ކުޅިވަރު / ނޭމާ

ނޭމާގެ ފުރައްސާރަ އާޖެންޓީނާ އަށް؛ ތި ކާމިޔާބުކުރީ ވޯލްޑް ކަޕް ތަށިތަ؟

ދެކުނު ކޮރެއާ އާދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި ލަނޑު ޖެހުމަށް ފަހު ނޭމާ (ކ) އުފާފާޅު ކުރަނީ: އާޖެންޓިނާއިން ފައިނަލިސިމާގެ ކާމިޔާބީގެ އުފާފާޅުކުރި ގޮތުން ނޭމާ ވަނީ އާޖެންޓީނާ އަށް ފުރައްސާރަ ކޮށްފައި. -- ފޮޓޯ: އޭއެފްޕީ

05 ޖޫން 2022 - 10:19

8 comments

ސައު ޕޯލޯ (ޖޫން 5) - ފައިނަލިސިމާ ކާމިޔާބުކޮށް އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރި ގޮތުން، ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ، އާޖެންޓީނާގެ ކުޅުންތެރިންނަށް މަލާމާތްކޮށްފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި، ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ބަލިކޮށް، އާޖެންޓިނާ އިން ބުދަ ދުވަހުގެ ރޭ ހޯދި ތައްޓަކީ 11 މަސް ތެރޭ އެޓީމުން ކާމިޔާބުކުރި އިންޓަނޭޝަނަލް ދެވަނަ ޓްރޮފީ އެވެ. ފީފާގެ ރަސްމީ ހައިސިއްޔަތު ލިބިފައިވާ ފައިނަލިސިމާ ކާމިޔާބުކޮށް އާޖެންޓީނާގެ ކުޅުންތެރިން ވަނީ ދަނޑުގެ ޗޭޖިން ރޫމްގައި އުފާފާޅުކުރާ މަންޒަރުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވި ބްރެޒިލްގެ އެންމެ މުހިންމު ކުޅުންތެރިޔާ އަށް، އެކަން ހަޖަމެއް ނުވި އެވެ. އިންސްޓަގްރާމްގައި ނޭމާ ކުރީ ސުވާލެކެވެ.

"އެމީހުން އެ އުޅެނީ ވޯލްޑް ކަޕް ކާމިޔާބު ވެގެންތަ؟" މަލާމަތްކުރުމުގެ ގޮތުން ނޭމާ ސުވާލު އުފެއްދި އެވެ.

ނޭމާގެ ވާހަކަތައް އެރާގުގައި ހުރީ، ފައިނަލިސިމާ ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން އާޖެންޓީނާގެ ނިކޮލަސް އޮޓަމެންޑީ، ބްރެޒިލް އަށް މަލާމާތް ރައްދުވާ ގޮތަށް ލަވައެއް ކިޔައި އިންސްޓަގްރާމަށް ލުމުންނެވެ. އެ ލަވައިގައި އޮޓެމެންޑީ ބުނެފައި ވަނީ ބްރެޒިލްގެ ރިއޯ ޑީޖެނީރޯ އަށް މެސީ ގޮސް ކޮޕާ އެމެރިކާގެ ތަށި ގެންދިޔައީ ކަމަށެވެ.

ފުޓުބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާ އަކީ ވަރަށް ވާދަވެރި ދެ ގައުމެވެ. މިދިޔަ އަހަރުގެ އޮލިމްޕިކް ގޭމްސްގެ ފުޓުބޯޅަ މުބާރާތުން އާޖެންޓީނާ ކަޓައިގެން ދިއުމުން ވެސް ބްރެޒިލްގެ ކުޅުންތެރިން ވަނީ މަލާމާތްކޮށްފަ އެވެ.

މި އަހަރު ބާއްވާ ވޯލްޑް ކަޕަށް ބްރެޒިލް އާއި އާޖެންޓީނާ ކޮލިފައިވީ އެއްވެސް މެޗަކުން ބަލި ނުވެ އެވެ. ކޮލިފައިންގައި އެ ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު ސެޕްޓެމްބަރު މަހު އޮންނާނެ އެވެ.

8 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 13%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހަހާ

05 June 2022

ނޭމާވެސް އުޅެލަން ފަސޭހަޔަކަށް މެސީދެކެ މާ ލޯބިވާ މީހަކަށް ހެދިން އުޅެނީ، އެ އީވެސް ވވވ އެދުންވެރިކަން ބޮޑު ފިރިހެނެއް.........

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

05 June 2022

ނޭމާ މިހާރު ތިހުރީ ބޭގަނޑަކަށް ވެފައެއްނު.

The name is already taken The name is available. Register?

ސަމަންދަރޭ

05 June 2022

ނޭމާ ކަލޯ ލަދުގަންނަން ޖެހޭނެ އާޖެންޓީނާ އާއި މެސީ އައް ބަސްބުނަން ލޮލް

The name is already taken The name is available. Register?

މުހައްމަދު އަހްމަދު

05 June 2022

އާޖެންޓީނާއަށް ވޯލްޑްކަޕް އެންމެ ފަހުން ލިބުނީ މީގެ 36 އަހަރު ކުރިން. ބްރެޒިލުން ވަނީ 2002 ގައި ވެސް ނަގާފައި.

The name is already taken The name is available. Register?

ދއެދއދ

05 June 2022

ގައިފުރޭވަރަށް ޓެޓޫއެއް މަދީ

The name is already taken The name is available. Register?

ވިންސްމޯކް ސާންޖީ

05 June 2022

އޮޓަމެންޑީގެ ވެސް މެސީގެވެސް ޓެޓޫ ހުރޭ. ކޮބާ ކަލޭގެ ޕޮއިންޓަކީ؟

The name is already taken The name is available. Register?

ދޮންދޫންނަ

05 June 2022

ނޭމާގެ މަލާމާތުގެ އަސަރު ޕޮޒިޓިވްކޮށް ކޮށް މިފަހަރު އާޖެންޓީނާ ވޯލްޑްކަޕް ހޯދާނެހެން ހީވޭ! މެސީފަދަ ކުޅުންތެރިއަކަށް މަދުވަނީ ވޯލްޑްކަޕް އެކަނި. މެސީއަކީ މެރޮޑޯނާ ޕެލޭމެންގެ ގިންތި ނުވަތަ އެއަށްވުރެ މަތީ ފަންތީގެ ލެޖެންޑަކަށްވާން މަދުވަނީ ވޯލްޑްކަޕެއް އެކަނި އެހެން ހުރިހާކަމެއް ހުރީ ފުރިހަމަވެފައި.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

05 June 2022

ފުޓްބޯޅައިގެ ވާދަވެރި 02 ގައުމު.ކުޅުންތެރިންގެ ވިދުންވެސް އެހާ ގަދަ 02 ގައުމު.އެހެންވީމަ ބަހުގެ ހަމަލާތައް އަންނާނެ.އެއީ މައްސަލައެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454