17 މެއި 2022 - 11:16
ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ކޮންސްޓްރަކްޝަން ދާއިރާ އަށް ވަނުމަކީ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ އެހެން ހިދުމަތްތައް ދިނުމަށް އުފެދިފައި ހުރި އެސްއޯއީތަކުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ވަނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ.
ސްޓެލްކޯ، ފެނަކަ، ޕޮލްކޯ އަދި ސިފްކޯ ފަދަ ކުންފުނިތައް ކޮންސްޓްރަކްޝަން ތެރެއަށް ވަނުމަށް މިނިސްޓްރީން ބާރު އަޅާފައި ނުވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އެހެން ނަމަވެސް ދާދި ފަހުން ސިފައިންގެ ފްލެޓްތައް އެޅުމަށް މިނިސްޓްރީ އިން ސިފްކޯ އާ ހަވާލުކޮށްފައިވާ ކަމަށާއި އެއީ ސިފްކޯ ނޫން ބަޔަކު ލައްވައި އެ މަސައްކަތް ކުރަން ސަލާމަތީ ހިދުމަތްތަކުން ދެކޮޅު ހެދުމުން ކަމަށެވެ.
"ގާނޫނީ ގޮތުން މަނާ ކަމެއް ނޫން އެ މީހުން އެ ކުރަނީ. އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އެ މީހުން ވަދެގެން ނުވާނެ އޭގެ ތެރެއަށް. އަދި ނުވަދެވޭ ގޮތަށް ގާނޫނެއް އޮތުމަކީ ވެސް ރަނގަޅު ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
ވަކި ހާއްސަ ކަމަކަށް އުފައްދާފައިވާ ކުންފުނިތައް ވިޔަފާރި ފުޅާކޮށް އެހެން ހުރިހާ ދާއިރާއަކަށް ވަންނަން ފަށައިފި ނަމަ އެ ކުންފުނިތަކުގެ ފޯކަސް ގެއްލޭނެ ކަމަށާއި އޭގެން ރަނގަޅު ނަތީޖާއެއް ނުނިކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ބައެއް ކުންފުނިތަކުން މިހާރު ވެސް ބައެއް ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތައް ހިންގާފައިވާ ކަމަށާއި ބައެއް ފަހަރު މަސައްކަތް ނެގުމަށް ފަހު ސަބް ކޮންޓްރެކްޓް ވެސް ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވަނީ ފްލެޓު އިމާރާތް ކުރުމަށް ބިން ދީފަ އެވެ. މިހާތަނަށް އައިއިރު ސްޓެލްކޯ އާއި މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ވެސް ވަނީ ފްލެޓުތައް އިމާރާތް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
18 May 2022
ސަރުކާރު ޙިއްސާވާ ކުންފުނިތައް ތިޔަމަސައްކަތްވެސް ހަމަކުރަންވީ. އެކަމަކު %100 ދިވެހިން ލައިގެން. ބިދޭސީ މުވައްޒަފުން އައުޓް.
ކުޑައާދަނު
17 May 2022
ގަމާރުކަމަކީ މީހާގެ ނާގާބިލުކަން ވަރަށް ރަގަޅަށް ދައްކުވައިދޭ ކަމެކެވެ. ނޭގެއްޏާ އަޑުއަހާށެވެ. އެމްއޭސީއެލް އިން ވެސް ވަނީ ފްލެޓުތައް އިމާރާތް ކޮށްފަ އެވެ. އެކަމަކު އެކުންފުނިން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަކަށް ނުވަދެއެވެ. އެކުންފުނިން ބޮޑުއެއަރޕޯޓެއްވެސް އެބަ ތަރައްގީ ކުރެއެވެ. އެކަމަކު މަސައްކަތް ކުރަނީ އެހެން ކުންފުނިތަކަށް ދީގެންނެވެ.
ސުބުރަމާމީ
17 May 2022
ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން އިމާރާތް ކުރުމުގެ މަސައްކަތްތައް ހެސްކިޔާފަ ކުރަމުންދާއިރު. އެމްޓީސީސީގެ މަސައްތުގެތެރޭގައިހިމެނޭ މަސައްތް ދިވެހިންގެ އަތުން ދަމައިގަނެ ޢިންޑިޔާގެ ޓާޓާ ކުންފުންޏަށް އެގްޒިމް ބެންކުގެ ލޯނަށް މަސައްކަތްތައް ދޭނެ ގޮތެއް ހޯދަން ބޮލުގައި ރިއްސަންފެށީތަ
އަސްލުވެސް..
17 May 2022
ވަރަށް ފޮނި ބޮޑާ މިނިސްޓަރ އެއް.......
ބެނަޒީން
17 May 2022
ސިފްކޯ ފުޅާވުމަކި ވިސްނަން ޖެހޭ ކަމެއް! ގައުމުގެ އަސްކަރިއްޔާ ވިޔަފާރި ތެރެއަށް ވަންނަންޏާ ގައުމުގެ ދުޝްމަނުންވެސް އެމީހުނާއެކު ވިޔަފާރިކޮށް މުޅި ނިޒާމު ހަރާބު ވެ ގައުމު ބޭރު ބައެއްގެ އަޅުވެތި ކަމަށްވެސް ހިނގައިދާނެ ކަމެއް! ދެން އެންމެފަހުން މިޔަންމާ އަށްވީގޮތް ވާނީ! މާ މައްޗަށް ނުދަނީސް މިކަން ހުއްޓުވުން މުހިއްމު. އަސްކަރިއްޔާއަށް ދޭންވާނީ މުސާރަ އާއި އިނާޔަތް! އެމީހުން ދައުލަތަށްވުރެ ބޮޑުވެގެން ނުވާނެ!
ާއުނިމާ
17 May 2022
ކުންފުނިތަކުން ފުލެޓް އަޅާތީ މިހާރު ކަންބިޑުވީ...ކަލޭމެން އަޅަންބުނި 20،000 ފުލެޓުން ފުލެޓެއް އަދި ބިމުން މައްޗަކަށ ނާރާ، ހެޔޮނުވާނެ ކުންފުނތަކުން ކުރަންވީ ކަންތައްތައް ކިޔާނުދީ ، ފޮނިވާހަކަ ނުދައްކާ ވީ ވައުދުތަކުގެ ތެރެއިން މަނިކުފާނުގެ މިނިސްޓްރީގެ މެންޑޭޓުގަ ހުރި ވައުދުތައް ފުއްދޭތޯ ބަލާބަލަ..ވެރިކަމަށް 1.5 އަހަރުވެސް ދެންނެތޭ ދެން
ސޭކުބެ
17 May 2022
އޯކޭ. ރިހާކުރު، މިރުސް ލުނބޯ ވިއްކުން ސަރުކާރު ކުންފުނިތަކަށް އޯކޭދޯ؟ މޮޔަގޮވިއަސް މިދެންފުކެއްބޮޑުވަރު!
ބުހުތާނު
17 May 2022
"އެހެން ނަމަވެސް ދާދި ފަހުން ސިފައިންގެ ފްލެޓްތައް އެޅުމަށް މިނިސްޓްރީ އިން ސިފްކޯ އާ ހަވާލުކޮށްފައިވާ ކަމަށާއި އެއީ ސިފްކޯ ނޫން ބަޔަކު ލައްވައި އެ މަސައްކަތް ކުރަން ސަލާމަތީ ހިދުމަތްތަކުން ދެކޮޅު ހެދުމުން ކަމަށެވެ." އެމީހުން މަސައްކަތް ކުރުވަނީ އެތާ ސިފައިން ލައްވާތަ ނޫނީ ހަމަ ބިދޭސީން ލައްވާތަ؟ ކޮބާ ސެކިއުރިޓީ އިޝޫއަކީ؟؟
ބުހުތާނުގެ މުނި މާމަ
17 May 2022
ސެކިއުރިޓީ އިޝޫ އަކީ ސިފައިންގެ ވެލްފެއަރ ކަންތައްތަކަށް ހުރަސް އެޅުމަށް އާންމު ކުންފުންޏަޔާ ހަވާލުކުރުން. ސިފައިންގެ ކެއުމާއި، ބުއިމާއި، ނިދުމާއި، ޔުނީފޯމާއި، މާލީ ހަމަޖެހުމާއި، އާއިލާ އާއި ގުޅުން ހުންނަ ކަންކަން އާންމު ކުންފުންޏަކާ ހަވާލު ކުރީމާ، އޭގައި ސިޔާސީ އޮޔަވަރު ނުޖެހި ނުދޭ. ނުވިތާކަށް މަސައްކަތް ނުނިންމާ ދައުލަތުން އޭގެ ބަދަލަށްވެސް އެތައް މިލިއަނެއް އަތުލަނީ. ގިނަ ދިވެހީންގެ ގައުމީ ވަންތަކަމެއް ނެތް.
ސީޒަން ޖެކުހަން
17 May 2022
ކަލޭމެން ކުރިންބުނި ސަރުކާރުން ވިޔަފާރިކޮށްގެންވެސް ނުވާނޭ. އެގޮތުން އެސްޓީއޯ އުވާލާ ވޯރާއިންގެ އަތްމަޗަށް މިގައުމުދޫކޮށްލާން ގައުމުގެ ހާއިނުންތަކެއް ގަދައަށް މަސައްކަތްކުރި. އެކަން ކާމިޔާބުނުވީ ދެ އަހަރާ ބައިގެތެރޭގާ އައުޓްކޮށްލެވުނީތީ. މިއަދު އެސްޓީއޯ ނެތްނަމަ ވިޔަފާރިވެރިން ރައްޔިތުން ބާއްވާނީ ގުދަށް. މީ މެންދުރުގެ އިރުފަދައިން ސާފުވާކަމެއް.
ބރ ލވޅ
17 May 2022
ބޮލުރޮދި ކެނޑިފަ ހުރި މިނިސްޓަރ