އަސްލަމް މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ:
02 ޖޫން 2022 - 12:18
ހަ ސަރަހައްދެއްގައި އެއާޕޯޓު ހަދަން މިދިޔަ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރި އިއުލާނާ ގުޅިގެން 12 ޕްރޮޕޯސަލެއް ލިބިފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަހީމް ސާފުކުރައްވަން ބޭނުންވީ ށ. ބިލެތްފަހީގައި ރިސޯޓެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދަކަށް ވާއިރު، އެ އެއާޕޯޓުގެ މަސައްކަތް ފެށޭނެ ތާރީހާއި މަސައްކަތް ގޮސްފައިވާ ހިސާބެވެ.
އަސްލަމް ވިދާޅުވީ ބިލެތްފަހީގައި 1،200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެއް އެޅުމަށް ވާނީ ޑިޒައިން ކޮށްފައި ކަމަށެވެ. އެ ރަންވޭ އަޅަން ޖެހެނީ ހިއްކައިގެން ކަމަށާއި އެ މަޝްރޫއަށް 23 މިލިއަން ޑޮލަރު ހޭދަވާ ކަމަށް ވިދާޅުވި އެވެ.
ހަ އެއާޕޯޓެއް ހެދުމުގެ އިއުލާނުގައިވާ ގޮތުން، އެއާޕޯޓްތައް ހަދަން ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއުގެ މުގާބިލުގައި ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް/ ބިން ނުވަތަ ފަޅުގެ އިކްއިޒިޝަން ކޮސްޓާއި އެ ތަނުގެ ބިމު ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދުން އުނިކޮށްދޭނެ އެވެ.
"ސަރުކާރުން އަޅުގަނޑު ކުރިން ދެންނެވި ހަ އެއާޕޯޓުގެ ތެރެއިން ފަސް އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ކްރޮސް ސަބްސިޑީ މޮޑެލަކުން އެ މަސައްކަތް ކުރެވިފައި ވާނެ. ރާއްޖޭގެ ފަޅުރަށްތަކުގެ ތެރެއިން ރިސޯޓު ހެދުމަށްޓަކައި އެކުއިޒިޝަން ކޮސްޓެއް ދައްކަވާފައި ފަންޑަކަށް އެ ލާރި ޖަމާކުރުވީ،" އަސްލަމް އިއްޔެ ވިދާޅުވި އެވެ.
އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ކޮންމެ ރަށަކަށް މަދުވެގެން ފަސް މިލިއަން ރުފިޔާ ދައްކަން ޖެހޭ ގޮތަށް ކުރިން ސަރުކާރުން ކަނޑައެޅި އެވެ. ނަމަވެސް އެއްބާރުލުން ކުޑަވުމުން ތިން މިލިއަން ރުފިޔާ އަށް އެ ކޮސްޓު ކުޑަކޮށްފައި ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އޭގެ ފަހުން 12 ޕްރޮޕޯސަލެއް ލިބި، އަޅުގަނޑުމެންނަށް ޕްރޫފް އޮފް ފައިނޭންސް ހުރި ކަމަށް ލިބިފައި ހުރި ޕްރޮޕޯސަލްތަކުގެ ޖުމުލަ އަދަަދު 25 މިލިއަން ޑޮލަރު އެބަވޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، އެއާޕޯޓްތައް ހެދުމުގެ ގާބިލްކަން ހުރި މީހުންނާއެކު 45 ދުވަހުގެ ތެރޭގައި އެމްއޯޔޫއެއްގައި ސޮއިކުރާނެ އެވެ. އޭގެ ފުރަތަމަ އެއްބަސްވުމުގެ ޑްރާފްޓު މިހާރު އެޓާނީ ޖެނެރަލްގެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެއީ ގޮސްފައި އޮތް ހިސާބަކީ. އަޅުގަނޑުމެންނަށް ފަންޑު ލިބޭނެ ކަމަށް އުންމީދުކުރަނީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ ބަޖެޓުން އެފަދަ މަސައްކަތްތައް ކުރަން ދަތިތަކެއް ހުންނަ ކަމަށާއި އިތުރު ގޮތަކުން ފަންޑު ހޯދަން ނިންމީ އެހެންވެ ކަމަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މި ދައުރުގައި ހަ އެއާޕޯޓު އަޅާ ނުނިމޭނެކަން ޔަގީންވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"އޭގެ ތެރެއިން ހަ އެއާޕޯޓް އަޅުގަނޑަށް ޔަގީން އަޅާ ނުނިންމޭނެ ކަން. އެކަމަކު އެ މަސައްކަތް ހަރު ތަނެއްގައި ޖައްސައިިފިއްޔާ އަޅުގަނޑަށް ޔަގީން ކުރިއަށް ދާނެކަން،" އޭނާ ވިދާޅުވި އެވެ.
މިދިޔަ މާޗު މަހު ވެސް މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ޕްރޮޕޯސަލްތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ބަޔަކާއެކު އެއްބަސްވުމެއް ހަދާފައި ނުވާ ކަމަށް އެ ފަހަރު ވިދާޅުވި އެވެ.
މިނިސްޓަރު އެ ދުވަހު ވިދާޅުވީ، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ނުވާ ނަމަ ދައުލަތުގެ ބަޖެޓުން ވެސް އެކަން ކުރާނެ ކަމަށެވެ.
• ހދ. މަކުނުދޫ - 23.3 މިލިއަން ޑޮލަރު • ށ. ބިލެއްފަހި - 23.6 މިލިއަން ޑޮލަރު • ބ. ތުޅާދޫ - 21.9 މިލިއަން ޑޮލަރު • ތ. ވިލުފުށި - 33.3 މިލިއަން ޑޮލަރު • ފ. މަގޫދޫ - 8.2 މިލިއަން ޑޮލަރު • ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއް - 23.6 މިލިއަން ޑޮލަރު
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަވަރު ތިނަދޫ ރަށުކައުންސިލް
03 June 2022
ފަރެސްމާތޮޑާ އަސްލަމްއެވެ އަހަރުމެންނަށް ވަރިހަމައޭ ދުވަހަކު އެއާޕޯޓެއް ނޭޅިޔަސް ބުރިޖެއް ނޭޅިޔަސް އަހަރުމެން މިއުޅެނީ ވަންނާނެ ބޯހިޔާވަހި ކަމެއް ނެތިގެންނޭ. ކީއްވެހޭ ހަވަރު ތިނަދޫގަ ޔާމިނު ސަރުކާރުން ހިއްކާފަ އޮތް މާސިންގާބިމުން ގޯތި ދޫކުރަން ހުއްދަނުދެވިގެން ތިއުޅެނީ. ތިނަދޫ ކައުންސިލުން ބުނަނީ އަސްލަމު ހުއްދަނުދީގެންނޯ. މިއީ އެމްޑީޕީ ހަލާކުކުރަން އެމްޑީޕީ އެތެރެއިން ބަޔަކު ސަރުކާރުގައި އަޅުވައިގެން އުޅޭ ކަތުރު ފަންޏެއްކަމަށް ލަފާކުރެވޭ
8990
03 June 2022
އެއަރޕޯޓެށް ބޭނުމެއްނޫން ކަލޭމެން ތިޔަ އުޅެނީ ޤައުމު ބަނޑަށް ޖައްސަންތަ؟
އަސްލުމީހެއް
02 June 2022
މިހާވަރަށް އެެއަރޕޯރޓްއަޅަން މިރާއްޖޭގަ ބިންއެބައޮތްބާ؟
ޕްލެޓުފޯމު
02 June 2022
އެއަރޕޯޓު އަޅަނީ ކޮންބައެއްގެ އެދުމަކަށްތެ. ތިޔަކަން ހުއްޓާލަފައި ރުއްގަސްނުކަނޑާ ޤައުމުގެ ރައްތައް ތިރިއަރުވާނުލައި ސީޕްލޭން އުދުއްސަދީބަލަ. ތިފޔލައިޓުން ތަންތަނަށް ދަތުރު ކުރަންޖެހޭ ހާލުގެ ވާހަކަ މިކިޔައިދެނީ. ހަނިމާދޫއަށް ދާމީހާ މަޑިވަރަށް މާފަރަށް ފަރުކޮޅާށް ޖައްސާ ފުލައިޓު ދާންޖެހެނީ. ޓިކެޓަކަށް އެދޭއިރު ޖާގަ އޮންނަނީ ފުލް ވެފައި. ދާމަގުމަތިންނާ އަންނަ މަގުމަތިން މީހުން ހޮވައިގެން މީހަކަށް ކޮންފަސޭހައެއްވާނީ.
ޙަބީބު
02 June 2022
މިދުވަސްކޮޅު އެއާޕޯޓު އެޅުން މަޑުޖައްސާލުމައް އެދެން ސަބަބަކީ ދުނިޔޭގެ އިގްތިސާދައް ވަރައް ބޮޑު ބަދަލެއް އެބައާދޭ ރާއްޖެޔައް ގެސްޓުން އަންނާތީ ކަމައްބުނެ ލިބޭހާ އާމްދަނީ ތިގޮތައް އެއާޕޯޓު އިތުރުކުރަން ހޭދަކުރުމައްވުރެ މިހާރު ހުރި އެއާޕޯޓުތަކުގަ ލައިޓު ހަރުކޮއް ފެންސްޖަހާ އިތުރު ފުލައިޓް ޖެއްސޭނެ ގޮތެއް ހެދުންމާރަނގަޅު ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ
ދޮންބެއަލީ
02 June 2022
ނުވާނެ ނުކުރެވޭނެ ނުނިމޭނެ ކިޔާ މިނިސްޓަރަކީ ކޮބާތޯ؟ ވ. ސަލާމް ފެއިލް
ކޫލާންސިޓީ
02 June 2022
ކުދިކުދި ރަށްރަށުގެ ފަޅު ހިއްކައިގެން ބޮޑެތި އެއަރޕޯޓްއެޅީމަ އަންނަންއޮތް ޖީލްތަށް ދިރިއުޅެން ގެދޮރުއަޅަނީ ކޮންތާކުތަ؟ ޕްރޮޖެކްޓުން މަށަށް ލިބޭނެ އެއްޗަކަށް މިމިސްމީހުން ވިސްނަނީ. ރަށްޔޮތުން ވިސްނަނީ ނޭފަތުކުރިއަށް ދޯ ވިސްނަނީ. ސީޕްލޭން ބޭނުންކުރެވޭނެ ފަޅު ހަލާކުނުކުރިޔަސް.
ރުޅިގަދަ އާބިދު
02 June 2022
ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން. އަދި ކޮންމެ ވައުދެއް ވަނީ ކޮންމެހެން ފުއްދުމުގެ މަގުސަދުގައެއް ވެސް ނޫން
ލަތީފާ
02 June 2022
އެންމެ ނާގާބިލް ވަޒީރު! ނަޝީދުކޮޅަށް ވެސް ފައިލާގެން މާ ޓެކްނިކަލް މީހަކަށް ހެދިގެން އުޅޭ ހުސް ވައި އަނގަ ތަޅާ މީހެއް! ހުރިހާ މަސައްކަތެއް ކުރަނީ އަކުރަމް އަދި އެންޒޯ! މީނަގަ ކަމަކީ ފޯނުން ފޮނި ބައިސާ ކެނޑުން! ދެން ސާބެއަށް ފައިދާވާ ޕުރޮޖެކްޓް ދިނުން
މަޝީނާ
02 June 2022
އީވާގެ ބޯއެއް އަސްލަމަކީ! ނުކެރޭނެ އީވާ ނުރުހޭ ކަމެއް ކުރަން! ވަރަށް ވާހަކަ
tharaggee my foot
02 June 2022
"ޓިމް ބީއެމްއެލްއާ ވަކިވެ ވަޑައިގަންނަވަނީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެދާނެ ނުރައްކާތެރި އިންޒާރުތަކެއް ވެސް ދެއްވައިފަ އެވެ. މި ހަފުތާގައި ބޭއްވި، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ އިގްތިސާދަށް އަންނަ އިގްތިސާދީ ކަޅު ވިލާގަނޑު ރާއްޖެ އަށް ފޯރުމުގެ ފުރުސަތު އެބައޮތެވެ. އަދި އެއީ ތައްޔާރުވެ ތިބެން ޖެހޭ ކަމެއް ކަމަށް ވެސް ވިދޅުވި އެވެ."