ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކުޑަގިރީގައި ތަރައްގީކުރާ ޕިކްނިކް އައިލެންޑްގެ މަސައްކަތް ބައްލަވާލެއްވުން-- ފޮޓޯ: ރައީސް އޮފީސް
16 ޖޫން 2022 - 21:38
ޕިކްނިކް އައިލެންޑްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްލަވާލައްވައިފި އެވެ.
ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންނއަންނައިރު މިއީ މާލޭ ސަރަހައްދުގައި ޕިކްނިކް ދާނެ ރަށެއް ނެތުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތަރައްގީކުރާ ތަނެކެވެ.
ރައީސް އޮފީހުން ބުނީ ކުޑަގިރިއަށް ވަޑައިގެން ޕިކްނިކް އައިލެންޑްގެ ސައިޓް ރައީސް ބައްލަވާލައްވާފައިވާ ކަމަށާއި އެމަނިކުފާނު ވަނީ އެތަން ފެހިކުރުމަށް ކުރާ މަސައްކަތުގެ ދަށުން ރުކެއް ވެސް އިންދަވާފައި ކަމަށެވެ. އެމަނިކުފާނާ އެކު މިދަތުރުފުޅުގައި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގަތެވެ.
President @ibusolih visits the picnic island development site on Kudagiri Island in the Kaafu Atoll and assesses the projects’ progress. He also joined in tree planting activities held to make the island greener. pic.twitter.com/WZZ9JysT0B
— The President's Office (@presidencymv) June 16, 2022
އަންނަ މަހު ޕިކްނިކް އައިލެންޑް ހުޅުވުމުގެ މަސައްކަތްކުރަމުން އަންނައިރު އެތަނަށްދާ މީހުންނަށް ފެންވެރޭނެ ގޮތް ހެދުމަށް ފާހާނާ އާއި ކޮޓަރި އަދި މިސްކިތް ގާއިމުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.
މާލޭ މީހުންނަށް ޕިކްނިކް ދިއުމަށް ވަކި ރަށެއް ގާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކުޑަގިރު ތަރައްގީކުރަން ފެށުމުގެ ކުރިން ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ކ. އެނބޫދޫފަޅުގައި ހިއްކާފައިވާ ރަށެއްގައި ޕިކްނިކް އައިލެންޑް ހެދުމަށެވެ. އެކަމަކު ސަރުކާރުގެ ނިންމުން ބަދަލުކޮށް ފަހުން ނިންމީ ކުޑަގިރިއަށް ޕިކްނިކް އައިލެންޑް ބަދަލުކުރާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްތާ
18 June 2022
ކުޑަގިރި ކުޑަކަމުން ތިޔަ ތަނަށް ދަތުރުދާ މީހުންނަށް ފުދޭވަރު ނުވެގެން، އަނެއްކާ ފޭސް 2އެއް ހިއްކަން ނުޖެހޭނެބާ.
ފާމުލަދޭރިކިލެގެފާނު
17 June 2022
މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދާނެ ރަށެއް، ހަމަޖައްސައި ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ރަށަށް ދަތުރު ދެވޭނެ ގޮތް ހަމަ ޖައްސައި ދިނުމަކީ އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕޭން ވައުދެއް. އެހެން ވީމަ މިހާރު މި ފެންނަ މަންޒަރު ތަކާއި އިވޭ އަޑުތަކަށް ބަލާއިރު މި ސަރުކާރަށް 100 ދުވަސް، ޖުލައި މަހު 26 ވަނަ ދުވަހު އެބަ ފުރޭ.
ވަރަށްވެދުން
17 June 2022
މާލެއަށް އުފްން މާލެގެ ރަޖިސްޓްރީގައިވާ މީހުންނަށް އެކަނި ދެވޭތަނަކަށް ހައްދަވާ! ޥަރަށް ވެެދުން
artificial
17 June 2022
ދުނިޔޭގެ އެންމެ ރީތި ގުދުރަތީ ގޮނޑުދޮއްތައް ހުރި ގައުމުގައި ދިވެހިންނަށް މިލައްވާލީ ހިއްކި ކުޑަ ތަންކޮޅެއް. ރިސޯޓު މަހުޖަނުންގެ ތުންފުއްސަށް ވެރިން ވީމަ ވާގޮތްމީ...ރައްޔިތުންނަށް ހައްގު މިންވަރަކީ ހިއްކި ތަންކޮޅެއް ދިވެހިންނޭ!
ސޮރީ
17 June 2022
މިހާރު ކަންތައްތައް ވެރިން ބައްލަވާގޮތް ތިޔަ ފެންނަނީ ހަގީގަތަކީ އެއީއެވެ.އެގޮތައް ކަންތައް ބެއްލެވީމަ ދެންކަންތައް ދާނީދާނެގޮތަކައްް ތަރައްގީ އޮންނާނީބޗާޓެއްގަ ފައިސާ ނުހުންނާނެކަރުދާހުން ފެންނާނެ
ނޫޑުލްސް
17 June 2022
އަވަހައް އަފޫ އައް ނުވަަތަ ރީކޯ މޫސައއް ލާރިކޮޅެއް ލިބޭނެ ގޮތެއް ހަދާލަ ދެއްވާ ޒީރޯ ޓޮލެރެންސް
އެންވާރަމެންޓް އެކްޓިވިސްޓް
17 June 2022
ޕިކްނިކް ދިއުމަށް ރަށެއް ހެދުމުގެ ބަދަލުގައި ރާއްޖެ އެތެރޭގެ ދަތުރު ފަތުރު އަގުހެޔޮކޮށް ތަރައްޤީ ކުރުން މާ ބުއްދިވެރި
އޮރެންޖް
17 June 2022
ކުޑަބަނޑޮސް ރިސޯޓަކަށް ވެގެން ގޮސްފައިވާއިރު، ތި ރަށް ވެސް ބޭނުންފުޅުވާ ވިޔަފާރިވެރިއަކު ހުރިނަމަ، ރިސޯޓަކަށް ބަދަލުކޮށްލުމަކީ ހަމަ އެކަށީގެންވާ ކަމެއް. ޔާމީނަށް ކެރުނު އެއަރޕޯޓް ޖީއެމްއާރު އަތުން އަތުލަން. މިސަރުކާރަކަށް ނުކެރުނު ކުޑަބަނޑޮސް އަތުލާފަ އޮތް ފަރާތުން އަތުލާކަށް. ކުޑަބަނޑޮސް ރިސޯޓަކަށް ބަދަލުކުރި މިސާލަކީ ވިޔަފާރިވެރިންގެ ނުފޫޒުގެ މިސާލެއް.
ށަވިޔަނި
17 June 2022
މުޅިދުނިޔެވަނީ ވިޔަފާރިއާއި ވިޔަފާރިވެރިންގެ މުށުތެރޭ. އެކަމުގެ ހައްލެއް މިފަހުގެ ތާރީޚެއްގައި ގެނައީ ލީބިޔާގެ ޒަޢީމު. އޭނައެކަންކުރި.
ހަސަންދީ
17 June 2022
ގުދުރަތީ ގޮތުން އުފެދިފައިވާ ރަށެއްގެ ސިފަ މާގިނަދުވަހެއްނުވެ އެރަށައް ލިބޭނެ އޭރުން އާޓިފިޝަލްރަށް މާފުރިހަމަވެ ތަރުތީބު ވާނެ ކުޑާކޮށް ކެއްތެރިވެލަންޖެހޭނީ، އިންޝާﷲ ދިރިތިބީން މާގިނަ ދުވަހެއް ނުވެ ޕިކުނިކު އައިލެންޑުގެ އުފަލާއި އަރާމު ލިބިގަންނާނެ ...
1828
17 June 2022
ދިރިތިބީންނަކަށް ނޫން. އެހެނެއްކަމަކު މާލޭ މީހުންނަށް
ދޮގުބޮނޑި
17 June 2022
ނުވާނެ އެހެނެއް.. އެހެންނަމަ ހުޅުމާލެގެ ގޮނޑުދޮއް އޮންނާނީ މިހާރު އެހެންތާ..
ވިސްނާފިކުރު
17 June 2022
ވަހިއްދީނުއަތުން ކުޑަބަނޑޮސް އަތުލީމަ ތިކަންނިމުނީ. އޭރުން އިތުރު ޙަރަދެއްވެސްކުރާކަށް ނުޖެހޭނެ. އޭނަ އެތަން ފޭރިގަތީ އޭނަގެ ނާބުރައީސްކަމުގަ. ކީއްވެތަ މިވާހަކަ އެއްވެސް ބަޔަކު ނުދައްކަނީ.
ނޫޑުލްސް
17 June 2022
އެއީ ހިންގި ވަރައް ބޮޑު ޖަރީމާއެއް. އެތަކެއް ނިކަމެތި ރައްޔިތުން ގެ ހަމައެކަނި ލިބޭ އުފަލެއް ފޭރިގަތީ.
އޯލްޑްމޭން
17 June 2022
ވަހީދުގެ ރައީސްކަމުގައި ހާވާފައި ހުރި ހަޑި.