މާލޭގެ މަގެއްގެ މަތީގައި ފުލުހަކު ހަރަކާތްތެރިވަނީ؛ ސިޓީކައުންސިލްގެ މަސައްކަތްތަކަށް ފުުލުހުން ހާއްސަކުރަން ވަނީ ނިންމާފައި --
06 ޖޫން 2022 - 13:03
މާލޭ ސިޓީ ކައުންސިލްގެ ބައެއް މަސައްކަތްތައް ކުރުމަށް "ސްޕެޝަލް ކޮންސްޓެބަލް" ފުލުހުން ނެރެން ނިންމާފައިވާ ކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މާލެ ބެލެހެއްޓުން ވަރުގަދަކުރުމަށްޓަކައި އެއްބަސްވުމެއްގެ ދަށުން ސިޓީ ކައުންސިލްގެ މަސައްކަތް ކުރާ ފުލުހުން ހޯދަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކަން ކުރުމަށްޓަކައި ފުލުހުންނާއެކު "ސްޕެޝަލް ކޮންސްޓެބްލަރީ" އެއްބަސްވުމެއް ހަދާފައިވާނެ ކަަމަށް ވިދާޅުވި އެވެ.
"ގާތްގަނޑަކަށް ސާޅީހަކަށް ޕޮލިސް އޮފިސަރުން ދެއްވާ އަޅުގަނޑުމެންނަށް. ޕޮލިސް އޮފިސާސް އަޅުގަނޑުމެންނާ ހަވާލުކުރަނީ އަޅުގަނޑުމެން ދޭ ޓާސްކެއް އަދާކުރަން،" މުއިއްޒު ވިދާޅުވި އެވެ.
މާލޭގެ މިސްކިތްތަކުގައި މީހުން ނިދުމަކީ ގިނަ ދުވަސްތަކެއް ވެ، ހައްލު ނުހޯދިފާވާ މައްސަލަ އެކެވެ.
މޭޔަރު ވިދާޅުވީ، ފުލުހުންނާއެކު ހަދާ އެއްބަސްވުމުގެ ދަށުން، މާލޭގެ މިސްކިތްތައް ވެސް ފުލުހުން މޮނިޓަ ކުރާނެ ކަމަށެވެ. އަދި މަގުމަތީގައި ކުނި ހުންނަ ތަންތަނަށް ވެސް އެ ފުލުހުން ގޮސް، ނުގަވައިދުން ފިހާރަތަކުން ނެރެފައި ހުންނަ މުދާ ނެގުމުގައި ވެސް ހަރަކާތްތެރިވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ޕަބްލިކް ނިއުސެންސް އަށް ވާ ހުރިހާ ކަމެއް، އަޅުގަނޑުމެން ހުއްޓުވަން ބޭނުންވާ ހުރިހާ ކަންކަމަކަށް އެ ބޭފުޅުން އެޓެންޑު ވާނެ. ޕޮލިސް ޔުނިފޯމުގައި ތިބޭ ފުލުހުން އެއީ. މި ބަލަނީ ވަރަށް އަވަހަށް އެ ބޭފުޅުންގެ ރެކްރޫޓްމަންޓް ނިންމަވާފައި މަސައްކަތަށް ނެރެދެެއްވާނެ ކަމަށް،" މޭޔަރު ވިދާޅުވި އެވެ.
މާލެ ސިޓީ ކައުންސިލުން ބޭއްވި މީޑިއާ ބްރީފިންއެއްގައި މޭޔަރު މުއިއްޒާއި އެހެން ބައެއް ކައުންސިލަރުން.---ފޮޓޯ: މިހާރު
ރަނގަޅު ސީސީޓީވީގެ ނިޒާމަކުން މާލެ ސަރަހައްދު ގުޅައިލުމަށް ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފުރަތަމަ ހުރިހާ މިސްކިތެއްގައި ކެމެރާ ހަރުކުރަން ނިންމީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
މުއިއްޒު ވިދާޅުވިގޮތުގައި، އެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ވަނީ ނިންމާލައިފަ އެވެ. އެ މަސައްކަތް ކުރަނީ ކައުންސިލްގެ އާމްދަނީ ބަޖެޓުން ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މާލެ އާއި ވިލިމާލޭގައި ފައިބަރު އަޅައި މިހާރު ވަނީ ނިންމާފައިވާ ކަމަށެވެ.
ޕަބްލިކް ނިއުސެންސް އަށް ވާ ހުރިހާ ކަމެއް، އަޅުގަނޑުމެން ހުއްޓުވަން ބޭނުންވާ ހުރިހާ ކަންކަމަކަށް އެ ބޭފުޅުން އެޓެންޑު ވާނެ. ޕޮލިސް ޔުނިފޯމުގައި ތިބޭ ފުލުހުން އެއީ. މި ބަލަނީ ވަރަށް އަވަހަށް އެ ބޭފުޅުންގެ ރެކްރޫޓްމަންޓް ނިންމަވާފައި މަސައްކަތަށް ނެރެދެެއްވާނެ ކަމަށް،"--- މޭޔަރު
"މާލެ އާއި ވިިލިނގިއްޔާ ދޭތެރޭގައި އެއާ ފައިބާ ލިންކް ބްރިޖް ވެސް އަޅުގަނޑުމެން ގާއިމުކޮށްފިން. ވިލިނގިލީގައި ޓަވަރު ވެސް ބަހައްޓައިފިން. މި ހުރިހާ ކެމެރާތަކެއްގެ ކޮންޓްރޯލް ސެންޓަރު މިހާރު މި ހަދަނީ،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮންޓްރޯލް ރޫމް ބަލަހައްޓާނީ ސިޓީ ކައުންސިލުންނެވެ. ނަމަވެސް، ފުލުހުން ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންވާ ފުޓޭޖެއް ހިއްސާކުރާނެ ކަމަށް ވިދާޅުވި އެވެ.
މާލޭގެ މިސްކިތްތަކުގައި މަސްތުވެ، ނިދައި ހެދުމަކީ އާންމު ކަމަކަށް ވަނީ ވެފަ އެވެ. މަސްތުގެ ހާލަތުގައި ތިއްބާ މީގެ ކުރިން މިސްކިތްތަކުން މީހުން ހައްޔަރު ކޮށްފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަވާލޭ
07 June 2022
ފުލުހުންގެ ޔުނިފޯމާއި ފުލުހުންނަށް ބާރުތައްދީފަ މީނަގެއަމުރުހިނގާ ބައިގަނޑެއް އުފައްދަންމިއުޅެނީ ކީއްކުރަން؟ ދެންއުފައްދާނީ މީނަގެ އަމުރަށް މާރޝަލްލޯ ހިންގާނެ ހަތިޔާރުއެޅި ސިފައިންގެ ފައުޖެއްނޫންބާ؟
ހުނިގުރާބު
07 June 2022
މުއިއްޒު މާފޮނިވާހަކަ ނުދައްކާބަލަ. ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިގައި ބޭރުމީހުން ވިޔަފާރިކުރަން ދެންނުތިބެވޭނޭ އެކަން ބަލަމުންގެންދާނަމީބުނީ ކާކުތަ؟ މުއިއްޒެއްނޫންތަ، މިހާރު ބަލާބަލަ ބޭރުމީހުންނެތްތޯ؟ މާރުކޭޓްގައި ތަންބަލަހައްޓަން މީހަކު އެތާއިނދޭ އޭނާ ދުވަހަކުވެސް އެއިންނަ ތަނުން ނުނިކުންނާނެ. އޭނާގެ ކަމަކީ .. ނެގުން. ހަމަެއްކަމެއްވެސް މުއިއްޒަކަށް ނުކުރެވޭ. މާލޭގެ މަގުތަކުގައި ހުރި ޕެލެޓްތައްވެސް އެހުރީ އަނގައިން ނަގާފަ.
ފުޅު ބޭ
07 June 2022
ކޮމާންޑަރަކަށް އުތުރު ކަރައިންއތަ މީހަކު ގެންނަނީ؟
ބެއްޔާގެ އިއްބޭ
06 June 2022
މީނަ ވަރަށް ބޯ ރަނގަޅު! އެ އުޅެނީ ގޫ ޕާޓީ ކޮންމެ އައުލާދެއް ފަހަތުގައި ފުލުހަކު ބަހަށްޓަން
ޝާނާ
06 June 2022
ތިޔަ ހުރިހާ ފުލުހުންވެސް ތިބެންވީ ކައުންސިލް ތަކުގެ ދަށުގަ. ފުލުހުންނަކީ މަދަނީ ބައެއް، މިއުޅޭ ދިވެހި ފުލުހުންނަށް މިކަން ނޭގި ގެން މިއުޅެނީ.
ޖޯޖް
06 June 2022
މަގާުމުގެ ޒިންމާ އަދާނުކުރެވޭ ނަަމަ އިސްްތިއުފާދީ
ވައިކަޓޯ
06 June 2022
އަހަރެންގެ ހިތުގައި މުިއްޒުއަށް ހާއްސަ ޝުކުރެއް ދެވެން ފަށައިފި. އަސްލު މިގައުމުގައި ހިގާ ކުއްތަ ކުއްޓުވަން ބޭނުންވާނީ ގާބިލް 40 ހަކަށް މީހުން. އެއްވެސް ކަމެއް ނޫން ކުށްކުރުން ހުއްޓުވަން.
ސަންޕަ ހަސަންފުޅު
06 June 2022
މުއިއްޒު ސައިކަލު ފުލުހުން ވަރަށް ރަނގަޅަށް ބަލަހައްޓާކަމަށް ޚަބަރުލިބިފާއޮތީ.
ނަންކުރާ
06 June 2022
ވިލި ފުލުހެއް ނަމަވެސް މުއިއްދުގެ ދަށުން ހަރަކާތްތެރިވާންވީ
އިސްމާލި
06 June 2022
ގަދައީ މުއިއްޒު. ސަރުކާރުން އެހާ ދަތިކުރާ އިރުވެސް އެހެރީ ހިންގާލާ ވަރު.
@މާލީ
06 June 2022
ދެން ޖަހާނީ އުނބަށް ވަރަށްގަދަ