ޑރ. މޫސަ އިންޑިއާ އަށް ފުރާވަޑައިގަތުމުގެ ކުރިން، އައިޖީއެމްއެޗުގެ ސީއީއޯ ސަލީމް އަދި އެ ހޮސްޕިޓަލްގެ އެހެން ވެރިއަކާއެކު ފޮޓޯއެއް ނަންގަވަނީ.---ފޮޓޯ: އައިޖީއެމްއެޗް
02 ޖޫން 2022 - 12:09
ކްރިޓިކަލް ކެއާ އިން ހާއްސަވުމަށް އައިޖީއެމްއެޗުގެ ޑރ. މޫސާ ހުސައިން ދެ އަހަރު ދުވަހަށް އިންޑިއާ އަށް ފުރާވަޑައިގެންފި އެވެ.
ފުއްޕާމޭގެ ޑޮކްޓަރެއްގެ ގޮތުގައި އެ ހޮސްޕިޓަލްގައި މިދިޔަ ހަތް އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ޑރ. މޫސަ އައިޖީއެމްއެޗުގެ ހަރަދުގައި ކިޔަވާ ވިދާޅުވާނީ ބޮމްބޭގެ ޓާޓާ މެމޯރިއަލް ހޮސްޕިޓަލްގަ އެވެ. އޭނާ ކްރިޓިކަލް ކެއާ އަށް ހާއްސަ ވުމަށް ކިޔަވައި ވިދާޅުވާނީ އައިޖީއެމްއެޗުގެ ހަރަދުގަ އެވެ.
ކްރިޓިކަލް ކެއާގެ ހާއްސަ ޑޮކްޓަރަކަށް، އދ. ދަނގެއްޗަށް އުފަން ޑރ. މޫސަ ވުމުން، އޭނާ ވާނީ އެ ދާއިރާއިން ހާއްސަވާ ދިވެހި ފުރަތަމަ ޑޮކްޓަރަށެވެ. ރާއްޖޭގައި މިހާރު ކްރިޓިކަލް ކެއާ އަށް ހާއްސަ ޑޮކްޓަރެއް ނެތެވެ.
ފުއްޕާމޭގެ ޑޮކްޓަރެއްގެ ގޮތުގައި ޑރ. މޫސަ އައިޖީއެމްއެޗުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ވެސް އޭނާ ވަނީ އައިސީޔޫ ކެއާ މެނޭޖްމަންޓްގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފަ އެވެ. ހާއްސަކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އެ ހޮސްޕިޓަލްގެ ކްރިޓިކަލް ކެއާގައި މީހުންނަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވީ ވެސް ޑރ. މޫސަ އެވެ.
އޭނާ ގެންދަވަނީ އަމިއްލަ ރަށުގައި މަލްޓި ސްޕެޝަލިޓީ ކްލިނިކެއް ވެސް އޮގަސްޓް 2018 އިން ފެށިގެން ހިންގަމުންނެވެ. އެއީ ބައްޕަ ހުސައިން އަބްދުއްސަމަދުގެ ހަނދާނުގައި ޑރ. މޫސަގެ އަމިއްލަ ހަރަދުގައި ހެދި ކްލިނިކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމެންޓޭ1
02 June 2022
އަބަދު މިއިވެނީ އެއްބަޔަކު ހުރިހާ ތަމްރީނުތަކެއް ހަދަން ދާންޖހޭ ވާހަކަ އިހަކަށް ދުވަހަކު އެކަކު ޑުބާއީ އަށް ނައްޓާލައިފެ. ގިނަ ބަޔަކަށް ފުރުޞަތު ތައް ދެވެންޖެހޭ
ކީކޭ
02 June 2022
ދެމީހަކު ދިޔައީ ދެ ފުރުސަތެއްގައި. ގިނަ ބަޔަކު އެއް ސީޓަކަށް ފޮނުވޭނީ ކިހިނެއް؟؟؟ ދެން އަންނަ ފުރުސަތެއް އަނެއްކާވެސް އެހެން މީހަކަށް ނޫންތަ ލިބޭނީ.
ރާއްޖެ
03 June 2022
ޑުބައި އަށް ދިޔަ މީހަކު ދިޔައީ އަމިއްލައަށް އެތާ ދިރިއުޅެން.
އަބީވައްގާސް ް
02 June 2022
މަރުހަބާ، ޕީޕީއެމުންހެދި ދަރުމަވަންތަ ހޮސްޕިޓަލްއަކީ މެޑިކަލް ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔަ މަސައްކަތް
ކީކޭ
03 June 2022
އޭރުވެސް އަދިވެސް އިންޑިޔާ މީހުން ދިން އައިޖީއެމްއެޗް އިން ދިވެހިންނަށް މެޑިކަލް ދާއިރާ ކިޔާން އެގުނީ. ތި ތަނަކީ އައިޖީއެމްއެޗް ކުޑަވުމުން އައި ބައެއް. އައިޖީއެމްއެޗާއި އިންޑިޔާގެ އެހީތެރިކަން އޭރުވެސް އަދި މިހާރުވެސް ލިބެމުން ދަނީ،
ވޯލް
02 June 2022
މީގެ އެންމެ މުހިންމު ވާހަކަ ނެތް، ދައުލަތުގެ ކަރަދުގައި ކިޔަވާ ދިނީމަ، ދައުލަތަށް ޚިދުމަތް ކުރަންޖެހެނީ ކިހާ ދުވަހަކުތޯ. ދެން އޮތީ 7ސްޓާރ ރިސޯޓް ހުންނަ ޤައުމެއްގައި ކްރިޓިކަލް ކެރ ގެ ރޮގުން ތަމްރީނުވެފަ ހުރި ހަމަ އެކަކުވެސް ނެތް. ނިމިދިޔަ ސަރުކާރުތަކުން ޤައުމު ކުރިއަރުވަން މަސައްކަތް ކުރެވިފަ އޮތް ވަރު މި ފެންނަނީ.
ކާމިޔާބަށް އެދެން
02 June 2022
ޑރ. އަށް ކާމިޔާބު މިންވަރުކުރައްވާށި. އާމީން.
ޖަމީލުބެ
02 June 2022
ﷲ ތިކަން ކާމިޔާބު ކޮށްދެއްވާށި. އާމީން
މާކުންބޭ
02 June 2022
މޫސަ ފުރުމުން ވަރަށް ގެއްލުން ދައްކާނެ އެހެން ނަމަވެސް ވީހާވެސް އަވަހަކަށް ކިޔެވުމަށްފަހު ރާއްޖެއަށް ވަޑައިގަތުމަކީ ޤައުމަށް މުހިއްމު ކަމެއް، ގިނަ މީހުން ކިޔެވުމުމަށްފަހު މޮޅެތި ޤައުމުތަކަށް ގޮސް ޤައުމަށް ދޯކާދެނ/ީ، ޙާއްޞަކޮށް ޑޮކްޓަރުން، މޫސައަކީ މިހާރުވެސް އެފަދަ މިހެއް ނޫން އެހެން ކަމުން ދެންވެސް އެގޮތަށް ނަހަދާނެކަމަށް އުއްމީދުކުރަން
ރަދީފްއޮފިޝަލް
02 June 2022
ގުޑް ލަކް ޑރ.މޫސާ ހުސައިން.