ވިޔަފާރި

ރާއްޖެ އަށް ވެސް އިގްތިސާދީ ތޫފާނެއް އަތުވެދާނެ، ތައްޔާރުވެ ތިބެން ޖެހޭ: ޓިމް

ޓިމޮތީ ސޯޔާ ރޭގެ އަހަރީ އާންމު ޖަލްސާގައި. އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް ކުރިއަށް އޮތީ ބޮޑުު ކާރިސާއެއް ކަމަށް--ފޮޓޯ:ނިޝާން އަލީ/މިހާރު

ކުރިއަށް އޮތީ ރާއްޖޭގެ އިގްތިސާދަށް ވެސް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ކުރިއަށް އޮތް ބޮޑު އިގްތިސާދީ ތޫފާނަށް މުޅި ގައުމު ތައްޔާރުވާން ޖެހޭ ކަމަށް ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ (ޓިމް) ރޭ ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ޓިމް ވިދާޅުވީ، މުޅި ދުނިޔެ އަށް ވެސް އިގްތިސާދީ ބޮޑު ކާރިސާއެއް އައުމުގެ މަލަމަތި ފެންނަމުންދާ ކަމަށެވެ.

"ދުނިޔޭގެ ބޮޑު ރެސެޝަނެއް އަންނަ ކަމުގެ ނިޝާންތައް އެބަ ފެނޭ. މިހާރު ވެސް އެބަ އޭގެ އަސަރުތައް ގައުމުތަކުން ފެނޭ،" އޭނާ ވިދާޅުވި އެވެ.

އެ ހާލަތުގައި ޑޮލަރުގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވިދާޅުވީ، ތަކެތީގެ އަގާއި ތެލުގެ އަގު އެހާ ބޮޑަށް އުފުލެމުންދާ އިރު އެ ކަމުގެ އަސަރު ރާއްޖެ އަށް ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ.

"ލަންކާ އަށް ކުރިމަތިވި ހާލަތު ދާދި ފަހުން އަހަރެމެންނަށް މި ފެނުނީ. ރާއްޖެ އަށް ވެސް މި ފަދަ ހާލަތެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އަހަރީ އާންމު ޖަލްސާގައި ބައިވެރިވި ބައެއް ހިއްސާދާރުން--ފޮޓޯ:ނިޝާން އަލީ/މިހާރު

މަޝްހޫރު ޓީވީ ސީރީޒް، "ގޭމްސް އޮފް ތްރޯންސް" އިން މިސާލު ޖައްސަވައި، އޭނާ ވިދާޅުވީ ރާއްޖެ އަށް "ވިންޓާ އިޒް ކަމިން" ކަމަށެވެ. އެއީ އެ ސީރިޒްގައި އެންމެ ބިރުވެރި، އަދި ބޮޑު ހަނގުރާމަ އަކަށް ނިސްބަތްކޮށް ޖަހާ މިސާލެކެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯ އެހެން ވިދާޅުވި އިރު އެމެރިކާގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް، ޖޭޕީ މޯގަން އިން ވެސް ވަނީ ރާއްޖެ ފަދަ ގައުމުތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބުނެފަ އެވެ. އެ ބޭންކުން ބުނީ، ދަރަނި އިންތިހާ އަށް ބޮޑުވަމުން އަންނަ ގައުމުތަކުގެ ރިޒާވް އަންނަ އަހަރު ހުސްވެ، އިގްތިސާދު ބަނގުރޫޓުވުމުގެ ފުރުސަތު ރާއްޖެ އަށް އެބައޮތް ކަމަށެވެ.

އެ ކަމާ ގުޅިގެން ސަރުކާރުން ބުނެފައި ވަނީ، ދަރަނި މެނޭޖްކުރުމުގައި ރާއްޖެ އަށް އެއްވެސް ދަތިކަމެއް ނެތް ކަމަށާއި އިގްތިސާދު ބަނގުރޫޓުވެދާނެ ހާލަތެއް ރާއްޖެ އަށް ކުރިމަތިނުވާނެ ކަމަށެވެ.

30 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 53%
icon angry icon angry 13%
icon wow icon wow 7%
icon inlove icon inlove 27%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ލޮޅުން

30 May 2022

މުސާރަތައް ހަމަ ބޮޑުކުރުމުގަ ސަރުކާރު އުޅެނީ. ނުވީތާކަށް، ކުޑަ ހިތްވަރެއް އިތުރަށް ކޮށްލަންޖެހޭތީ ބޮޑު މުސާރަ ލިބުނު މީހުންވެސް އުޅެނީ އަދި އެތިކޮޅެއް އަޅާ، އޯޓީ ދީ، ފަސޭހަކޮށްލާ ކިޔާލުމުގަ. އިގުތިސޯދަށް ބަލާ މީހުން މިތިބަ ކިޔަނީ ކަމަކުދާކަށް ނެތޭ، ކޮވިޑާއެކީ އެރި ލޮޅުމުގެ އަސްލު އަސަރު ފެންނަން ފަށާނީ އެ ނިމޭތާ ތިން ވަރަކަށް އަހަރު ތެރެއްޔޭ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

30 May 2022

ނޫން! ނޫން! ތިހެނެއް ނުވާނޭ އެ ބުނަނީނު މީރާގެ ބޮޑު މީހާ! އަފިރިންނަށް އެނގެނި ރާއްޖެ އޮތީ ލަންކާ ގޮތައް ދަރާ ވިކިފައޭ. 2023 ރިޔާސީ އިންތިޙާބުގެ ފަހުން އެވެރިން ރައްޔިތުންނަށް ހާމަ ކުރާނެ. އޭގެ ފަހުން ދެން ރައްޔިތުން ތިބޭނީ ހެޔޮ ވަރު ވަރަކަށް ރާކަނި މަސް ކައިގެން. ވ ވެދުން.

The name is already taken The name is available. Register?

ވަހުތާން

30 May 2022

ގައުމު ބަނގުރޫޓް ވިޔަސް ރައީސުންނަށް ޕައްލަން ބެއިންނަށް ކޮންކަމެއް1 އެމީީހުންނަށް ބަރާބަރަށް މަހުއެތިކޮޅާ ހުރިހާކަމެއް ބަރާބަރަށް ލިބޭ ކޮބާ މައްސަލައަކީ؟ ހަމަ ޗާޕް ޗާޕް ހަބޭސް.

The name is already taken The name is available. Register?

މުޑަހަންޖާ

30 May 2022

ތިކަމަށް ކ.މާލޭމީހުން އެދަނީ ތައްޔާރުވަމުން، ކަދުރާއި ސައްކޭލާއި ހިކަނދިފަތާއި ރާނބާފަތް އެހެރަ ހައްދަނީ މަގުތަކާއި ޕާކުތަކުގަ. މިއަތޮޅު ކައުންސިލްްގަނެތް އެންމެ ސައްކެޔޮގަހެއް އިމްޕޯޓުކޮށްލާނެހާ ފައިސާކޮޅެއްވެސް.

The name is already taken The name is available. Register?

ޢެނަލިސްޓް

30 May 2022

ވިންޓާރ އިޒް ގޯން 4 މޯލްޑިވްސް

The name is already taken The name is available. Register?

އަލިފް ހާ

30 May 2022

އަހަރެމެން ވިސްނަނީ ނޭފަތު ކުރިއާ ހަމައަށް. ތި ކަމަށް މާބޮޑު ސަމާލުކަމެއް ނުދެން. އެދުވަސް އައިސް ޖެހުނީމަ ދެން ތެޅިފޮޅުނީމަ "އޯކޭ" ވާނެ.

The name is already taken The name is available. Register?

އައްޔު

30 May 2022

ހެސްކިޔާފަ ބޭކާރު ހަރަދުކުރޭ..ހެސްކިޔާފަ ބޭރު ދަތުރު އެތެރެ ދަތުރު ސަރުކާރުން ކުރޭ..މިނޫން ބައިވަރު ކަންތައް އެބަހުރި. ވިސްނާށެ ދަރީން ވިސްނާށޭ ދަރީން..ލަންކާ އަށް ވީގޮތް ބަލާ ފިޔަވަޅު ރަންގަޅު ކުރޭ.ލަންކާ ހާލަތަށް ގޮސްސިއްޔާ މިގައުމު މާގޯސްވާނެ.

The name is already taken The name is available. Register?

މާހިރު

30 May 2022

ރަޝިއާ-ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެކަމުގެ އަސަރު މުޅި ދުނިޔެއަށް މިދަނީ ކުރަމުންނެވެ. ދުނިޔޭގެ އިޤްތިސާދު ދަށަށްދާނަމަ ފަތުރުވެރިން ރާއްޖެއައުން މަދުވާނެނޫންތޯއެވެ. ދެންވެސް ކުޑަމިނުން އަމިއްލަ ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދޭތޯ ބަލަންވީނޫންތޯއެވެ. ގައިމު ޑޮލަރު ނުލިބުނަކަސް ދިރި ތިބެވޭނީވެސް ބަނޑުފުރާނަ މުއްތިކޮށްގެންތާއެވެ.

The name is already taken The name is available. Register?

ހަމް677

30 May 2022

އެމެރިކާ އުޅެނީ ހޭބޯ ނާރާ ރިސެޝަން އަކައް ތައްޔާރު ވުމުގަ. ޜާއްޖޭގަ މިއުޅެނީ މަހުޖަނުންގެ އަންބޮނޑި ބޮޑު ކުރެވޭތޯ. 58 ބިލިޔަން ރިސޯޓު ތަކައް ލިބުނު އިރު ދައުލަތައް ލިބުނީ އެންމެ 8 ބިލިއަން ރިސޯޓުތަކުން. މިއީ ކޮން އިންސާފެއް. ތަކެތީގެ މާބޮޑައް ބޮޑުވެގެން ގޮސް ގިނަ ދުވަސްވާނަމަ ރިސެށަން އަކައް ދިޔުމަކީ ވަރަށް ގާތް ކަމެއް.

The name is already taken The name is available. Register?

ޝަފީރު

30 May 2022

މިރާއްޖޭގެ އިޤުތިޞާދީ ބޮންޑިވަރު މިނިސްޓަރ އެބަވިދާޅުވޭ ރައްޖެއަކަށް ނާރާނެޔޯ ތިޔަކިޔާ އިޤްތިޞާދީ ބޮޑުރާޅެއް. އެކަމަކު 2026 ގައި 600 މިލިޔަނަށްވުރެ ގިނަ ޑޮލަރ ދަރަނިތަކަށް ދައްކަން ޖެހޭނެޔޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454