ނަޒާހާގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން: ހަމަލާދިނީ ވިސްނައިގެން ހުރެ ނޫން ކަމަށް އޭނާގެ ވަކީލް ބުނޭ
01 ޖޫން 2022 - 13:01
ކުރީގެ ފިރިމީހާއަށް ވަޅިން ހަމަލާދީ މަރާލީ ދުރާލައި ގަސްދުކޮށްގެން ނޫން ކަމަށާއި އޭރު އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ނުވިސްނޭ ކަމަށް މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ޖޫން، 2010 ގައި ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ނަޒާހާގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ހައި ކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. ނަޒާހާގެ ފަރާތުން ބުނަމުން ދަނީ އެއީ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލަ ނަޒާހާގެ ފަރާތުން އިސްތިއުނާފް ކުރުމުން ދައުލަތުން ކުރިން ބުނެފައިވާ ގޮތުން ޝާހިދު މަރާލީ ހަމަލާދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އަދި މެރުމުގެ ގަސްދުގަ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ވަޅި ހެރުމުން މީހަކަށް އަނިޔާވެދާނެކަން ނުވަތަ މަރުވެދާނެކަން ނަޒާހާއަށް އޭރު އެނގޭތޯ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ސުވާލު ކުރެއްވުމުން ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ ހަމަލާދިންއިރު އެކަން ނަޒާހާއަށް ނުވިސްނޭ ކަމަށެވެ.
"ކުރެވުނު ވަގުތު މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން އެވަގުތު ވިސްނިފައި ނެތް. އެކަހަލަ ގޮތަކަށް ވިސްނާފައި ކުރިކަމެއް ނޫން،" ނަޒާހާއާ ވާހަކަ ދެއްކުމަށް ފަހު އޭނާގެ ވަކީލް ނިހާޔަތު ވިދާޅުވި އެވެ.
ކުރީގެ ޑެޕިއުޓީ ޕީޖީ ނިހާޔަތު ވިދާޅުވީ އެ ހަމަލާދިނުމަށް ފަހު ފުލުސް އޮފީހަށް އަމިއްލައަށް ގުޅައި، އެކަން ރިޕޯޓްކުރީ ވެސް ނަޒާހާ އަމިއްލައަށް ކަމަށާއި އެކަމަކު ތަހުގީގު ހިނގަމުން ދިޔައިރު ޝާހިދު މަރުވިކަން އޭނާއަށް އަންގާފައި ނެތް ކަމަށެވެ. އަދި އެއީ "އެވަގުތު ހުރި ވިސްނުންތަކެއްގެ ތެރެއިން ކުރެވުނު ކަމެއް" ކަމަށް ނިހާޔަތު ވިދާޅުވި އެވެ.
"މިދެންނެވީ ވަޅިއެކޭ މިހެރެނީ. ބުރަކަށްޓާ ދިމާލުން މިވެނި ފުން ޒަހަމެކޭ ވާނީ. އޭގެ ސަބަބުން މިސާލަކަށް ބްލީޑްއައުޓް ވެދާނެއޭ ނުވަތަ ހެމަރޭޖަކަށް ވެދާނެއޭ. އަދި ކޮންމެވެސް އެހެން ކަމެއް ވެދާނެއޭ. އެ މިންވަރަށް ވިސްނުމެއް ނުދޭ،" ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި ހަމަލާދިނުމަށް ފަހު ފުލުހުން އަންނަންދެން ވަޅި ކޮތަޅަކަށް ލާފައި ބާއްވާފައި އޮތުމަކީ ވެސް ނަޒާހާގެ އެ ބުނުމަށް ބާރު ލިބިދޭ ކަމެކެވެ. ދުރާލާ ވިސްނައިގެން ކުރި ކަމެއް ނަމަ ނަޒާހާ އެ ވަޅި ފޮރުވައި ނުވަތަ ހެކި ނައްތާލަން މަސައްކަތް ކުރީސް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ނަޒާހާއަށް އެނގޭ އެ ހަމަލާގެ ސަބަބުން ނިޔާވުމަކީ ވެދާނެ ކަމެއް ކަމަށް،" ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވީ މެރުމުގެ ގަސްދު ނަޒާހާގެ ކިބައިގައި އޮތްކަން ސާބިތުކޮށްދެވޭނެ ހެއްކެއް ދައުލަތުގެ އަތުގައި ނެތް ކަމަށެވެ. އަދި މީހަކު މަރުވާ ކޮންމެ ފަހަރަކީ ގަސްދު މަރެއް ކަމަށް ބަލައިގެން އަދަބު ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަތުލުގައި ވެސް އެކި ވައްތަރުގެ ގަތުލު އެބަހުރި. އަދި އެކަމުގައި ފުރިހަމަވާންޖެހޭ އެކިއެކި އުންސުރު ވެސް ބަޔާންކުރެވިފައި އެބަހުރި،" އިސްލާމީ ޝަރީއަތާ ހަވާލާދީ ނިހާޔަތު ވިދާޅުވި އެވެ.
ނިހާޔަތު ވިދާޅުވި ގޮތުގައި މެރުމުގެ ގަސްދު ނަޒާހާގެ ކިބައިގައި އޮތްކަން ސާބިތުކޮށް ދިނުމަށް ކަމަށް ބުނެ ދައުލަތުން އާ ސީޑީތަކެއް ހެކީގެ ގޮތުގައި ހުށަހެޅިޔަސް، ދަށު މަރުހަލާއަށް ހުށަހަޅާފައިނުވާ ހެކިތަކެއް މި މަރުހަލާގައި ބަލައެއް ނުގަނެވޭނެ އެވެ.
އެ ސީޑީތަކަކީ ހަމަލާދިނުމުގެ ކުރިން ޝާހިދަށް ނަޒާހާ ފޮނުވި މެސެޖަކާއި ހަމަލާދިނުމަށްފަހު ނަޒާހާ ފުލުހުންނަށް ކުރި ފޯން ކޯލް ހިމެނޭ ސީޑީތަކެކެވެ.
އެ މައްސަލާގައި ދެން އޮންނާނީ އެންމެ ފަހު އަޑުއެހުމެވެ. އޭގެފަހުގައި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ އޮންނާނީ ހުކުމް އިއްވުމެވެ.
އުއްތަމަ ފަނޑިޔާރުގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާމިދު ޝާހިދު
02 June 2022
ފިރިޔެއްގެ ފަރާތުން އަނިޔާ ލިބެމުން ލިބެމުން ގޮސް އަންހެނުން ބުއްދި ގޯސްވެ، ކުރެވޭ ނުކުރެވޭ އެއް ނޭންގި މިކަހަލަ ކަންތައް ހިނގާފައި ހުރޭ. އަޅުގަނޑަށް ފެންނަނީ، މުޅި މައްސަލާގެ ބާވަތަށް ބެލުމަށް ފަހު މިކަން ހަމައަކަށް އަޅުވަން. ނަޒާހާގެ ދަރިފުޅުވެސް މިހާރު ބޮޑުވެފައި ހުރުމުން، މަންމަގެ އަދަބު ލުއި ކޮށްދިނުން. މުޅި އުމުރަށް ކުރި ހުކުމް 20 އަހަރަށް ބަދަލު ކޮށްދިނުން.
ހަމީދު 1
02 June 2022
ބަލަ ފަހުން އަދި ކުރިން ހުށަހެޅިޔަސް މަރާލުމުގެ އަސްލަށް ބަދަލެއް ނާންނާނެ ނޫންތޯ؟
ހާއިބްރީ
02 June 2022
މިވާގޮތުން ދެން މަރުގެ މައްސަލައެއް ސާބިތުވާނީ ހަމައެކަނި މެޑިކަލް ޑޮކްޓަރުންގެ މައްޗަށް. ވަޅިއެއް ހެރީމާ ބްލީޑް އައުޓްވުމާ ހެމަރޭޖެއްތޯއާ އަދިވެސް އެހެން ޕޮސިބަލް އައުޓްކަމްތަށް މެޑިކަލީ ނޭނގުމަކީ ވަޅިހެރުމުން މީހަކު މަރުވާނޭކަން ވިސްނިފަ ނެތުމެއް ނޫން. ނަޒާހާއަށްވެސް އިންސާފު ލިބުމަށް އެދެން. އެކަމަކު ވަކީލުގެ ވާހަކައިގަ އޮށްޓަރެއް ނެތް.
އަޙުމަދު.
02 June 2022
ނިހާޔަތު ނަޒާހާކުރެން އަހާލާފަ ފަނޑިޔާރަށް ދަންނަވާލަދީ ކޭމަ ބަނޑު ބޮޑުވާކަން ނަޒާހަޢަކަށް ނޭންގެޔޭ. ޢަދި ނަޒާޙާ އެވަޅި ފިމީހާގަޔަށް ހެރީ އަތުންކަމެއް ފައިންކަމެއްވެސް ނޭންގެއެވެ.. ޢަދި ވަޅިހަރާފަ ޕޮލިހަށް ގުޅާހެދި އިރުވެސް މިހެރުނީ ވަޅިއެއްކަމެއްވެސް ނަޒާހާއަކަށް ނެންގެއެވެ. ދެން މިވަރުބޮޑު..
އަޙުމަދު.
02 June 2022
ޏިހާޔަތު ތިދައްކަވަނީ ހިތުން ވަރަށް މޮޅުވާހައެއް. ވަޅިހާރާ މީހަކު މަރާލާފަ މަވެސް ބުނަންވި ވަޅިހެރީ ގަސްތަކުނޫނޭ ވަޅިހެރުމުން ލޭއަންނާނެ ކަންވެސް މަށްކަށް ނޭންގެޔޭ އަދި ލޭމަނާނުވެ މީހާގައިން ލޭހުސްވެގެންވެސް ނުވަތަ ވަގުތުންފަރުވާ ނުދެވިގެން ވެސް މީހަކު މަރުވެދާނެ ކަން ނޭންގޫނު މީހަކަށް ވަޅިހެރީ މަރާލާކަށް ނޫނޭ ނުވަތަ ގަސތުގަކުރިކަމެއް ނޫނޭ ޝަރީއަތުގަ ބުނަން އެނގުނީ ކިހިނެއްތޯއެވެ؟
ޢަރުތަ
01 June 2022
ވަޅި ހެރުމުން މީހަކަށް އަނިޔާވެދާނެކަން ނުވަތަ މަރުވެދާނެކަން ނަޒާހާއަށް އޭރު އެނގޭތޯ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ސުވާލު ކުރެއްވުމުން ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވީ "ހަމަލާދިންއިރު އެކަން ނަޒާހާއަށް ނުވިސްނޭ ކަމަށެވެ". ދެން ދައްކާނެ ވާހަކައެއްނެތެއްނު.
ރޯދަ
01 June 2022
ވަކީލު ކޯޓުގައި ތިދައްކާވާހަކައިން ވަކީލުގެ އިންޓަގްރިޓީއާ. މެދު ސުވާލުއުފެދޭ!
ތުއްތުބޭބެ
01 June 2022
ޜުޅިއައިސްގެން ވަޅިން ހަމަލާދީ މީހަކު މަރާލީމާ އޭނާގެ ދިފާޢުގައި ވަޅިން އެތަށް ހަމަލާއެއް ދިންއިރު މަރުވެދާނެކަމެެއް އޭނާއަށް ނޭގޭކަމް ބުނާމީހާގެ ބުއްދި ހުރިތޯ.
ބޮޑުމީހާ
01 June 2022
މީދެން އަޖައިބެއްފަދަ ވަކީލުންތަކެއް. ވަޅިއެއް ހިފައިގެން އައިސް މީހެއްގެ ގަޔަށް ހަރާލާނީ މެރުން ނޫން ދެން ކޮންކަމަކުތޯ! މިވަރުވީމަ ދެން ކީކޭ ބުނާނީ!
ޢަދުލު
01 June 2022
ނަޒާހާ އަށް އެތައް އަހަރެއް ވަނދެން ތި ޝާހިދު ކުރަމުން ދިޔަ އަނިޔާ ކޮބާ. ފާޅުގަ މީހުންގެ ތެރޭގަވެސް ވަޒީފާގަ ހުއްޓާވެސް، އެތައް ފަހަރަކު ފުލުހުންނަށް ރިޕޯޓް ކުރި. ވީކަމެއް ހަރާމް. އިންސާނުންނަށްކެތްވާނީވެސް ވަކި ވަރަކަށް. ޚެތްނުވާވަރުވީމަ އަމިއްލަ ސަލާމަތަށް ޓަކައި ކުރާ ކަމަކީ ގަސްދުގައި ކުރާ ކަމެއް ނޫން