ކުޅިވަރު / އަލީ ވަހީދު، ކުރީގެ ޓޫރިޒަމް މިނިސްޓަރު

ލަންޑަންގެ ޑިސްޓްރިކް ލީގު ޓީމެއްގެ ކޯޗަކަށް އަލީ ވަހީދު

އަލީ ވަހީދު (ބަލަކް): އޭނާ ވަނީ ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ކްލަބެއް ކަމަށްވާ ސްޕޯޓިން ލަންޑަން އެފްސީގެ ކޯޗު ކަމާ ހަވާލުވަފައި.

23 މެއި 2022 - 15:06

21 comments

ޖިންސީ ފުރައްސާރައިގެ ދައުވާ އުފުލާފައި ވަނިކޮށް، ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން ރާއްޖެ އިން ބޭރުގައި ދިރިއުޅޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، (ބަލަކް) އިނގިރޭސި ވިލާތުގެ ލަންޑަންގެ ޑިސްޓްރިކްޓް ލީގުގެ ޓީމެއް ކަމަށްވާ، ސްޕޯޓިން ލަންޑަން އެފްސީގެ ކޯޗުކަމާ ހަވާލުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ސީޔާސީ ކުށްވެރިއެއްގެ ގޮތުގައި އިނގިރޭސި ވިލާތަށް އަމިއްލަ އަށް އަރުވާލައިގެން ހުރި ދުވަސްވަރު އިނގިރޭސި އެފްއޭގެ ކޯޗިން ލައިސެންސެއް ބަލަކު ވަނީ ހޯދައިފަ އެވެ. ބަލަކުގެ ކޯޗުކަމުގެ ދަށުން، ސްޕޯޓިން ލަންޑަން އެފްސީން ވަނީ ޑިސްޓްރިކްޓް ލެވަލްގެ ދެ މުބާރާތެއްގެ ފައިނަލުގައި ކުޅެފަ އެވެ.

ބަލަކް ކުރި ޓްވީޓެއްގައި ބުނީ، އެ ދެ ފައިނަލުގައި ހޯދި ރިހި މެޑަލްތަކުން ރާއްޖޭގެ ފުޓްބޯޅަ ކުރިމަގަށް ބިނާކުރަން ފަށަން ޖެހޭ ހިސާބު އޭނާ އަށް ދެނެގަނެވިއްޖެ ކަމަށެވެ.

ސްޕޯޓިން ލަންޑަން އެފްސީގެ ކޯޗު އަލީ ވަހީދު ކުޅުންތެރިންނަށް އިރުޝާދު ދެނީ: އޭނާ އަކީ ރއްޖެއިން ބޭރުގައި މަސައްކަތް ކުރާ ދިވެހި ތިންވަނަ ކޯޗު

"ފާއިތުވި ހަފްތާގެ ތެރޭގައި އިނގިރޭސި އެފްއޭ އެފިލިއޭޓެޑް ލަންޑަނުގެ ވިމްބަލްޑަން ކަޕް ބީގެ ރިހި މެޑައްޔާއި ގްރެންފެލް މެމޯރިއަލް ކަޕްގެ ރިހި މެޑެލް؛ ހެޑް ކޯޗެއްގެ ގޮތުގައި ކާމިޔާބު ކުރެވުމުން ދިވެހި ފުޓުބޯޅައިގެ މާދަމާ ބިނާކުރަން އަމާޒު ހިފަންވީ ހިސާބު ވަޒަންކުރެވިއްޖެ،" ޓްވިޓާގައި ބަލަކް ބުންޏެވެ.

އޭނާ ކުރި އެހެން ޓްވީޓެއްގައި ބުނެފައި ވަނީ ކުރިން ޕްރިމިއަ ލީގުގައި ވާދަކުރި ކުއީންސް ޕާކް ރޭންޖާސް (ކިޔުޕީއާރް) ގެ ދަނޑު، ލަންޑަންގެ "ލޮފްޓަސް ރޯޑް" ސްޓޭޑިއަމްގައި ކުރެވުނު ތަޖުރިބާގެ އަލީގައި، ދިވެހި ފުޓްބޯޅަ އަށް އިންގްލާބީ ބަދަލެއް ގެނެވިދާނެކަން ސާބިތުވެއްޖެ ކަމަށެވެ.

"ދުވެފައި ނުދެވެންޏާ ހިނގާފައި ވެސް ހުވަފެނީ މަންޒިލަށް އަމާޒު ހިފާށެވެ. އިރާދަފުޅުން ކާމިޔާބު ވާނެ އެވެ. ޕްރިމިއަ ލީގުގެ ކުރީގެ ކްލަބު ލަންޑަނުގެ ކްއީންސް ޕާކް ރޭންޖާސް ސްޓޭޑިއަމްގައި އިއްޔެ ކުރެވުނު ތަޖުރިބާގެ އަލީގައި ދިވެހި ފުޓުބޯޅައިގެ އިންގިލާބީ ސޮފްހާއެއް އިރާދަފުޅުން ކުރަހާނަމެވެ،" އެފްއޭއެމުން ކުރިން އެކުލަވާލި ގައުމީ ޓީމު ކޮމިޓީގެ ޗެއާމަނެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ބަލަކް، ޓްވިޓާގައި ލިޔެފައިވެ އެވެ.

އަލީ ވަހީދު، ސްޕޯޓިން ލަންޑަން އެފްސީ ޓީމުގެ ބެންޗުގައި: އޭނާ ވަނީ ކިޔުޕީއާރްގެ ދަނޑުގައި ސްޕޯޓިން ލަންޑަން ޓީމަށް އިރުޝާދު ދީފައި

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން، ނިއު ރޭޑިއަންޓްގެ ކުރީގެ ޗެއާމަން ވަނީ ފުޓްބޯޅައިގެ ބައެއް ޓެކްނިކަލް މަސައްކަތްތައް ކޮށްފަ އެވެ. ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު، ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން އޭނާގެ ޝަރަފްގައި އެފްއޭއެމުން އިންތިޒާމުކުރި ހާއްސަ މެޗުގައި އެފްއޭއެމް ޓީމަށް އަލީ ވަހީދު ވަނީ ކޯޗު ކޮށްދީފަ އެވެ. އެގްޒިބިޝަން މެޗެއްގެ ގޮތުގައި ކުޅުނު މެޗުގައި އެފްއޭގެ ޓީމަށް ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު އަދި ބަލަކްގެ އެކުވެރިޔާ މިޝޭލް ސަލްގާޑޯ ވެސް ކުޅުނެވެ.

ބަލަކް އަކީ ރާއްޖެއިން ބޭރުގެ ކްލަބެއްގައި މަސައްކަތް ކުރާ ރާއްޖޭގެ ތިން ވަނަ ކޯޗެވެ. ރާއްޖެއިން ބޭރުގައި އެންމެ ފުރަތަމަ މަސައްކަތް ކުރި ކޯޗަކީ، އެފްއޭއެމްގެ ދިވެހި ޕްރިމިއަ ލީގުގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އެންމެ ފަހުން މަސައްކަތްކުރި މުހައްމަދު އާދަމް އެވެ. އެއަށް ފަހު ޓީސީގެ މިހާރުގެ ކޯޗު މުހައްމަދު ނިޒާމް އެވެ.

މުހައްމަދު ވަނީ ލަންކާގެ ޖާވާ ލޭން އަށް ކޯޗު ކޮށްދީ 2013 ގައި ބޭއްވި އެ ގައުމުގެ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން އެޓީމަށް ހޯދައިދީފަ އެވެ. ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން އަށް ކޯޗުކޮށްދީ ނިޒާމް ވަނީ، ސައިފް ސްޕޯޓިން އާއެކު ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕްގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފަ އެވެ.

މިނިސްޓަރަކަށް ހުރި އިރު، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ ކުރުމުން ބަލަކް ވަނީ ރާއްޖެ ދޫކޮށް އިނގިރޭސި ވިލާތަށް ބަދަލުވެފަ އެވެ. އަލީ ވަހީދުގެ މައްޗަށް ދައުލަތުން ހަތް ދައުވާ އުފުލާފައިވެ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 21 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޖިންސީ ފުރައްސާރަ އާއި ރޭޕްގެ ދައުވާ ލިބޭ އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރާ މަސައްކަތުގައި އޭނާ ހޯދަން އިންޓަޕޮލްގެ ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ކޯޓަށް ހާޒިރުނުވެގެން އޭނާ ދެ މަހަށް ޖަލަށް ލާން ވެސް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

21 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 29%
icon wow icon wow 21%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޯޓަށް ފިލާ

25 May 2022

މިކަލޭގެ އެބަޖެހޭ އިގިރޭސިވިލާތުގައި ބޭޒާރުކޮށްލަން. އިންސާފަށް ފިލައިގެން މާގިނަދުވަހު ދެނެއް ނޫޅެވޭނެ އިގޭ!

The name is already taken The name is available. Register?

ހާމިދު ޝާހިދު

23 May 2022

އަލީ ވަހީދުވަނީ ބޮޑުތަކުން މިސަރުކާރުން ފްރޭމް ކޮށްފައި. އަދި އެނބުރި ދިވެހި ފަސްގަނޑަށް ވަޑައިގެން ހިދުމަތް ކުރައްވާނެ ދުވަހެއް ފެންނާނެކަމަށް އުންމީދުކުރާ މީހުން ވަރަށް ގިނަ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

23 May 2022

ކުދިންނޭވެ! އެ ބުނާ ޓީމުގެ ކުޅުން ތެރިންގެ އުމުރު އެނގޭތަ! އޭގެ ތެރޭގަ ނެތް 45 ނުވާ ހަމަ އެކަކުވެސް. ބޯ ހަލާކު.

The name is already taken The name is available. Register?

ބޮޑުމީހާ

23 May 2022

އިބޫ ސޯލިހު ސަރުކާރަކީ ކުޅޭކުޅޭ ސަރުކާރަކަށްވެއްޖެ. އަލީ ވަހީދު ތިހާބޮޑެތި މައްސަލަތަކެއް ހުރިނަމަ ގައުމުން ފިލައިގެން ދެވުނީ ކިހިނެއް؟ އެކަމުގައި އެހީތެރިވި މުއައްސަސާތަކުގެ ވެރިންނަށް ފިޔަވަޅު ނޭޅީ ކީއްވެ؟ ހައްޔަރުކުރަން ރެޑްނޯޓިސް ނެރުނުނަމަ ސައިޓްގަ ނެތީ ކީއްވެ؟ އިބޫ ސޯލިހަކީ މަޑުން ހުއްޓަސް.....

The name is already taken The name is available. Register?

ކޮރަލް

23 May 2022

މިއީ ވާހަކަ ދެއްކުން ތެރި އެކެވެ. ސްޓޭޖް ތަކުގަ ވާހަކަ ދައިގެން އެތައް ޕާޓީ އެއްގެ އިސް މަގާމް ހޯދި އެވެ.

The name is already taken The name is available. Register?

ގައިސް

23 May 2022

އަމިއްލައަށް ސްޕޮންސަރކޮއްގެން

The name is already taken The name is available. Register?

ާއަައްޔަ

23 May 2022

2030ގަ އައްޔަގެ މެނޭޖަރ ކަމުގަ ވޯލްޑް ކަޕް ނަގާނަން ބޫމް ބޫމް ލާފަ!! އެވެސް ބްރެޒިލް ބަލިކޮށްފަ!!

The name is already taken The name is available. Register?

ޑެބީ

23 May 2022

ތީ އާދިއްތަ ދުވަހު މަޖާކޮށްލަން ކުޅޭ މީހުން ހަަދައިގެން އުޅޭ ނޮން ޕްރޮފެޝަނަލް އެމެޗުއާ ޓީމެެއް. ތިކަހަލަ ޓީމްތަކަށް ކޯޗުކޮށްލަން އަދި ކުޅެލަން ލިބޭނެ ކޮންމެ މީހަކު ދިޔަސް.

The name is already taken The name is available. Register?

ޖޮލް

23 May 2022

ރާއްޖޭގެ ކަންމަތި ގޭންގު އެފްސީ ތަކަށް ވުރެ ޕްރޮފެޝަނަލް ވާނެ އެކަމުވެސް

The name is already taken The name is available. Register?

ޝީ

23 May 2022

ބަލްކު އިސްތިއުފާ.

The name is already taken The name is available. Register?

48343

23 May 2022

އަންހެނުންގެ ހައްގުގާ މާގަދަ މަސައްކަތްތަކެއް ކުރާބަޔެކޯ. އެކަމަކު މިހުރީ ކަންހުރިގޮތް. މިމީހުންނަށް ނޭނގެނީބާ މީނާއަކީ ކޮންފާޑެއްގެ މީހެއްކަން؟ ގޫގަލް ސާޗުވެސް ނުކޮށްލަނީބާ ވަޒީފާ ހަވާލުކުރާއިރު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454