ދައުލަތުގެ ބަޖެޓް ފޮތްތަކެއް: މި އަހަރުގެ ފުރަތަމަ ތިން މަހުގެ ދަރަންޏާ އެކު ދައުލަތުގެ ދަރަނި ވަނީ 100 ބިލިއަނާ ގާތަށް ގޮސްފައި. --ފޮޓޯ: މިހާރު
04 ޖޫން 2022 - 13:05
މިއަހަރުގެ ފުރަތަމަ ތިން މަހު ނެގި ދަރަންޏާ އެކު ދައުލަތުގެ ދަރަނި 99 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އަހަރުގެ ފުރަތަމަ ތިން މަހު ސަރުކާރުން ނަގާފައިވާ ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަންޏަށް ވަނީ މިދިޔަ އަހަރު ނިމުނު ހުރި ވަރަށް ވުރެ 4.3 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ.
ރާއްޖޭގެ ދަރަނި އެހާ ބޮޑަށް އިތުރުވީ، ހަރަދުތައް ހަމަޖެއްސުމަށާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ނެގި ލޯނު އިތުރުވުމުންނެވެ. މި މުއްދަތުގައި ދައުލަތުން ވަނީ އިތުރު 4.8 ބިލިއަން ރުފިޔާގެ ލޯނު ނަގައިފަ އެވެ.
ސޮވެރިން ގެރެންޓީ ނުހިމަނާ ދައުލަތުގެ ދަރަނި ހުރީ 85 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން ބޭރުގެ ދަރަނި ހުރީ 33 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 52 ބިލިއަން ރުފިޔާގަ އެވެ.
ލޯނާއި ސޮވެރިން ގެރެންޓީ ހިމަނައިގެން ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނީގެ އަދަދު ހުރީ 46 ބިލިއަން ރުފިޔާގަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 56 ބިލިއަން ރުފިޔާގަ އެވެ.
މި މުއްދަތުގައި ދައުލަތުގެ ދަރަނި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ވަނީ 97 ޕަސެންޓަށް ކުޑަވެފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104 ޕަސެންޓުގަ އެވެ. ރާއްޖޭގެ ދަރަނި އުފެއްދުންތެރިކަމުގެ ނިސްބަތުން ކުޑަވީ، މިދިޔަ ތިން މަހު ރާއްޖޭގެ އިގްތިސާދު ކުރިއެރުމުންނެވެ. މިވަގުތު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 87 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 10 ބިލިއަން ރުފިޔާ ދަށްކޮށެވެ.
މިއަހަރަށް ހުށަހެޅި ބަޖެޓު ފާސްކުރުމަށް އެމްއެމްއޭ އިން ދެއްވި ލަފާގައި މި އަހަރު ރާއްޖޭގެ ދަރަނި 103 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ.
ރާއްޖޭގެ ދަރަނި ހުރީ، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބުނާ މިންގަނޑަކު ނޫނެވެ. ހަރަދަށް ޒިންމާވާ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ދަރަނި ހުންނަން ޖެހޭނީ އުފެއްދުންތެރިކަމުގެ ނިސްބަތުން 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ.
މިދިޔަ އަހަރަށް ވުރެ މިއަހަރު ރާއްޖޭގެ ދަރަނި 9.6 ޕަސެންޓް މަތިވާނެ ކަމަށް ވެސް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުތައް
05 June 2022
ގައުމެއްގެ ދަރަނި ވަކިވަރަކައްވުރެ ބޮޑުވުމަކީ އެގައުމެއްގެ މިނިވަންކަމައްވެސް އޭގެ އަސަރުކުރާނެ ކަމެއް. ޔޫއެންގެ އެއްބޭނުމަކީ ގައުމުތަކުގެ މިނިވަންކަންދެމެހެއްޓުން ކަމައްވާނަމަ މިކަން މިހާރުމިވާގޮތައް ނުވާނެ ގޮތްތަކެއް އެމީހުންވެސް ކުރިއައްނެރެން އެބަޖެހޭ. ޑިމޮކްރަސީއަކީ އެއްގޮތަކައް ވަރައް ހިތިއެއްޗެއް. ސަރުކާރުތައް އަވަސްއަވަހައް ބަދަލުވާނެ ކޮންމެބަޔަކުވެސް އަންނަނީ ބޮޑެތި ވައުދުތަކަކާއެކު އެފުއްދަން ނަގަނީ ބޮޑެތިލޯނުތައް އިސާހިތަކު..
ފައިސަަ
05 June 2022
ދަރަނި ނަމަ އޯކޭ މައްސަލައަކީ ލޯން ، ލޯނު ނުނަގާ ކަންތައް ކުރެވެ ގޮތަށް ތަރްގީ ކުރެވިދާ އެގޮތް ހަދަން ނުކެރޭތީ މައްސަލައަކީ ގޮތްބަލަންވެސް އެގޮތް ހަދާބަލަ އޭރުން ވަރަށް މޮޅުވާނެއެވެ.
ކުކީ
05 June 2022
ދެން ތިކަމާ އަތްޖަހާލުން ފިޔަވައި ކުރާނެ އެހެން ކަމެއް ނެތް. ދަރަނި ނަގައިގެން އެ ދައްކާނެ ގޮތުގެ ޕްލޭން ހެދި މީހާ ކެއިކަމަށް ކިޔާ މަޝްހޫރުކުރި ވަރުން ދެން އޭނަ ވެރިކަމަށް އެރުވޭކަށް ނެތް. ހަޒާނާއިން ކާތީ ކަންބޮޑުވެގެން އެކަން ހުއްޓުވާނެ ކަމަށް ހީކުރި ބަޔަކު ދެން ވެރިކަމަށް އެރުވީ. އެކަމު އެމީހުން ދަރަނި ދައްކާނެ ގޮތެއް ނުރާވާ އިތުރަށް ދަރަނި ނަގަމުން ދަނީ މާ ގިނައިން މިހާރު ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކުރުމުގެ ނަމުގަ.
ދުއްތުރާ
05 June 2022
2008 ގައި ރާއްޖޭގެ ދަރަނީގެ ޖުމުލައަކީ 12 ބިލިޔަން ރުފިޔާ. އޭރު ބާރަށް ގޮވީ ދަރިންގެ ދަރިންނަށް ދާންދެން ދަރުވާލީ ވާހަކަ. ޑިމޮކްރަސީއަށް 20 އަހަރު ފުރުނީ. ގައުމުގެ ދަރަނީގެ ޖުމުލަ 100 ބިލިޔަނާ ގާތަށް ދިޔައީ. މީގެ ތެރެއިން ތިންބައިކުޅަ ދެބައި ދަރަނި ނެގީ އޭރު ދަރުވާލިއޭ ގޮވި މީހުން ވެރިކަމުގައި ތިބެގެން. ކީހާޅެން ފަރިއްސަށްވެ ގައުމުވެސް އޮޔާގޮސް ނިމެނީ. ގައުމުގައި މަސްތުވުން އާންމު ގޭންގުތައް ރަސްކަންކުރަނީ. މިއީ އެވެރިން އެބުނާ ޑިމޮކްރަސީއަކީ.
ހޯރަބޭ
05 June 2022
99ބިލިޔަނުން 50 ބިލިޔަން ވާނި ކޮރަފްޓް ވެރިން ކާލާފަ
ހޯރަބޭ
05 June 2022
ެއަދިވެސް ބިލިޑިން ހަދާފަ ވިއްކޭތޯ ބަލަނި. އަހަރަމެން ކޮންތާކުން ރުފިޔާ ދެނީ.
ކޮމެންޓު
05 June 2022
ގިނައީ ޢެކެއްގެ ކޮމެންޓުތަކެއް. 7 ގަޑި އޮލިއެއްގަ ދައްކާވާހަކަ. ކަމަކީ ޢެއްވެސް ހައްލެއްނުދައްކާ ފާޑުކިޔުން
ޅިމިން
05 June 2022
ކޮމެންޓް ކުރިގިނަމީހުން އެކެއްނޫން، ގިނަމީހުން އެއްބަސްވޭ ދައުލަތުގެ ހަރަދުތަ ކުޑަކުރަން. މިވަގުތަ ކަރަޕްސަން މަޑުޖައްސާލަން، ބުރިޖް މިވަގުތަ މަޑުޖައްސާލަން. މިކިޔާދެވެނީ ހައްލެއްނޫންތަ.
ނޫރާ
05 June 2022
އަދިވެސް ބުރިޖު އެޅޭތޯ ބަލާ. މިއީ މޮޔައިންގެ ގައުމު، މުޅި ގައުމުގައި ތިބީ މޮޔައިންނާއި ވަގުން
ސަތޭކަ
05 June 2022
މިއީ ސަތޭކައިން ސަތޭކައެއްވެސް ނޫން އެއްހާހުގެ ކޮމެންޓެއް. މިގައުމުގައި ތިބީ ވަގުންނާއި ލުޓޭރުންނާއި މޮޔައިން.
ގައުމުތައް
05 June 2022
އަހަރެން ހިތައްއަރާ ދުނިޏޭގަ އަހަރެމެންފަދަ ގައުމުތަކައް ދަރަނިދޭންތިބި ގައުމުތަކުން ގައުމަކައް ޖީޑީޕީގެ މިންގަޑަކުން ދަރަނި ދޫކުރާނެ އެންމެމަތީ މިންގަނޑެއް ގެންގުޅޭނެ ނަމައޭ. ނޫނީ ޔޫއެންއިން ނަމަވެސް ގައުމަކައް ދަރަންޏައް ޒިންމާވާންޖެހޭނެ އެންމެމަތީ މިންގަނޑެއް ކަނޑައަޅާނެނަމައޭ. ދަރަނިދޭބައެއްގެ ޒިންމާއެއްވެސް މިކަމުގައެބަވޭ. އެހެންނޫނީ ލަންކާގެ ހާލަތު ކުރިއައްއޮތްތާ ތަކުރާރުވާނެ. އެތަކެއްބަޔަކު ބަނޑައްޖެހޭނެ.
އޮދިތާރ ގެ ޖެނެރަލް
05 June 2022
ދިވެހިރާއްޖެ ބޭރުގެ ފަރާތްތަކުން 2020 ހަމައަށް 135 ލޯނެއް ނަގާފަ ވާކަން އޮޑިޓަރ ޖެނެރަލްގެ ރައްޔިތުންގެ ދަރަނި ރިޕޯޓު 2020 ދައްކާ ހިނދު، ރައީސް މައުމޫން 64 ލޯނު، ރައީސް ނަޝީދު 16 ލޯނު، ރައީސް ވަހީދު 4 ލޯނު، ރައީސް ޔާމިނު 20 ލޯނު، ރައީސް ސޯލިހު 31 ލޯނު. ރައީސް ސޯލިހުގެ ގިނަ ލޯނުތައް ކޮވިޑް ސަޕޯރޓްގެ ގޮތުގައި.
މޫނު
05 June 2022
ރައީސް މައުމޫންގެ ވެރިކަން ނިމުނުއިރު އޮތީ 12 ބިލިޔަން ރުފިޔާގެ ދަރަނި. ޑިމޮކްރަސީގައި ބާކީ އޮތްހައި ދަރަނި ނެގީ. ރައީސް މައުމޫން ގައުމު ދަރުވާލައިގެން ލޮލަށް ނިދި ނައިސްގެން އުޅު މީހުންނަށް ގައުމު ދަރާވިކޭގޮތް މިހިރަގެން ފެންނަނީ.