ރިޕޯޓް / ބޯހިޔާވަހިކަން

މި ހާލުގައި ވަރުބަލިވެއްޖެ، އެހެން ގޮތެއް ހޯދައިދީ!

ނަޝީދާ ދިރިއުޅޭ ކޮޓަރި: ބޯހިޔާވަހިކަމަށް ނަޝީދާ އިންތިޒާރު ކުރާތާ އެތައް އަހަރެއް ވެއްޖެ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އައިޝަތު ނަޝީދާ، 42،ގެ ވެސް އުއްމީދަކީ މި އެވެ؛ ދިރިއުޅުމުގެ ނަމުގައި ގަނަތެޅުން ހުއްޓާލާފައި ހިތްހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތެއް ފަހިވުމެވެ. އެކަމަކު މި ހުވަފެނުގައި ކުލަ ނުޖެހި، އޭނާ އަށް ލިބޭ ހިތްދަތިކަން ހައްތަހާ ވަނީ ބޮޑެވެ.

ބޯހިޔާވަހިކަން ނުލިބުމުގެ ހާސްކަމުގައި ގާތްގަނޑަކަށް 30 އަހަރު ވީ އެވެ. އޭނާގެ ހާލަތު ބަދަލެއް ނުވި އެވެ. ބައްޕަގެ ގޯތި، މ. ތިރިންގަލި، ބަހާފައި ލިބުނު 13 ފޫޓު ދިގު، 13 ފޫޓޫ ފުޅާ ކުޑަ ކޮޓަރީގައި ނަޝީދާގެ ދެމަފިރިންނާއި މަންމަ އާއި ހަތަރު ދަރިންނާއި މާމަ ދަރިންނާ އެކު ޖުމްލަ އަށް މީހުން ދިރިއުޅެނީ ތޮއްޖެހިގެންނެވެ. ހަމަޖެހިލައިގެން ކައިބޮއެ، ނިދައި، އަޅުކަން ކޮށްލެވޭނެ ގޮތެއް ނެތެވެ.

އެއްބަފާ ހަ ކުދިންނަށް ގެ ބަހާފައިވާއިރު، އެ އެންމެން ވެސް އުޅެނީ ހަމަ އެ ހާލުގަ އެވެ. އެ ގޭތެރެ ހީވަނީ ކުޑަވަރެއްގެ ގުދަނެއް ހެންނެވެ. އެތަން މިތަނުގައި މަތިމައްޗަށް ހުރީ ސާމާނުތައް އަތުރައިފަ އެވެ. ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ޒަރޫރީ ސާމާނު ބަހައްޓާފައި ނޭވާލާނެ ޖާގައެއް ނެތެވެ. ފުރާޅުން ފެން ފައިބާތީ ފާރުތައް ބަލިވެ، ގެ ހުރީ ބޮލަށް ވެއްޓެން ކައިރިވެފަ އެވެ.

ނަޝީދާ ދިރިއުޅޭ ގެ: ވެށިފަހި މާލެ މަޝްރޫއުގައި ފްލެޓެއް ލިބުނަސް ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެތަނަށް ފައިސާ ދެއްކޭނެ ގޮތެއް ނެތް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންމެ ރެއަކާއި ދުވާލެއް ނިމޭއިރު ވެސް ހިތަށްއަރާ، މި ނޫން ދުވަހެއް ފެންނާނީ ކޮން އިރަކުންބާއޭ؟ މި ހާލުގައި މުޅިން މާޔޫސްވެއްޖެ. --ނަޝީދާ

ގޭތެރޭގެ ހާލަތު ހުރި ގޮތުން ދަރިންނާ އެކު ނިދެން ނެތިގެން ނަޝީދާގެ ދެމަފިރިން އުޅެނީ 5،000ރ. އަށް ކުޑަ ކޮޓަރިއެއް ކުއްޔަށް ހިފައިގެންނެވެ. އެތަނުގައި ކައްކާ ކެވޭނެ ގޮތެއް ނެތުމުން ދުވާލު އުޅެނީ ދަރިންނާ އެކުގަ އެވެ.

"ކުޑަ ގޮޅިއެއް ވަރުގެ ތަނެއްގައި އެންމެން ފުނި ޖެހިގެން ތިބެން މަޖުބޫރު. ވަރަށް ހިތްދަތި އިހުސާސެއް ކުރެވޭ ކަމެއް މިއީ،" ނަޝީދާ ބުންޏެވެ.

އޭނާގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު އެ ނޫން ގޮތެއް މާ ބޮޑަށް ވެސް ހައްގެވެ. ތިން ފަހަރަށް އެދިގެން، ވެށިފަހި މާލެ މަޝްރޫއުގެ ދަށުން އޭނާ އަށް ވަނީ ފްލެޓް ލިބިފަ އެވެ. އެކަމަކު ފްލެޓް ޔަގީންވިއިރު، ލިބުނު "ޝޮކު" އެއަށް ވުރެން މާ ބޮޑެވެ.

."އުއްމީދެއްގައި ތިބޭތާ 10 ވަރަކަށް އަހަރު މިވީ. އިންތިޒާރަށް ނިމުން އައިސް ފްލެޓް އަތަށް އެރިއިރު މިއޮތީ އެއަށް ވުރެ ބޮޑު ހިތްދަތި ކަމެއް ކުރިމަތިވެފައި،" ނަޝީދާ ބުންޏެވެ.

ފްލެޓެއް ލިބިއްޖެ، އެކަމަކު ދޮރުތައް ބަންދު!

މާލެ އިން ފްލެޓަކަށް ކުރިމަތިލީ އޭނާ އަށް ލިބިފައިވާ ކުޑަ ކޮޓަރި ދައުލަތަށް ދޫކޮށްލަން އެއްބަސްވެގެންނެވެ. ފްލެޓް ކަށަވަރުވިތާ އެތައް އަހަރެއް ވެފައިވާއިރު ވެސް ބިންކޮޅަށް ހަދަންވީ ގޮތެއް ސަރުކާރުގެ އެއްވެސް ފަރާތަކުން އަންގާފައެއް ނުވެ އެވެ. ފްލެޓްތައް ތަރުތީބުކުރަން މީގެ މަހެއްހާ ދުވަސް ކުރިން ގުރުއަތު ނަގައި، ގާކޮށީގައި ހުރި އިމާރާތުގެ ދެ ވަނަ ބުރިން ފްލެޓް ލިބުނު އިރު ވެސް ބިންކޮޅަށް ހަދަންވީ ގޮތުގެ ވާހަކައެއް ސަރުކާރުން ނުދައްކާ ކަމަށް އޭނާ ބުންޏެވެ.

ގާކޮއްޓާއި އަރަބިއްޔާ ފްލެޓްތަކުގެ އަގުތައް އިއުލާންކުރީ ބިންކޮޅަށް ހަދަންވީ ގޮތެއް އޮޅުން ނުފިލައި ތިއްބަ އެވެ. ފްލެޓަށް ދައްކަން ޖެހޭ އަގު އިންތިހާ އަށް ބޮޑެވެ.

ގޭތެރޭގައި ސާމާނުތައް ފުނިޖެހިފައި: ހަ ދަރިންނަށް ގެ ބަހާލުމުން ކޮންމެ މީހަކަށް ލިބުނީ ކުޑަ ކޮޓަރިއެއް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެށިފަހި މާލެ އިން ފްލެޓާއި ގޯތި ލިބުނު މީހުން، އެ މީހުން ދައުލަތަށް ދޭން ޖެހޭ ބިންކޮޅު ހަވާލުކުރަން މިހާރު އޮތީ މުއްދަތެއް ދީފަ އެވެ. އެކަން އިއުލާންކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އެކަމަކު ތިން މަސް ދުވަހުގެ ތެރޭގައި ތަން ދޫކޮށްފައި ފްލެޓަށް ވަންނާނެ ހަމަ އެއްވެސް ގޮތެއް ނަޝީދާއަކަށް ނުވިސްނުނެވެ. އޭނާގެ ފިރިމީހާ އަށް މަހެއްގެ މައްޗަށް ލިބޭ 12،000ރ. އިން، ކުއްޔަށް ހިފައިގެން އުޅޭ ކޮޓަރި އަށް ކުލި ދައްކަން ޖެހެ އެވެ. ދަރިންގެ ހަރަދުތަކާއި ދިރިއުޅުމުގެ އެހެން ކަންކަމަށް ހޭދަކޮށް، މަސް ނިމޭއިރު ރައްކާކުރާނެ އެންމެ ފައިސާ ފޮއްޗެއް ވެސް ނޯވެ އެވެ.

މިހާލުގައި އުޅޭއިރު، ފްލެޓުގެ ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަން ޖެހޭ 400،000ރ. ހޯދާނީ ކިހިނެއް ހެއްޔެވެ؟ ބޭންކުގެ ތިން މިލިއަން ރުފިޔާގެ ދަރަނި ބޮލުގައި އަޅައިގެން ފްލެޓަށް ވަންނައިރު އެ ދަރަނި ދައްކާނީ ކިހިނެއް ހެއްޔެވެ؟ މި ހުރިހާ ދުވަހަކު ލޯނެއް ނަގައިގެން ބޯހިޔާވަހިކަމެއް ނުހޯދީ، ނަޝީދާ ބުނިގޮތުގައި، އެ ފެންވަރު ނެތިގެންނެވެ.

"ޑައުން ޕޭމަންޓަށް 400،000ރ. ދެއްކުމަށް ފަހު އިންޓްރެސްޓާ އެކު އަޅުގަނޑުމެން އެބަ ދައްކަން ޖެހޭ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ. އޭރުން ވެސް މަހަކު އަޅުގަނޑުމެން 16،000ރ. ދައްކަން އެބަ ޖެހޭ. އަޅުގަނޑުގެ ނެތް އެ ފެންވަރެއް،" އޭނާ ބުންޏެވެ.

"އެ 400،000ރ. އާއި ތިން މިލިއަން ރުފިޔާ ލިބޭ ނަމަ ނުވަތަ އެއްވެސް ގޮތެއް އޮތް ނަމަ މި ހާލަކު ނޫޅޭނެ."

މަހެއްގެ މައްޗަށް ޖުމްލަ އާމްދަނީގެ ގޮތުގައި 16،000ރ. ނުލިބޭއިރު ކުލީގެ ގޮތުގައި އެ އަދަދު ދައްކާނީ ކިހިނެއްތޯ ނަޝީދާ ސުވާލު އުފެއްދި އެވެ. ހަމައެއާ އެކުު އިމާރާތްކޮށްފައިވާ ފްލެޓުގެ ފެންވަރަށް ބަލާއިރު ވެސް އެހާ ބޮޑު އަގުގައި ގަތުމުގެ މާނައެއް އޮތް ކަމަަކަށް އޭނާ ނުދެކެ އެވެ.

ނަޝީދާ ދިރިއުޅޭ މ. ތިރިންގަލި: ދިރިއުޅެން އެކަށީގެން ނުވިއަސް އެ ނޫން ގޮތެއް އަދި ފެންނަން ނެތް ކަމަށް އޭނާ ބުނޭ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފްލެޓަށް ކުރިމަތިލީއިރު އަދި މި މަޝްރޫއާ ގުޅޭ ގޮތުން ލިބުނުު މައުލޫމާތަށް ބަލާއިރު ފްލެޓަށް އެހާ ބޮޑު އަދަދެއް ދައްކަން ޖެހޭނެ ކަމަކަށް އޭނާ ހިއެއްނުކުރެ އެވެ.

ނަޝީދާ ބުނި ގޮތުގައި އޭނާ ހީކޮށްގެން ހުރީ އޭނާ ދޫކޮށްލާ ބިންކޮޅު އަގުކޮށްފައި އަރާ އަދަދުން ފްލެޓުގެ ކުއްޔަށް ލުޔެއް ލިބޭނެ ކަމަށެވެ. ސަރުކާރުން، ކުރިން ވާހަކަ ދެއްކީ އެ ގޮތަށް ނަމަވެސް ފްލެޓް ދޫކުރުމުގައި ސަރުކާރުގެ ވިސްނުން މިހާރު މުޅިން ބަދަލުވެފައިވާ ކަން ހައުސިން މިނިސްޓްރީ އާއި ކަމާ ގުޅޭ އިދާރާތަކުގެ ވާހަކަތަކުން ސާފުވާ ކަމަށް އޭނާ ބުންޏެވެ.

"ބިންކޮޅު ހިތުން ރުހުމުން ދޭން އަޅުގަނޑުމެން މިތިބީ. އެހެންވެއްޖިއްޔާ އެންމެ ރަނގަޅު ދެއްތޯ އެ އަދަދު ފްލެޓުގެ އަގުން އުނިކޮށްފައި ދޭން. އެ ކަހަލަ ލުއި ފަސޭހައެއް ވެސް ހަދާ ދިން ނަމަ ކިހާ ރަނގަޅުތޯ؟،" ނަޝީދާ ބުންޏެވެ.

"ކޮންމެ ރެއަކާއި ދުވާލެއް ނިމޭއިރު ވެސް ހިތަށްއަރާ، މި ނޫން ދުވަހެއް ފެންނާނީ ކޮން އިރަކުންބާއޭ؟ މި ހާލުގައި މުޅިން މާޔޫސްވެއްޖެ."

ނަޝީދާ އަށް ދެން އޮތީ، ފްލެޓް ދޫކޮށްލުމަށް ފަހު ގެ ހެދޭނެ ގޮތެއް އޮތްތޯ ބެލުމެވެ. އެކަން ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން އެތައް ބަޔަކާ ވާހަކަ ވެސް ދައްކައިފި އެވެ. މަޖީދީމަގު، ނަލަހިޔާ ހޮޓާ ސަރަހައްދުގައި ހުރި އެ ގެއަކީ މާލޭގެ އެންމެ ފަސޭހަ، ހިތްގައިމު ސަރަހައްދަކަށް ވާތީ ބުރިބުރި އަށް އިމާރާތް ނަގަން ބޭނުންވާ ބަޔަކު ވެސް އެބަ ތިއްބެވެ. އެކަމަކު އެއްބަސް ނުވެވެނީ އެ މީހުން ހުށަހަޅާ ޝަރުތަށެވެ.

ނަޝީދާގެ މަންމަ އާއި ދަރިން ނިދާ ތަންކޮޅު: އޭނާ ހުރީ މި ހާސްކަމުން އަރައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ބަޔަކާ ހަވާލުކޮށްގެން ހަދަން ބެލިއިރު މި ވާ ގޮތަކީ 10 ބުރި އަށް އިމާރާތްކޮށްފައި އަޅުގަނޑުމެންނަށް ލިބެނީ ހަތަރު ބުރި. ހަ ބުރި މި ދޭން ޖެހެނީ ގެ އިމާރާތް ކޮށްދޭ މީހުންނަށް. މިހެންވީމަ މިވާ ގޮތަކީ، ހަ ދަރިން ތިބޭތީ ހަތަރު ބުރި މާ މަދުވަނީ،" ނަޝީދާ ބުންޏެވެ.

މި ޒަމާނުގެ ކަންތައް އޮންނަ ގޮތާއި އާއިލާތަކުގެ ތެރޭގައި ދިމާވާ މައްސަލަތަކަށް ބަލައި އެކަން އެ އާއިލާ ތެރޭގައި ތަކުރާރުވާން ނަޝީދާމެން ބޭނުމެއް ނުވެ އެވެ. ބަޔަކާ ހަވާލުކޮށްގެން ގެ އިމާރާތްކުރަން އެއްބަސް ނުވެވިގެން އުޅެނީ ވެސް އެހެންވެ އެވެ.

މިއީ، ހަމައެކަނި ނަޝީދާ އަށް ކުރިމަތިވެފައިވާ ހާލެއް ވެސް ނޫނެވެ؛ ވެށިފަހި މާލެ މަޝްރޫއުގައި ފްލެޓް ލިބުނު އެތައް ބަޔަކު ތިބީ މި ހިތްދަތި ކަމުގެ ތެރޭގަ އެވެ. މި މީހުންނަށް އޮތް ހަމައެކަނި ގޮތަކީ ސަރުކާރުން ހައްލެއް ހޯދައި ދިނުމެވެ. ސަރުކާރުން އިއުލާނެއްކޮށް، ސަރުކާރުން ވަކި ގޮތަކަށް އަމަލްކުރާނެ ކަމަށް ރައްޔިތުންނަށް އަންގައިދޭ ސިޔާސަތުތަކަށް ސަރުކާރުން ފުރަގަސްދީ، ނިކަމެތިންނަށް ނިކަމެތި ގޮތް، ފުދުންތެރިންނަށް ފައިދާ ހުރި ގޮތް ހަދާ ނަމަ، އެއީ ވަރަށް ބޮޑު ގޯހެކެވެ. ވަރަށް ބޮޑު އަނިޔާއެކެވެ.

137 ކޮމެންޓް, 386 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 92%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޯޑު

28 April 2017

ބަލާނެ

The name is already taken The name is available. Register?

ޢަލީ

07 February 2017

ވަރިހަމަތާ ފިޔާތޮށި ކުލަލައިގެން ތިބޭ މަށަކީވެސް 50 ޕޮއިންޓުލިބުނު މީހެއް މާލޭ ރައްޔިތެއް ހަރާމް ވާކަމެއް ފޯމުލީ އެކަކުވެސް ބާކީނުކުރާނަމޯ ނަމަވެސް މިސަރުކާރުގެ ތެދުވެރިކަމެއް ނެތްކަން މައުމޫނައް ހަދާލިގޮތުން ސާފުވެއްޖެ

The name is already taken The name is available. Register?

Mumthaz

30 December 2016

ހައްގުވާމިންވަރު ތިކަމަނާގޭފާރުން ރަމްޒުކޮށްދޭ. ނަޝީއަށް ވަރަށް ސަލާމް.

The name is already taken The name is available. Register?

ހިލްކޮ

30 December 2016

ކީކޭ ދެން ބުނާނީ، ނަޝީދާ ކަހަލަ އެތައް ބަޔަކު އެބައުޅޭ މަލޭގަ ހަމަ ތިހާލުގަ އުޅޭ، ސަރުކާރުން ދެންފްލެޓު އަޅާފަ ތި އެންމެންނަށް ހިލޭ ހިޔެއް ނުވެ ދޭނެ ހެނެއް، ދެން ނަޝީދާގެ ދަރިން ބޮޑެތި ވަންދެން ކެތް ކޮއްލައިގެން ތިތަން ކުޑަކޮށް ތަރުތީބު ކޮއްލާއިގެން އުޅޭ، ފަހުން ރަނގަޅު ގޮތެއް ވެދާނެ. ވަރަށް ވެދުން .

The name is already taken The name is available. Register?

ކޭޑީ

30 December 2016

ނަޝީދާ ހާސްނުވޭ ގއ ވިލިނގިލީގަ އެބަހުރި ފެންވަރުގެ ފުލެޓް ތަކެއް އަޅާފަ ވަރަށް ކުޑަކުޑަ އަގެއްގަ އާދޭ އަވަހަށް ޖުމްލަ 2000 ރުފިޔާ އަދި ޑައުން ޕޭމަންޓް 20،000 ރުފިޔާ

The name is already taken The name is available. Register?

ޢިނޫ

29 December 2016

4 ލައކަ ދައުން ޕޭމަންަތް މި ރައްޔޮތ މީހާ އަށް ކުރާ ޖެއްސުމެއ ޢަދި 13 13ފޫޓް ގޮޅި އެއް ކިހިނެއް 10 ބުރޮ އަށް ހަދާނީ

The name is already taken The name is available. Register?

GAN Island

28 December 2016

ވަރަށް މަދު މީހެއްމެނުވީ ތިމާ އަމިއްލައަށް ''ނިކަމެތި ހާލެއްގައި ވަނިކޮށް'' އަނެކާގެ އިހްސާސްތައް ދެނެގަނެ އހީތެރިވެ އަދި އަމުދުން ހަމްދަރުދީ ވުމަކީ ވަރަށް ނާދިރު ކަމެއް. އެއީ އިންސާނުންގެ އުފެދުމުގައިވެސް ހުރި ސިފައެއްކަން ޤަބޫލު ކުރާން ޖެހޭ. .. . . ރާއްޖޭގެ ރައްޔިތުންނަށް ދިމާވެގެން މިއުޅޭ ''ހަޤީގީ މައްސަލައަށް'' ހައްލު ހޯދަން ބޭނުން ނަމަ ''މާލޭ ސަރުކާރުގެ ޕޮލިސީ ބަދަލު ކުރާން ޖެހޭ'' އެގޮތުން ރާއްޖޭގެ ޤައުމީ މުއްސަނދިކަން މުޅި ރާއްޖެ އަށް ހިއްސާ ކުރުމުގެ މަގު ހުޅުވާލާ ދައުލަތުގެ މުޅި އާމްދަނީ ރާއްޖެތެރޭގެ އެންމެ ރަށަކަށް (މާލެ އަށް) ހޭދަ ކުރުމުގެ ބަދަލުގައި އައްޑޫ ސިޓީ އާއި ލާމް އަދި ބާއަތޮޅު ފަދަ ޤުދުރަތީ ބިންބޮޑު ސަރަހައްދު ތަކުގައި މީހުންނަށް ދިރިއުޅެވޭނެ ފުރުސަތު ތަނަވަސް ކޮށް ދޭންޖެހޭ. . . . މިދެންނެވި އުސޫލުން '' ޤައުމީ މުއްސަނދިކަން ހިއްސާކޮަށް'' ލާމަރުކަޒީ ޤާނޫނު ތަކާއި އެްގޮތަށް ސަރަހައްދު ތަކަށް ބާރުތަށް ދޫކޮށްގެން ''ރައްޔިތުންގެ ވެރިކަމެއް'' ހިންގިނަމަ ރާއްޖެތެރޭގެ ރަށެއްގައި (މާލޭގައި) މިއަދު އުމުރުން 42 އަހަރުގެ ދޮށީ އުމުރުގެ އައިޝަތު ނަޝީދާ އާއި ފިރިމީހާ އަދި މަންމަ އާއި ހަތަރު ދަރިންނާއި މާމަ ދަރިން ތިހެން ''ކޮއްޓެއްގެ ތެރޭގައި'' އުޅޭކަށް ނުޖެހޭނެ. . . . . އަދިވެސް ފްލެޓުން ތިޔަ މައްސަލައިގެ ''ހަޤީގީ ހައްލު'' ހޯދޭނެ ކަމަށް ހީކުރުމަކީ ވަރަށް ބޮޑު މޮޔަކަމެއް. ރައްޔިތުންނަށް ރައްޔިތުންގެ އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތު ކުރުމުގެ ފުރުސަތު ދޭންޖެހޭ. އެކަން ކުރުމަށް އޮތް ހަމަ އެކަނި ގޮތަކީ ލާމަރުކަޒީ އުސޫލުން ޤައުމު ހިންގުމާއި ''ޤައުމީ މުއްސަނދިކަން ހަމަހަމަކޮަށް ޙިއްސާކުރުން'' ކަން ޤަބޫލު ކޮަށް ''ކުލީ އަޅުން'' ލައްވާ ދިރިއުޅުން ބިނާ ކުރުން ދޫކޮށްލައްވާ.

The name is already taken The name is available. Register?

އާމިނަތު

28 December 2016

ނަޝީދަށް ދައުރު ފުރިހަމަ ކުރަން ފުރުޞަތު ދިން ނަމަ.......

The name is already taken The name is available. Register?

ފުވައްމުލަކު މީހާ

28 December 2016

ނޫސްވެރިކަމުން ފެންނަންޖެހެނީ ޢާއްމު ދިރިއުޅުމުގެ ޙާލަތު އަންގައިދޭ އަދި އެޙާލަތު ބަދަލުކުރުމަށް މަޖުބޫރު ކުރުވާ މިފަދަ މޮޅު އާޓިކަލް. މިއާޓިކަލް ލިއުއްވި ފަރާތް މުޖުތަމައަށް ފައިދާ ހުރި ބިނާކުރުވަނިވި މިފަދަ މަޢުލޫމާތު ހޯދާ ލިއުމަށް ހިތްވަރުދެން. .

The name is already taken The name is available. Register?

ލުގުމާން

28 December 2016

އަހަރެން ހަމަ ކޮސް!!! އެހެންގޮތެކޭ.... އެހެންގޮތެއްހޯދަން ހަޅޭލަވާ 99% ދިވެހިންނަކީ ގައިގައި ފުރިހަމަ ބާރުހުރި ބުއްދި ސްލާމަތުން ތިބި މީހުން. ކީއްވެބާ އެހެންމީހުންގެ ޗާލު ދިރިއުޅުން ބަލާފައި އެގޮތަށް އަމިއްލަ މަސައްކަތުން އުޅެން ދަސް ނުކުރަނީ؟ ބަލަ އިންސާނާ ދުނިޔެޔެއަށް ފޮނުއްވީކީ ހަމައެކަނި މީސްމީހުންކާއިރީ ސަލާންޖަހައިގެން ފައިސާ ގޯދައިގެން ސަރުކާރުން ބޯހިޔާވަހިކަމާއި އަންނައުނާއި ކެއިންބުއިމާއި ފައިސާ ހޯދާ އިގެން ދިރިއުޅޭ ކަށް ނޫނޭ. ފުރަތަމަ ތިމާމީހާ އެބަޖެހޭ މަސްއޫލުވެރިއަކަށް ޒިންމާދާރުމީހަކަށް ވާން.....

The name is already taken The name is available. Register?

ހާލު

28 December 2016

ކިތަންމެވަރަކަށް މަސައްކަތް ކުރިޔަސް އެންމެންނަށް އެއްވަރަކަށް ފައިސާއެއް ނުލިބޭނެ، އާންމު އުސޫލަކުން އެންމެންވެސް ބޭނުންވާނީ މުއްސަދިންގެ ގޮތުގައި އުޅެން، އެކަމަށް މަސައްކަތްވެސް ކުރަން، އެކަމަކު ފަސްއިނގިލި އެއްވަރެއްނޫނޭ ބުނާފަދައިން އިންސާނުންގެ ދިރިއުޅުމުގެ ފެންވަރުވެސް ތަފާތުވަނީ، މީހަކާ ދިމާލައް އެއްޗެކޭ ބުނުނާއިރު ވިސްނާލުން ރަނގަޅު!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454