ބަޣާވާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފުލުހުންގެ ޝަަރީއަތް ކުރިއަށް ގެންދަނީ ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު. --ފޮޓޯ:އޭއެފްޕީ
27 ޑިސެމްބަރ 2016 - 17:21
އިސްތަންބޫލް (ޑިސެމްބަރު 27) - ތުރުކީ އަށް ޖުލައި މަހު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރޭން 29 ފުލުހެއްގެ މައްޗަށް މިއަދު ދައުވާކޮށްފި އެވެ.
މިއީ ބަޣާވާތުގައި ބައިވެރިވެގެން ހައްޔަރުކުރި މީހުންގެ މައްޗަށް ދައުވާކުރި ފުރަތަމަ ފަހަރެވެ. ފުލުހުންނާއި ސިފައިންގެ ތެރޭން ބަޔަކު ނުކުމެ ރަޖަބު ތައްޔިބު އުރުދުޣާން ވެރިކަމުން ބާލަން ކުރި މަސައްކަތް ނާކާމިޔާބުކޮށްލި ފަހުން 40،000 އަށް ވުރެ ގިނަ މީހުން ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
ތުރުކީން ބުނެފައި ވަނީ ބަޣާވާތުގެ ފަހަތުގައި ހުންނެވީ އެމެރިކާގައި ދިރިއުޅޭ ފަތުހުﷲ ގުލެން ކަމަށެވެ. އެކަމަކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އަންކަރާގައި ބަޑިޖަހާ ރަޝިޔާ ސަފީރު ދާދި ފަހުން އަވަހާރަކޮށްލުމުގެ ފަހަތުގައި ވެސް ހުންނެވީ ގުލަން ކަމަށް ތުރުކީ ސަރުކާރުން ތުހުމަތުކޮށްފައިވެ އެވެ.
އިސްތަންބޫލްގެ ކޯޓެއްގައި ފެށި ޝަރީއަތުގައި 29 ފުލުހުންގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އެ މީހުންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ގުލަންއާ ގުޅުން ބޭއްވުމާއި ރައީސް އުރުދުޣާން ހިމާޔަތް ކުރަން މަސައްކަތްކޮށްފައި ނުވާތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަދޫއަހްމަދު
27 December 2016
ތުރުކީ އަކީ ހުދުމުޙްތާރު ގައުމެއް. ނަމަވެސް ނިކަން ބައްލަވާ، ފުލުހުންނާއި ސިފައިން ވިޔަސް ބަގާވާތެއް ކޮށްފިނަމަ އެ ފިޔަވަޅު އެޅީ. ނަމަވެސް ހިތާމަޔަކީ ދިވެހިރާއްޖެ ކިޔާ ގައުމެއްގައި 2012 ވަނަ އަހަރުގެ 7 ފެބުރުއަރީގައި ރޯމާ ދުވާލު ގާނޫނީ ދައުލަތެއް ވައްޓާލުމަށް ގޮވާ، އެކަން ކުރި މީހުންނަށް ހައްގު އަދަބު ނުލިބި، ބޮޑެތި ޕްރޮމޯޝަންތަށް ލިބި، ނަގުދުގެ ގޮތުގައި ހަދިޔާ ލިބުނުކަން. މިއީ ކުރިއަށް އޮތް 100 އަހަރުވެސް ދިވެހިރާއްޖެ ލަދުވެތިވާންޖެހޭ ހުތުރުކަން ބޮޑު އަމަލެއް. 2018 ވަނަ އަހަރު އިންތިހާބުވާ ސަރުކާރަކުން މިކަން ތަހުގީގުކޮށް މެނުވީ މިރާއްޖެ އިސްލާހުކުރަން ވަރަށް ދަތިވާނެ. ޑެމޮކްރެސީއޭ ކިޔަންވެސް އުނދަގޫވާނެ.
ދޮންދީނި
27 December 2016
ރާއްޖޭގައި ބަޣާވާތްކުރި މީހުންނަށް ދައުވާކުރާނީ ކޮންއިރަކުންތޯ؟
މުގާބޭ
27 December 2016
ފަތުހުއްﷲ ގެ ކަންތައް މިހާރު މިދަނީ މާމައްޗަށް.