ޚަބަރު / އަރަބިއްޔާ ސްކޫލް

ބާޖަމާލުއްދީންގެ އިމާރާތްތައް ތަޅާލަން 2.4 މިލިއަން

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ހަމަޖައްސާފައިވާ ބާޖަމާލުއްދީންގެ ބިން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް ފަށަން، ބާޖަމާލުއްދީންގެ އިމާރާތް ތަޅާލަން 2.4 މިލިއަން ރުފިޔާއަށް މިއަދު ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ އެވެ. ދައުލަތުގެ ބަޖެޓުން 2.4 މިލިއަން ހަރަދުކުރާ ގޮތަށް އެ މަސައްކަތް ހަވާލުކުރީ 75 ދުވަސް (ދެ މަހާއި ބައިގެ) ތެރޭގައި ނިންމާށެވެ.

މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުންވެފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެމުން އަންނަނީ ކުރިން ފޮރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.

ސަރުކާރުން ނިންމާފައިވަނީ ބާޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އަޅާށެވެ.

މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައި އަންނަ އަހަރުގެ ތެރޭގައި އަރަބިއްޔާގެ އާ އިމާރާތް ނިމޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އާ އިމާރާތުގެ އަމަލީ މަސައްކަތް ފަށަން ބާޖަމާލުއްދީން ބިމުގައި މިހާރު ހުރި އިމާރާތްތައް ތަޅާލާނެ ބަޔަކު ހޯދަން މިނިސްޓްރީން އިއުލާންކުރުމާ އެކު، 22 ފަރާތަކުން ކުރިމަތިލި އެވެ.

ބާޖަމާލުއްދީންގެ ނަމުން މަޝްހޫރުވި އިމާރާތަކީ ކުރީގެ ޖަމާލުއްދީން ސްކޫލެވެ. އެތަން ވަރަށް ބޮޑަށް ބާވެ، ހަލާކުވުމުން އެ ސްކޫލްގެ ދަރިވަރުންނަށް އެ އިމާރާތާ ޖެހިގެން އާ އިމާރާތެއް ހަދައިދީ ދަރިވަރުން ބަދަލުކުރި އެވެ.

އެ އަށް ފަހު، ބާ ޖަމާލުއްދީން އިމާރާތް ބޭނުންކުރީ ގައުމީ ޔުނިވާސިޓީގެ ކޯސްތައް ހިންގުމަށެވެ. ނަމަވެސް އެތަން ބޭނުންކުރުމަށް ރައްކާތެރި ނޫން ކަމަށް ބުނެ ކުރީގެެ ސަރުކާރުން އެމްއެންޔޫ އެތަނުން ބޭރުކުރި އެވެ. އޭގެ ފަހުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިންތިޚާބީ މަރުކަޒުގެ ގޮތުގައި ވެސް އެ ތަން ބޭނުންކުރަން ފެށި އެވެ.

އަރަބިއްޔާގެ އިމާރާތް އެޅުމަށް މިހާރު އެ ތަން ވެސް ވަނީ ހުސްކޮށްފަ އެވެ.

11 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުސްމާނުބެ

11 May 2022

މިދެން އަރަތެއް ، އަދި މިހާރު ހުރި އަރަބިއްޔާ ސުކޫލައްވެސް މާގިނަދުވަހެއް ނުވެ އެއިމާރާތައް އެހެން ވާވީސަބަބު ބަލައި ފިޔަވަޅު އަޅަންޖެހޭނެ. ކަމެއް ވާއިރައް އެކަމަކައް ފަސްއަޅާ ފޮރުވާވަ އަލުން ކުރަންވީމަ އެއީ ވެސް ވަރައް ބޮޑު އިސްރާފެއް އަދި އެކަމަކުން އެތައްބަޔަކައް ގެއްލުންވެސް ލިބޭނެ ކަމެއް. އެބަޔަކު އަތުން ގެއްލުމުގެ ބަދަލު ހޯދާ. އާއްމުކޮއް އިމާރާތެއް އަޅަނީ މެޓާކާ ހެން ކާލާފައި ކަރުދާސް އެއްލާލާ ގޮތައް އެއެއްލާ ލާކައްނޫން ކަންނޭގެ.

The name is already taken The name is available. Register?

ޒުހާޔ

11 May 2022

ވެލްޓްރޭޑިން ޕްރައިވެޓް ލިމިޓެޑް މިއީ ކޮންބައެއްގެ ކުންފުންޏެއް؟ މިމީހުންނާ މިހާރު ވަރަށް ގިނަ ކަންކަން ހަވާލުކުރާތީ އެބަފެނޭ.

The name is already taken The name is available. Register?

Happy 1234

11 May 2022

ތިޔައްވުރެ ކުޑަކޮށްތެޅޭނެ ތައިލެންޑް ކުދިންނާހަވާލު ކޮށްގެން?

The name is already taken The name is available. Register?

އަދިި

11 May 2022

އެއަށްވުރެ ކުޑަކޮށް ތެޅިދާނެ މިގައުމުގަ މާރާމާރީ ހިންގަން ޝައުގުވެރިވާ ކުދިންކޮޅަކާ ހަވާލުކޮށްލަނިކޮށް. ތަނެއް ތަޅާލަން ހަވާލުކުރީމަ މީހުންނަށް އަނިޔާ ދިނުމުގެ ބަދަލުގައި އެމީހުންގެ އިހްސާސްތައް ފައިދާ ހުރި ގޮތުގައި ބޭރުކޮށްލަފާނެ.

The name is already taken The name is available. Register?

ލަގޮނޑި

10 May 2022

ތިޔަ އިމާރާތް އަމިއްލަޔަށް ވެއްޓެންދެން މަޑުކޮށްލަމާ، 3 މިލިޔަނެއްހާ ރުފިޔާ ސަލާމަތްވާނެ

The name is already taken The name is available. Register?

ޔޫސޭ

10 May 2022

30000 އަކަފޫޓުގެ ބޮޑު ބިމެއްގެ އެންމެ 18000 އަކަފޫޓުގެ ކުޑަ ސްކޫލެއް އަޅަނީ އެތަން ކިތައް އަހަރުން ވައްޓާލަންތޯ؟ ސްކޫލެއް އަޅާ ނަމުގަ ކޮތަރު ކޮއްޓެއް ހެދިޔަސް މާރަނގަޅުވާނެ.

The name is already taken The name is available. Register?

Mohamed ނ

10 May 2022

ޖަލު މީހުން ލައްވާ ތަޅުވަބަލަ. ޢެއްލައްކަ ޔަށް ވެސް ވެދާނެ

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

10 May 2022

މިވަރުން ކިހިނެއް ތަންތަން ތަޅާނީ؟ ތަޅާނެކުދިންކޮޅެއް ހޯދިނަމަ ތަންކޮޅެއް ހެޔޮކޮށް ތިކަން ވީސްތޯއްޗެ.

The name is already taken The name is available. Register?

ނިއުމަލާ

10 May 2022

ތިހިސާބު ގެ މަގުތަކަކީ ނުލާހިކު ހަނި މަގުތަކަކަށް ވެފައި ދެ ސްކޫލް އެހާ ކާރި ކާރީ ތިބުމުން ޓްރެފި ގެ މައްސަލަ ވެސް އިންތިހާ އަށް ބޮޑުވާނެއެވެ. އަރަބިއްޔާގެ ބޮޑު އާބާދީއެއް މިހާރުވެސް ދިރި އުޅެނީ ހުޅުމާލޭ ގައެވެ. ކޮތަރު ކޮށި ސްކޫލެއް މާލޭގައި އެޅުމަށް ވުރެން ކުރިމަގަށް ބަލާ އިރު އަރަބިއްޔާ ގެ އާއިމާރާތް އަޅަން ޖެހެނީ ތަނަވަސް ބިން އޮތްތަނަކަށް ވާތީ ހުޅުމާލޭ ގައެވެ.ތި ބިން ދޭން ވީ ޖަމާލުދީންނަށް.

The name is already taken The name is available. Register?

2022

10 May 2022

ތިޔަތަނުގަ އެއްކޮށީ ދެ ސްކޫލު އަޅައިގެން ކޮންހާލެއް ޖެހޭނީ. ބިންކޮޅެއްދީގެން ޖަމާލުއްދީންގެ ތާށިކަން ފިލުވާލާފަ ބާކީ އިން ބިންކޮޅުގަ ޕާކިން ހާދާލިއްޔާ ވާނީ ކީއް

The name is already taken The name is available. Register?

ޑިންޅި

10 May 2022

ތަޅާންލަން 3 މިލިޔަން. މީހަމަ ބީޑްކޮއްގެން ލިބުނު އެންމެ ކުޑައަގު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454