ކްރިތީ ޝެނޮން: ފިޓްނެސް އެޕެއް ހަދައި، އޭނާ ވަނީ ވިޔަފާރިއެއް ފަށައިފައި.
24 މެއި 2022 - 06:20
ބޮލީވުޑްގެ ތަރި، ކްރިތީ ސަނޮން ފިޓްނެސް އެޕެއް ލޯންޗުކޮށް، ވިޔަފާރިއެއް ފަށަން ނިންމައިފި އެވެ.
"ހީރޯޕަންތީ" އިން މީގެ އަށް އަހަރު ކުރިން ފިލްމީ ދާއިރާ އަށް ނިކުތް ކްރިތީ، ވިޔަފާރިއެއް ފެށުމަށް ނިންމިކަން އިއުލާންކުރިިއިރު އޭނާ ބުނި ގޮތުގައި ފިޓްނެސް އެޕެއް ލޯންޗުކުރަން ނިންމީ އޭނާގެ ފިލްމު "މިމީ"ގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.
"މިމީ" އަކީ ކްރިތީގެ ފިޒިކަލް ޓްރާންސްފޮމޭޝަނެއް ފެނުނު ފިލްމެކެވެ. މާބަނޑު އަންހެނެއްގެ ރޯލުން ވެސް ކްރިތީ އެ ފިލްމުގައި ފެނުނުއިރު، އެ ރޯލަށް ތައްޔާރުވުމަށް ހަށިގަނޑަށް އޭނާ އެކި ބަދަލުތައް ގެނަ އެވެ.
ކްރިތީގެ ޓީމާ އެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްކޮށް، އޭނާ ބުނީ ފިލްމީ ދާއިރާގައި ފާއިތުވި އަށް އަހަރު ދުވަހު އޭނާ އަށް ކާމިޔާބު ލިބުނީ އޭނާ ދެކެ ލޯބިވާ މީހުންގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.
ފިލްމީ މަސައްކަތުގެ އިތުރުން ފިޓްނެސް އަށް ހިތްޖެހުނީ "މިމީ" ޕްރޮޖެކްޓާ އެކު ކަމަށާއި އެ ފިލްމަށް 15 ކިލޯ ބަރުކުރި ކަމަށް ބުންޏެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ މަސައްކަތް ނިމުނުތަނާހެން އައީ ލޮކްޑައުން ކަމަށްވެފައި ޖިމްތައް ވެސް ބަންދުވި ކަމަށެވެ. އެހެންވެ، ހިކެން އުޅުނު ހާލުގެ ސަބަބުން ފިޓްނެސް އެޕެއް ހަދަން ނިންމީ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
24 May 2022
ރަނގަޅުކަމެއް. ކާމިޔާބީއަށްއެދެން.