ރިޕޯޓް

ބޮޑެތި ކުށްތަކުގައި 15 އަހަރުނުވާ ކުދިން: ގާނޫނުގެ އަތް ބަނދެވިފައި!

ގާނޫނު އޮންނަ ގޮތުން 15 އަހަރުންގެ ދަށުގެ ކުދިން ކުރާ އެއްވެސް ކުށެއްގެ ޒިންމާ އުފުލާކަށް ނުޖެހޭ

މާރާމާރީ ހިނގި ސީނެއްގައި ފުލުހުން ހަރަކާތްތެރިވަނީ: މާރާމާރީ އާއި ނުރައްކާތެރި ކުށްތަކުގައި 15 އަހަރުންގެ ދަށުގެ ކުދިން ބައިވެރިވިޔަސް، ގާނޫނު އޮތްގޮތުން އެއްވެސް ފިޔަވަޅެއް ނާޅާ ޖެހެނީ ދޫކޮށްލަން -- ފޮޓޯ/މިހާރު

ނުރައްކާތެރި ހަތިޔާރު ހިފައިގެން ރޯމާ ދުވާލު މާލޭގެ މަގުމަތީގައި މާރާމާރީ ހިންގަމުން އެ ދަނީ އެ ސާނަވީ ތައުލީމަށް ކިރިޔާ އުމުރު ހަމަވާ ވަރުގެ ކުޑަކުދިންނެވެ. މަސްތުވާތަކެތީގެ ބޮޑެތި ނެޓްވޯކްތަކުން ވެސް ބޭނުން ކުރަނީ އެ ކުދިންނެވެ. މުޖްތަމައުގެ ލޯބި ލިބެންޖެހޭ ފަދަ އުމުރެއްގައި ތިބި އެ ކުދިން މިއަދު ވެފައި އޮތީ މުޖްތަމައުއަށް އޮތް ބޮޑު ބިރުވެރި ކަމަކަށެވެ.

ދާދިފަހުން މާލޭގައި ހިނގައިދިޔަ ބޮޑެތި މާރާމާރީތަކުގައި 15 އަހަރުން ދަށުގެ ކުދިން ބައިވެރިވި އެވެ. މިދިޔަ އަހަރު މި އުމުރުގެ ކުދިންތަކެއް ތޫނު ހަތިޔާރާ އެކު މާލޭގައި މާރާމާރީ ހިންގި އެވެ. މިއިން ކުއްޖަކު އަތުލައިގަނެވުނަސް، ހައްޔަރެއް ނުކުރެވެ އެވެ. އެއީ އެ އުމުރުގެ ކުދިން ޖިނާއީ ކުށުގެ މަސްއޫލިއްޔަތު އުފުލަން ނުޖެހޭތީ "ގާނޫނުގެ ދިގު އަތް" އޮތީ ބަނދެވިފަ އެވެ.

"ކަމާބެހޭ އިދާރާތަކަށް އަންގާފައި ބެލެނިވެރިން ގެނެސްފައި ނަސޭހަތް ދީފައި ދޫކޮށްލަން ޖެހެނީ."

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ކުރިން އޮތީ އުމުރުން 10 އަހަރު ފުރިފައިވާ ނަމަ، މަސްތުވާތަކެއްޗާއި މީހުން މެރުމާއި އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ބޮޑެތި ކުށްތަކުގެ ޒިންމާ އުފުލަން ޖެހޭނެ އެވެ. އަދި ނޫން ކުށްތަކުގައި 15 އަހަރުވުމުން ޒިންމާ އުފުލަންޖެހޭ ގޮތަށެވެ.

އެ ނިޒާމު ބަދަލުކޮށް، 15 އަހަރުން ދަށުގެ ކުދިން ޖިނާއީ އެއްވެސް ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރު އަމަލުކުރަން ފެށި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުންނެވެ. އެއްވެސް އިސްތިސްނާއެއް ނެތި ގެނައި މި ބަދަލާ އެކު، 15 އަހަރުން ދަށުގެ ކުއްޖަކު ސީރިއަސް ކުށެއް ކުރިޔަސް ތަކުރާރުކޮށް ކުރިޔަސް އޮތީ އެ ކުއްޖާއާ މެދު ހިތްހެޔޮ ކޮށްލުމެވެ.

"ހައްޔަރުކޮށް ނުވަތަ ބަންދުކުރުން ފަދަ ގާނޫނީ ފިޔަވަޅެއް އަޅުގަނޑުމެންނަކަށް އެޅޭކަށް ނެތް. ކަމާބެހޭ އިދާރާތަކަށް އަންގާފައި ބެލެނިވެރިން ގެނެސްފައި ނަސޭހަތް ދީފައި ކޮންމެ ފަހަރަކު ދޫކޮށްލަން ޖެހެނީ." ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓްގެ ހެޑް މުހައްމަދު ބަޝީރު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ޑްރަގް ނެޓްވޯކްތަކުން ވެސް ފަރުދާއެއްގެ ފުރަގަހުގައި ތިބެގެން ޑްރަގް ވިއްކަން ނެރެނީ 10 އަހަރުން ފެށިގެން 14 އަހަރާ ދެމެދު ކުދިންނެވެ. ފައިސާ އާއި އަގުބޮޑެތި ހަދިޔާ އޭގެ ބަދަލުގައި އެ ކުދިންނަށް ލިބެ އެވެ. އަތުލައިގަތަސް، އަޑީގައި ތިބި މީހުންނާ ހަމައަށް ވާސިލްވާން އެ ކުދިން އެއްބާރުލުމެއް ނުދެ އެވެ. ހަރަކާތްތެރިވަނީ އަބަދުވެސް އެއް ބައެކެވެ.

"މިރޭ އިރާކޮޅު ދޫކޮށްލާ ކުއްޖާ މިރޭ މެންދަމު އަނެއްކާވެސް އެފަދަ ކުށެއްގައި ނުވަތަ އެއަށް ވުރެ ބޮޑު ކުށެއްގައި އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް އެބަ ގެނެވޭ." ބަޝީރު ވިދާޅުވި އެވެ.

އެންމެންގެ ކަންބޮޑުވުމަކީ ކުޑަކުދިންގެ އަދުލުގެ ނިޒާމުތަކުގައި ހުރި ލޫޕްހޯލްތަކުގެ ސަބަބުން އާންމުންގެ ފުރާނަ އާއި މުދަލަށް ނުރައްކާވާ ހިސާބަށް އެފަދަ ކުދިންގެ ކަންކަން ގޮސްފައިވާތީ އެވެ. ރޯމާ ދުވާލު އެންމެންގެ ކުރިމަތީގައި ސީރިއަސް ކުށްތައް ކުރިޔަސް، އެ ކުދިން ކައިރީގައި ހޭ ވެސް އަހާލެވެން ނެތީމަ އެވެ. އެއީ އެ ކުދިން ކުރީ ކުށެއް ކަމަކަށް ގާނޫނު ނުދަންނާތީ އެވެ.

މި ސަަރަހައްދުގެ ގައުމުތަކުގެ ތެރެއިން ކުށުގެ ޒިންމާ އުފުލަންޖެހޭ އެންމެ މަތީ އުމުރެއް އޮތީ ރާއްޖޭގައި

"ހަނގުރާމަ ހިނގާ ސަރަހައްދަކުން އަންނަ މީހުންގެ ތުއްތު ކުދިން ވެސް ހައްޔަރުކޮށްގެން ރިހެބިލިޓޭޓް ކުރެވޭ. އެކަމަކު މީހުން މަރަން ހަންޖަރު ޖަހާ ކުދިންގެ އުމުރު ފުރިހަމަ ނުވެޔޭ ކިޔާފައި އެޅޭނެ ފިޔަވަޅެއް ނެތް!." އާންމުންގެ މީހަކު ފާޅުކުރި ޚިޔާލެއްގައިވެ އެވެ.

މައްސަލައަކީ ޒިންމާ އުފުލަންޖެހޭ އުމުރު މަތިކުރުން ތަ؟

ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ރާއްޖެއަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު މިހާރު އެންމެ މަތީގައި އޮތް ގައުމެކެވެ. ދެވަނައަށް އެންމެ މަތީގައި އޮތް އިންޑިއާގައި އާއި ސްރީލަންކާގައި އުމުރުން 12 އަހަރުވުމުން ބޮޑެތި ކުށްތަކުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހެ އެވެ. އިސްލާމީ ގައުމުތަކުގެ ތެރެއިން، ޖިނާއީ މަސްއޫލިއްޔަތުގެ މިހާ މަތީ އުމުރެއް ކަނޑައަޅާފައި އޮތީ ރާއްޖެ އާއި ބަހްރެއިންގަ އެވެ. ބަހްރެއިންގައި ވެސް އޮންނަނީ 15 އަހަރެވެ.

ކުޑަކުދިންގެ ހިމާޔަތުގައި ރާއްޖޭގައި ހަދާފައިވާ ގާނޫނުތައް މުޖުތަމައުގެ ހާލަތާ ނުގުޅުމާއި ތަންފީޒު ނުވުމުގެ ކަންބޮޑުވުން އެބަ އޮތް

ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި މަސައްކަތް ކުރައްވާ ގާނޫނީ ބޭފުޅަކު ވިދާޅުވި ގޮތުގައި ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު މަތިކުރުމަކީ މައްސަލައެއް ނޫނެވެ. ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވަނީ ކުރިން 10 އަހަރު ފުރިފައިވާ ކުދިން މަސްތުވާތަކެތީގެ ކުށްތަކާއި ސީރިއަސް ކުށްތަކުގެ ޒިންމާ އުފުލަންޖެހޭ ގޮތަށް އޮތްއިރު ވެސް ކުށްކުރާ ކުދިން އަބަދުވެސް އުޅޭތީ އެވެ.

އޭނާ ވިދާޅުވާ ގޮތުގައި މައްސަލައަކީ ކުޑަކުދިން ކުށާ ދުރުކުރަން މަސައްކަތް ކުރާނެ އެކަށީގެންވާ ނިޒާމެއް އެއްވެސް އިރަކު ގާއިމްވެފައި ނެތުމުންނެވެ. ކުޑަކުދިންގެ އަދުލުގެ ގާނޫނު އައީ "ހަލާކުވަމުންދިޔަ" ކުދިންތައް އިސްލާހު ކުރަން ރަނގަޅު މަސައްކަތްތަކެއް ނުކުރެވި އޮއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނުލް އުގޫބާތުގެ ދަށުން ކުޑަކުދިންނަށް ގާއިމްކުރަންޖެހޭ ޚާއްސަ ނިޒާމު ގާއިމް ނުވެ އޮއްވާ ކުޑަކުދިންގެ އަދުލުގެ ގާނޫނު މި އައީ. އެ ގާނޫނު އައިތާ ވެސް މިހާރު ދެ އަހަރުވީ. އެއީ އަސްލު މައްސަލައަކީ. އުމުރުގެ އިޝޫއެއް ނޫން އަސްލު މައްސަލައަކީ." ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގައި މަސައްކަތް ކުރައްވާފައިވާ އެ ބޭފުޅާ ވިދާޅުވި އެވެ.

"އުމުރު މަތިކުރީ ދައުލަތަށް ޒިންމާއެއް މަތިކޮށްފައި. އެއީ މިކަހަލަ ކުދިން ކުށްކުށާ ދުރުކުރާނެ ނިޒާމެއް ގާއިމްކުރުމުގެ ޒިންމާ." އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުށަހެޅިން ބޮޑެތި ކުށްތަކުގައި 15 އަހަރުން ދަށުގެ ކުދިންނަށް ދައުވާ ނުކުރިޔަސް، މުޖްތަމައުއާ އެކަހެރިކޮށްގެން ރިހެބިލޭޓް ކުރެވޭނެ ގޮތެއް ހަދަން."

ބަޝީރު ވެސް ވިދާޅުވި ގޮތުގައި ކުށުގެ ޒިންމާ އުފުލަންޖެހޭ އުމުރު މަތިކުރުމަކީ މައްސަލައެއް ނޫނެވެ. އޭނާ ވެސް ފާހަގަކުރާ މައްސަލައަކީ އެފަދަ ކުދިން އިސްލާހު ކުރާނެ ނިޒާމެއް ނެތުމެވެ.

"ޒިންމާ އުފުލަންޖެހޭ އުމުރު މި އޮންނަނީ އެކި ގައުމުތަކުގައި އެކިގޮތަށް. ބައެއް ގައުމުތަކުގައި 12 އަހަރު، އަނެއް ބައި ގައުމުތަކުގައި އެބަހުރި 16 އަހަރު ކަމަށް ވެސް ކަނޑައަޅާފައި. އުމުރު މަތި ކުރުމުގެ މައްސަލައެއް ނޫން މިއީ." ބަޝީރު ވިދާޅުވި އެވެ.

ކުދިން އިސްލާހު ކުރަން ގާނޫނީ ބާރެއް ނެތް

އުމުރުން 15 އަހަރުން ދަށުގެ ކުދިން ކުށެއްގެ ޒިންމާ އުފުލަން ނުޖެހޭ ގޮތަށް ޖިނާއީ މަސްއޫލިއްޔަތު ގާނޫނުގައި ލިޔުނުއިރު އެފަދަ ކުދިންނާ މެދު މެދު އަމަލު ކުރާނެ އެހެން ގޮތްތަކެއް ކުޑަކުދިންގެ އަދުލުގެ ގާނޫނަކު ވެސް ނެތެވެ. އެކަމާބެހޭ ނިޒާމެއް ހަދަން ހަވާލުކުރީ ހޯމް މިނިސްޓްރީއާ އެވެ.

ހޯމް މިނިސްޓްރީން އެކުލަވާލައި، އަމަލުކުރަން ފެށި ނިޒާމުގައި އޮތީ އާއިލާ އާއި ސްކޫލްތަކާ ގުޅިގެން އެފަދަ ކުދިންނަށް ރެހިބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގުމާއި އުޅޭ ނޫޅޭ ގޮތް ގާތުން ބެލުމަށެވެ. އެކަމަކު ކުއްޖާ އެއްބާރުލުން ނުދީފިި ނަމަ ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. މައިންބަފައިންގެ ކޮންޓްރޯލް ނޯންނަ މިންވަރަށް އެފަދަ ކުދިން ތިބެނީ ކުށުގެ މާހައުލުގެ ތެރެއަށް ވަދެވިފަ އެވެ. ކުދިންނަށް ވަސްވާސް ދެނީ މަޝްހޫރު ގޭންގްތަކާއި ޑްރަގް ނެޓްވޯކްތަކުންނެވެ.

"ތެދެއް، ކުއްޖާގެ މައްޗަށް މަޖުބޫރު ކުރެވޭކަށް ނެތް"

ބަޝީރު ވެސް ވިދާޅުވި ގޮތުގައި 15 އަހަރުން ދަށުގެ ކުދިންނާ މެދު މިހާރު އޮތްގޮތުން އެއްވެސް ފިޔަވަޅެއް ނޭޅޭ ގޮތަށް އޮތުމަކީ ފުލުހުންގެ ބޮޑު ކަންބޮޑުވުމެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެފަދަ ކުދިން މުޖްތަމައުއާ އެކަހެރި ކުރެވޭނެ ކޮންމެވެސް ނިޒާމެއް އޮންނަން ޖެހެ އެވެ.

"ގާނޫނުގެ ޑްރާފްޓިން ސްޓޭޖްގައި އަޅުގަނޑުމެން ވެސް ފާހަގަކުރި ކަމެއް އެއީ. އަޅުގަނޑުމެން ހުށަހެޅީ ބޮޑެތި ކުށްތަކުގައި 15 އަހަރުން ދަށުގެ ކުދިންނަށް ދައުވާ ނުކުރިޔަސް، މުޖްތަމައުއާ އެކަހެރިކޮށްގެން ރިހެބިލޭޓް ކުރެވޭނެ ގޮތެއް ހަދަން." އޭނާ ވިދާޅުވި އެވެ.

"ކޮމިއުނިޓީއަކުން އެކަން ގަބޫލެއް ނުކުރާނެ ދެއްތޯ މީހުން މެރުމާއި ބޮޑެތި މާރާމާރީ ފަދަ ކަންކަމުގައި ޝާމިލްވެފައި ތިބޭ ކުދިންތަކެއް އެއް ދޮރުން ވައްދާފައި އަނެއް ދޮރުން މުޖްތަމައުގެ ތެރެއަށް ދޫކޮށްލާފައި ތިބީމަ." އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ޝަރީއަތްތައް ކުރާ ޖުވެނައިލް ކޯޓް: 15 އަހަރު ނުފުރޭ ނަމަ ދައުވާއެއް އަދި ޝަރީއަތެއް ނުކުރާނެ

ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުން މިހާރު އޮތްގޮތަކީ 15 އަހަރުން ދަށުގެ ކުޑަކުދިން އިސްލާހު ކުރުމުގައި ކުއްޖާ މައިންބަފައިންނަށް ފިޔަވަޅު އަޅައިގެން އެ ކުދިން މައިތިރި ކުރުމެވެ.

"ތެދެއް، ކުއްޖާގެ މައްޗަށް މަޖުބޫރު ކުރެވޭކަށް ނެތް. އެކަމަކު ކޮންމެ ކުއްޖެއްގެ ތިބޭނެ މައިންބަފައިން ނުވަތަ ބެލެނިވެރިން. އެ މީހުންގެ މިކަމަށް ޒިންމާ ކުރުވޭ ގޮތަށް ހެދޭނެ. އެހެން ގައުމުތަކުގައި ކުރާ ކަމެއް އެއީ." އޭނާ ވިދާޅުވި އެވެ.

ބަޝީރު ވިދާޅުވާ ގޮތުން އެއީ އުނދަގޫ ނިންމުމެކެވެ. އެއީ ކުށްކުރާ ގިނަ ކުދިންނަކީ ބިކަވެފައިވާ ނުވަތަ ރޫޅިފައިވާ އާއިލާތަކުން އަންނަ ކުދިންނަށް ކަމަށްވާތީ އެވެ. އެ ކުދިންގެ މައިންބަފައިންނަށް ފިޔަވަޅު އަޅާ ނަމަ މުޅި އާއިލާއަށް އޭގެ އަސަރު ކުރެ އެވެ. އެންމެ ކުއްޖަކާ ހެދި އަޅާ ފިޔަވަޅަކުން އާއިލާގެ ދެން ތިބި ކުދިން މަގުމަތިވެ، އިތުރު ކުދިންތަކެއްގެ ކުށުގެ ވެށްޓަށް ފުރުސަތު ލިބެނީ އެވެ.

"އެ ކުދިން އިސްލާހު ނުކުރެވޭތީ މައިންބަފައިން އިހުމާލުވި ކަމަށް ބަލައިގެން އެ މީހުން މެދު ފިޔަވަޅެއް އަޅައިގެން ނުވަތަ ހައްޔަރުކޮށްފިއްޔާމު އެ އާއިލާގައި ދެން ތިބޭ ކުދިންނަށް އަޅާލާނެ ބަޔަކު ނުތިބޭނެ. އެ ކުދިންނާ ކާންދޭނެ ބޯންދޭނެ ބަޔަކު ނެތި މަގުމަތި ވާނީ. މިކަހަލަ ކަންކަން ދިމާވެދާނެ." އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ޚާއްސަ އަދުލުގެ ނިޒާމެއް ގާއިމްކޮށް، ލުއިތަކެއް ދެނީ ބޮޑެތި އަދަބުތަކެއް ދިނުމަށްވުރެ ކުދިން އިސްލާހު ކުރުމަށެވެ. އެފަދަ ނިޒާމެއް އޮތުމަކުން ގޯހެއް ނެތެވެ. އެކަމަކު ސީރިއަސް ކުށްތައް ކުރާ ކުދިންގެ ފަރާތުން މީހުންގެ ޖާނާއި މާލަށް ލިބެމުންދާ ގެއްލުންތައް ނުހުއްޓުވި މުޖްތަމައުގެ ހައްގު އަބަދު ގުރުބާން ވުމަކީ ވެސް އިންސާފެއް ނޫނެވެ.

21 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގައުމެކޯލަ

18 May 2022

ގަބޫލު ކުރާކަށް ފަސޭހަޔެއް ނޫން ގާނޫނު ހެދި އިރުވެސް މިކަން މިގޮތަށް ވާނެކަން ނޭނގޭނެ ކަމަކަށް އެކުދިން ލާނެ އިންސްޓިޓިއުޝަނެއް ނެތް ކަން ހަމަ ރަނގަޅަށް އެނގޭނެ އިދިކޮޅު ޕާޓީއިން ވެސް އަބަދު މި ދައްކަނީ އަމިއްލަ މަސްލަހަތު ހިމެނޭ ވާހަކަ އެވެސް ބޭކާރު ބަޔެއް ދީނީ އިލުމުވެރިންނޭ ރާއްޖޭގައި ކިޔާ އުޅޭ މީހުން އެއީ ދެން ރާއްޖޭގައި ވެސް ދިބި އެންމެ ތާކުންތާކު ނުޖެހޭ ފީކަޅާ މީހުން ކިހިނެއް ކަމެއް ރަނގަޅުވާނީ

The name is already taken The name is available. Register?

އައިމިނާ

18 May 2022

މަޖިލީހުގެ ވަދެ މި ތިއްބަވަނީ ވެސް ތާކުންތާކު ނުޖެހޭ ޢިއްޒަތްތެރިން ވީމަ ހެދޭ ގާނޫނުވެސް އެހެން ވާނެތާ.

The name is already taken The name is available. Register?

ޞޮލާހް

18 May 2022

ﷲގެ ހުުކުމް ބޮލާލާޖަހާފަ، އަމިއްލަ އަތުން ހަދާފަވާ ވަލުޢީ ޤާނޫނުތަކެއް ގެނައިމާ ވާނީ މިހެން، މުޖުތަމައު ފަސާދަވެ ބިރުވެރިކަމާއި ނާމާންކަން އޮންނާނީ...ބޮޑެތި މުޖުރިމުން ޤާޞީ އިންނަވެ ހެޔޮރަނގަޅުމީހުން ބާޢީނަން މިވަނީ...

The name is already taken The name is available. Register?

ހެހެ

18 May 2022

ފޭހުނު އިލޮށި ލޮލަށް. އަދިވެސް ޤާނޫނުގައި ޖަހާލަންވީ ކައިވެނި ނުކުރާހާ ހިނދަކު އެއީ ކުޑަކުދިންނޭ. އަދިވެސް ސިމްޕަތީ ވާންވީ. އޭރުން ހައްލުވާނީ. ޤާނޫނުން ބާރު ދީފައި އޮތްކަން އެމީހުންނަށް އެނގޭ. އެނގޭތީވެ ބެލެނިވެރިންނަށްވެސް އަންގާފަ އޮންނަނީ މަށަށް ކިރިޔާވެސް ނުރުހޭ އަދަބެއް ދީފިނަމަ ޖެންޑާރ އަށް އަންގާނެކަމަށް. ޤާނޫނުން ބާރު ލިބިފަ އޮތީމަ ހިތުހުރިގޮތަކަށް ތެޅި އަރުވަނީ. ކުޑަކުދިންނަކީ ބާލިޣުނުވާ ޢުމުރުގެ ކުދިން، އެއީ ދީނުގައި އެކަން އޮތްގޮތް.

The name is already taken The name is available. Register?

އަލިފުތާބެއްޔާ

18 May 2022

ދުނިޔޭގަ ކުރިއަރާފައޭ މިކިޔާ ގައުމުތަކުން ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިން އެންމެ ބޮޑު ލަނޑަކީ ޑިމޮކްރެސީ އާ އިންސާނީ ހައްގޭ މިކިޔާ ދޭތި. ރާއްޖެފަދަ ގައުމުތައް މިތިބީ ފިސާރި ރީތިކޮށް އެމަޅީގަ ޖެހިފަ. ދެން މި ދެމަޅިން ސަލާމަތްވެގެން އިތުރު ކަމެއް ކުރާނެ ފުރުސަތެއް ނުލިބޭނެ.

The name is already taken The name is available. Register?

އިތުރައް ނުރައްކާ

18 May 2022

ކުޑަކުދިންނައް ރައްކާތެރިކަން ދިނުމުގެ ބޭނުމުގަ މިހާރިއޮތްގޮތައް ގާނޫނުބަދަލުކުރުމުން ކަންވަނީ އޭގެ އިދިކޮޅައް. ބަޔަކު އަޑީގަ ތިބެގެން އެމީހުންލައްވާ ބޮޑެތިކުއްތައް ކުރުވަނީ އެފަދަމީހުންގެ ޓާގެޓަކައްވަނީ ދެން ކުދިން ބޮޑެތިވާއިރު ތިބެނީ އެކަމުން ނުނިކުމެވޭވަރުވެފަ.

The name is already taken The name is available. Register?

ސޭކުސްތާނު

18 May 2022

ގާނޫނުގެ އަތް ބަނދެވިފަ. ގާނޫނު ހަދާ މަޖިލިސް ކުރާނެ މަސައްކަތެއް ނެތިގެން ހުއްޓާލާފަ. ރަނުން ރަނަށް.

The name is already taken The name is available. Register?

ހަޖަމީސް

18 May 2022

މިމީހުން ބޭނުންވަނީ އިސްލާމްދީނުގައި އޮންނަ އުސޫލަކީ ބޯދާކަމެއްގޮތުގަ ދެއްކުމަށް. ހުޅަނގުގެ ގައުމުތަކުގައި 13-14 އަހަރުގެ ކުދިން ކައިވެނިކޮށް މަރަށްމަރު ހިފައި 18އަހަރުން ދަށްވިޔަަސް ޖަލަށްލާ. އެމީހުން އިސްލާމްދީނުގައި ކަންކަން އޮންނަ ގޮތް ބަލައި އެކަމާ ޖުލޭ ކަންތަށް ކޮށްފަ އެހެންމީހުންނަށް މިދެނީ ނުބައި ވަސްވާސް. މިތާ އުޅޭ އެކްޓިވިސްޓުންނާ ގާނޫނޫހަދާ ބޭފުޅުން މިތިބެނީ ގުއި ރޯނުގައި ޖެހިފައި

The name is already taken The name is available. Register?

ދޮގު ސިމްޕަތީ

18 May 2022

"ކުޑަކުދިން" ގެ ތަބީއަތަކީ މީހުން މަރާ، ބިޓުހިއްލާ، ރާ ބޮއެ، މަސްތުވެ، ކަޓަރުއަޅާ، މާރާމާރީ ހިންގުން ކަމަށް ގަބޫލް ކުރަނީ ކިތައް ބޭފުޅުންތޯ؟ އެކަކުވެސް ގަބޫލް ނުކުރާނެކަން ޔަގީން. ވީއިރު، މިފަދަ މުޑުދާރު ކަންކަމުގައި ބެނދެވިގެން އުޅޭނީ ގާނޫނީ ގޮތުން ކުޑައޭ ކިޔަސް، ތަބީއީ ގޮތުން ބޮޑެތި މީހުން. ކުށަށް ޒިންމާވާން ޖެހޭނެ މިފަދަ މީސްމީހުން. ގާނޫނުގައި 18 ޖަހައިގެން، މި މީހުންގެ މައްޗަށް މާ ސިމްޕަތީ ވާކަށް ނުޖެހެ.

The name is already taken The name is available. Register?

ފަސާދައިގެ އަސްލު

18 May 2022

އެއްޗެއް އުފައްދާ ފަރާތުން ދީފަ އޮންނަ އިންސްޓްރަކްޝަން މެނުއަލް އެއްލައިލާ، މަ މޮޅު ހެދިގެން ހިތަށް އެރިހާ ގޮތަކަށް ކުޅެގަތީމާ ގިނަފަހަރަށް އެ އެއްޗެއް އޮންނާނީ ހަލާކުވެފަ. އިންސާނާ ހައްދަވައި، އެއިގެ ޠަބީއަތު އެކަށައެޅުއްވި ފަރާތުން އެންގެވި "މެނުއަލް" އެއްލައިލައި، ގޮތެއް ފޮތެއް، ދީނެއް މިއްލަތެއް ގަބޫލްނުކުރާ ބައެއްގެ ފިކުރާ އެއްގޮތަށް ކަންކަން ބައްޓަންކުރަން ވީމާ ވާނެހާ ގޮތް މި ވަނީ. "ކުށް" އެއީ ކެށެއް ނޫންކަމަށްވެ އާއްމު މި ވަނީ ފަސާދަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454