26 ޖޫން 2022 - 06:55
ޓިކްޓޮކްގައި އެންމެ ގިނަ ފޮލޯވާސް ހޯދައިގެން، ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ވެސް ލިބުނު އެމެރިކާގެ ޗާލީ ޑި އެމީލިއޯ އަށް އެ ރެކޯޑް ގެއްލިއްޖެ އެވެ.
އޭނާ އަށް އެ ރިކޯޑް ގެއްލުނީ މަޝްހޫރު "ސައިލެންޓް ކޮމީޑިއަން" ކަބާނީ "ކަބީ" ލޭމްގެ ފޮލޯވާސްގެ އަދަދު 143.3 މިލިއަނަށް އެރުމުންނެވެ. ޝާލީގެ މިހާރު ތިބީ 142.4 މިލިއަން ފޮލޯވާސް އެވެ.
ނެށުމާއި އަދި ބިއުޓީއާ ގުޅޭ ކޮންޓެންޓުތައް އުފައްދައިގެން މަޝްހޫރުކަން ހޯދި ޗާލީ އަށް އެ ރިކޯޑް ލިބުނީ މާޗު 2020 ގަ އެވެ.
Congratulations to Khaby Lame on becoming the most followed individual on TikTok 🙌https://t.co/dk8LVkbEKd
— Guinness World Records (@GWR) June 23, 2022
ކަބީ މަޝްހޫރުވީ ޓިކްޓޮކްގައި އެއްވެސް ވާހަކައެއް ނުދައްކައި، އޭނާ ހަދަމުން އައި މަޖާ ވީޑިއޯތަކުގެ ސަބަބުންނެވެ. އޭނާ އަށް "ސައިލެންޓް ކޮމީޑިއަން" ނަން ވެސް ލިބުނީ އެހެންވެ އެވެ.
ޗާލީ އަށް ލިބުނު މަޝްހޫރު ކަމާ އެކު އޭނާ އަކީ މިދިޔަ އަހަރު އެ ޕްލެޓްފޯމުން އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި މީހާ އެވެ. އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު އޭނާ 17.5 މިލިއަން ޑޮލަރު ލިބުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy