05 ޖޫން 2022 - 11:42
ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ ގަރާރެއް ކުރީގެ އިކޮނޮމިކް މިނިސްޓަރު އދި މާވަށު ދާއިރާގެ މެމްބަރު މުހަންމަދު ސައީދު މިއަދު ހުށަހަޅުއްވައިފި އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ދަރަންޏާ ގުޅޭ ތިން މާއްދާއެއްގައި ބަޔާން ކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން އޭޕްރިލް 26، 2021 އިން ފެށިގެން އެއް އަހަރު ދުވަހަށް ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް އޭޕްރިލް 26، 2022 ގައި ވަނީ އެ މުއްދަތު ޑިސެމްބަރު 31، 2023 އަށް އިތުރުކޮށްފަ އެވެ.
- ސަރުކާރުން ދަރަންޏަށް ފައިސާ ނެގޭނީ 91 ދުވަސް ތެރޭގައި ދައްކާ ހަލާސްކުރާ ގޮތަށް، މާކެޓް އިންޓްރަސްޓް ރޭޓަށް ވުރެ ދަށް ނޫން ރޭޓެއްގައި. ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ސަރުކާރަށް ލިބުނު ޖުމުލަ އާމްދަނީގެ މައްޗަށް ބިނާކޮށް އަހަރަކަށް ޖެހޭ އެވްރެޖް އާމްދަނީގެ އެއް ޕަސަންޓަށް ވުރެ އިތުރު ނުވާ ގޮތަށް.
- ދަރަނި ނަގަން ވާނީ ގައުމީ ތަރައްގީގެ މަޝްރޫއުތަކާއި އުފެއްދުންތެރިކަން އިތުރު ކުރެވޭނެ ވަސީލަތްތައް ހޯދުމަށް. ދައުލަތުގެ ދަރަނި އަދާކުރުމަށްޓަކައި ދަރަންޏަށް ފައިސާ ނަގައިގެން ނުވާނެ.
- ދައުލަތުގެ ކޭޝްފްލޯ މެނޭޖްކުރުމުގެ ބޭނުމުގައި ގިނަވެގެން 14 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ސަރުކާރުން ދަރަންޏަށް ފައިސާ ނެގިދާނެ.
އެ މާއްދާތައް ސަސްޕެންޑު ކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ކޮވިޑާ ގުޅިގެން އިގްތިސާދާއި ދައުލަތުގެ މާލިއްޔަތަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާތީ އެވެ.
ސައީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި އެ މާއްދާތައް ލިޔެފައި ވަނީ ލޯނުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓައި، ހަރުދަނާ އިގްތިސާދީ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށް ކަމަށެވެ.
ޕެންޑަމިކްގެ ހާލަތު މިހާރު އާންމު ހާލަތަކަށް ބަދަލުވެފައިވާ ކަމަށާއި ރާއްޖޭގެ ޖީޑީޕީ ވެސް 13 ޕަސެންޓް ކުރިއަރައި އިގްތިސާދު ވެސް ރަނގަޅު ވާނެ ކަމަށް ސަރުކާރުން ވެސް ބުނެފައިވާ ކަމަށް އެ ގަރާރުގައި ވެ އެވެ.
އެ ހާލަތުގައި އެ މާއްދާތައް ސަސްޕެންޑު ކޮށްފައި އޮތުމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
މި މާއްދާތައް ހިފަހައްޓާފައި އޮތުމުން ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނިޓާ ކުރުމުގެ ފުރުސަތު ތިން ވަނަ ފަރާތަކަށް ނުލިބޭ ކަމަށާއި އޭގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވެ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ލޯނު ނަގައި އިގްތިސާދަށް އޭގެ ނުރައްކާ ކޮށްފާނެ ކަމަށް އެ ގާރާރުގައި ބުނެފައިވެ އެވެ.
"... އެކަމުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުން ލިބިދާނެ ކަމުގެ ބިރު އޮތުމުން، މި ގާނޫނުގެ މާއްދާތައް ހިފަހައްޓާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ،" ގަރާރުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
05 June 2022
ދަރަނި ނަގައިގެން މިސަރުކާރުން ކުރި ކަމެއް ނުފެނޭ. ރާެއްޖެ މިދަނީ ރައްޔިތު މީހާ ބޭނުންވާގޮތަށް
ގުދުމީހާ
06 June 2022
ރާއްޖޭގެ ހުރިހާ ރަށަކަށް ގޮސް ބަލާބަލަ. ރޭގަނޑަށް ހޭލައިގެން ކޮމެންޓުކުރަން ހުއްޓަސް ނުފެންނާނެ.
ހަސަނިކު
05 June 2022
ފިނޭންސް މިނިސްޓުރީން ހުރިހާ ހިސާބުތަކެއް އެވެރިންގެ ވެބުސައިޓަށް އަޅައި އާންމުނަށް ދޫކޮށްފަ އޮންނަ އިރުވެސްތަ؟ ގައިމު ނޫސްތަކުން އެޔޮށް ލިޔެ ނަގަނީ، އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް.
އިބުރާ
06 June 2022
ކޮންމެ ބައެއްގެ ތެރޭގައި ވެސް އުޅޭނެ އަމިއްލައަށް ކަންކަން ބަލައި ހޯދަން ނޫޅެ ވެރިމީހާ ބުނީމާ އެއީ "ހަގީގަތް" ކަމަށް ޤަބޫލުކުރާ ބައެއް. ވެދާނެ ކުރީގެ އިކޮނޮމިކް މިނިސްޓަރު ކައިރީ ރައީސް މީހާ ވިދާޅުވި ގޮތް ކަމަށް ވެސް.
ބުލްބުލޭ
05 June 2022
ކިޔަވާދީ މޮޅުކުރީމާ ވަޒީފާދީ މިނިސްޓަރުކަން ހޯދާދިނީމާ ކާންދިން އަތުގައި ދަތްއެޅި މީހަކު ލޯނުވާހަކަ ދައްކަން ވަރަށް ހިތުރު
ިޔަދް
05 June 2022
ކަލޭ ރަނގަޅު ކޯޓުތަކުގައި ވަކާލާތުކުރަން ގެންދަން. އެހާވެސް މޮޅު އާގިޔުމެންޓުތައް.
ޖުޖު
06 June 2022
ކިޔެވުމަކީ އަޅުވެތިވުން؟
މިތުތުއަލީ
05 June 2022
ތިޔަހުށަހެޅުން ގޯސްވާހަކައެއް ނޫނޭ، ދެލޯފުޅާ ރަންކޮޅާ ތިޔަބޭފުޅުންވެސް ހޭފުޅު ލެވިއްޖެތާއޭ، އިއްދުވަހާ ޖެހެންދެން ތިއްބެވި ދެލޯ މަރުއްވާގެންތާއޭ، އެހެންޏާ ފަހެ 1000 ސަހުފްހާގެ އެއްބަސްވުން 30 މިނިޓުން ދިރާސާކޮށް ނިއްމެވީމަ އެ އެއްބަސްވުމުގަ ސޮއިކުރެއްވީ ދައުލަތުގެ ފަރާތުން މަނިއްކުފާނު ވިއްޔާއޭ،
މިރިހި ފަތް
05 June 2022
ހިންދީ ފިލްމުތަކުގައި ކަންހިނގާކަމަށް ދައްކާގޮތާއި ދިވެހި ރާއްޖެގައި ކަންހިނގާގޮތުގެ އެއްވެސްތަފާތެއްނެތް. މައުމޫނު އަބުދުލްގައްޔޫމް ވެރިކަމުގައި ސިޔާސީ މީހުންބުނާގޮތުން ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން ވެރިކަން ކުރިއިރު ގައުމު އަމާން. ސުލްހަ މަސްލަސްކަންއޮތް. މީހުންމެރުންފަދަ ކުށްތައްމަދު. ގޭންގުތަށް އުފެދުނަކަ ނުދޭ. ސަރުކާރު ބަރުބޮޑެއްނޫން. ނުދެއްކޭވަރުގެ ލޯނުތަކެއް ނެތް.
އިސްމާލި
05 June 2022
"އޭގެ ފަހުން އަނެއްކާ ވެސް އޭޕްރިލް 26، 2022 ގައި ވަނީ އެ މުއްދަތު ޑިސެމްބަރު 31، 2023 އަށް" މިހާރު މިއޮތީ އެއްވެސް ޒިންމާއެެއް ނެތި އެއެއް މިއެއް ނުބަލާ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ދައުލަތުގެ ތިޖޫރި ހުޅުވާއަޅާފައި. މިކަން ހުއްޓުވަން އެބަ ޖެހޭ. މިހާރުވެސް ދަރަނި 100 ބިލިއަނަށް އަރަނީ. ނުއުފަންނަ ދަރި ބޮލުގައިވެސް 250000 ގެ ދަރަނި އޮތީ އެޅިފައި. ލަންކާގެ ހާލަތަށް ނުދަނީސް މިކަން އެބަ ޖެހޭ ހުއްޓުވަން.