ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
13 މެއި 2022 - 18:06
ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކު ވަލުތެރެއަށް ވައްދައި އަނިޔާކުރާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
އުތުރުގެ ރަށެއްގައި ހިނގި މި މައްސަލަ ބެލުމަށް ޖެންޑާ މިނިސްޓްރީގެ ޓީމެއް އެ ރަށަށް މިހާރު ވަނީ ގޮސްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ގަމީހުގައި ހިފައިގެން ގަދަކަމުން ގެންގޮސް އެ ކުއްޖާ ބިންމައްޗަށް ވައްޓާލައި އަނިޔާކުރަނިކޮށެވެ. އެ ކުއްޖާގެ ގައިގައި ދަނޑިބުރިއެއް ކަހަލަ އެއްޗަކުން ވަރަށް ބާރަށް ދެތިން ފަހަރު ޖަހަ އެވެ. އަދި ފަހުން އަތުން ވެސް ތަޅަ އެވެ.
އަނިޔާ ލިބޭ ކުއްޖާ ރައްދުގައި އެއްވެސް ކަމެއް ނުކުރެ އެވެ. އަނިޔާކުރާތީ ކުއްޖާ ރޯ އަޑު ވީޑިއޯ އިން އިވެ އެވެ.
އަނިޔާކުރަމުން އެ މަންޒަރު ވީޑިއޯކުރަމުން ހުތުރު ބަހުން އެކުއްޖާއަށް އެހެން ކުއްޖަކު މުއާމަލާތް ކުރާ އަޑު ވެސް އިވެ އެވެ. އެ މަންޒަރު ބަލަން އެތަނުގައި ގިނަ އަދަދެއްގެ ކުދިން ތިއްބަސް އެއިން އެއްވެސް ކުއްޖަކު އެ ކަން ހުއްޓުވަން މަސައްކަތްކުރި ތަނެއް ވީޑިއޯއަކުން ނުފެނެ އެެވެ.
ކުއްޖާއަށް އަނިޔާކުރުމަށް ފަހު އެކުއްޖާއާ ދިމާލަށް "ނައްޓާލާ" އޭ ބުނުމުން ކުއްޖާ ނިކުމެގެންދާ މަންޒަރު ފެނެ އެވެ. އެކަމަކު އެތަނުން އެހެން ކުއްޖަކު އަދިވެސް އަނިޔާކުރަން ބުނާތީ އިވެ އެވެ. ނަމަވެސް އެހެން ކުއްޖަކު "ދެން ބަހައްޓާށޭ" ބުނުމުން ދެން އިވެނީ ކުއްޖާއަށް ބުލީކުރުމުގެ ގޮތުން އެކި އެއްޗެހި ކިޔާ އަޑެވެ.
އެނގިފައިވާ ގޮތުގައި ކުއްޖާގެ ގައިގައި ތެޅީ ގްރޭޑް ހައެއްގައި އުޅޭ ކުއްޖެކެވެ. އަދި އަނިޔާ ލިބުނީ ގްރޭޑް ހަތެއްގައި އުޅޭ ކުއްޖަކަށެވެ. އަންހެން ކުއްޖަކާ ގުޅުން ހުރި ކަމަށް ބުނާ މި މައްސަލައާ ބެހޭ ގޮތުން ޖެންޑަ މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުވެ އެކަން ސަމާލުކަމަށް އައުމާ އެކު މިހާރު މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރި މީހާ ވަނީ ކުއްޖާއަށް އަނިޔާކުރީ ރަށުގެ ނުފޫޒު ގަދަ އާއިލާއަކަށް ނިސްބަތްވާ ކުދިންތަކެއް ކަމަށް ބުނެ އެކަން ބެލޭނެތޯ ސުވާލު އުފައްދައިފަ އެވެ. އެނގިފައިވާ ގޮތުގައި މިކަން ހިނގި ރަށުގެ ސްކޫލުގައި ކުދިންނަށް ބުލީކުރުމުގެ މައްސަލަ ވެސް ބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
15 May 2022
މިކަހަލަ ވާހަކަތައް އަޑުއަހާއަހާ ފޫހިވެއްޖެ. ދުވަހުން ދުވަހަށް ދަނީ މުޖުތަމަޢު ހަލާކުވަމުން. ފުލުހުން ކުރާ މަސައްކަތްވަނީ ބޭކާރު. ކުރިން މިފަދަކަމެއް ކޮއްފިނަމަ އަދަބު ދެވޭ. އޭގެ ނަތީޖާވެސް އެހާ ރަގަޅު. މިއަދު މިއޮތީ ކުއްކުރާމީހުންނާ ކުއްވެރިންގެ ޙިމާޔަތް މުޅި ރާއްޖޭގަވެސް. ހުޅަގުގެ ގޮތްތަށް ރަގަޅުވެ ރީތިވެފަ. ހުޅަގުން ކުރާ ކަމަކީ މުޖުތަމަޢު ބިނާކުރުމަށްވުރެ ފަނާކުރުން. އެގޮތް މިއަދު އަހަރުމެންނަށް ކަމުގޮސްގެން މިއުޅެނީ. ކީއްކުރާނީދޯ؟
3336
15 May 2022
ކުޑަކުދިން އުޅޭތަ އަންހެންކުދިން ހޯދަން. އަދި ގުރޭޑު 6 އެއްގަ އޯ ޕިސްޕިސް މީހަކާ އިންނަވަރު ވެއްޖެތަ
ރަށުގެހާލަތު
14 May 2022
ތިޔަހާ ބައިވަރު ކުދިން އެހާ މިނިވަންކަމާއެކު ބެލެނިވެރިއެއް/ބަލާނެ މީހަކު ނެތި ބޭނުން ގޮތަކަށް ގެއިން ބޭރަށް ނިކުމެ އުޅެލެވޭ ރަށެއްތާ ތިއީ. ތި ހުރިހާ ކުދިންނަކީ ސްކޫލު ކުދިން ކަމަށް ބުނާއިރު އެކުދިންގެ މައިންބަފައިން އިހަށް ހޭލުންތެރިކުރުވަންވީ އެ ކުދިން އެ އުޅޭ އުޅުމާ ދޭތެރޭ. ކުދިންނަށް އޮންނަ އިތުބާރެއްގަ އެހާ ބޮޑަށް ދޫދީފަ ބައިތިއްބަންވާފަދަ ޒަމާނެއް ނޫން މިއީކީ. މިހާރު ކުދިންނަށް ބަލާނުލެވޭ ދަސްނުކުރެވޭ ގޯސްކަމެއް މަދުވާނެ އިންޓަނެޓާ ހެދި
އުސްމާނުބެ
14 May 2022
މިވަރުންވެސް ކިޔަންވީ ކުޑަކުދިން ؟؟؟
ބަނަސް
14 May 2022
އަޚުލާގު ރަނގަޅު ކުރަން އަދަބަކަށް ކައުންސިލް ދީ 5 މަސް ވަންދެން ކުލާސް ނަގަން މަޖުބޫރު ކުރުވަންވީ
ނަންނަމާ
14 May 2022
އެ މީހުން ކުރި އަނިޔާވެރި އަމަލަށް ބަލާފަ އަދަބް ދޭން ޖެހޭ! މިހާރު ލަކުޑި ބުރު އަކުން އެހެރަ ތަޅަނީ، ދެން ފެންނާނީ ކަޓަރާ ވަޅި ހިފައިގެން އުޅޭ ތަން! ރާއްޖޭގައި ތިބި ޒުވާން ގޭންގް ތަކުގަ އުޅޭ ތޫނު އެއްޗެހިން ހަމަލާދީގެން ހައްޔަރު ކޮށްފައިވާ މީހުންނަކީ ވެސް އެއްއިރެއްގަ ކުޑަކުދިން. މިކަހަލަ ކުދިން ރަނގަޅަށް އިސްލާހު ކުރަންޖެހޭ ނޫނީ ދެން ފެންނާނީ ބޮޑެތި ކުށްވެރިން ގެ ގޮތުގައި. މިހާރު އިސްލާހު ކުރޭ
8765422
14 May 2022
އަދަބު ދެނިކޮއް މުސްތަގުބަލުގަ މިފަދަ ކުދިން އުފެދުނަ މަދުވާވެ. ކައުންސިކިން ދިނިމަ މި ގުރޫޕް އުޅޭނީ ޗޭނު ގަޑާ ކަނޑި ހިޕަވައިހެން. ހިތާމައަކީ އިންސާފު ގާއިމް ނުކޮއް ހުޅަނގުގެ އަވައިގަ ޖެހި މުޅިގައުމު ފުނޑިދާތީ.
ޙިނި
14 May 2022
ތިއަނިޔާކުރި ކުދިންނައްށާ އަނިޔާ ލިބުނު ކުއްޖާއައް ކަކުސިލިންދީ މޮނިޓާރކޮއް މުޖުތަމާތެރެޔައް ވެދުން ރަންގަޅު. ފާހަގަ ކުރެވޭކަމަކީ ރާއްޖޭގެ ސުކޫލު ތަކުގައި ކައުންސިން ދެވެން ނެތްކަން
ކުޗީ
14 May 2022
އިނގިގެން ދަނީ މުޖުތަމައުގެ ހާލަތު. ކުދި ބޮޑު ރަށެއް ތަފާތެއް ނެތް. ނުފޫޒް ގަދަ އާއިލާތަށް ގުޅިގައި ހުންނަނީ ސިޔާސީ ޕާޓީތަކާ. ޖިސްމާނީ އަނިޔާގެ ގެ ލަކުނު ފިލައިގެން ދިޔަޔަސް، ނަފްސާނީ ގޮތުން ކޮއްފަ ހުންނަ އަސަރު މުޅި އުމުރަށް ދެމިގެން ދާނެ. އަނެއްކާވެސް ބުނެވޭނީ ... ރާއްޖެ ހަލާކުވަނީ ހައްޤު އަދަބު ނުދެވޭތީޔޭ. " އަނިޔާ ލިބުނު ކުއްޖާއަށް ފަރުވާދީ މައްސަލަ ހައްލުކުރަން ފިޔަވަޅުތައް އަޅަނީ " މިއީ ދެން އޮތް ސުރުހީ ... ޖެންމިނިސްޓްރީ ގެ ލަދުކޮބާ ....
އައިމިނާ
14 May 2022
މިހާރު ކުދިންނަށް ވުރެ މުހިއްމީ ވަޒީފާ. ކުދިންނަށް އަޅާނުލެވުނަސް ވަޒީފާއަށް ދެވުނީމަ އެ ނިމުނީ.
މޯޑް
14 May 2022
ތި މަންސަލަ ބަލާ ނިމޭނެބާ?