މުނިފޫހިފިލުވުން / ބޮކްސް އޮފީސް

އަކްޝޭގެ ފިލްމު ބަލަންދާނެ މީހަކު ވެސް ނުވި

އަކްޝޭ ކުމާރާއި މަނުޝީ ޗިއްލާ--

10 ޖޫން 2022 - 07:40

9 comments

ބޮލީވުޑްގެ ކާމިޔާބު ތަރި، އަކްޝޭ ކުމާރު ލީޑު ރޯލުން ފެންނަ ފިލްމު، "ސަމްރަތު ޕްރިތުވިރާޖު" ބޮޑު ފްލޮޕަކަށް ވެއްޖެ އެވެ.

އަކްޝޭ އާއި 2017 ވަނަ އަހަރު މިސް ވޯލްޑްގެ ލަގަބު ހޯދި މަނުޝީ ޗިއްލާ ފެންނަ އެ ފިލްމަކީ ޔަޝް ރާޖް ފިލްމްސް އިން ނެރުނު އިންޑިއާގެ ކުރީގެ ރަސްގެފާނު ޕްރިތުވިރާޖް ޗޯހާންއާ ގުޅޭ ފިލްމެކެވެ. އެކަމަކު ބޮކްސް އޮފީހުގައި އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނެވެ.

ޗަންދްރަޕްރަކާޝް ޑައިރެކްޓްކޮށް ނެރުނު ފިލްމަށް ހުކުރު ދުވަހު 10.70 ކްރޯޑް ރުޕީސް ލިބުނެވެ. އަދި ހޮނިހިރު ދުވަހު 12.60 ކްރޯޑް ރުޕޯސް ލިބުނުއިރު އާދިއްތަ ދުވަހު 16.10 ކްރޯޑް ރުޕީސް ލިބުނެވެ. އެކަމަކު ރަނގަޅު އާމްދަނީއެއް ލިބެމުންގޮސް ހޯމަ ދުވަހުން ފެށިގެން ކުއްލިއަކަށް ހަމަ އަގު ވެއްޓުނީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މުމްބާއީގައި އެ ފިލްމަށް އެއްގޮތަކަށް ވެސް ތަރުހީބެއް ނެތެވެ. އެއްވެސް ޓިކެޓެއް ނުވިކިގެން އިއްޔެ ހެނދުނު އޮތް ޝޯ ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

މުމްބާއީގައި ފިލްމު ނުހިނގިޔަސް، ދިއްލީގައި ފިލްމަށް ތަންކޮޅެއް ތަރުހީބު ލިބެ އެވެ. ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސްގެ ބަޖެޓަކާ އެކު އުފެއްދި އެ ފިލްމު ފްލޮޕްވާނެ ކަމަށް ލަފާކުރެވޭއިރު، މިދިޔަ މާޗު މަހު ރިލީޒްކުރި "ބައްޗަން ޕާންޑޭ" އަކީ ވެސް ފްލޮޕެކެވެ. އެއީ ވެސް އަކްޝޭ ލީޑުން ފެނުނު ފިލްމެކެވެ.

9 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 22%
icon angry icon angry 0%
icon wow icon wow 11%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝްރީދޭވީ

12 June 2022

ދެން މުސްކުޅިވެ ހަފުސް ވީމަ ޅަކުދިންނާ އެކީ ބަފާ ރޯލު ކުޅެންވީ..ދަރި އުމުރު މީހުންނާއެކީ ކުޅުނީމަ ލަދުވެތި

The name is already taken The name is available. Register?

48343

10 June 2022

އަކްޝޭއަކަސް ހަފްސީއަކަސް ހަމަޖެހޭއެއްޗެއް ކުޅުނީމާ ބެލޭނީ.

The name is already taken The name is available. Register?

ށަވިޔަނި

10 June 2022

ބޯދާ ޒަމާނުގެ ސްޓޯރީ އަށް ހަދާ ފިލްމުތައް ފުލުފުލުގައި ނެރުމުން މީހުން ފޫހިވަނީކަމަށްވެސް ވެދާނެ.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

10 June 2022

އިންޑިޔާމީހުން ކުރިން ފިލްމު ބަލަންދަނީ އޭގާ ދައްކަނީ ހަގީގަތްކަމަށް ހީކޮށް. މިހާރު އެމީހުނަށް އެނގޭ ފިލްމުތަކުގާ ދައްކަނީ ހުސް ފޭކުކަން. އިންޑިޔާގެ ފިލްމީދުނިޔެ ކުރިއަރައިގެންދިޔަ ސްޕީޑަށްވުރެ ކޮވިޑުތެރޭ އިންޑިޔާރައްޔިތުންގެ ވިސްނުން ކުރިއަރައިހިނގައްޖެ.

The name is already taken The name is available. Register?

ސިނެމާ

10 June 2022

ހަގީގަތް ބަލަން ބެނުންވެއްޖެއްޔާ ޑޮކިއުމެންޓްރީ ބަލަންވީ. ފިލްމަކީ މުނިފޫހިފިލުވަން ބަލާ އެއްޗެއް. މާވެލް ސުޕަހީރޯ ފިލްމުތައް ދުނިޔޭގައި އެތައް މިލިއަން މީހުން ބަލަނީ ހަގީގަތް ކަން ނޭނގި ގަމާރު ކަމަކުންނެއް ނޫން.

The name is already taken The name is available. Register?

މާޒިޔާ ދަގޭ

10 June 2022

ކުރޯޑަކީ ކޯޗެއްތަ؟ އެއްކަލަ ފުޓުބޯޅަ ކުޅެން އުޅޭ ސޮރުތަ؟

The name is already taken The name is available. Register?

ިިakshey

10 June 2022

1 ކުރޯޑަކީ 10 މިލިއްން އިންޑިއަން ރުޕީސް

The name is already taken The name is available. Register?

މުޙައްމަދު123

12 June 2022

އޭކަން، ދަސް، ސަތޭކަ، ހާސް، ދިހަހާސް، ލައްކަ، ދިހަލައްކަ، ކުރޯޑު، ދިހަކުރޯޑު، އަރަބު، ދިހަ އަރަބު، ކަރަބު، ދިހަކަރަބު، ނީލު، ދިހަނީލު، ޕަދަން، ދިހަޕަދަން، ސިންކު، ދިހަ ސިންކު.މަހާސިންކު، ދިހަ މަހާސިންކު.. މިއީ ދިވެހި ހިސާބުގައި ބޭނުންކުރާ އަދަދުތަކެއް. އެއީ މިލިޔަން، ބިލިޔަން ޓުރިލިޔަން، ޒިލިޔަންތަކުގެ ކުރިން. ބަސްފޮތް ޗެކުކޮއްލާ

The name is already taken The name is available. Register?

ޙޙ2022

10 June 2022

ޢަކުސޭ ކިހެނެތް ތި ހަދަނޯ..ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454