އައްޑޫ ސިޓީ ސްކެއާ. ފޮޓޯ/ ކައުންސިލް.
02 ޖޫން 2022 - 10:24
އައްޑޫ ފޭދޫގެ ދެ ގްރޫޕެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ދެ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި އުމުރުން 19 އަހަރުގެ ޒުވާނެއްގައި ގައިގައި ތަޅައި އަނިޔާކޮށްގެން، ހިތަދޫގައި ހުންނަ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އެ އަނިޔާތަކުގައި ފިރިހެންމީހާގެ ސިކުނޑިއަށް ލޭ އެޅިފައި ހުރުމުން އިއްޔެ ވަނީ އިތުރު ފަރުވާ އަށް މާލެ ގެނެސްފަ އެވެ.
އޭނާ އަށް އައިޖީއެމްއެޗްގައި އަންނަނީ އިތުރު ފަރުވާ ދެމުންނެވެ.
އޭގެ ފަހުން ރޭ ދަންވަރު 3:10 ހާއިރު ފޭދޫގައި ހިންގި މާރާމާރީގައި އުމުރުން 21 އަހަރުގެ މީހަކަށް ވެސް އަނިޔާ ވެގެން އައްޑޫ ހޮސްޕިޓަލްގެ އައިސީޔޫގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ވެސް ސީރިއަސްކަމަށް އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އެ ހަމަލާތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ބެލިބެލުމުގައި މާރާމާރީތަކާ މަސްތުވާތަކެއްޗާ ގުޅުން އެބަހުރި ކަމަށެވެ. އެ މައްސަލަތައް އިތުރަށް ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
02 June 2022
ފޭދޫ މީހާ ތޯ ކޮބާ؟؟
ރުޅިގަދަ އާބިދު
02 June 2022
ގޭންގުތަކުގެ ހަރަކާތް މާލެއިން ބޭރަށް ފުޅާވެ އެހެން ބޮޑެތި އާބާދީތަކުގަ ވަރުގަދަ ވަމުންދަނީ. މިކަން މިހެން ވަނީ މަސްތުވާތަކެތި ވިއްކުމުގައި ސިޔާސީ މީހުންތައް ވެސް ބައިވެރިވާތީ. ސިޔާސީ ބާރުވެރިކަން ހޯދުމުގައި ގޭންގުތަކުގެ އެހީ ހޯދާތީ. ކޯޓުތަކުން މާފަސޭހައިން ދޫވާތީ. ކުށްވެރިން ލޫޕްހޯލްތައް ބޭނުންކޮށްގެން ދޫކުރަން ބައެއް ގާނޫނީ ވަކީލުން މަސައްކަތް ކުރާތީ
ޝިނާޒް
02 June 2022
ޕޮލިސް: ލައިސަންސް، އަހަރީ ފީ؟
ރަދީފްއޮފިޝަލް
02 June 2022
ސްޓިކާ ، ލައިޓް ، އިންޝުއަރެންސް. #ވީވަރަކުން
ހަމް678
02 June 2022
ހާސް ނުވޭ ރައްޔިތުން. ފުލުންގެ ޕެރެޒެންޓޭޝަންގަ މިބައި ހިމަނާފަ އަދި ދައްކާނެ. ފަހަރެއްގަ ކުޑަ ޑްރާމާއެއްވެސް ހަދާފަ ދައްކަފާނެ. ހާސް ނުވޭ.
ބާބޫ
02 June 2022
ކައިވަތެއް ވަރު ބިންކޮޅެއްގައި މާރާމާރީ އާއި ޓެކުމާއި ފޭރުމާއި ހެއްދެވިހާ ނުބައިކަން ކުރާއިރު ފުލުހުންގެ މަސައްކަތް ރަގަޅަށް ކުރާކަމަކަށް ނުބެލެވޭ. ފުލުހުން މަސައްކަތް ނުކުރަނީ ނޫނީ އެމީހުންގެ މަސައްކަތައް މަތިފަޑީގެ ބަޔަކު ހުރަސް އަޅަނީ.....
ރަދީފްއޮފިޝަލް
02 June 2022
ފޮޓޮއިން އެފެންނަނީ އައްޑު އަތޮޅަށް އެމްޑީޕީ ސަރުކާރުން ވޭތެވެދިޔަ 03 އަހަރު ގެނެވުނު އެންމެ ބޮޑު ތަރައްގީ.ގިނަ ރައްޔަތުން ވެސް ތިބެނީ މިމިންވަރަށް ރުހި ގަބޫލުވެގެން.ހެހެހެހެހެހެ.ވ.ވދުން #ކޮސްބެރާ
ރަދީފްއޮފިޝަލް
02 June 2022
މިފަދަ ނޭއްގާނީ އަމަލުތަކުން ދުރުހެލިވެ ދީނަށްލޯބިކުރާ ހަރުދަނާ ބަޔަކަށް ވުމަށް މިސްރާބް ހިފައިގެން ކުރިއަށް ދިޔުމަށް ހުރިހާ ޒުވާނުންނަށް ނަސޭހަތްތެރިވަން..ވ.ވެދުން