11 މެއި 2022 - 14:37
އަސްކަރީ އަދި އިގްތިސާދީ ގޮތުން ޔޫކްރޭނަށް އެހީވުމުގެ ގޮތުން އެމެރިކާ އިން 39.8 ބިލިއަން ޑޮލަރު ދިނުމަށް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފި އެވެ.
ޔޫކްރޭނަށް އެހީވުމުގެ ބިލް، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން މި ފާސްކުރީ، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅުއްވި ބިލްގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ، ހަތް ބިލިއަން ޑޮލަރު އިރުތުކޮށްފަ އެވެ. ރައީސް ބައިޑެން ހުށަހެޅުއްވި ބިލްގައި ކަނޑައަޅާފައި އޮތީ 33 ބިލިއަން ޑޮލަރު ދިނުމަށެވެ.
I thank @SpeakerPelosi and all friends of 🇺🇦 in 🇺🇸 House of Representatives for the quick approval of the law on additional financial support for our state initiated by @POTUS. We are looking forward to consideration of this important document for us by the Senate.
— Володимир Зеленський (@ZelenskyyUa) May 11, 2022
އޭގެ ތެރޭގައި، ޔޫކްރޭންގެ ސަލާމަތީ ކަންތައް ވަރުގަދަކުރުމަށް ދޭ ހަ ބިލިއަން ޑޮލަރާއި، އެމެރިކާ އިން ޔޫކްރޭނަށް މިހާތަނަށް ފޮނުވާފައިވާ ހަތިޔާރަށް އަގު ދެއްކުމަށްޓަކައި ދޭ 8.7 ބިލިއަން ޑޮލަރާއި، ޖާސޫސީ މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް ދޭ 3.9 ބިލިއަން ޑޮލަރު ވެސް ހިމެނެ އެވެ. އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ އިން މި ބިލް ފާސްކުރީ، ދެ ޕާޓީގެ ވޯޓާ އެކުގަ އެވެ.
މި ބިލް ފާސްކުރުމާ ގުޅޭ ގޮތުން ތިރިގޭގެ ރައީސް ނެންސީ ޕެލޯސީ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، މިހާރުގެ ހާލަތުގައި މުހިންމީ ވަގުތު ކަމަށާއި، އިންތިޒާރު ކުރެވެން މިހާރު ނެތް ކަމަށެވެ. ޔޫކްރޭނަށް ފޮނުވަން ފާސްކުރި މި އެހީން ދުނިޔެ އަށް ދޭ ވަރުގަދަ މެސެޖަކީ، ކާމިޔާބު ހާސިލު ކުރެވެންދެން، ޔޫކްރޭންގެ ރައްޔިތުންނާ އެކުގައި އެމެރިކާ ދެމިއޮތުމަށް ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ނާންނަކަމެވެ.
With this aid package, America sends a resounding message to the world of our unwavering determination to stand with the courageous people of Ukraine until victory is won.
— Nancy Pelosi (@SpeakerPelosi) May 11, 2022
Read my full letter to Members on the urgency of passing this package tonight: https://t.co/nmkNBMLmgp
ތިރިގޭގައި މި ބިލް ފާސްކުރުމަށް ވޯޓު ދެއްވީ 368 މެންބަރުންނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 57 މެންބަރެކެވެ. ތިރިގެ އިން މި ބިލް ފާސްވުމާއެކު ދެން މި ބިލް ދާނީ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓް އަށެވެ. ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އަށް ސެނެޓްގައި ލިބިފައިވަނީ ހަނި އަގުލަބިއްޔަތެއް ކަމަށް ވިޔަސް، މާގިނަ ބަހުސަކާ ނުލައި، ރިޕަބްލިކަން ޕާޓީގެ ވެސް ވޯޓާއެކު، މި ހަފުތާގެ ތެރޭގައި ނުވަތަ މިއަންނަ ހަފުތާގެ ކުރީކޮޅު ސެނެޓުން މި ބިލް ފާސްކުރާނެ ކަމަށް ބެލެވެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގައި ކުރަމުންދާ ހަނގުރާމައިގައި، ރަޝިޔާ ސިފައިން ބަލިކުރުމަށްޓަކައި ޔޫކްރޭނަށް އަސްކަރީ ގޮތުން އެހީވުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމަށް، އެމެރިކާގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީންނާއި އިދިކޮޅު ރިޕަބްލިކަން ޕާޓީން ވެސް ތާއީދުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު.
11 May 2022
ތިއައީ އަލިފާނަށްއަޅާ ދަރު. ތިއަ އެންމެފަހުން ވާނީ އަޅިއަށް. އިސްލާމީ ގައުމުތަކުން ވަގަށް ގެންދިޔަ ތެލާއި ރަން ވިއްކައިގެން ހޯދި ފައިސާ. ތިއަގޮތަށް އަނދާ އަޅިއަށްވުން ބޭނުމީ.
ާމާސީރު
12 May 2022
ރަނާއި ތޮޔޮ ހުރެގެން ވީ ކޮންކަމެއް! ހުސް އަނގަ ނުތަޅާ..!
ށަވިޔަނި
11 May 2022
ތިފައިސާއިން ފަގީރު ގައުމުތަކަށް އެހީވިނަމަ ގަބޫލުކުރެވޭނެ އެމެރިކާ ގައި އިންސާނީ ސިޔާސަތެއް އޮތްކަން. މިހާރު އެނގެނީ ތަންތަން ފުނޑުފުނޑުކުރަން މާވަރު ހުންނަ ބައެއްކަން.
ލެއްގިކޮމިޝަނަރ
11 May 2022
ރަސިޔާއުން އެދަނީ ޔުކުރޭން އާރަސްތުކޮށް ތަރައްޤީ ކުރަމުންދޯ؟ އެމެރިކާއިން އަފްޣާނިސްތާނާ އިރާގުގަ ހަނގުރާމަ ކުރިއިރު އެދެޤއުމު އާރާސްތުކޮށް ތަރައްޤީކުރަން ރަސިޔާގެ ބައިތުލްމާލުން ޓްރިލިއަނުން ލާރި އޮޢްސިދޯ؟ ރަސިޔާއަކީ އެހާބާރާ ނުފޫޒުގަދަ ބައެއްނަމަ އެމެރިކާއާ އިނގިރޭސި ވިލާތާދެކޮޅަށް ކޯލިޝަނެއް ހަދައިގެން ދަތިކުރުމުގެ ފިޔަވަޅުވެސް އެޅީސްތާދޯ؟ މިހެރެ ކަންކަމަށް ނަޒަރު ހިންގާލީމަ އިގެނީ ރަސިޔާއަކީ އާރެއްބާރެއްނެތް ދަތްނެތް ސިންގާއެއްކަން.