ގިރިފުށި ބޭރު ތޮށި ފެންނަ މަންޒަރެއް: ބޭރުތޮށި ލުމުގެ މަސައްކަތް ނިމިއްޖެ ---ފޮޓޯ: އެމްޓީސީސީ
05 ޖޫން 2022 - 15:36
އެމްއެންޑީއެފްގެ ޓްރެއިނިންތައް ހިންގާ ކ. ގިރިފުށީގެ ބަނދަރުގެ މަސައްކަތް އެމްޓީސީސީން ނިންމައިފި އެވެ.
މި މަޝްރޫއަކީ އެމްއެންޑީއެފުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައި 314 މީޓަރު ސަރަހައްދެއްގައި ބޭރު ތޮށި ލާފައިވެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު 15 ވަނަ ދުވަހު އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 18.3 މިލިއަން ރުފިޔާ އެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައިވާ ގޮތުން، މި މަސައްކަތަކީ ފަސް މަސްދުވަސް ތެރޭ ނިންމަން ޖެހޭ މަސައްކަތެކެވެ. އެމްޓީސީސީން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފާވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަަ އެވެ.
އެމްޓީސީސީން އަންނަނީ އެކި ރަށްރަށުގެ ބަނދަރު ހެދުމާއި، ބިން ހިއްކުން އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ނިންމަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ދޮންބެ
05 June 2022
މަރުޙަބާ ގިރިފުށީ ހީވާގި ކައުންސިލްގެ މެމްބަރުން އަދި ރަޔިއްތުންނަށް
ދިއްދޫމީހާ
05 June 2022
މަރުހަބާ ގިރިފުށީ ރައްޔިތުން..