01 ޖޫން 2022 - 13:10
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމަ އިން އެ ގައުމު ދިފާއުކުރުމަށް ކުރާ މަސައްކަތުގައި، ކޮންމެ ދުވަހަކު އެވްރެޖް ގޮތެއްގައި 100 ސިފައިން މަރުވަމުންދާ ކަމަށް، ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ އިއްޔެ ވިދާޅުވެއްޖެ އެވެ.
ނިއުސްމެކްސް އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޒެލެންސްކީ އިއްޔެ ވިދާޅުވި ގޮތުގައި ރަޝިޔާގެ ހަމަލާތަކުގައި ޔޫކްރޭންގެ އަސްކަރިއްޔާގެ އިންސާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. އެ ގޮތުން ކޮންމެ ދުވަހު އެވްރެޖް ގޮތެއްގައި 60 އާއި 100 އާ ދެމެދުގެ އަދަދަކަށް ސިފައިން މަރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދުވާލެއްގެ މައްޗަށް އެވްރެޖް ގޮތެއްގައި 500 ސިފައިންނަށް އެކި ވަރުގެ ޒަހަމްތައް ލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި ހަނގުރާމައިގައި ރަޝިޔާގެ ވިސްނުން ހުރީ ހުރިހާ ދާއިރާއަކުން އަދި ހުރިހާ ގޮތަކުން ވެސް ޔޫކްރޭނަށް ބޮޑެތި ގެއްލުންތަކެއް ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ، ޔޫކްރޭންގައި ހައްދާފައިވާ ގޮވާމުގެ ބާވަތްތައް އެ ގައުމުން އެކްސްޕޯޓް ކުރިޔަނުދީ ރަޝިޔާ އިން ހިފަހައްޓާފައިވާ މައްސަލަ އެވެ. ޔޫކްރޭނުން އެކި ގައުމުތަކަށް ބޭރު ކުރަން ތައްޔާރުކޮށްފައިވާ 22.5 މިލިއަން ޓަނުގެ ގޮވާމުގެ ބާވަތްތައް، ރަޝިޔާގެ ބާރުގެ ދަށުގައި ހުރި ޔޫކްރޭންގެ ބަނދަރުތަކުން ބޭރުނުކުރެވި ހިފެހެއްޓިފައި ހުރި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ރަޝިޔާގެ އުދުވާނުން ގައުމު ދިފާއު ކުރެވޭނީ އެކަށީގެންވާ ވަރަށް ހަތިޔާރު ލިބިގެންނެވެ. އެ ގޮތުން 120-140 ކިލޯމީޓަރު ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާ ދެވޭ ފެންވަރުގެ ޒަމާނީ ހަތިޔާރު ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެރިކާ އިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުގެ ތެރޭގައި ހިމެނޭ، އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް)
"އަހަންނަން އެނގިފައި އޮތް ގޮތުން، އެމެރިކާގެ ބައެއް މީހުން، ނޫނީ ވައިޓް ހައުސްގެ ބައެއް މީހުން އެބަ ބުނޭ، އަހަރެމެން އެ ހަތިޔާރު ބޭނުންކޮށްގެން ރަޝިޔާ އަށް ހަމަލާ ދީފާނެޔޭ. ނިކަން ބަލާ، އަހަރެމެން ރަޝިޔާއަށް ހަމަލާ ދޭކަށް ނުރާވަން. ރަޝިޔާއާ މެދު އަހަރެމެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އަހަރެމެންގެ އެމީހުންގެ ސަރަހައްދުގެ ތެރޭގައި ހަނގުރާމައެއް ވެސް ނުކުރަން،" ޒެލެންސްކީ ވިދާޅުވި އެވެ.
"އަހަރެމެން ކުރަން ޖެހިގެން މިއުޅެނީ އަހަރެމެންގެ އިމުގެ ތެރޭގައި ފަށައިގެން އުޅޭ ހަނގުރާމައެއް. އަހަރެމެންގެ ގައުމަށް އެރީ އެމީހުން. އަހަރެމެން ބޭނުންވަނީ އެމީހުން ހިފާފައިވާ އަހަރެމެންގެ ސަހަރުތައް އަލުން ހޯދަން. އެ ބޭނުމަށްޓަކައި، 100 ކިލޯމީޓަރު ދުރަށް ފޮނުވައިލެވޭ ވަރުގެ ހަތިޔާރު އަހަރެމެން ބޭނުންވޭ."
އިތުރު ހަތިޔާރަށް ޔޫކްރޭން އެދެމުން ދާއިރު، އެ ގައުމަށް އިތުރު ހަތިޔާރު ފޮނުވުމަށް އެމެރިކާގެ ރައީސް މިހާރު ވަނީ ނިންމަވައިފަ އެވެ. މިފަހަރު އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ ހަތިޔާރުގެ ތެރޭގައި، އެމް142 ހައި މޯބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމް (ހިމާޒް) ހިމެނެ އެވެ. މި ނިޒާމުތަކުގައި ބޭނުންކުރުމަށް އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާނީ އެންމެ ދުރުވެގެން ވެސް 49 މޭލު ދުރަށް ފޮނުވައިލެވޭ ޒާތުގެ ރޮކެޓެވެ.
"ޔޫކްރޭނަށް ޒަމާނީ ހަތިޔާރުތައް ފޯރުކޮށްދިނުމުގައި އަހަރެމެން ދެމިތިބޭނަން. އޭގެ ތެރޭގައި ޓޭންކަށް ހަމަލާ ދޭ ޖެވެލިން މިސައިލާއި، މަތިންދާބޯޓަށް ހަމަލާ ދޭ ސްޓިންގާ މިސައިލާއި ބާރުގަދަ ބޮޑުބަޑި އާއި ފަހުގެ ރޮކެޓް ނިޒާމުތަކާއި ރާޑަރާއި ޑްރޯންގެ އިތުރުން އެމްއައި-17 މަރުކާގެ ހެލިކޮޕްޓަރާއި އޭގައި ބޭނުންކުރާނެ ވަޒަން ހިމެނޭނެ،" އެމެރިކާގެ ދުވަހު ނޫސް ނިއު ޔޯކް ޓައިމްސްގައި އިއްޔެ ޝާއިއުކުރެއްވި ލިޔުމެއްގައި ރައީސް ބައިޑެން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީރުބޮލު ވަޒީރު.
02 June 2022
އަދި ތިއަވަރަކުން ތިއަކަމެއް ނުނިމޭނެ. ތިއަތަނަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ސިފައިންވެސް ގޮސްގެން ނިމޭނީ. ކަލޭހުރޭ ސިފައިންގެ ހެދުމުގާ ފިލްމުކުޅެން. އަދި ތިއަތަނަށް ވަރަށް މުހިންު ދެމީހުން އެބަތިބި. ތިބީ ރާއްޖޭގައި. އެއީ މިތާއުޅޭ މޮޔަ ލެއްގި ކޮމިޝަނަރާއި ސަލީމް އިދުރީސް. ސިންގްގެ ދަތްޕިލަ ފެނިފަ ބިރުން ފިލައިގެން އުޅެނީ. ކުރީގާ ކިއި ސިންގާގެ ދަތެއް ނެތޭ. މިހާރު އެނގިއްޖެ ސިންގާގެ މުޅި އަނގަފުރާ ދަތްހުރިކަން.
އަފްރާސިޔާބު
01 June 2022
އަޅެ ކަލޭ ކޮންމެ ފަހަރަކު ނުކުމެ ކީކޭ ތިކިޔަނީ! ތިރޭޓުން ދަންޏާ ޔުކްރޭނުގައި ސިފައިންގެ މީހަކު ހުންނާނެބާ؟ ބުނާތީ އިވޭ މީހާރު ކޮނޑުމައްޗަށާއި މޭމައްޗަށް ބަރިބަރިއަށް މެޑެލް އަރުވައިގެން އުޅުނު މީހުން އެއެއްޗެހި އުކާލާފައި އާންމު ހެދުން އަޅައިގެން ފިލަން އުޅެނީއޭ. ކަލޭ ބުންޏޭ އެހެން އުޅޭ މީހުންނަށް އިތުރު އިންޒާރަކާނުލައި މަރުގެ ރަހަ ދައްކާލާށޯ! އެއީ ރަޝިޔާގެ އެޖެންޓުންނޭ.
ބީރުބޮލު ވަޒީރު
02 June 2022
100 ގެ ކޮމެންޓެއް.
ރަދީފްއޮފިޝަލް
01 June 2022
ނޫން.ރާއްޖޭގެ 02 އެޖެންޓުން (ސަލީމް އިދްރީސް އަދި ލެއްގިކޮމިޝަނަރ ) ބުނާގޮތުން ރަޝިޔާގެ 2000 މީހުން ދުވާލަކު މަރުވޭ.ޔުކްރެއިންގެ ސިފައިންގެ ގައިން ތަންކޮޅަކުން ތެޔޮހަން އެކަނި ދަނީ.އެމީހުންގެ ބައިޑެން ބޭބެގެ މޮޅުކަމުން ޔުކްރެއިން ފުނޑެނީ.އަދިވެސް އެމީހުން ތިބީ އަތް ޖަހަން.ނަމަވެސް އަހަރުމެންގެ ޕުޓިން ބޭނުންވަނީ އަވަހަށް މިކަންނިންމާ އަތް ދޮވެލަން.ވ.ވެދުން. @ބީރުބޮލުވަޒީރު
ހަޖަމްކުރޭ
02 June 2022
ކަލޭމެނަށް އެގުނަސް ނޭގުނަސް، ހަޖަމްވިޔަސް ނުވިޔަސް، ރަޝިޔާގެ ދުވަސް އެދިޔައީ، 3ވަނަ ދުނިޔޭގެ ފަޤީރު ޤައުމަކަށް ވެނިމޭނެ. އެމީހުންގެ ހަތިޔާރު ގަންނާނެ ބަޔަކު ނުވާނެ، އޭގެ ފެންވަރު އެގިއްޖެ. އަދި އެހެން ރިސޯސް ވިއްކިޔަނުދޭނެ. ޔުކުރެއިނަކީ ޖެހިގެން އޮންނަ ފަސްގަޑަކަށް ވާތީ، އޭއްޗެއް މީއްޗެއް ނުބަލާ، ހުރިހުރިހާ ވަސީލަތެއް ބޭނުން ކުރަމުންގޮސް ރަޝިޔާ އެއޮށް ހުސްވަނީ، ދެން ތެދުވަން 100 އަހަރު ފަހަރުގާ ބޭނުންވެދާނެ.
ބީރުބޮލު ވަޒީރު.
02 June 2022
އަހަރުމެން އޭރުވެސް ބުނިން މިހަނގުރާމަ ދިގުދެމިގެންދާނެ ވާހަކަ. މިއީ ހަމައެކަނި ޖޯގްރަފީ ގޮތުން ކުރެވޭ ހަނގުރާމައެއް ނޫން. ޔަހޫދީންނާއި ނަސާރާއިންނާގެ ޢަގީދާ އާއި ވެސް ގުޅިފައިވާ ހަނގުރާމައެއް. ކަޅު ފެންގަނޑަކަށް އިރު އޮއްސުން ވާހަކަ ސޫރަތުލް ކަހުފުގައި އޮވޭ " ކަޅު ކަނޑު' ބުލެކް ސީ" ގެ ބާރު ހޯދަން އެއީ ބޭނުން. ޔަހޫދީ ޒެލެންސްކީ ވެރިކަމަށް ގެނައީ ޔަހޫދީން ބިލިއަން ޑޮލަރު ހަރަދުކޮށްގެން. ލެއްގި ކޮމިޝަނަރާއި ސަލީމް އިދުރީސަށް ނޭގުނަސް.