ގައުމީ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިޔާ ލޯންގޭ.-- ފޮޓޯ: މިހާރު
27 ޑިސެމްބަރ 2016 - 08:59
އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މި ފަހަރު ޗެމްޕިއަންކަން ހޯދަން ޓާގެޓް ކޮށްގެން އައި ނަމަވެސް އެކަން ހާސިލްނުވީ ފެށުން ގޯސްވުމުން ކަމަށް ގައުމީ ވޮލީބޯޅަ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ބުނެފި އެވެ.
ފަސް ޓީމު ވާދަކުރާ މި މުބާރާތުގެ ލީގު ބުރުން ރާއްޖެ ދިޔައީ ހަތަރު ވަނަ އެވެ. ރާއްޖެ ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވީ ނޭޕާލާއި ކިރްގިސްތާން އަތުންނެވެ. ތިން ވަނަ މެޗުގައި އަފްގާނިސްތާން އަތުން މޮޅުވި ނަމަވެސް އިއްޔެ ކުޅުނު މެޗުން ބަންގްލަދޭޝް އަތުންވީ ބައްޔެވެ.
ލޯންގޭ ބުނީ އިއްޔެގެ މެޗުން ބަލިވީ ރެފްރީގެ ގޯސް ނިންމުންތަކުގެ ސަބަބުން ކަމަށެވެ.
"ހަގީގަތުގައި މި މެޗުން ބަލިވީ ފުރަތަމަ ސެޓުގައި ރެފްރީ ނިންމި ގޯސް ނިންމުންތަކުގެ ސަބަބުން. އެބަހުރި އެތެރޭގައި ޖެހޭ ބޯޅަ ބޭރުކަމަށް ނިންމާފައި ވެސް ފުރަތަމަ ސެޓުގައި އެހެންވުމުން ކުޅުންތެރިންގެ ހިތްވަރު އެލުނު. ފުރަތަމަ ސެޓު ލިބުނު ނަމަ މި މެޗު އެނބުރޭނީ އަޅުގަނޑުމެން ކޮޅަށް،" ލޯންގޭ ބުންޏެވެ.
މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ މިއަދު ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ލޯންގޭ ބުނީ މިއީ މޮޅުވުން މަޖުބޫރު މެޗެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ޓާގެޓަކީ ގޯލްޑް ކަމަށް ވިޔަސް. އެކަން ހާސިލް ކުރެވެން ނެތުމުން ދެން މިއޮތީ ތިން ވަނަ އަށް ހިފުން. ގަދަ ހަތަރެއްގައި މި އުޅެވެނީ. އެކަމަކު އެއްވެސް ހާލެއްގައި ތިން ވަަނަ ގެއްލޭކަށް ބޭނުމެއް ނޫން. މި މުބާރާތުން މަދުވެގެން ބްރޯންޒެއް ބޭނުން،" ލޯންގޭ ބުންޏެވެ.
ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ވެސް ދިމާވެފައިވާ ކަން ލޯންގޭ ފާހަގަކުރި އެވެ.
"އަޅުގަނޑުމެންގެ އެންމެ މުހިއްމު ކުޅުންތެރިޔާ (ކުޑަކާއްޓޭ) ވެސް ދެ މެޗެއް ވަރު ވެއްޖެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ އެކު ކުޅޭތަން. ދެން ޝާއިންޓެ ވެސް ހުރީ އަނިޔާގައި،" ލޯންގޭ ބުންޏެވެ.
ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ ތިން ވަނަ ހޮވާ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 11 ޖަހާއިރު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމްޕުޓީ ޑަމްޕުޓީ
27 December 2016
ބަލަ ފެށުން ގޯސްވާންވީ ކީއްވެތ؟؟ ތި މުބާރާތަށް ފަރިތަކުރާތާ ކިހާދުވަހެއް..
ބީރުބޮލު1
27 December 2016
މުބާރާތައް ދިޔައިރު ތަށި ޔަގީން، މުބާރާތުން ބަލިވީމަ ރެފްރީ ކަޑަ. ކޮންހާ ބަހަނާއެއް ، ޓީމު ގޮވައިގެން މަހަށް ދާންވީ. ދިޔަ ޚަރަދު ދައްކަން
ބޮޑު އަހައްމަދުބެ
27 December 2016
ޓީމެއްގެ ތެރޭގަ ތިން ހަތަރު ފެކްޝަން އޮވެގެން ގޯލްޑެއް ނުލިބޭނެ. ޝާހު އެން ބަޓިސް ފެކްޝަން. އެމްއެންޑީއެފް ފެކްޝަން. ހުޒާންޓޭ އެން ފެމިލީ ފެކްޝަން.
ސަރަފް
27 December 2016
ކުޅުނު 4 މެޗުތެރެއިން 3މެޗުން ބަލި..ގޯހީ ރެފްރީ.. ބޭނުމީ ގޯލްޑް..