ސީރިއާ ހަނގުރާމައިގައި ބައެއް ސިޓީތަކަށް ވަނީ ބޮޑެތި ގެއްލުންތައް ދީފައި: މިރޭ 12 އިން ފެށިގެން ހަނގުރާމަ ހުއްޓާލަން ވަނީ އެއްބަސްވެފައި. --ފޮޓޯ:އޭއެފްޕީ
29 ޑިސެމްބަރ 2016 - 16:58
މޮސްކޯ (ޑިސެމްބަރު 29) - އިދިކޮޅު ހަނގުރާމަވެރިންނާ އެކު ސުލްހަ ގާއިމް ކުރުމަށް ސީރިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވެއްޖެ އެވެ.
ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން ޕުޓިން ވިދާޅުވީ ހަމަލާތައް ހުއްޓާލުމަށް ސީރިއާ ސަރުކާރާއި އިދިކޮޅު ހަނގުރާމަވެރިން އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ސުލްހައިގެ ވާހަކަތައް ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ. ޕުޓިން އަދި ވިދާޅުވީ ސީރިއާގައި ތިބި ރަޝިޔާ ސިފައިންގެ އަދަދު ވެސް މަދުކުރާނެ ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއިކުރިކަން ރަޝިޔާ އިން އިއުލާން ކުރުމާ އެކު ސީރިއާގެ އަސްކަރިއްޔާ އިން ވަނީ މިރޭ 12 އިން ފެށިގެން އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު މީގެ ތެރޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ އިން ވަކިވެފައިވާ ކުރީގެ ނުސްރާ ފްރަންޓަށް ދޭ ހަމަލާތައް ނުހިމެނޭ ކަމަށް ސީރިއާ ސިފައިން ބުނެފައިވެ އެވެ.
ސީރިއާގެ ފަސް އަހަރުވީ ދާޚިލީ ހަނގުރާމަ ހުއްޓާލުމަށް މެދުވެރިއެއްގެ ރޯލު ރަޝިޔާގެ އިތުރުން އަދާކޮށްފައި ވަނީ ތުރުކީންނެވެ. ތުރުކީ އާއި ރަޝިޔާ މެދުވެރިއެއްގެ ރޯލު އަދާކޮށްގެން މިދިޔަ ހަފުތާގައި ވަނީ ހަލަބު ސިޓީގެ ހަނގުރާމަ ހުއްޓާލުމަށް ފަހު އެ ސިޓީން ހަނގުރާމަވެރިންނާއި އާއްމުން ނެރެފަ އެވެ.
ސީރިއާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 310،000 މީހުން މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާ
29 December 2016
الحمد لله
އަލީ
29 December 2016
ނުސްރާ ފްރަންޓްއަކީ އެމެރިކާއާ ސައުދީން ހަތިޔާރުދީގެން ހިންގާ ޓެރެރިސްޓް ޖަމާއަތެއް. ރާއްޖެއިން ޖިހާދުވާންދާ މީހުންވެސް ގުޅެނި މިޓެރެރިސްޓް ޖަމާއަތާ. އެމެރިކާއިން ޑިމޮކްރެސީ ގެންނަން ބޭނުންވަނީ ސައުދީ ފިޔަވާ އެހެން ގައުމުތަކަށް. ޑިމޮކްރަސީއަކީވެސް ވަކިބަޔަކަށް އޮންނައެއްޗެއް.
އަމިއްލަ މީހާ
29 December 2016
ޑިމޮކްރަސީއޭ، ސައުދީއޭ ކިޔައިގެން އަނގަތަޅަންވާނެ ވާނުވާ ނޭނގުނަސް، ކަލޯ ނޭނގޭތަ ޑިމޮކްރަސީއަށްވުރެ ފުރިހަމަ ނިޒާމެއް ބާވާލައްވާފައިވާކަމެއް؟
ދީމުކު
29 December 2016
ކޮޮބާތޯ ތި ނިޒާމަށް މަސައްކަތްކުރާ ގައުމެއް،؟
ޖިލްބާބު ހަބީބު
30 December 2016
ޑިމޮކްރަސީއޭ މިކިޔަނީ ހަގީގަތުގައި އިސްލާމީ ނިޒާމަށް ބަދަލުތަކެއް ގެނެސް ޔަހޫދީންނާއި ސަޢޫދީން ބޭނުންވާ ގޮތަށް ދެ ގޮތްޕެއް ބައްޓަން ކޮށްގެން. އެއީ ޔޫރަޕުގެ ޑިމޮކްރަސީއާއި ސައޫދީ ޑިމޮކްރަސީ. ޔޫރަޕުގެ ޑިމޮކްރަސީ އަކީ އެއްވެސް ދީނަކަށް ނުއުޅުން. މާއްދީ ހުރިހާކަމެއް ހުއްދަ/ހަލާލުވުން. ސައުދީ ޑިމޮކްރަސީއަކީ ވައްހާބީ އައިޑިއޮލޮޖީއަށް ތަބާވުމާއި، ހަރާމާއި ހަލާލާއި އެކުއެކު ހިންގުމާއި ރަސްކަން ދެމެހެއްޓުން.