އަހުމަދު ފާތިހު: އޭނާ ހައްޔަރުކުރިއިރު އެއީ ފުލުހެއް ކަމަށް ބުނާ ބުނުން ފުލުހުން ދޮގުކުރޭ
09 މެއި 2022 - 23:45
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި އަހުމަދު ފާތިހު އޭރު ހުރީ ފުލުހުންގެ ވަޒީފާގައި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން އަނެއްކާވެސް ދޮގުކޮށްފި އެވެ.
މިދިޔަ އަހަރުގެ މެއި މަހު ނަޝީދު އަވަހާރަކޮށްލަން ބޮމެއް ގޮއްވާލި މައްސަލާގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، ފާތިހު ހައްޔަރު ކުރިޔަސް، އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތުމުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓްވިޓާ އެކައުންޓެއް ކަމަށް ބުނާ އެކައުންޓަކުން ދެއްކި ވާހަކަތަކާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނުގައި ބުނީ ނޮވެމްބަރު، 2018 ގައި ފުލުހުންގެ ވަޒީފާއާ ފާތިހު ގުޅުނަސް، ފެބްރުއަރީ، 2021 ގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ. އަދި އެކަން ކުރިން ވެސް މީޑިއާގައި ބުނެފައިވާކަން ފުލުހުން ފާހަގަކުރި އެވެ.
ފާތިހަކީ ހަމަލާ ދިން މީހުންނަށް އެހީވި އަދި އޭރު ވެސް ފުލުހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެއްކީ ހަމަލާގެ ހަގީގަތް ފޮރުވަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް، ހަމަލާއަށް އަހަރު ވުމާ ދިމާކޮށެވެ.
އެ ބަޔާނުގައިވާ ގޮތުން ފާތިހުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިޔަސް، އޭނާގެ މައްޗަށް ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށް އެ އޮފީހުން އޮތީ ނިންމައިފަ އެވެ. އެހެންވެ، މައުލޫމާތު ފެތުރުމުގެ ކުރިން ސައްހަ މައުލޫމާތު ހޯދަން އެ ބަޔާނުގައި އިލްތިމާސް ކޮށްފައިވެ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 10 މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރެ އެވެ. އޭގެ ތެރެއިން ބޮން ގޮއްވުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް މުހައްމަދުގެ މައްޗަށް ކުށް ސާބިތުވެ، 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދެން ތިބި މީހުންގެ ޝަރީއަތް ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިކް
10 May 2022
ކެނެރީގޭ ނަޝީދު ދައްކާ ގިނަ ވާހަކަތައް (ހާއްސަކޮށް އޭނާގެ އެޑްވާންޓޭޖަށް ދައްކާ ސިޔާސީ ވާހަކަ) މާނަ ކުރަންޖެހޭނީ އަބަދުވެސް އިދިކޮޅަށް.. ދެން އޭނާއާ އިދިކޮޅުވާ ކޮންމެ މީހަކު ވާނެ މޭ މަހުގެ ހާދިސާގަ މީނާ މަރަން ރޭވި މީހަކަށް.. މީނާގެ ލޭހޭކިފަ ހުރި މީހަކަށް.. މައުމޫނު 3 ނޮވެމްބަރުން ސިންޕަތީ ހޯދި ހެން މީނަވެސް އެ ގޭމު ޖައްްސަން މި އުޅެނީ.. ބަލަ މި 21 ވަނަ ޤަރުނު ގިނަ ރައްޔިތުން ގަމާރެއް ނުވާނެ އެހެންވެއޭ ނަޝީދުގެ ތާއީދު ވެއްޓެމުން ދަނީ..
ާބޯވަ
10 May 2022
ހުރިހާ ކަމެއްވެސް އެންމެ ރަގަޅަށް އެނގޭނީ ނަޝީދަށް.
ވަހުމް
10 May 2022
ބޮން ގޮއްވާލި މައްސަލައިގައި ބެދުނު މީހުން ނައް މިވަރުގެ ބޮމެއް ހަދަން ޢިގޭނެބާ. ތިޔަހުރެވެނީ މާބޮޑައް އެއް ލޯމަރައިގެން އަމިއްލަ އެދުމެއް އޮތީމަ.
އަހްމަދު މުހަންމަދުﷲ
10 May 2022
ޅައުމުރުގަ އަފްގާން ގެ ހޮހޮޅަތައް މާކަމުގޮސްގެން މިއޮޅެނީ ކީއްވެތޯ އެބަޖެހޭ ބަލަން! 4 އަނބިން ލިބޭތީވެ ހެން ހީވަނީ! މަށައްވެސް ކަމުދޭ އެކަން! އެނޫންކަމެއް ކަމަކު ނުދޭ!
މިސްޓަރ ޓިނޭ
10 May 2022
ތިކަހަލަ މީހުންނަށް ވާކަހަލަ ކަމެއް ނޫން އެއިކީ، އަބްޅޯ ތިހާ ދުވަހު ތިކަން ނުވެފަ ތިޔޮތީ ދަށުވެފަ އޮތީމާ ތޯއްޗެ
98653
10 May 2022
ނުރަސްމީ ޓްއިޓަރ އެކައުންޓަކީ މުނާފިގު ފިތުނައުފައްދަން ކުރާކަމެއް.މި މަކަރުވެރިޔާގެ މަކަރުން އެންމެން ސަލާމަތް ކުރައްވާ.
ދިއްދޫމީހާ
10 May 2022
މިޤައުމުގާ ތެދުބަސް ބުނަނީ އެއްމެ މީހެއް، އެއީ ކެނަރީގޭ ނަޝީދު، މާދަން ބުނެފާނެ ފާތިހު އަކީ ބޮން ގޮއްވާލީއިރު ފިރިހެނެއްކަމަށް….
ސަސ
10 May 2022
ޕޮލިހޭ ކިޔައިގެން ދޮގު ވާހާކަ ދައްކާ މީހުން މައްސަލަބަލާ ދެވެން އޮތް އަދަބެއް ދީބަލަ.
ރައްޔިތުންހައްޕު
10 May 2022
ވަށައިގެން ފެންނަނީ، ފުލުހުންގެ ނާޤާބިލުކަމާ އިހުމާލާ އަދި ބައެއްފަހަރު ކުއްކުރާ ފަރާތްތަކަށް ސިއްރު މަޢުލޫމާތުދީ އަދި ބައިވެރިވެސް ވާ ވާހަކަ. ފުލުހުންގެ ތަޙުޤީޤު ފުރިހަމަ ވެގެން މީކަށް އަދަބު ލިބެނީ މަދު ފަހަރެއްގަ. ފުލުހުން ފުލުހުންނަށްވީތީ، ފަނޑިޔާރުން އެމީހުންގެ ކަރާމަތަށްޓަކައި، މަޖްލީހުމެބަރުންގެ އިއްޒަތަށްޓަކާ، އެމީހުން ކޮންމެ ގޯހެއްހެދިޔަސް އެޅިހާބަތަކަށް ރިހައޭ ކިޔައިގެން ރައްޔިތުން ތިބެންވީތޯ. ގޯސް ވާނީ ގޯހަކަށް، ކޮންމެ މީހަކު ކުރިއަސް
ރަނގަބީލުކަޕޫރު
10 May 2022
ރަށެއްގަ ގޭގޭ ދޭތެރޭ ޖެހިގެންއުޅޭ ގަބީލާ މައްސަލަގަނޑެއްގަ މަޖިލީހާއި ފުލުސްއޮފީހާއި ޒާތްޒާތުގެ އިނގިރޭސި ބޮޑެތި ނަންކިޔާ މަގާމުތަކުގެ ނަންނަމުގެ ނިވަލުގަތިބެގެން މިހެންކުރާ ޒުވާބު އެއީ އަހަރެމެން މާކަ އިންޓަރެސްޓް ހުރި ކަމެއްނޫން.
އޮއްސެ
10 May 2022
ސުވާލަކީ ފާތިހު އަކީ ބޮންގޮއްވިއިރު ފުލުހެއްތޯ އެވެ؟
ދގދސެފ×
09 May 2022
އޭނާ އެއުޅެނީ ފިތުނައުފައްދައިގެން އިބޫ ވެރިކަމުން ދުރުކުރާން. ފިތުނައުފައްދައިގެން މައުމޫނު ބޭރުކުރިޔަސް އިބޫދުރުކުރުމުގެ އެފުރުސަތެއް ނުދޭނަން. ވަރަށް ސާފްކޮށް މިބުނަނީ.