ހިޔާ ފްލެޓެއް: ރޭނގަޑު މަސައްކަތް ކުރުން މަނާ ކޮށްފި-- ފައިލް ފޮޓޯ: މިހާރު
24 މެއި 2022 - 17:25
ގިނަ އަދަދެއްގެ މީހުން ބަދަލުވަމުން އަންނަ ހުޅުމާލޭ ހިޔާ ފްލެޓުތަކުގައި އިރުއޮއްސި 6:00 އިން ފެށިގެން މަސައްކަތް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަނާކޮށްފި އެވެ.
ހިޔާ ފްލެޓަށް އަދިވެސް މީހުން ބަދަލުވަމުން އަންނަ އިރު މަރާމާތު ކުރުމުގެ މަސައްކަތްތައް ގިނަ އަދަދެއްގެ ފްލެޓުގައި ކުރިޔަށް ދެ އެވެ.
މީގެ ކުރިން އޮންނަ ގޮތުން ރޭގަނޑު 10:00 ގެ ފަހުން އަޑު ގަދަވާ ޒާތުގެ މަސައްކަތެއް ނުކުރެވޭނެ އެވެ.
ނަމަވެސް އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ އިރުއޮއްސި 6:00 އިން ހެނދުނު 8:00 އާ ދެމެދު އަޑުގަދަވާ ފަދަ މަސައްކަތް ނުކުރެވޭނެ ކަމަށް އަންގައިފަ އެވެ.
މީގެ އިތުރުން ފްލެޓުތަކުގެ މަސައްކަތް ކުރާއިރު އަވަށްޓެރި ފްލެޓުތަކަށް އުނދަގޫ ނުވާ ގޮތަށް މަސައްކަތް ކުރުމަށް ވެސް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހިޔާ ފްލެޓުތަކަށް އަލަށް ބަދަލުވާ މީހުންގެ ޝަކުވާއަކީ މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިޔަށް ދާތީ ފްލެޓަށް ކުލި ދައްކަން ޖެހުމެވެ. އެ މުއްދަތު އިތުރު ކޮށްދިނުމަށް ފަހު އެޗްޑީސީން ވަނީ މި މަހުން ފެށިގެން ވަނީ ކުލި ނަގަން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންނައުނު
25 May 2022
އަލަރުން ގެދޮށު ކަނބުލޭގެ ފިސާރި އަޑުގަދަވާނެ. ދެންވީ ނުކޮށް ތިބެން ?
ލާމަސީލު
25 May 2022
އަމާބުނީތީ ފަރަށްދާ އުސޫލުން ފްލެޓްގެ 4 ފާރު ދީފަ އަނގަ ފުޅާކުރިޔަސް ރައްޔިތުންގެ ހިތުގަ ތިޖެއްސި ހިތިރަހަ ފެންނާނެ. އަންޑަރއެސްޓިމޭޓް ނުކުރާތި.
މިސާލޭ
25 May 2022
އެކަންކުރި މޭސްތިރި ފަހަތުން ތިދުވަނީ. އަނގަ ހަޑިވެއްޖެތަ! ބަލާނެކަމެއް ނެތް، އެވާނީ ޔުނިވަސިޓީ އޮފް އެދުރެމެޓިކްސް އިން ދަސްވެނިވެފައި ތިބި ދަރިވަރުންނަށް.
ހެހެ
25 May 2022
لا يدخل الجنة من لا يأمن جاره بوائقه މިހަދީސު ތިމީހުނަށް ކިޔާދީބަލަ. އެމީހެއްގެ އުނދަގުލުން އަވަށްޓެރިއާއަށް ސަލާމަތް ނުވެވޭމީހާ ސުވަރުގެ ނުވަންނާނެކަމަށް މުސްލިމުގެ ހަދީސެއްގައިވޭ. މިއީ މުސްލިމުން.
ރަނގަޅު
25 May 2022
މާތް ﷲ ތިބާއަށް ހެޔޮ ރަހްމަތް ލައްވާށި. އަދި މުސްލިމު އަޚުންނާއި އުޚްތުންނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން.
ށަވިޔަނި
25 May 2022
އެހެން ފުލެޓްތަކުގައިވެސް މަނާ. އެކަމަކު ރޭގަނޑު 10 - 11 ޖަހާއިރުވެސް ތަޅާ އަޑުއިވޭ. ވާއުދަގުލުން ބޯފަޅާގެންދާވަރުވޭ. މިއީ ހިތަށްއެރިގޮތަކަށް އުޅެންއުޅޭބައެއް. އަވަށްޓެރިންނަށް އުދަގޫވާގޮތަށް އުޅުމުގެ ބިރުވެރިކަން ސަތޭކަ ޕަސެންޓް މުސްލިމުގައުމުގެ މީހުނަށް ނޭނގޭ.
އެއުޅޭ މޫސަ
24 May 2022
ކ.ވިލިނގިލީގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ، ކ.ހުޅުމާލޭގައި 6 ގެ ފަހުން މަސައްކަތްކުރުން މަނާ، ދެން މިހެންގޮސް ކ.މާލޭ ގަބީލާމީހުން ވަޒަންވެރިވެއްޖެ ކޮންމެތަނެއްގަ ވަކި ގާނޫނުތަކާއި ވަކިގަވައިދުތަކެއް މިއޮންނަނީ، މިއީ ތަނުގެ މައްސަލައެއްތޯ ނުވަތަ ގަބީލާގެ މައްސަލައެއްތޯ ބަލަން އެބަޖެހޭ. ކ.ވިލިނގިލީގައި ވެހިކަލް މަނާވެފައި ށ.ނޫމަރާގައި ހުއްދަވަނީ ކޮން ފިނޯމިނާއެއްގެ ސަބަބުންތޯ.
ޙަސަން އަޙްމަދު
25 May 2022
ކަލޭ ސިކުނޑި ހަމައެއް ނޫން.
ސުހައިލަށް ސަލާން
24 May 2022
މިއީ ވަރަށް ހެއްވާ ކަމެއް. ބައެއް މީހުން އެގެންދަނީ ރަސްމީ މަސައްކަތުން ވަގުތެއް ވުމުން އަމިއްލަޔަށް ފްލެޓް މަސައްކަތް ކުރަމުން. ތިފްލެޓްތަކުގައި އެބައުޅޭ ވަރަށް ފޮނިބޮޑުމީހުން. އެމީހުން ޝަކުވާ ކުރާތީ މޮޅުގޮތެއް ހަދާލީ ކަމަށް ތިވާނީ. ރޭގަނޑު މަސައްކަތް ނުކޮށްތަ ތިތަނަށް ވަދެތިބިމީހުން ތަން ނިންމީ. ތިފެންވަރަށް އަމުރު ނެރޭނީ ތަންއެކީ ހަދައި ނިންމާފަ ދީފަ. ހަތަރުފާރު ދިނީމަ ދިރިއުޅެވޭނީ ތަންހަދައިގެން. 6 ޖަހާއިރު ކުޑަކުއްޖަކުވެސް ނުނިދާނެ
އަޑުރޭގެ ސަލާމް
25 May 2022
އަމިއްލައަށް މަސައްކަތްކުރާނަމަ އަހަރަކާއި ކާރިވީއިރުވެސް މަސައްކަތް ނުނިމުނުދޯ. ވީއިރު އިތުރަށް ކިތައް އަހަރުތޯ އެކަމަށް ބޭނުންވާނީ. އެތާގައި ދިރިއުޅޭ އެހެން މީހުންނަށް ދިރިއުޅުމުގެ ހައްގުވެސް އޮންނަންވާނެތާ! ހަތަރުފާރޭ ކިޔައިގެން ވާހަކަ މިދައްކަނީ އެކަމުގެ މޭސްތިރީގެ އައުވާނުން
އަދުރޭބެ
25 May 2022
އަޑުރޭގެ ސަލާމް. ކަލޭ ހިގާލަބަލަ އެތަންތާގައި. ކިތައް ތަނުގައިތޯ މީހުން ދިރިއުޅެނީ ބަލާލަން. ކަލޭ ކަހަލަ މުންސަންޖަކަށް ނުވެދާނެ އެންމެން. އެމީހަކަށް ލިބޭ އެއްޗަކުން ބާކީ ކޮށްގެން ތަންހަދާ މީހުންވެސް މަދެއް ނޫން. ލާރިހުސްވެގެން ކިތައް އިމާރާތްތަ ނުހެދި އެހުރީ. ކަލޭކަހަލަ އަމިއްލަ އެދުމުން ފޯވެފައި ހުންނަ މީހަކަށް ތިމާނޫން އެހެން މީހަކާމެދު ނުވިސްނޭނެ. ދެން މަސައްކަތްކުރީމަ ކިޔާފައި ކުރެވޭނެކަމެއް ކޮށްބަލަ.
އައްޕަ
25 May 2022
އަދުރޭބެ އަށް އިރާދަކުރެއްވީތީ ކަލެއަށް ފެންނަވަރަށް ވުރެ ގިނަ ކަންކަން އަހަންނަށް އެބަފެނޭ. އިތުރަށް ދައްކާނެ ތަނެއް ނެތް. ތިއިން ފުލެޓަކުން 20 ހާހަށްވުރެ މަތިން ކުލިނަގާ މީހުން އެބަތިބި.
ހިޖާމް
24 May 2022
އެކަމަކު މާލޭގަ ޖެހިގެން ހުރިގޭގެ މީހުން ނުނިދާ އުޅޭ މަސްދުވަސްވާއިރަށް ސްޓްރޯކް ޖެހުނަސް މެންދަމުން އަލިވާއިރުވެސް އިންފާރުގަ ކަރަންޓު މަރުތޭލުން ތެޅުން މައްސަލަޔަަކަށް ނުވޭ.
ހިޖާމާ
25 May 2022
އެވެސް މަނާކަމެއް. މޭޔަރަށް ރިޕޯޓުކުރޭ!
ބަލްބޫން
24 May 2022
މާލޭގަ ދަންވަރު 12 ނޫނީ 1 ޖަހާއިރުވެސް ކޮންކިރީޓް މަސައްކަތްކުރޭ! ހެއްވާކަމަކީ އެސްޓިއޯ އިން ސަޕްލައިކުރަނީ، ހުއްދަދެނީ މާލޭ ސިޓީ ކައުންސިލްއިން! ވިސްނާލަބަލަ ރޭގަނޑު 9 ގެ ފަހުން ތުއްތު ކުދީން އަދި މުސްކުޅިންވެސް ނިދަން ޖެހޭ! މާލޭއަކީ މިހާރު ގޮތެއްފޮތެއް ހަޔާތެއް ލަދެއްނެތް މީހުން އުޅޭތަނެއް! ނަޝީދުގެ ކާރުވެސް އެއޮންނަނީ މުޅި ދުވަހު ގ.ކެނެރީގެ ހުންނަ މަގު ބަންދުކޮށްގެން! މިވާހަކަ ދެއްކި މީހުން ގޯސްވީ! ލަދު!
މަރުމޯލް
25 May 2022
ނިންމާލީ ކަމާނުގުޅޭ ކޮމެންޓަކުން. އޭގެ ސަބަބުން ތިއީ ސިޔާސީ ހަސަދައިގެ ކޮމެންޓެއްކަން އެނގޭ. އެހެންކަމުން ތިބޭޅާގެ ލޮބުވެތި، މާލޭރައްޔިތުން ދެކެ އަމަށަކު ލޯއްބެއްވާ، މޭޔަރު ކާރީ ބުނޭ ތިގޭގެ ވަށައިގެން ހުރިގެތައް ނަގައި މަގުތަކައް އެއްވެސް ވެހިކަލަކަށް ނުވަދެވޭހެން ބަންދުކޮށްދޭށޭ. އެބޭޅާ ރައްޔިތުންގެ ވާހަކަ އަޑުއަހައި، ސަރުކާރުގެ ފިއްތުންތަކާއި އެކުވެސް އެކަންކަން ކޮށްދޭނެކަން ޔަގީން. ކުޑައަގެއް ދައްކައިގެން ނަމަވެސް.
ގދދގޔފޔތފދޔތ
24 May 2022
ކާކުބާ ތިކަން ބަލަނީ؟
ޓްރެއިންގަލް
24 May 2022
ބަލަ މިތާ ޞިއްޙީ ޚިދުމަތއއް ނެތޭ 29 ހާސް މީހުން ހެލްތް ޑެސްކެއް ވަރުވެސް ނެތި
ސްކުއެއަރ
25 May 2022
ތިތާނގައި ރައީސަކުވެސް ހުންނަންޖެހޭނެ