ މައްސަލަ ބޭރުކޮށްލުމަށެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ މަހު އެންގީ އެ މައްސަލަ ހައި ކޯޓުން އަލުން ބެލުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮއްލަތު
10 May 2022
އެއްވެސް އިރަކު ވައްކަމެއް ނުކުރަން: ވަގުކަލޭގެ ބުނާނެ އެއްވެސް އިރަކު ޒިނޭ ނުކުރަން: ހަށިވިއްކާ އަންހެނާ ބުނާނެ އެއްވެސް އިރަކު ދޮގެއްނުހަދަން: ސިޔާސީ މީހުން.
އާނދޮގޭ
10 May 2022
މިގައުމުގެ ނޫހެއްހާ ހިސާބުވެސް އޭނަ ކިޔާ ނުލާ މިއޮތްހާ ދުވަހު އުޅުނީ. އެހެންވީމަ ހައިރާންވާނެ ފިލައިގެން އުޅުނިއްޔޭ ކިޔާތީ.
އަޙުމަދު.
09 May 2022
ފުލެޓް އަޅާދޭން އެއްބަސްވެގެން އެތަށްބަޔަކު އަތުން ނެގިފައިސާ އަށް ހެދިގޮތެއް ވީގޮތެއް ޝަރީއަތުގެ މަޖިލީހުގައި ކިޔާދިނުމަށް އެދި މިހާތަނަށް އެއްވެސް ފަނޑިޔާރަކު އޭނާއާ ސުވާލެއް ކުރިމަތި ކުރިހެނެއް ހިއެއްނުވެ. މުޅިންވެސް މިކިއަނީ ޚިޔާތްތެރި ވިއްޔޭ. އެފަސާތަކަށް ޚިޔާނާނަތްތރިވާން ހެދިގޮތެއް ޝަރީއަތުން އައްމަޓީ ކުރެން އަހައިގެން ނަމަވެސް ފުލެޓް އަޅަން ފައިސާދެއްކި ފަރާތް ތަކަށް އޮޅުންފިލަން ޖެހޭނެ ކަމަށްދެކެން.
ކޮރަލް
09 May 2022
ހުޅުމާލޭގައި ބޮޑެތި ގިނަ ޕްރޮޖެކްޓް ތައް ހިންގާ ފެއިލް ވި ގިނަ ކުންފުނި ތަކަކީ ކަޓް ގެ ނޫނީ ކޮރަޕްޝަން ގެ ގޮތުގަ އެތައް މިލިއަނެއް ދީގެން މަސައްކަތް ކުރުމުގެ ސަބަބުން ކުން ފުނި ބަނގްރޫޓް ވެފަ ވާ ފަރާތް ތަކެވެ. އެކަމު މިވާހަކަ މަސައްކަތް ދިން މީހާ އަދި މަސައްކަތާ ހަވާލުވި މީހާ ވެސް ނުދައްކާނެ އެވެ. ދެން މައްސަލަ އެއް ޖެހިއްޖެނަމަ އެއްބަޔަކު އަނެއް ބަޔަކު ސަލާމަތް ކުރަން އުޅޭނެ އެވެ.
އޮނަރަބްލް އަފީފު ދީދީ
09 May 2022
އަންމަޓީ ބުނިގޮތަށް ވަގުންނާއި ބޮޑެތި މުޖުރިމުން ފިލައިގެން ނޫޅެ މިނިވަންކަމާއިއެކުގައި އުޅުމަކީ ސަރުކާރުގެ އިސްވެރިންނާއި ފުލުހުން އަދި ޖޫޑިޝަރީގެ މައްޗަށް އެމީހުންގެ ނުފޫޒާއި ބާރު އޮންނަ ޤައުމުތަކުގައި ވަރަށް އާންމު ކަމެއް. # ތަކުރާރުކޮށް މިފަދަ އެތައް ކަމެއް ހިންގާ މީހުންވެސް ރާއްޖޭގައި ވަރަށް މިނިވަންކަމާއިއެކު އުޅެމުންދަނީ އައްމަޓީ ބުނިފަދައިން އެމީހުނަށް އެފަދަ މިނިވަން ވެއްޓެއް މިތަނުގައި ތަންމިނަށް ހުޅުވިފައި އޮތުމުންކަން ކަށަވަރު.
އައްބާސްބެ
09 May 2022
މާތް މީހެއް މީ. މިކަހަލަ މީހުން މިތަން މި ހިންގަނީ
48343
09 May 2022
ތޮއްޑޫ ވަޙިީދު ކޮބާހޭ؟ އޭނާ ގެންނަންއުޅޭށޭ!
ހުދުފޮތިކޮޅެއް
09 May 2022
ތިކަން އެންމެ ފަހުން ނިމޭނީ ތިއަށްވުރެ މާތްމީހެއް މި ޤައުމުގަ ނެތްކަމަށް. އަދި އޭނާ ނުފިލަނީސް، ފިލިއްޔޭ ކިޔައިގެން ދޮގު ވާހަކަ ފަތުރާ އޭނާގެ އަބުރު ކަތިލީތީ ދައުލަތުން އޭނަޔަށް މިލިއަނުން ބަދަލު ދޭންވެސް ޖެހޭނެ
ގުދުގުދުލީބެއްޔާގެ ތެދުބަސް
09 May 2022
އަލީ ވަހީދުވެސް އިންތިޚާބަށް މިތަނަށް އައިސްބުނާނެ ތިމަންނާ ޔޫކޭއަށް ދިޔައީ ޗުއްޓީހޭދަކޮށްލަންށޭ. އައިއްސާ ހައްޔަރުކުރީމައޭ އެނގުނީ ބޭނުންވެގެން ހޯދާކަންވެސް.
އެހެންޏާ
10 May 2022
އޭނައަށްވެސް ބުނެވޭނެ ތިމަންނާ ހައިކޮމިޝަނަށް ގޮސް ޝަރީއަތް ކުރިއަށް ގެންދަން އުޅުނީމޭ. މިކޮޅުން ނޫނެކޭ ބުނީނޫންހޭ. ދެން ތިމަންނަ އެކޮޅުގަ ހުރެ ވަމުންދިޔަ ހުރިހާ ގޮތެއް އަންގަމުންނޭ ދިއައީ. ކޮބާހޭ ފިލާފަ؟ ވަގުވަގަށް މިގައުމުން ފުރައިގެން ނައްޓާލި ވާހަކައެއް ނުދައްކާނެ. އަދި އެނބުރި ނައިސް ހުންނަ ވާހަކައެއްވެސް ނުދައްކާނެ.
ނުނން
09 May 2022
ލަންކާގައި ފިލާއޮތީ ކީއްކުރަން ތަ ؟