ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑްގައި ރާއްޖޭން މަރުވި މީހުންގެ އަދަދު 300 އަށް

މިދިޔަ އަހަރު، ކޮވިޑް-19ގެ ސަބަބުން މަރުވާ މީހުން ވަޅުލުމަށް ހުޅުމާލެ ސަހަރާގައި ވަޅު ކޮންނަނީ: އެ ބަލީގައި މިހާރު 300 މީހުން ވަނީ މަރުވެފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކޮވިޑް-19 ގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިއަދު 300 އަށް އަރައިފި އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ އޮރެންޖު ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުން އައި 66 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު މަރުވެފައިވާ ކަމަށެވެ.

އެންމެ ފަހުން ރާއްޖެއިން ކޮވިޑްގައި މީހަކު މަރުވީ މިދިޔަ މަހު 26 ގަ އެވެ. އެއީ އައްޑޫގައި ކޮވިޑަށް ފަރުވާދިން، 71 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް ދަށްވުމަށް ފަހު، މި މަހުން ފެށިގެން އަނެއްކާ ވެސް ކޭސްތައް އިތުރުވާން ވަނީ ފަށައިފަ އެވެ. އެހެންވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖެ އަށް ކުރިމަތިވި ބޮޑެތި ބަލިމަޑުކަމުގެ ތެރެއިން، ބޭރަށް ހިންގުމުގެ ދެވަނަ ބޮޑު ރޯގާ، ޝިގެއްލާ އާއި އޭގެ ކުރިން ކުރިމަތިވި ބޭރަށް ހިންގުމުގެ ރޯގާ، ކޮލެރާގައި މަރުވި މީހުންނަށް ވުރެ ވެސް ގިނަ އަދަދެކެވެ. ޝިގެއްލާގައި މުޅި ރާއްޖެއިން 197 މީހަކު މަރުވިއިރު، ކޮލެރާ ކޮންޓްރޯލްވި އިރު، 252 މީހަކު އެ ބަލީގައި މަރުވެފައިވެ އެވެ.

އެޗްޕީއޭ އިން ބުނެފައި ވަނީ އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ކޮވިޑް ޖެހިގެން 142 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު، 69 ޕަސެންޓްގެ އިތުރުވުމެއް ކަމަށް ވެސް ބުންޏެވެ.

ކޮވިޑްގެ އިތުރުން މި ދުވަސްވަރު ރާއްޖޭގައި އެހެން އާންމު ބަލިތައް ވެސް ގިނަވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. ޑެންގީ، ވައިރަލްހުން، އަރިދަފުސްރޯގާ އަދި ހޮޑާއި ބޭރަށްހިންގުމުގެ ރޯގާ ޖެހޭ މީހުން ވެސް އިތުރުވެފައިވެ އެވެ. ޑެންގީހުން ޖެހިގެން މި އަހަރު ކުޑަކުއްޖަކު ވެސް މަރުވި އެވެ.

9 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 71%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަގު ސަރުކާރު

19 June 2022

އަރިދަފުސް ރޯގާ. އެޗްޕީއޭ ގައުމު ކައްވާލަން އެކްޓިވޭޓްވަނީ

The name is already taken The name is available. Register?

ޝާންް

19 June 2022

ކޮވިޑްގެ އެންމެ ބުރަ ބޮޑު ވަގުތު ވެކްސިނެއް އެއްވެސް އެއްޗެއް ނެތް އިރު މިނިސްޓަރ އަމީން ކޮވިޑް މެނޭޖްކުރިއިރު 30 މަރު، އެއްކަލަ އެމްޑީޕީ ބޮޑުބޭބެ ކެރަފާ ނަސީމު އައި ފަހުން ބާކީ 270 މަރު. އެވެސް ވެކްސިން، ވެކްސިން ބޫސްޓަރ، ބޫސްޓަރގެ ބޫސްޓަރވެސް ޖަހައިގެން. މިކަމުން އެނގެނީ ހިންގުންތެރިކަމަކީ ވަކި ޕާޓީއަކުން ލިބޭ އެއްޗެއް ނޫންކަމެވެ.

The name is already taken The name is available. Register?

ބުލްބުލާ

19 June 2022

އެކަމަކު އަމީނު ދޯ ވެއްޓިލޭޓަރު..........

The name is already taken The name is available. Register?

ހަސަނުލްކޮސްގޮވިވްސްކީ

19 June 2022

ނަމަ ނަމަ ތަނެއްގެ ރިކޯޑުތައް މެނޭޖުކުރަން މަތީގަ މި އިން ގޮލާއަށް އެއްވެސް މީހެއް ނުދޭތި. އެހެރަ ކޮށްލި އެއްވަނައިގެ ކޮންކްލޫޝަންވެސް ފެނިފަ މަ މި ހުރީ ކޮސްސްސްސް ވެފަ ހަމަ.

The name is already taken The name is available. Register?

ވެލްޑަން މިނިސްޓަރ އެންޑް ޓީމް

19 June 2022

ކަލޯގެޔާ، އަދިވެސް އަމީނުގެ ބޮޓުންތައް އެބަ އުޅޭތަ؟ މަ ކޮންމެހެން ނަސީމަށް ތާއިދުކުރަނީކީނޫން، އެކަމު ކޮވިޑުގައި ގިނަމީހުން މަރުވީ ބީޓާ ވޭރިއަންޓް އާއި އޮމިކްރޯން ވޭރިއެންޓް ގަ... އަމީނު ދިރުވާލި ވެންޓިލޭޓަރުތައް ހުރިނަމަ އަދަދު މަދުކުރެވުނީސް!

The name is already taken The name is available. Register?

ދގދސެފ×

19 June 2022

ކީއްތޯކުރަަނީ؟ ބޮޓުންތައް ހުރީ ގަދައަށް ރިލޯޑުކޮށްފާވިއްޔަ.

The name is already taken The name is available. Register?

އަހާ

19 June 2022

އަމީނު މެނޭޖްކޮށްގެން މައި ގޭޓް ބަލަހައްޓަ ބަލަހައްޓާ ހުއްޓާ ކޮވިޑް ގައުމަށް ވަތް ގޮތެއް ވަތް އިރެއްވެސް ނޭނގުނު. ކޮވިޑަށް ހަދާފަ ހުރި އެސްއޯޕީތަކެއްގެ މޮޅުކަމުން ދުވަސްވީ މީހުންނާ ކުޑަކުއްޖެއްގެ ފުރާނައަށް ފަރުވާ ކުޑަކުރެވިގެން ދިއައިރު އެކަމަށް ޒިންމާވާނެ ބަޔަކުވެސް ހޯދޭނެ ގޮތެއް ނެތް. ވެންޓިލޭޓަރު ހޯދަން ދުވަހަކު އެފަދަ ކަމެއް ނުކުރާ ބަޔަކާ ހަވާލުކުރެވުނުއިރު މިނިސްޓަރެއްގެ ޒިންމާ އަދާކުރެވުނުނަމަ އެވަރުގެ ބަޔަކާ ހަވާލުކުރެވޭއިރު އެނގުނީސް.

The name is already taken The name is available. Register?

ތަމީމު

19 June 2022

300 ވަނައީ 66 އަހަރުގެ އަންހެނެއް.

The name is already taken The name is available. Register?

ށަވިޔަނި

19 June 2022

اللهم اغفر له وارحمه واسكنه في الجنة ޚަބަރު ކިޔާފައި ފާޑުކިޔުމުގެ ބަދަލުގައި އެންމެން ރައްކާތެރި ފިޔަވަޅު އެޅުން ރަނގަޅެވެ. ބުނާނެ ކޮންމެވެސް އިތުބާރު ހިފޭ މީހަކު ނުވަތަ ޑޮކްޓަރަކު މިވެނިމިވެނިހެން ބުންޏޭ. ތިއީ މުޒާހަރާ ހުއްޓުވާށޭ. މަގޭ ސުވާލަކީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުން ލިބޭ ގެއްލުމަކީ ކޮބާހެއްޔެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454