ޚަބަރު / އިސްލާމިކް މިނިސްޓްރީ

ޝޭހް ފަޒްލޫނާއި ނިޝާންގެ ދީނީ ތަގުރީރުކުރުމުގެ ހުއްދަ ހިފަހައްޓައިފި

ޝެއިހު ނިޝާން (ކ) އަދި ފަޒްލޫން: ޔޯގާގެ ހަރަކާތާ ގުޅިގެން ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި މި ދެ ބޭފުޅުން ވަނީ ހައްޔަރުކޮށްފައި.

ގަލޮޅު ދަނޑުގައިހިނގި ޔޯގާ ހަރަކާތް ހުއްޓުވަން އެތަނުގެ ތެރެއަށް އިއްޔެ ބަޔަކު ވަދެގަނެ ބިރުދައްކައި އިންޒާރުދިން މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ޝޭހް ފަޒްލޫން މުހައްމަދާއި. ޝޭހް އާދަމް ނިޝާންގެ ދީނީ ތަގުރީރުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ހިފަހައްޓައިފި އެވެ.

މީގެ އިތުރުން ވައުޘު ބުނުމާއި ދީނީ އިރުޝާދެއް ވެސް ވަކި މުއްދަތެއް ވަންދެން އެ ދެ ބޭފުޅުންނަކަށް ނުދެވޭނެ އެވެ.

އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ދެ ބޭފުޅުންނަށް ދޫކޮށްފައިވާ ހުއްދަތައް ހިފެހެއްޓީ ގަލޮޅު ދަނޑުގައި އިއްޔެ ޔޯގާގެ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ދައުލަތުގެ މުދަލަށް ގެއްލުންދީ ދައުލަތުގެ އިސްވެރިންނާއި ޑިޕްލޮމެޓުންނަށް ހަމަލާދީ ހަމަނުޖެހުން ހިންގި އެއްވުމަށް ދައުވަތު ދީ، އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ ކަމަށެވެ.

އެ ހަމަނުޖެހުން ހިންގައިގެން އިއްޔެ ހައްޔަރުކުރި މީހުންގެ އަމަލުތަކަށް ހިތްވަރުދީ އެ އަމަލުތައް ދިފާއުކޮށް އަދި އެ މީހުންގެ މައްޗަށް ޖިނާއީ އަދުލުން ފިޔަވަޅު އެޅުއްވި ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަކްފީރްގެ ސީޣާއިން މީސްމީޑިއާގައި މުހާތަބުކޮށްފައިވާކަން އެނގެން އޮތުމުން، ފަޒްލޫންއާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާކަމަށް ފުލުހުން އަންގާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

އެއީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފުކަމެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރެ އެވެ.

"އިސްލާމްދީނުގެ ނަމުގައި މަދު ބަޔަކު ހިންގާ ނޭއްގާނީ އަމަލުތަކުގެ ނާޖާއިޒް ފައިދާ ނަގައި އިސްލާމް ދީނަށާއި ދީނި އިލްމުވެރިންނަށް ނިސްބަތްކޮށް ބަދުބަސް ބުނުމާއި މަދު ބަޔަކު ހިންގާ ހަރުކަށި އަމަލުތައް ދީނީ އިލްމަށް ނިސްބަތްވާ އެންމެންގެ ބޮލުގައި އެޅުވުމަށް ބަޔަކު މަސައްކަތް ކުރަމުން އަންނަ އައުން މި މިނިސްޓްރީން ކުށްވެރިކުރަމެވެ،" ބަޔާނުގައި ބުންޏެވެ.

"މުޖުތަމައުގައި އިލްމުވެރިންނަށް ދެވިފައިވާ ގަދަރާއި ހައިބަތު ކުޑަކުރުމަކީ ހަރުކަށިކަމަށް ހުޅުވައިލެވޭ ދޮރެކެވެ. ބާތިލް ފިކުރުތަކަށް އަފްރާދުން ދާ އެންމެ ބޮޑު އެއް ސަބަބަކީ ދީނުގެ ސައްހަ އިލްމު ނެތުމެވެ."

މިނިސްޓްރީން ބުނީ އެފަދަ މައްސަލަތަކާ ދެކޮޅަށް ހިންގަން ޖެހޭ އެންމެ މުހިއްމު ހަރަކާތަކީ މުޖުތަމައުގެ ހުރިހާ ފަންތިއަކާ ގިންތިއަކަށް އިސްލާމް ދީނުގެ އިލްމު ފޯރުކޮށްދިނުން ކަމަށެވެ. އަދި ދީނުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޝަރުއީ ރީތި އުސޫލުތަކާއި މިންގަނޑުތައް ހިފެހެއްޓުމަށް މިނިސްޓްރީން ވަނީ ދީނީ އިލްމުވެރިންނަށް އިލްތިމާސްކުރައްވައިފަ އެވެ.

61 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 1%
icon angry icon angry 48%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1206

23 June 2022

ޝައިޚް ފަޒްލޫން އާއި ޝައިޚް ނިޝާން އަކީ ހައްގު ބަސް ބުނުމަށް ފަސް ނުޖެހޭ އަޅްލާގު ރަނގަޅު ދެ ޝައިޚުން. އެ ދެ ޝައިޚުންނަށް ސާބިތުކަން ދެއްވުމަށް ދުޢާ ކުރަން. ދިވެހި ސަރުކާރުގެ ބާޠިލު ޢަމަލުތައް ނާކާމިޔާބު ކޮއްލެއްވުމަށް އެދި ދުޢާ ކުރަން. އިސްލާމްދީނަށް ގޮންޖަހައިގެން ލިބޭނެ ކާމިޔާބެއް ނެތް.

The name is already taken The name is available. Register?

ހަސަނު

23 June 2022

އަނިޔާވެރިކަމާ ހަރުކަށިކަން ހައްދު ފަހަނަ އެޅުމަކީ އިސްލާމް ދީނުގާ އޮންނަ ގޮތް ކަމަށް ބުނުމަކީ ދީނަށް ކުޑައިމިސްބަހެއް ބުނުން. ދީނަށް ފުރައްސާރަ ކުރުން..

The name is already taken The name is available. Register?

ޔާޔާ

23 June 2022

މިވައްތަރުގެ ކަށިހަރު މީހުން ރާއްޖޭގައި ގިނަވެގެންއުޅޭތީ މިހުރިހާވެސް މައްސަލައަކީ.

The name is already taken The name is available. Register?

ދިއްދޫމީހާ

23 June 2022

މިކަމާ ބެހޭގޮތުން މެލޭސިޔާގަ އެމްބަސީގަައި ރަމްޒީ މަގާމެއްގާ ހުރި ސެހް އިލިޔާސް ބުނަނީ ކީކޭބާ؟؟

The name is already taken The name is available. Register?

ވެކްސިންގެ 4 ޑޯޒް

23 June 2022

މުޅިނެޓުގަ އެއޮތީ ޔޯގާ ހަރާމެއްނޫނޭ، ދެން ވަގުތުއޮވެގެން ބަލާލެވިދާނެ މުޕްތީ މެންކް ނޫނީ ޒާކިރްނައިކް ފަދަ ބޭފުޅުން ބުނާއެއްޗަކައްވެސް.... ދިވެހި އިލްމުވެރިންގެ އަގުވެއްޓެނީ މިކަހަލަ މީހުނާހެދި، އިސްލާމިކް މިނިސްޓުރީއް ރަބަރުތައްގަންޑު ޝޭހުން އުފެއްދުމުގެ ބަދަލުގައި ކޮންމެވެސް ސްޓޭންޑަޑެއް ބާއްވައި ޝޭހުން އެޕްރެއިސް ކޮއް އިމްތިހާނުވެސް ކޮއްބަލަ. މީގެ 15 އަހަރުކުރިން ފޮޓޯގެނުންވެސް ހަރާމްކުރި ދެންފެނުނީ ހަމަ އެ ޝޭހުންގެ ކެންޕޭނު ޕޯސްޓަރުތައް

The name is already taken The name is available. Register?

އަޅުގެ دعاء

23 June 2022

ياحي ياقيوم، ياذلجلال والإكرام، ދީނީ ތާކިހާ އަޅައިގެން އުޅޭ ހަރުކަށި ފަސާދަވެރިން ނިކަމެތި ކުރައްވައި، އެފަދަ މީހުންގެ ކިބައިން މިލޮބުވެތި ދިވެހިރާއްޖެ ރައްކާތެރި ކުރައްވައި، އިބަ އިލާޙް މި ޤައުމު ހިންގަވަން މިންވަރު ކުރައްވާފައި ތިއްބެވި ވެރިންނަށް ثابت ކަމާއި، ހެޔޮ توفيق މިންވަރު ކުރައްވާށި! آمين

The name is already taken The name is available. Register?

ކަރުބުޑު

23 June 2022

އަދި އެއްބާވަތް. ދީން ނޭންގި ދީނުގެ ވާހަކަ ދައްކާ މީހުންގެ ތެރޭގައި ފިތުނަ އުފައްދާ މީހުން. މީނަ ފެނުނީމަވެސް އެކަން އެނގޭ.

The name is already taken The name is available. Register?

މޫސަބޭ

23 June 2022

އިލްމުވެރީން ހައްޔަރުކުރިގޮތުން ވ ދެރަވެއްޖެ. ރައްޔިތުން ބޮލަށް އަރާކަށް އަދި ނުޖެހެ.

The name is already taken The name is available. Register?

ދީނާ ދޮން

23 June 2022

ނިޝާން ވެސް ކިޔަވައިގެން އައިސް ދައްކަނީ މިފަދަ ހަރުކަށި ކަންކަން، މިދިޔަ ކޮވިޑުގެ ތެރޭގައި ނުކުމެއުޅުން މަނާކޮށް ޖަމާޢަތުގައިނަމާދުކުރުން ހުއްޓާލައިފައި ވަނިކޮށް، ރެހެންދި ފުލެޓުގައި ހުރެފައި ގޮސް އިސްކަންދަރު މިސްކިތުގައި ބޯދިގުކޮށްގެން ތިބި ޒުވާނުން ކޮޅެއް އަމިލަ ޖަމާޢަތް ހަދައިގެން ނަމާދުކުރިއިރު، އެކަމަށް ހިތްވަރު ދެއްވައި އިސްވެ ނަމާދުކޮށް ހަދަމުން ދިޔަ. ފުރުގާނު މިސްކިތުގައި، މިފަދަ ގުރޫޕެއް އިމާމާއަށް އިންޒާރު ދިން ގުރޫޕަށް އިރުޝާދުދިން

The name is already taken The name is available. Register?

އަމީރުލް އަމީރު

23 June 2022

ދީނީ އިލްމް އުގެނިގެން ތިބި މީހުން ކުރީ އެމީހުން ކުރަންޖެހޭ ކަންކަން. ޔޯގާ އަކީ ކޮންމެ އެއްޗެއް ކަމުގައިވިޔަސް އެއީ ދިވެހިންގެ ތެރެއަށް ގެންނަންޖެހޭ ކަމެއް ނޫން. އެމީހުންގެ ގޭގައި ތިބެ އެކަން ކުރެވިދާނެ. ގަލޮޅު ދަނޑަށް ވަދެ ބޮޑު ހަރަކާތެއް ހިންގާކަށް ނުޖެހޭ.

The name is already taken The name is available. Register?

ޔޯގާބެ

23 June 2022

ޔޯގާ ރާއްޖޭގަ ހަދަނީ އަލަކަށްނޫން. ރާއްޖޭގަ ޔޯގާ ހަދާމީހުން ޔޯގާ ހަދާތާ އެތަށް އަހަރެއްވެއްޖެ. އެމީހުން އެކަން ކުރަނީ ކަސްރަތެއްގޮތަށް.

The name is already taken The name is available. Register?

ބޮޑުވަޒީރު

23 June 2022

އަދުލު އިންސާފާއި ހަމަހަމަ ކަމާއި، ބަދަލުވަމުން އަންނަ ދުނިޔޭގެ މުޅިއިންސާނީ ޖީލުގެ ވިސްނުން ބަލައިގަންނަ ރައްޔިތަކަށް ވީހިނދު، މި 'ދީނީ' އިލްމުވެރިން މިއުޅޭގޮތުން ވަރަށް ކަންބޮޑުވޭ - އަޤީދާ އާއި ތިމާ ޤަބޫލު ކުރާކަންކަން އަމިއްލަައަށް މައިތިރިކޮށް ހަމަމަގުގައި ހުރެ ކަންކަން ބަދަލުކުރަންޖެހޭނަމަ އެކަމެއް ކުރުމުގެ ހިކުުމަތްތެރިކަން ހުންނަންޖެހޭ - ރާއްޖެ މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފައި. 'ޒަމާނީ' ކަންކަމާގެންވެސް އުޅެން ދަސްކުރަން ޖެހޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454