ޚިޔާލުފާޅުކުރުން ހަނިކުރާ ގާނޫނެއް ނެތީސް، މީހަކު ދަމާލާ ބެނާއެއް އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތެރެއަށް ވަންނަނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި
23 މެއި 2022 - 14:16
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގި މައްސަލާގައި ދައުލަތާއި ފުލުހުންނަށް ހައި ކޯޓުގެ ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް މިއަދު އަމާޒުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ބެނާ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން މިދިޔަ މަހު ފުލުހުން ގެންގޮސްފައިވާތީ އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފްކުރީ އެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ބެންޗުގެ ގިނަ ސުވާލުތައް އަމާޒުވީ ފުލުހުންނަށާއި ޕީޖީގެ ވަކީލުންނަށެވެ.
ރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ގާނޫނެއް އެބައޮތްތޯ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ހަސަން ޝަފީއު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ އެފަދަ ގާނޫނެއް ނެތް ކަމަށެވެ.
ޔާމީންގެ ގެކޮޅުގައި ހަރުކުރި ބެނާ ފުލުހުން ގެންދިޔައީ 615 ވަނަ މާއްދާގެ ދަށުން، އާންމު މަސްލަހަތަށް ގެއްލުންވާ ފަދަ އަމަލެއް ކުރިކަމުގެ ތުހުމަތުކޮށެވެ.
ޚިޔާލުފާޅުކުރުން ހަނިކުރާ ގާނޫނެއް ނެތީސް، މީހަކު ދަމާލާ ބެނާއެއް އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތެރެއަށް ވަންނަނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
"ހިޔާލުފާޅު ކުރުމުގެ ގޮތުން ދަމާ ބެނާއަކަށް ނުވަތަ އެފަދަ ކަމަކަށް އިޝާރާތްކޮށް މާނަ ކުރެވޭނީ ކިހިނެއްތޯ؟." ފަނޑިޔާރު ޝަފީއު ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ފުލުހުން ޖަވާބެއް ދިނުން ރަނގަޅުވާނެ ކަމަށެވެ. ފުލުހުން ބުނީ ޖަވާބެއް ނެތް ކަމަށެވެ.
"އިއްޒަތްތެރި ފަނޑިޔާރު، މިވަގުތު އެކަމަށް އަޅުގަނޑުމެންނަށް ސީދާ ޖަވާބެއް ދެވޭކަށް ނެތް،" ފުލުހުންގެ ފަރާތުން އަޑުއެހުމަށް ހާޒިރުވި އޮފިސަރު ވިދާޅުވި އެވެ.
ޔާމީންގެ ގޭގައި ހަރުކުރި ބެނާ ފުލުހުން ނަގަނީ -- ފޮޓޯ/މިހާރު
ގާނޫނުލް އުގޫބާތު އޮތްގޮތުން މިފަދަ ކުށްތަކުގެ ޝަކުވާ އަންނަން ޖެހޭނީ ކޮން ބައެއްގެ ފަރާތުންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ޝަކުވާ އަންނަންޖެހޭނީ އާންމުންގެ ފަރާތުން ކަމަށެވެ.
"މި ޝަކުވާ އައީ ކޮން ފަރާތަކުންތޯ؟،" ދައުލަތުން އެގޮތަށް ބުނުމުން ފަނޑިޔާރު ނިޔާޒް ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ އާންމު އުސޫލުން އެފަދަ ޝަކުވާ އަންނަން ޖެހެނީ އާންމުންގެ ފަރާތުން ކަމަށެވެ. އެކަމަކު މި މި މައްސަލައަކީ ފުލުހުން އަމިއްލަ އިސް ނެގުމުގައި ބަލާ މައްސަލައެއް ކަމަށް ފުލުހުން އެއްބަސްވި އެވެ.
އަމުރަށް އެދުނުއިރު ހުރީ ކޮން ހެއްކެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ފުލުހުން ބުނީ ބެނާތައް ނަގަން އެންގި އެންގުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާނެ ކަމަށެވެ.
އެ ބެނާއަކީ ކުށަކާ ގުޅުންހުރި ހެއްކެއް ނަމަ އެ ބެނާ އަމިއްލައަށް ނަގަން އޭރު އަންގާފައި އޮތީ ކީއްވެގެންތޯ ވިދާޅުވެ އެވެ.
"ހެކި އެ ފަރާތުން އަމިއްލައަށް ނަގަން އަންގާފައި އޮތް އެންގުމެއް އެބައޮތް ނޫންތޯ؟. ނަގާފައި ތި ބޭފުޅުންނާ ހަވާލުކުރާކަށް ވެސް ނޫން އަންގާފައި އޮތީ. ނަގަން އަންގާފައި އޮތީ. މި ދޭތި ދިމާވޭތޯ އެބަ.؟" ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވި އެވެ.
އެ އެންގުމާ އެއްގޮތަށް އަމިއްލައަށް ބެނާ ނެގި ނަމަ، ދެން ވާނީ ކިހިނެއްތޯ ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
"މިސާލަކަށް މީހަކު ކުށެއް ކުރާކަމުގެ ހެކި ތި ބޭފުޅުންނަށް ފެނުނީ. ފެނުނީމަ ތި ބޭފުޅުން ތި އަންގަނީ އެ ބޭފުޅާ އެ ހެކި ނަގާށޭ އަމިއްލައަށް. އެ ބުނެވެނީ ކީކޭތޯ؟. ހެކި ނައްތާލާށެކޭ ނޫންތޯ އެ ބުނެވެނީ." ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.
ފުލުހުން ބުނީ މިއީ ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމަށާއި އަދި އިތުރު ހެކި ހުރެދާނެ ކަމަށެވެ. އަދި އަމުރަށް އެދުނީ ބެނާ ނަގަން އެންގުމުން އެއަށް އަމަލު ނުކުރުމަކީ ކުށެއް ކަމަށް ބަލައިގެން ކަމަށް ފުލުހުން ބުންޏެވެ.
ބެނާ ފިޔަވައި އިތުރު ހެއްކެއް ގެންދިޔަތޯ ސުވާލުކުރުމުން ފުލުހުން ބުނީ އެހެން އެއްޗެއް ނުގެންދާ ކަމަށެވެ.
ކުށާ ގުޅިގެން ތުހުމަތުކޮށް، ތަހުގީގުގައި ސުވާލު ކުރިންތޯ ބެންޗުން ސުވާލު ކުރެއްވުމުން ބުނީ ތަހުގީގުގައި ސުވާލު ނުކުރާ ކަމަށެވެ. އަދި ބަލައި ފާސްކުރުން ފިޔަވައި އިތުރު ކަމެއް މިވަގުތު ނުކުރާ ކަމަށް ބުންޏެވެ.
"ދެން ކާކަށްތޯ އެނގޭނީ ކިހިނެތްވެގެން ކަން މި ބަލައި ފާސްކުރަނީ ވެސް؟." ފުލުހުންގެ ޖަވާބުން އަނެއްކާވެސް ފަނޑިޔާރު ނިޔާޒް ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ ކޯޓު އަމުރުގެ ކޮޕީ ދީފައިވާނެ ކަމަށެވެ.
ބެނާ ދަމާފައި ހުރީ ޔާމީން ދިރިއުޅުއްވާ ބައިގެ މަތީގައި ހަދަމުންދާ ފްލޯތަކުގައި ހުރި ދަގަނޑު ހޮޅިތަކެއްގަ އެވެ. އެހެންވެ، އެއީ ދޫވެހީގައި ހަރުކުރި އެއްޗެއް ކަމަށް ބެލެވޭތޯ ނުވަތަ ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ.
ފުލުހުން ބުނީ އެއީ ދޫވެހީގެ ބައެއް ކަމަށެވެ.
އެ އަޑުއެހުމުގައި ޔާމީން ބައިވެރިވެ ވަޑައިގަތަސް، އެ މަނިކުފާނު ވާހަކަފުޅެއް ނުދައްކަވަ އެވެ.
ފަނޑިޔާރު ޝަފީއު އާއި ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން އިންނެވީ ފަނޑިޔާރު ހުސައިން ޝަހީދެވެ.
އެ މައްސަލާގެ އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
24 May 2022
ފުލުހުން ހިންގާ ސިޔާސީ ޖަރީމާތަކާހުރެ ކޯޓުތަކުގެ ވަގުތު ބޭކާރުވެ އަގު ވެއްޓޭގޮތް ވާނަމަ ސުވާލުތައް ގަދައަށް ކައްކާ ހޫނުކުރަން ޖެހޭނެނު.
ވަތޮނުބޭ
24 May 2022
ޤައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ނިންމުތަކަށް ގޮންޖެހުމުގެ ފުރުސަތު ހަމަ އެއްވެސް ބަޔަކަށް އޮވެގެންނުވާނެ. ޤާނޫނު އަސާސީ ގެ "ބަލިފައި" ގަ ހިފައިގެން އަސާސީ ހައްޤު ގެ ނަމުގަ ވެސް ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނޯންނަ ގޮތަށް ޤާނޫތައް އިސްލާހުކުރުމަކީ އެއިރެއްގަ އޮންނަ ސަރުކާރަކަށާ ދައުލަތުގެ އެންމެ އިސްވެރިޔާގެ މައްޗަށް ލާޒިމުކަމެއް. އެއީ ފަރުދެއްގެ އަސާސީ ހައްޤަކަށްވުރެ ޤައުމާ މުޅި ރައްޔިތުންގެ މަސްލަހަތަށްޓަކާ.
ރާއްޖެ
24 May 2022
ގައުމީ ސަލާމަތޭ ބުނެ ދިވެހިންގެ މަސްލަހަތަށް ވުރެ އެހެން ގައުމެއްގެ މަސްލަހަތު އިސްނުކުރެވޭނެ. ހަގީގަތަކީ އިންޑިއާ ސިފައިން މި ގައުމުގަ ތިބުމަކީ ގިނަ ދިވެހިން ނުރުހޭ ކަމެއް ކަން. ސަރުކާރުން، ވަލިއުލް އަމުރު އެކަމަށް އިޖާބަ ދޭން ޖެހޭ. ޥެރިކަން ކުރަނީ އިންޑިއާއަށްތަ؟
ދޮގެއްތަ؟
24 May 2022
ތިޔަ ބުނީ ހެޔޮކޮށް. ގައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްބަސްވުންތައް ހަދައިގެން އެ ފޮރުވައިގެން ރައްޔިތުން ބޮލަށް ގުއި ރޭން އެއްވެސް ބަޔަކަށް ފުރުސަތު އޮވެގެން ނުވާނެ. އެކަން ހުއްޓުވޭފަދަ ގާނޫނުތަކެއް ހަދަން ޖެހޭ.
ހިބަރު
24 May 2022
"އިންޑިއާ އައުޓް" ކަހަލަ ވަރުގަދަ ކެންޕޭނެއް ރައީސް ޔާމީނު ނުފައްޓަވާނެ އެކަމަށް ހިއްވަރުދީ އެހީތެރިވާން ތިބީ ކިހާ އާރަކާ ބާރެއް ހުރި ބައެއްތޯ ނުބައްލަވައެއް. ކުރިޔަށް އޮތް ދުވަސްތަކުގަ މީގެ ބޮޑުމަންޒަރު ރައްޔިތުންނަށް ސާފުވަމުންދާނެ ބެލެވެނީ.
ފުލުސްބޯ
24 May 2022
ފުލުހުންގެ ތެރޭ އުޅޭ ލޯޔަރުންތަކުގެ ބޭނުމެއް ނެތެއްނު ، ކޯޓަށް ގޮސްހުރީ އޮފިސަރެއް ޖަވާބުދާރީވާންވެސް ނޭގުނު.. މީހުންގެ ގެދޮރަށް އަދިވެސް ވަދޭ، ކޯޓަށް ގޮސް ދެން ބަރަބޮލޭ ، ތޮރަޔޭ، ދޮންކެޔޮލޭ . ފާފަޅޮލޭ ކީމަ އަގުތިޔޮއްގެން ވެއްޓެނީ.
އަނީ
24 May 2022
ފުލުހުންގެ ސީނިއަރ މީހުން ނިއުސް ކޮންފަރެންސްތަކާއި، މިކަހަލަ މަޖިލިސް ތަކުގަ ދައްކާ ވާހަކައިން އެމީހުންގެ ފެންވަރު ފެނިފަ ހިތައްއަރާ މީ ކިހިނެއް ޕްރޮމޯޝަން ލިބިފަ ތިބި ބައެއް ބާއޭ. ކޮމިޝަނަރ ހަމީދުމެން ކަހަލ އިލްމީ މީހުންނަށް މިބަދަލު ގެންނަން ފުރުސަތު ލިބިފަ އޮތްއިރު ވެއްޖެއެންނު މި ނުކިޔަވާ ތިބި މީހުުންތައް ދުރުކޮށް ޒުވާން އިލްމީ ކުދިންނަށް ޕްރޮމޯޝަން ދީ އެކުދިން ކުރިއަށް ނެރެން.
ޢެޑްމުންޑޯ
23 May 2022
ފުލުހުންވެސް ތަންކޮޅެއް ހަރުދަނާ އަބުރުވެރި ބަޔަކަށް ވާންއެބަޖެހޭ ، ކުރެވޭކަމަކުން މުޅިމުއައްސަސާގެ އަގުވެއްޓި ރައްޔިތުންގެ ނަފުރަތާއި ނުރުހުން އަމާޒް ވުމަކީ ހިތާމަހުރި ދެރަކަމެއް !!! އާދޭސް ކޮއްފައި މިއެދެނީ ފުލުހުން ސިޔާސީ ނުވާށޭ ، މިއަދު އެޝަރީއަތުގެ މަޖްލިސް ބެލިކޮންމެ މީހަކު ލަދުން މަރުވާ ވަރުވާނެ ، ކޮންފަދަބޮޑު ލަދެއް ، ކިޔާނެ ނުކިޔާނެ އެއްޗެއް ނޭގިގެން ފުލުހުންނާއި ޕީޖީން އުޅުނު ގޮތް ފެނި ހަމަކޮސްވި !!!
ވަކީލު
23 May 2022
ދައުލަތުގެ ވަކީލުންނާއި ، ފުލުހުންގެ ވަކީލުން އަނގަ ބަންދުވީ ، ކަމެއް ކުރާއިރު ޖަވާބުދާރީ ވެވޭވަރު ކަންކަން ކުރަން ފުލުހުންނަށް ގޮވާލަން ، ޔާމީން ވިޔަސް އެހެން ގައުމެއްގެ ދިދައިގެ ހުރުމަތް ކަނޑައެއް ނުލެވޭނެ. ފުލުހުންނަށް ކުރާ ކަންކަމުގެ ޖަވާބުދާރީ ނުވެވޭ ، ފޮނިކަނޑާ ވަކީލުން ކޯޓުތަކަށް ވަކާލާތު ކުރަން ދިޔައީމަ ވާނީ ބަދުނާމު ،،
ވަޑިޔައްތޮކިނަބާ
23 May 2022
ޢާންމު މަޞްލަޙަތަށް ގެއްލުންވަނީ ކޮންކަމެއް ކޮށްގެންތޯ ފުލުހުން ފަނޑިޔާރުންނާ ސުވާލުނުކުރިކަން ނަސާބެއްނުން. އެހެންނޫންނަމަ ފުލުހުންގެ ދުވަސް....
ނރކ ގޒނ
23 May 2022
ޚިޔާލުފާޅުކުރުން ހަނިކުރާ ގާނޫނެއް ނެތީސް، މީހަކު ދަމާލާ ބެނާއެއް އާންމު މަސްލަހަތަށް ގެއްލުން ދިނުމުގެ ތެރެއަށް ވަންނަނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ ދެން ބެނާއެއްގާ ކޮންމެ އެއްޗެއް ކުރެހިޔަސް މަސްލަހަތެއް ނުގެއްލޭނެ ދޯ
މިއީ ޖަވާބެއް ނޫން
23 May 2022
ޚިޔާލު ފާޅުކުރުމުގެ ގާނޫނުގައި އޮންނަނީ އިސްލާމް ދީނުގެ އަސްލަކާ ޚިލާފު ނުވާހައި ހިނދެއްގައި ޚިޔާލު ފާޅުކުރުން ހުއްދަކަމަށް. އެހެން ގާނޫނު ތައް ހުންނާނެ. އެކަމަކު އިންޑިޔާއައުޓް ލިޔުމުން ކުށެއްކަމަށް ބެލޭނެ ގާނޫނެއް އޮންނާނެހެން ހިޔެއްނުވޭ.
ދިއްދޫމީހާ
23 May 2022
މިސާލަކަށް މީހަކު ކުށެއް ކުރާކަމުގެ ހެކި ތި ބޭފުޅުންނަށް ފެނުނީ. ފެނުނީމަ ތި ބޭފުޅުން ތި އަންގަނީ އެ ބޭފުޅާ އެ ހެކި ނަގާށޭ އަމިއްލައަށް. އެ ބުނެވެނީ ކީކޭތޯ؟. ހެކި ނައްތާލާށެކޭ ނޫންތޯ އެ ބުނެވެނީ." ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ. މިހަބަރު އިންގޭރިސަބަހުން ނަމަނަމަ ނުގެނޭސްދޭތި، މިސްޓަރބީންވެސް ޑްރާމާއެއް ކުޅެދާނެ އެއިރުން ދިވެހި ފުލުހުންގެ އަގު ވެއޓޭނީ، މިވަރުންވެސް އިންގޭ ދިވެހި ރާއްޖޭގެ ތަހްޤީގް އިދާރާތަކުގެ ފެންވަރު..
ފުއްބެ
23 May 2022
ފުލުހުންނަށްވުރެން ބެންޗުން ކުޅުނު ޑްރާމާ މާ ބޮޑު! އައްޔަން ކުރި ރައީސް އަށް އެއްފަހަރު އަނިޔާ ދެވިފައި ހުރި ބޭފުޅަކު ބެންޗްގައި އިންނެވުމުން ދެންވާން އޮތް ރައީސްގެ ރުހުން ހޯދަން!