ރިޕޯޓް / ކިޑްނީ

ދެ ޑޮކްޓަރެއްގެ ކަންބޮޑުވުން: ކިޑްނީގެ ބަލީގެ ހާލަތު ވަރަށް ނުރައްކާ!

ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ އަޅާ ބަލާއިރު، އާބާދީގެ ނިސްބަތުން ރާއްޖޭގައި ކިޑްނީގެ ބަލިތައް އޮތީ ނުރައްކާތެރި ހާލަތެއްގައި ކަަމަށް ޓްރީ ޓޮޕްގެ ތަޖުރިބާކާރު މި ދެ ޑޮކްޓަރުން ވިދާޅުވޭ. އޭގެ ބައެއް ސަބަބުތައް ވެސް އެ ބޭފުޅުން ވިދާޅުވެދެއްވި.

ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް އާދަޔާ ހިލާފަށް އިތުރުވަމުންދާ އިރު މި ބަލިތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ފެއިލްވެ ޑައިލިސިސް ހަދަން ޖެހޭ މީހުން ގިނަވަމުން އަންނަ އިރު މިފަދަ ބަލީގެ ޝިކާރަކަށް ގިނަ އަދަދެއްގެ ޒުވާނުން ވެ، ފަރުވާ އަންނަނީ ހޯދަމުންނެވެ.

ރާއްޖޭގައި ކިޑްނީ ބަލީގެ ހާލަތު އެންމެ ގާތުން ފެންނަ އެއް ބޭފުޅަކީ ޓްރީ ޓޮޕްގެ ނެފްރޮލިޖިސްޓް ޑިޕާޓްމެންޓުގެ މެޑިކަލް ޑައިރެކްޓާ ޑރ. ވްލަޑަން ނޮޓެކް އެވެ. ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ކިޑްނީގެ ބޮޑެތި މައްސަލަތަކައިގެން އެ ހޮސްޕިޓަލަށް ދާއިރު އޭގެ ތެރެއިން އެތައް ބަޔަކުގެ ކިޑްނީ ފެއިލްވެ، ޓްރާންސްޕްލާންޓް ކުރަން ޖެހޭ ހާލަތުގައި ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް ދިމާވާ ޕޭޝަންޓުންގެ މި ބަލި ފާހަގަ ވަނީ އެޑްވާންސް ސްޓޭޖެއްގައި. އޭގެ މާނައަކީ އެ ބަލި ހުންނަކަން އެނގެނީ ވަރަށް ސީރިއަސް ހާލަތަކަށް ދާ ފަހުންނޭ. މިއީ ދިމާވާ އެންމެ ބޮޑު އެއް މައްސަލަ،" އޭނާ ވިދާޅުވި އެވެ.

ޑރ. ވްލަޑަން ވިދާޅުވީ، ކުރިއާލައި ކިޑްނީގެ މައްސަލަތައް ދެނެގަނެވޭ ނަމަ ރާއްޖޭގައި ކިޑްނީ ފެއިލްވާ މީހުންގެ އަދަދު މަދުވާނެ ކަމަށެވެ. އަދި ޑައިލިސިސްއާ ހަމައަށް ނުގޮސް ބަލިން ސަލާމަތްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް އާސަންދަ ހޯދުމަށް ގޮސް ތިބި ބައެއް-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގިނައިން ބަލި ފާހަަކުރެވެނީ ސީރިއަސްވާ ހިސާބުން

ކިޑްނީ ފެއިލްވެ، ޓްރާންސްޕްލާންޓް ހަދަން ޖެހެނީ އެ ބަލީގެ އެންމެ ފަހު މަރުހަލާގަ އެވެ. ސޯޝަލް މީޑިއާ އަށް ބެލިއަސް ކިޑްނީ ފެއިލްވެ، ފަރުވާ ހޯދަން އެހީ އަށް އެދޭ މީހުންގެ އަދަދު ވެސް ވަރަށް ގިނަ އެވެ. އޭގެ ތެރޭގައި ޒުވާނުން ގިނަ އަދަދަކަށް ހިމެނެ އެވެ.

ޑރ. ވްލަޑަން ވެސް ފާހަގަކުރެއްވި އެއް ކަމަކީ، ކިޑްނީ ބަލިތައް ކުރިއާލައި ދެނެގަނެވިއްޖެ ނަމަ، ކިޑްނީ ފެއިލްވެ، ޓްރާންސްޕްލާންޓް ކުރަން ޖެހޭ ހަލާތަށް ނުގޮސް ސަލާމަތް ކުރުމުގެ ފުރުސަތު ބޮޑު ކަމެވެ.

އޭނާ ވިދާޅުވީ، ޔޫރަޕާ އަޅާބަލާ އިރު ކިޑްނީ ބަލީގެ އެންމެ ސީރިއަސް ހާލަތަށްދާ ދިވެހިންގެ އުމުރު ހަގު ކަމަށެވެ. ކިޑްނީ ބަލީގެ ގިނަ ޕޭޝަންޓުންނަކީ 40 އަހަރު ވެސް ނުވާ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ޑައިލިސިސް ހަދާ ވަރަށް ގިނަ ޕޭޝަންޓުން އެބަތިބި. ޔޫރަޕާ އަޅާ ބަލާއިރު ރާއްޖޭގައި ޑައިލިސިސް ފަރުވާ ހޯދާ ޕޭޝަންޓުންނަކީ 10-15 އަހަރު ހަގު މީހުން."

"ރާއްޖޭގައި ޑައިލިސިސް ހަދާ ވަރަށް ގިނަ ޕޭޝަންޓުން އެބަތިބި. ޔޫރަޕާ އަޅާ ބަލާއިރު ރާއްޖޭގައި ޑައިލިސިސް ފަރުވާ ހޯދާ ޕޭޝަންޓުންނަކީ 10-15 އަހަރު ހަގު މީހުން. އެހެން އެވަނީ ކިޑްނީ ބަލިތައް ދެނެގަނެވޭ ސްޓޭޖް ލަސްވުމުން،" އޭނާ ވިދާޅުވި އެވެ.

ސްކީރިން ގައުމީ ފެންވަރެއްގައި ހިންގަން ޖެހޭ

ޑައިލިސިސް ހެދުމަށް މީހަކު އަތަށް ހޮޅި ގުޅުމުގެ ކުރިން ބޭހެއް އުނގުޅަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ބަލިތައް ގިނަ ފަހަރަށް ފާހަގަކުރެވެނީ އެންމެ ފަހު މަރުހަލާތަކުގައި. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. މިހެން ވަނީ ބައްޔަށް އަވަހަށް ސްކްރީން ނުކުރެވޭތީ. އާންމުކޮށް ކިޑްނީ ބަލިތަކުގެ އަލާމާތްތައް ފެންނާނީ ވަރަށް ސީރިއަސްވާ ފަހުން. ބައްޔަށް ސްކްރީން ކުރާ ނަމަ އަވަހަށް ދެނެގަނެވޭ،" އޭނާ ވިދާޅުވި އެވެ.

ކިޑްނީ ބައްޔަށް ސްކްރީން ކުރެވޭނެ ހުރިހާ ހިދުމަތެއްހެން ރާއްޖޭގެ ބައެއް ހޮސްޕިޓަލްތަކުގައި، ދެ އެވެ. އޭގެ ތެރޭގައި ޓްރީ ޓޮޕް ވެސް ހިމެނެ އެވެ. ކިޑްނީގެ ހާލަތު ދެނެގަތުމަށް ހަދާ ބައޮޕްސީ ވެސް ޓްރީ ޓޮޕުން ހެދެ އެވެ. އެކަމަކު ބައޮޕްސީގެ ނަތީޖާ ދެނެގަންނަނީ ބޭރަށް ފޮނުވައިގެންނެވެ.

"މިދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް މަދުވެގެން ފަސް ވަރަކަށް ޒުވާން [30-40 އަހަރުގެ] ޕޭޝަންޓުންނާ ދިމާވި، ކިޑްނީ ބަލީގެ ސީރިއަސް ހާލަތުގައި ހުއްޓާ ބަލި ޖެހިފައިވާކަން އެނގުނު."

"ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި ވެސް މަދުވެގެން ފަސް ވަރަކަށް ޒުވާން [30-40 އަހަރުގެ] ޕޭޝަންޓުންނާ ދިމާވި، ކިޑްނީ ބަލީގެ ސީރިއަސް ހާލަތުގައި ހުއްޓާ ބަލި ޖެހިފައިވާކަން އެނގުނު. އެހެންވީމަ ކިޑްނީ ބަލިތައް އަވަހަށް ދެނެގަތުން ވަރަށް މުހިއްމު. އޭރުން ބަލިން ރައްކާވުމަށް އެހީވާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކިޑްނީ ބަލި ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް އިތުރުވަމުން ދާ ކަމަށް ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަކުރި ނަމަވެސް، އެއް މައްސަލަ އަކީ އޭގެ ރަސްމީ ޑޭޓާތައް ނެތުމެވެ.

ޖާޔާ ވިދާޅުވީ، ކިޑްނީ ބަލި ހުރިކަން ފާހަގަކުރެވިފައިވާ މީހުން ބަލީގެ ހާލަތު ދެނެގަތުމަށް ގަވައިދުން ސްކްރީން ކުރަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، 30 އަހަރުން މަތީގެ ކޮންމެ މީހަކު ވެސް ކިޑްނީގެ ހާލަތު ބަލަން ޓެސްޓު ކުރުން ވަރަށް މުހިންމު ކަމަށެވެ.

"މި ޓެސްޓު އަހަރަކު އެއް ފަހަރު ނުވަތަ ދެ އަހަރުން އެއް އަހަރު ތަކުރާރު ކުރަން ވާނެ. އަދި ކިޑްނީގެ ބައްޔެއް ހުރި ކަމަށް ދައްކާ ނަމަ ކޮންމެ ތިން މަހަކުން ސްކްރީން ކުރަން ޖެހޭނެ،" އޭނާ ވިދާޅުވި އެވެ.

އުމުރުން 22 އަހަރުން އިން މަތީގެ މީހުން ވެސް ކިޑްނީ ބަލިތައް ދެނެގަންނާނެ ބޭސްލައިން ޓެސްޓެއް ހެދުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ. ކިޑްނީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ޑޮކްޓަރު ފާހަގަކުރެއްވި ބައެއް ކަންކަން މި ވަނީ އެވެ؛

ކިޑްނީ ބަލީގެ ބައެއް އަލާމާތްތައް

- ފައި ދުޅަވުން

- ކުޑަކަމުދާ އިރު ލޭ ފެނުން

- ލޯ ދުޅަވުން

- ކާހިތްނުވުން

- ހޮޑުލެވުން

- މޭނުބައި ކުރުން

ޖާޔާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކިޑްނީ ބަލިތަކުގެ ހާލަތު އެންމެ ފުރިހަމައަށް ދެނެގަތުމަށް ދިރާސާއެއް ކުރުން ވަރަށް މުހިއްމު ކަމަށެވެ. މިފަދަ ދިރާސާއެއްގެ އަލީގައި މި ބަލި ޖެހޭ ސަބަބުތައް ދެނެގަނެވި، ބަލިން ރައްކާތެރިވުމަށް މަގުފަހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަކީ ހޫނު ގައުމަކަށް ވާތީ، ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުލިބުމަކީ ވެސް ކިޑްނީގެ ބަލިތަކަށް ހުށަހެޅިދާނެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފާހަގަކުރެވޭ އެއް ސަބަބަކީ ރާއްޖެއަކީ ހޫނު ގައުމަކަށްވުން. ހޫނު ގައުމުތަކުގައި ފެންނަ އެއް ބައްޔަކީ ނީސޯއެމެއިކަން ނެފްރޮޕަތީ. މިއީ ޑީހައިޑްރޭޓްވުމުން ކިޑްނީއަށް ޖެހޭ ބައްޔެއް. އެހެންވީމަ މި ބަލި ކިޑްނީ ބަލިތަކާ ގުޅިފައި ވެސް އޮވެދާނެ."

"އަޅުގަނޑަށް ފާހަގަކުރެވޭ އެއް ސަބަބަކީ ރާއްޖެއަކީ ހޫނު ގައުމަކަށްވުން. ހޫނު ގައުމުތަކުގައި ފެންނަ އެއް ބައްޔަކީ ނީސޯއެމެއިކަން ނެފްރޮޕަތީ. މިއީ ޑީހައިޑްރޭޓްވުމުން ކިޑްނީއަށް ޖެހޭ ބައްޔެއް. އެހެންވީމަ މި ބަލި ކިޑްނީ ބަލިތަކާ ގުޅިފައި ވެސް އޮވެދާނެ. މިއީ ރާއްޖޭގައި ކިޑްނީ ބަލި އާންމުވާ އެއް ސަބަބަށް ވެސް ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ކިޑްނީގެ ބަލިތައް ދަނީ އާންމުވަމުންނެވެ. އެކަމަކު އެ ބައްޔަށް ހޭލުންތެރި ކުރުވުމަށް ކުރެވޭ މަސައްކަތްތައް ވަރަށް މަދެވެ.

ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި ކޮންމެ ބައްޔެއްގެ ވެސް، އެ ބައްޔެއް ކުރީކޮޅުގައި ދެނެގަނެވިއްޖެ ނަމަ ފަރުވާކޮށްގެން ރަނގަޅު ކުރުމުގެ ފުރުސަތު ބޮޑެވެ. ކެންސަރު ވިޔަސް، ހިތުގެ ބަލިތައް ވިޔަސް ނުވަތަ ކިޑްނީގެ ބަލިތައް ވިޔަސް އެކަން އޮތީ އެހެންނެވެ. ޓްރީ ޓޮޕްގެ މި ދެ ޑޮކްޓަރުންގެ އެދުމަކީ ވެސް އެއީ އެވެ. އެ ބޭފުޅުން ކަންބޮޑުވެ ވަޑައިގަންނަވަނީ ދިވެހިން އެ ހޭލުންތެރިކަމާ މާ ދުރުކަމުންނެވެ.

30 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 81%
icon angry icon angry 5%
icon wow icon wow 5%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސާރުދާ

05 June 2022

ދިވެހި ސަރުކާރުން މިކަމާ އަޅެއެއްނުލާ.ދައުލަތުގެ މިލްކިއްޔާތު ވަކިބަޔަކު ކައި ހުސްކުރާއިރު އާންމު ރައްޔިތުންގެ މިފަދަ ބަލި ތައް ޓެސްޓްކުރެވޭނެގޮތެއް ނެތް.ފަރުވާ ވަރަށްކުޑަ.ކެންސަރާއި ސްޓްރޯކްފަދަ ބަލި އެހާ އާންމު.އެކަމަކު މިހާރު މިއޮތް ސަރުކާރު ހިތަކަށް އެކައްޗެއްވެސް ނާރާ..މަޖިލިސް މެމްބަރުން ހިތުހުރިވަރަކަށް އެލަވަންސާއި މުސާރަނަގައިގެން އެތިބެނީ...އެމީހުން ބޭނުން ބަޔަކަށް އިނާޔަތް ހަމަޖައްސަނީ.

The name is already taken The name is available. Register?

އައްޑޫ މީހާ

05 June 2022

އައްޑޫ ސިޓީ ގަ ހުންނަ އޭއީއެޗް އިންވެސް ލިބޭ ޙިދުމަތެއް ނޯވޭ. އެތަނާ ހަވާލުވެ ހުރި މީހާ އުޅެނީ ތަނުގެ ބޭރުގެ ސެކިއިރިޓީ ވަރުގަދަ ނުކުރެވިގެން އެކަނި..

The name is already taken The name is available. Register?

މަބުނޫ

04 June 2022

ތިފަދަ ކަންކަން މެދުވެރިވާ އެންމެ ބޮޑު އެއްމައްސަލައަކީ އެމްޑީޕީގެ ވިސްނުން ޖަޒީރާ ރާއްޖެ ވިސްނުން ސަތޭކަ އެތައްރަށަކު ކުދި ކުދި އާބާދީތައް ބާއްވައިގެން އެރަށްރަށުގައި އެކަށޭނަ އެއްވެސް ހިދުމަތެއް ގާއިމެއް ނުކުރެވޭ އެވަރުންވެސް އެތައްބައިވަރު ރިކަރަންޓު ހަރަދެއް ކުރަންޖެހޭ ދައުލަތް މިއޮއްދަރާ ހުލިވަނީ ދިފަދަ ކޮންމެ ޓެސްޓެއް ހަދަން މިޖެހެނީ މާލެ އަންނަން ރަށުގަ ކުރާ މަސައްކަތުން އަނގަޔާ އަތާދިމާނުވާމީހުންގިނައީ ވާނެހައެތިވީމަ މާލެމިއަންނަނީ

The name is already taken The name is available. Register?

އަލިފުޅު1111

05 June 2022

މަބުނޫ" އެބުނީ ވަރަށް ބޮޑު ތެދެއް. ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީގެ ފޮނުމީރުކަން ލިބޭނީ މިކިޔާ "ޖަޒީރާ"ރާއްޖެ ފިލުވާ "އެއްފަސް ރާއްޖެއެއް" ބިނާކުރެވިގެން. މާލެ އަތޮޅުގެ ތުލުސްދޫއާއި ދިއްފުށި ފަޅު އަދި ގާފަރުފަޅު ހިއްކައިގެން ރާއްޖޭގެ އުތުރާ ދެކުނުން އަންނަން ބޭނުން މީހުންނަށް ގެދޮރުލިބޭނޭގޮތް ހަދައިދީފިނަމަ ކޮންމެ ރަށެއްގެ ބަނދަރާ، ސްކޫލާ، ސިއްޙީމަރުކަޒާ، ކޯޓްތަކަށާ، ކަައުންސިލްތަކަށް ކުރާ ޚަަރަދު ކުޑަކުރެވި ވަޒީފާގެ ފުރުސަތުލިބިދެވޭނެ.

The name is already taken The name is available. Register?

ރޯނުއެދުރުކަލޯ

05 June 2022

ވަރައް ރަންގަޅު ވާހަކަ އެއް ހުރިހާ ދިވެހިން އެއް ތަނަކައް ގެންގޮސް ދިސްޓޯޕިއަން ސލަމް ތަކެއް ހަދާ އޭރުން ވަރައް ސަޅި ވާނެ. ލަންކާ އައް ވާހެން އާބަން ތަންތާ އުޅެން ފެށީމަ އިސާހިތަކު ދުނިޔޭގެ އިގއތިސާދު ފެނައް ދިޔައިމަ ހުންނާނެ އެއްފަސް ވަިވީނުން ބަންޑައް ޖެހި މަރުވާން.

The name is already taken The name is available. Register?

ހުވާ

04 June 2022

ބަނޑުގައި ރިއްސިއަސް، މޭގައި ރިއްސިއަސް، ބޮލުގައި ރިއްސިއަސް، ހޮސްޕިޓަލަށްދާއިރަށް ތިޔައީ ވަޔޭ ކިޔާފައި ތަދުކަނޑުވާ ބޭސްދީފައި ގެއަށްފޮނުވާހާ ހިނދަކު ބަލީގެ ކުރީކޮޅު ދެނެގަންނާނެގޮތެއް ބުނެދީބަލަ. ބޮލުގައި ޓިއުމަރެއް އިނދެ މަރުވަނީވެސް މިގޮތަށް ޑޮކްޜަރަށް ދައްކަދައްކާހުއްޓަނޫންތޯ؟ ކެންސަރުގެ ފަހު ސްޓޭޖަށް ދަނީވެސް މިހެން. ޑޮކްޓަރަށް ވާންވީވެސް ބަލިމީހާ.

The name is already taken The name is available. Register?

ހަގުދަރި

04 June 2022

ދިވެހިންގެ މައިގަނޑު ކާނާއަކީ ދުފުމާ ސިންގެރެޓާ އެނަޖީ ޑުރިންކެވެ އަދި ލުއިކާނާ އާއި ބާގާ ސަބްމެރިން ފަދަ ތަކެއްޗެވެ ކަންނެތް ދިރިއުޅުމެއްއުޅޭ ހެލިފެލިވެ އުޅުންމަދު މަސައްކަތުގަ ވަކިވައްތަރެއްގެ ހައްޓައްލުއި ގަޔައްދޫ ކޮންމަސަކަތް ކުރާބައެކެވެ ދެވެހިންގެ އާދަކާދަ ނެތި މުޅިން ތަފާތު ދިރިއުޅުމަކައްބަދަލްވެފަވާބައެކެވެ ބޭސްފަރުވާ ކުރުންވެސް އޮންނަނީ ބަޔަކައް ކޮށްދޭ ކަމެއްގެގޮތުގައެވެ ބަލިމީހާވެސް ބަސްގަބޫލްކޮށް އާދަ ކާދަ ބަދަލްކުރާކައް ބޭނުމެއްނުވޭ

The name is already taken The name is available. Register?

އަބޫ ހަސަން

04 June 2022

އިޔޮރަޕްގެ މީހުންނަށް ވުރެ މިބަލި ޖެހޭ ދިވެހިންގެ އުމުރު ހަނގުކަން މީ މުހިންމު ނުކުތާއެއް. ދިވެހިންގެ ކެއުމުގެ އާދަކާދަން ޔަގީން، ކެއުމުގައި ލޮނުގެ ބާވަތް ގިނަކަން ހަކުރު ގިނަކަން، ފެން ނުބޮވޭކަން. ލައިފް ސްޓައިލް ބަދަލުކޮށް ެެކަސްރަތު އިތުރުކޮށް ކެއުމުގައި ސިއްހަތައް ރަނގަޅު ކާނާ ގިނަކުރުން މުހިއްމުކަން

The name is already taken The name is available. Register?

ފެއާރީ

04 June 2022

ބޮޑު މިނިސްޓްރީއެއް އޮވޭ ހަދާފަ. ހަރާން ވާ ކަމެއް. އެންމެންވެސް ބަލަނީ ޖީބުތައް ފުރާލެވޭތޯ! އެންމެ މަތިންފެށިގެން އެންމެ ދަށަށް. ނަޒާހަތްތެރި ގައުމަށް ވަފާތެރި ވެރިޔެއް މި ގައުމަކު ނެތް.. އެއީ ހަގީގަތަކީ.. ފްރެޝަރު މައްޗަށްދިއުން. ހަކުރު ބަލި،ކެންސަރު،ކިޑްނީބަލި، ހައްތަހާވެސް ގިނަވާ ބަލިތައް. އަދި ޅަ އުމުރުފުރައިގައި. ހެލްތު ސެކްޓަރ އަކީ ވަރަށް އާމްދަނީ ރަނގަޅު ވިޔަފާރިއެއް. އެހެންވީމާ ކީއްކުރަން ހަދާ ދިރާސާ.. ވެންޓިލޭޓަރަށްވީހެން ހަމަ ވާނީ..

The name is already taken The name is available. Register?

އަބުދުލް

04 June 2022

ރާއްޖޭގައި ޖުވާނުންގެ ކިޑުނީ އާމުކޮށް މައްސަލަޖެހެނީ އެކްސެލް އަދި ރެޑްބުލް ފަދަ ފިޒީ ޑްރިންސް ގިނައިންބޭނުންކުރާތީކަމަށް ފެނޭ. މިފަދަ ބަލިތައް ގިނައިންޖެހޭ ޒުވާނުންނަކީ ވަރަށް ގިނައިން މިފަދަ ބާވަތްތައް ބޭނުންކުރާމީހުންކަމަށް ފެނޭ

The name is already taken The name is available. Register?

ފޫހި

04 June 2022

މިކަމުގައި ރާއްޖޭގައި ބޭނުންކުރާ ބޭސްތަކާ ކާތަކެއްޗަށް ވިސްނާލާ ދިރާސާއެއްކުރުން މުހިންމު.

The name is already taken The name is available. Register?

މުހައްމަދުއަންނި

04 June 2022

ހަކުރުކެވޭލެއް ގިނައީ. އެނާޖީޑުރިންކު ބޮވޭލެއް ގިނައީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454