ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިއުމަށް އޮންނަ މަގެއް: މާލޭ ސަރަހައްދުން ގޯތި ދޫކުރާނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު ފަޅު ހިއްކާ ސަރަހައްދުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު
30 މެއި 2022 - 12:06
މާލޭ ސަރަހައްދުން ދޫކުރަން ނިންމާފައިވާ ގޯތިތަކަށް ކުރިމަތިލުމާ ބެހޭ އުސޫލު ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެ އުސޫލު އާންމުކުރާނީ ޖޫން މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ލުޔެއް ހޯދުމަށް ސަރުކާރުން ނިންމާފައި ވަނީ މާލޭ މީހުންނަށް ހުޅުމާލެއިން 1،000 ގޯއްޗާއި ގުޅީފަޅުން 2،000 ގޯތީގެ އިތުރުން ގިރާވަރު ފަޅުން ހިއްކާ ބިމުން މަދުވެގެން 2،000 ގޯތި ދިނުމެވެ.
އެ ގޯތިތައް ދޫކުރާނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނައިރު ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، "މިހާރު" އަށް އަންނަ މަހުގެ މެދު ތެރޭގައި އުސޫލު އާންމުކުރެވޭނެ ކަމަށެވެ.
ކުރިން އަކްރަމް ވިދާޅުވެފައިވާ ގޮތުގައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާނީ ޖޫން ހިސާބުގަ އެވެ.
މަޖިލީހުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުން ދޫކުރާ ގޯތިތަކަށް ކުރިމަތިލުމަށް މާ ބޮޑެތި ޝަރުތުތަކެއް ކަނޑައަޅާފައި ނުވާނެ ކަމަށެވެ.
● މާލެ އަށް އުފަން މާލެ ރައްޔިތަކަށް ވުން
● އެ މީހެއްގެ ނަންމަތީގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އަދި ވާރުތަކުރަން ވެސް އެ ވަރުގެ ބިމެއް ނެތުން. އެ ވަރުގެ ބިމެއް ލިބިއްޖެ ނަމަ ދައުލަތަށް ދޫކޮށްލުން ނުވަތަ ވާރުތަވާން އޮތް ތަނެއް ވެސް ދޫކޮށްލުން.
● ދަފްތަރަށް އުފަން މީހުންނަށް ވެސް ކުރިމަތިލެވޭނެ.
● މާލޭގައި ދިރިއުޅޭނެ އެއްވެސް ތަނެއް ނެތް މާލޭގެ މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ
އެ ޝަރުތުތަކުގެ އިތުރުން މާކްސް ދޭ އުސޫލުތަކެއް އޮންނާނެ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި އެކި އުމުރުފުރާގެ މީހުންނަށް ދޭ މާކްސްތައް ތަފާތުވިޔަސް މީހަކާ އިނދެގެން އުޅޭތީ އިތުރު މާކްސެއް ނުލިބޭނެ އެވެ. އެކަމަކު ދެމަފިރިން ގުޅިގެން އެއް ގޯއްޗަކަށް ކުރިމަތިލާ ނަމަ މާކްސް އިތުރުކުރަން ވިސްނާ ކަމަށް މަޖިލީހުގައި އަސްލަމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވައިދެއްވަމުން ދެއްވި ރިޔާސީ ބަޔާނުގައި ގޯތި ދޫކުރަން ނިންމިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރެއްވިއިރު މިއީ ހިލޭ ދޫކުރާ ގޯތިތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިނތު
31 May 2022
ކިހާ ސަޅި. ދަފްތަރަށް އުފަން މީހުން ރަށުގަވެސް ގޯތި. މާލޭގަ ވާރުތަވާނެ ތަނެއް ނެތް. ޢެންމެންވެސް ދަފްތަރުގަ ޖަހަންވީ
ގުދުގުދާބެއްޔާ
31 May 2022
ދަފްތަރުގެ އެންމެންނަށް ކުރިމަތި ނުލެވޭ! ސަރުތަކީ މާލެއަށް އުފަން ދަފްތަރުގެ މީހަކަށްވުން!
އަލީބެ
31 May 2022
ތިއުސޫލަކީ ވަރަށް އުފެދުމުގާވެސް ބާތިލުއެއްޗެއް. މާލޭގެރައްވެހިން ދެބަޔަކަށްބަހައި އެއްބަޔަކު ހައްގުން މަހުރޫމްކުރުވާ އެއްޗެއް. މާލޭގެ ވަކިތަނަކަށް އުފަންވީމަ ގޯތިދިނުމަކީ ކުރެވިގެންވާނެ ކަމެއްނޫން. މާލޭ ރައްޔިތަކަށް ގޯތިލިބެންވާނެ.
ޝުރްބަތުއްރުޒް
31 May 2022
މާލެ އެކަންޏެއް ނޫން. ދިވެހި ރައްޔިތަކަށް ވީތީ އެމީހަކަށް ގޯތި ލިބެންޖެހޭ ކޮންމެތާކުން ވިޔަސް ގޯތި ނުވަތަ ފްލެޓް ލިބޭގޮތް ހަދައިދީ. އަހަންނަކަށް ރަށަކުން ނުލިބުން. މާލެއަކުން ނުލިބުން.
ގުދުގުދާބެއްޔާ
31 May 2022
އެވޭލާ ޒަމާނުން ފެށިގެން އޮންނަނީ އެރަށެއްގެ ރައްޔިތުންނަށް އެރަށަކުން ގޯތި ދިނުން! އަހަރުމެން މާލޭ މީހުންނަށް މާފުށީ ހިއްކި ބިމުން ގޯއްޗެއް ނުދޭނެ! ދެން މިހެން ބުނާއިރަށް ލ. ގަމުން މާލޭ މީހުން ގޯތި ދީފައޭބުނޭ! އެއީ އާއްމު އުސޫލުން ދިން ތަންތަނެއް ނޫން! ކުއްލިއަކަށް ޢިއުލާން ކޮއްލައިގެން ދިން ތަންތަން! އެއުސޫލު އަބަދަކު ނޯވޭ!
ތަންތަނެއްނޫނޭ
31 May 2022
މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް އުސޫލު ހަދާ މިނިސްޓްރީން އިއުލާން ކުރާ އިރު އެންމެހާ ދުއްތުރާ ކަން ބޮޑު ގޮތަށް އެގަވާއިދު އޮންނާނެ ކަން އެއީ މަމެންނަށް ޔަގީންވެ ކަށަވަރުވާ ކަމެކޭ މާލެ ސަރަހައްދުން ގޯތި ދޫކުރަން އުސޫލު ކަނޑައަޅަންވީ މާލެ ސަރަހައްދުގައި 1 ހެކްޓަރު ބިން ނެތް ކޮންމެ މީހަކަށް މާލެ ސަރަހައްދުން 1 ހެކްޓަރުގެ ބިން ހިލޭ ދެވޭނެ ކަމަށް އެނިމުނީއޭ ދެން އެކަމަށް ފަޅުތައް ހިއްކާ ބިންތައް ދޫކުރަންވީއޭ ކޮން ރާއްޖެތެރެއެއްތޭ އެއީ ތަރައްގީވާނެ
ގައްބަރޭ
31 May 2022
މާލެއިން ގޯތި ދޫކުރާނެ އުސޫލް 2023 ނޮވެމްބަރ 30 ގައި އާއްމުކުރާނަމަ ވަރަށް ސަޅިވީސް ،،،،، އޭރުން އޮންނާނީ އިންތިޚާބްނިމި ވާނެ އެއްޗެއްވެނިމިފައި، ދެން އެއްވެސް މީހަކަށް ގޯތި ނުލިބޭގޮތަށް އުސޫލް ހަދާފައި އާއްމުކޮއްލާނީ،،،،
ހާޖީބެ
31 May 2022
ބޯހިޔާވަހިކަމެއް ހޯދަައިނުދެވި ދައުރު ނިންމާލަންޖެހޭތީ ގާތްބަޔަކަށް ހިލޭ ގޯތިތަކެއް ބަހާލަނީ ވަރަށް ބޮޑު ބޭއިންސާފެއް ބޮޑެތި ލޯނުތަން ނަގައިގެން ހިއްކާފަ ހުންނަ ބިންތަށް ވަކިބަޔަކަށް ބަހާލުމަކީހިންގާ ޖަރީމާއެއް އެތައްލައްކަ މީހުންގެއާބާދީ އެއްއޮތްމާލޭގަ 5ހާސް ގޯތިދީގެން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވަންޏާ އެއީ ބޮޑު އަރަތެއް ހިއްކާ ބިމުން ގޯތި ދިނުން ރާއްޖެތެރޭގަވެސް ގޯސް ފްލެޓް އަޅާފަ ފްލެޓް ވިއްކަންވީ ފަގީރުންނަން ހިލޭދޭންވީ ކޮންމެތާކުންވެސް
އަސްލު
30 May 2022
މާލޭ އުފަން މާލޭ މީހުންގެ ޢުމުރަށް ބަލާފައި ޕޮއިންޓް ދިނުމަކީ އެއްވެސް ބަޔަކަށް ލިބިގެންވާ ޙައްގެއްނޫން. 50 އަހަރުން މަތިވެގެން ޕޮއިންޓް މަދުކުރުމުގެ ޙައްޤެއް އެއްވެސް ސަރުކާރަކަށް ލިބިގެންނުވޭ.
ޥަސް
30 May 2022
ރާއްޖޭގެ އެހެން ރަށްތަކޭ އެއްފަދައިން މާލެވެސް ފުރުމުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކާފަ ގޯތިވަނީ މާކުރިން ދީ ނިމިފަ. ކ.އަތޮޅުގެ އެހެން ތަންތަން ހިއްކާފަ ގޯތި ދޭނަމަ ކ. ޢަތޮޅުގެ ރައްޔިތުންގެ މެދުގައި ހަމަހަމަވާން ޖެހޭ.
ޢަރުތަ
30 May 2022
މަމެންނަށް މަމެންގެ އަތޮޅުތަކުން ރަށްތަކުން ބިންހިއްކާފަ ހިލޭ ބިންދޭ ކަން ފާހަގަކުރަން.
ބުލްގަން
30 May 2022
އުސޫލު ހަދާ ނިމޭއިރު ޝަރުތު ހަމަވާ މީހަކު ނުހުންނާނެ